Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
އަލިފާނުގެ ހާދިސާ

ގަސްކާނާ އާއި ކެމިކަލް ގުދަނުގައި ރޯވި އަލިފާންގަނޑު ނިއްވާލާފަ ވާއިރު، ހާދިސާގައި ހާލުގައި ޖެހިގެން 32 މީހަކު ސޯޝަލް ސެންޓަރަށް

މާލޭގެ ގަސްކާނާ އާއި ކެމިކަލް ލާފައިހުރި ގުދަނެއްގައި ހިނގި ނުރައްކާތެރި އަލިފާނުގެ ހާދިސާއާ ގުޅިގެން، އެ ސަރަހައްދުގެ ހަތަރު ގެޔަކުން މީހުން ހުސްކޮށް އެންޑީއެމްއޭ އިން ވަނީ ވަގުތީ އެހީތެރިކަން ފޯރުކޮށްދީފަ. ގިނަ އަދަދަކަށް ގަސްކާނާއާއި ކެމިކަލް ހުރި މި ގުދަނުގައި ރޯވި އަލިފާންގަނޑު ސިފައިން މިހާރު ނިއްވާލާފައިވާއިރު، މި ހާދިސާގެ ސަބަބުން އިންތިޚާބާ ބެހޭ މަރުކަޒުގެ މަސައްކަތްތަކަށް ވެސް ވަނީ ބުރޫއަރާފަ. އެއްވެސް މީހަކަށް ޖިސްމާނީ އަނިޔާއެއް ލިބިފައިނުވި ނަމަވެސް، ކަމާބެހޭ އިދާރާތަކުން ދަނީ މި ހާދިސާ ހިނގަން މެދުވެރިވި ސަބަބު އިތުރަށް ތަހުގީގު ކުރަމުން.

ފަޒީލް އަބްދުލް
ފަޒީލް އަބްދުލް, ރާއްޖެ އެމްވީ | 18 މާރިޗު 2026 | ބުދަ 22:05
އިިންތިހާބާބެހޭ މަރުކަޒާ ޖެހިގެން ހުރި ގުދަނުގައި ރޯވި އަލިފާންގަނޑު ނިއްވާލެވުނީ ބުދަ ދުވަހުގެ ރޭ 23:15 ހާއިރު

އިިންތިހާބާބެހޭ މަރުކަޒާ ޖެހިގެން ހުރި ގުދަނުގައި ރޯވި އަލިފާންގަނޑު ނިއްވާލެވުނީ ބުދަ ދުވަހުގެ ރޭ 23:15 ހާއިރު | ރާއްޖެ އެމްވީ

މާލޭގެ އިއްޒުއްދީން މަގާއި ފުލޫނިޔާ މަގު ގުޅުނު ކަންމަތީގައި ހުރި ގަސްކާނާ އާއި ކެމިކަލް ހުރި ގުދަނެއްގައި ބުދަ ދުވަހުގެރޭ ބޮޑު އަލިފާނުގެ ހާދިސާއެއް ހިނގައި، އެ ސަރަހައްދުގެ ގެތަކުން 32 މީހަކު ވަގުތީ ގޮތުން ސޯޝަލް ސެންޓަރަށް ބަދަލުކޮށްފި އެވެ.

އިންތިޚާބާބެހޭ މަރުކަޒާ ޖެހިގެން ހުރި މި ގުދަނުގައި ރޯވި އަލިފާންގަނޑު މިހާރު ވަނީ އެއްކޮށް ނިއްވާލާފަ އެވެ.

ނޭޝަނަލް ޑިޒާސްޓާ މެނޭޖްމަންޓް އޮތޯރިޓީ (އެންޑީއެމްއޭ) އިން ބުނީ، އަލިފާން ރޯވި ސަރަހައްދުގެ ހަތަރު ގެޔަކުން މީހުން ހުސްކޮށްފައިވާ ކަމަށެވެ. އަދި މި ހާދިސާގެ އަސަރުކުރި މީހުންނަށް އެހީތެރިކަން ފޯރުކޮށްދިނުމަށްޓަކައި ސޯޝަލް ސެންޓަރުގައި އިވެކިއުއޭޝަން ސެންޓަރެއް ގާއިމުކޮށް، ޚާއްސަ އިންތިޒާމުތަކެއް ހަމަޖައްސާފައިވާ ކަމަށް އެ އިދާރާއިން މައުލޫމާތުދެ އެވެ. އެންޑީއެމްއޭގެ އޮފިޝަލަކު ދައުލަތުގެ މީޑިއާ އަށް ދިން އިންޓަވިއު އެއްގައި ބުނީ ، ހާދިސާގެ ސަބަބުން ގެއްލުންވި މީހުން ދެނެގަތުމުގެ މަސައްކަތް މިހާރު ކުރިއަށްދާ ކަމަށެވެ.

މި ހާދިސާގައި އަލިފާން ރޯވެފައިވަނީ "ޕްރައިމް ފާޓިލައިޒާ" ގެ "ޕްރައިމް ގޯޑައުން" ކިޔާ ގުދަނެއްގަ އެވެ. އެމްއެންޑީއެފުން މައުލޫމާތު ދިން ގޮތުގައި މ. ކައިރުގޭގައި ހުންނަ މި ގުދަނަކީ ގިނަ އަދަދަކަށް ގަސްކާނާއާއި ކެމިކަލް ރައްކާކޮށްފައި ހުރި ތަނެކެވެ. 

އަލިފާންގަނޑު ކޮންޓްރޯލް ކުރުމަށްޓަކައި ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި ބޭނުންކުރާ ފޯމް ޖަހާ ފަޔާ ލޮރީ ވެސް އެ ސަރަހައްދަށް ގެނެސްފައިވެ އެވެ. އަލިފާންގަނޑު ނިއްވާލެވުނު ނަމަވެސް، ގުދަނުގައި ހުރި ކެމިކަލްތަކުގެ ސަބަބުން އެ ސަރަހައްދުގައި ވަރަށް ބޮޑަށް ދުން ބޯވެފަ އެވެ.

މި ހާދިސާއާ ގުޅިގެން އިލެކްޝަންސް ކޮމިޝަނުގެ މަސައްކަތްތަކަށް ވެސް ވަނީ ބުރޫއަރާ ފައެވެ. އަލިފާން ރޯވި ގުދަނަކީ ޠައިބާ މިސްކިތް ކައިރީގައި ހުންނަ އިންތިޚާބާ ބެހޭ މަރުކަޒާ އިންވެގެން ހުރި ތަނަކަށް ވުމުން، ކުރިއަށް އޮތް އިންތިޚާބުގައި ވޯޓުލުމުގެ ހައްގު ލިބިގެންވާ މީހުންގެ ފައިނަލް ރަޖިސްޓަރީގައި ކެންޑިޑޭޓުންގެ ފަރާތުން ސޮއިކުރުމުގެ މަސައްކަތް އިލެކްޝަންސް ކޮމިޝަނުން ވަނީ ވަގުތީ ގޮތުން މެދުކަނޑާލާފަ އެވެ.

މި ހާދިސާގައި އެއްވެސް މީހަކަށް ޖިސްމާނީ އަނިޔާއެއް ލިބުނު ކަމުގެ ރިޕޯޓެއް މިހާތަނަށް ލިބިފައެއް ނުވެ އެވެ. ނަމަވެސް ގުދަނަށާއި އެ ސަރަހައްދުގެ ބައެއް އިމާރާތްތަކަށް އެކި ވަރުގެ ގެއްލުންތައް ވަނީ ލިބިފަ އެވެ. ކަމާބެހޭ އިދާރާތަކުން މިހާރު ދަނީ މި ހާދިސާ ތަހުގީގު ކުރަމުންނެވެ.

މާލެއިއްޒުއްދީން މަގުފުލޫނިޔާ މަގުއެންޑީއެމްއޭޕްރައިމް ފާޓިލައިޒާޠައިބާ މިސްކިތްއަލިފާނުގެ ހާދިސާ

ކޮމެންޓް

އިތުރަށް ކިޔާލަން

އަލިފާނުގެ ހާދިސާއާ ގުޅިގެން ވޯޓާސް ރަޖިސްޓަރީގައި ސޮއިކުރުން މެދުކަނޑާލައިފި

އަލިފާނުގެ ހާދިސާއާ ގުޅިގެން ވޯޓާސް ރަޖިސްޓަރީގައި ސޮއިކުރުން މެދުކަނޑާލައިފި

18 މާރިޗު 2026
އިންތިހާބާ ބެހޭ މަރުކަޒު ކައިރީގައި ހުރި ގުދަނެއްގައި ރޯވެ އަނދަމުންދަނީ

އިންތިހާބާ ބެހޭ މަރުކަޒު ކައިރީގައި ހުރި ގުދަނެއްގައި ރޯވެ އަނދަމުންދަނީ

18 މާރިޗު 2026
މާލޭގެ ގަލޮޅު މޯޗަރީ ކައިރި ހުރި ގުދަނެއްގައި ރޯވެ އަނދަނީ

މާލޭގެ ގަލޮޅު މޯޗަރީ ކައިރި ހުރި ގުދަނެއްގައި ރޯވެ އަނދަނީ

18 މާރިޗު 2026
ހުޅުމާލޭގެ ގެއެއްގައި ނުރައްކާތެރި އަލިފާނުގެ ހާދިސާއެއް: އެ އާއިލާއަށް 5 ދުވަހަށް ވަގުތީ ބޯހިޔާވަހިކަން ހަމަޖައްސައިދީފި

ހުޅުމާލޭގެ ގެއެއްގައި ނުރައްކާތެރި އަލިފާނުގެ ހާދިސާއެއް: އެ އާއިލާއަށް 5 ދުވަހަށް ވަގުތީ ބޯހިޔާވަހިކަން ހަމަޖައްސައިދީފި

18 މާރިޗު 2026
ފިޔާ އަދި ކާށީގެ ޝިޕްމަންޓްތައް ކްލިއަރ ކުރުމަށްފަހު އުފަންވެލި ފިހާރަތަކުން ޚާއްސަ ޕްރޮމޯޝަނެއް ފަށައިފި

ފިޔާ އަދި ކާށީގެ ޝިޕްމަންޓްތައް ކްލިއަރ ކުރުމަށްފަހު އުފަންވެލި ފިހާރަތަކުން ޚާއްސަ ޕްރޮމޯޝަނެއް ފަށައިފި

15 މާރިޗު 2026

އަހަރުތަކުން މިއަދު

8 އެޕްރީލު
ކުރިއަށް އޮތް 6 މަސް ދުވަހަށް އެމްޕީއެލް މުވައްޒަފުންގެ އިތުރު ގަޑީގެ ފައިސާ ކަނޑާލައިފި
20251 އަހަރު ކުރިން
ރާއްޖެ

ކުރިއަށް އޮތް 6 މަސް ދުވަހަށް އެމްޕީއެލް މުވައްޒަފުންގެ އިތުރު ގަޑީގެ ފައިސާ ކަނޑާލައިފި

ޝިފާ ހޮސްޕިޓަލް ޤަބުރުސްތާނަކަށް، މުޅި ތަނުގައި ޤަބުރު ކުނިވަސް!
20242 އަހަރު ކުރިން
ރިޕޯޓު

ޝިފާ ހޮސްޕިޓަލް ޤަބުރުސްތާނަކަށް، މުޅި ތަނުގައި ޤަބުރު ކުނިވަސް!

"2 މިލިއަނުންވެސް ނުފުދޭ، ދެން ކޮންތާކުންތަ ފައިސާ ނެރެންވީ؟"
20233 އަހަރު ކުރިން
ރިޕޯޓު

"2 މިލިއަނުންވެސް ނުފުދޭ، ދެން ކޮންތާކުންތަ ފައިސާ ނެރެންވީ؟"

ހަތަރު އަހަރު ފަހުން ދަރިފުޅު ފެނުނީ ޑްރަގާއި ދެކޮޅަށް ތެދުވުމަށް އެމްޓީސީސީން ދިން ފުރުސަތުގެ ސަބަބުން
20224 އަހަރު ކުރިން
ރިޕޯޓު

ހަތަރު އަހަރު ފަހުން ދަރިފުޅު ފެނުނީ ޑްރަގާއި ދެކޮޅަށް ތެދުވުމަށް އެމްޓީސީސީން ދިން ފުރުސަތުގެ ސަބަބުން

"ޕޮލިސް ބޯޑު" އެކުލަވާލައްވައިފި
20215 އަހަރު ކުރިން
ރާއްޖެ

"ޕޮލިސް ބޯޑު" އެކުލަވާލައްވައިފި

މަޖިލީހުގެ ރައީސް ކަމަށް ކުރިމަތިލާނަން: ޖާބިރު
20197 އަހަރު ކުރިން
ރާއްޖެ

މަޖިލީހުގެ ރައީސް ކަމަށް ކުރިމަތިލާނަން: ޖާބިރު

ބަރުދަން ލުއި ކުރަން ޕާސްތާ ބަރާބަރު: ދިރާސާ
20188 އަހަރު ކުރިން
ސިއްހަތު

ބަރުދަން ލުއި ކުރަން ޕާސްތާ ބަރާބަރު: ދިރާސާ

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު