Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
އަލިފާނުގެ ހާދިސާ

ހިޔާރޯދިގޭގެ އަލިފާނުގެ ހާދިސާ: ހައްޔަރު ކުރި ޒުވާނާގެ ބަންދަށް އިތުރު 30 ދުވަސް

ގ. ހިޔާރޯދިގޭގައި އަލިފާން ރޯކުރި ކަމުގެ ތުހުމަތުގައި ހައްޔަރުކުރި ލ. މާބައިދޫ، ސަބުނަމްހައުސް ހުސައިން ޝަހްބާން އެ ގެއަށް ވަދެ ނުކުމެ އުޅުނު މަންޒަރު ފެންނަ ސީސީޓީވީ ފުޓޭޖާއި ޓައިމްލައިން ފުލުހުން ވަނީ ކޯޓަށް ހުށަހަޅާފަ. މި ހާދިސާއާ ގުޅޭ ތަހުގީގީ ބަޔާންތަކާއި އިމާރާތަށް ލިބުނު ގެއްލުންތަކުގެ ތަފްސީލު ފުލުހުން ހިއްސާކުރުމާ ގުޅިގެން، ކްރިމިނަލް ކޯޓުން ވަނީ އޭނާގެ ބަންދަށް އިތުރު 30 ދުވަސް އިތުރުކޮށްފަ. މި ހާދިސާގައި ރޯވި އަލިފާންގަނޑު ނިއްވާލާފައިވަނީ ސަލާމަތީ ހިދުމަތްތަކާއި އާންމު ރައްޔިތުން ގުޅިގެން ކުރި މަސައްކަތުން.

ޝާމާ ޝުއައިބް
ޝާމާ ޝުއައިބް, ރާއްޖެ އެމްވީ | 29 މާރިޗު 2026 | އާދީއްތަ 13:18
 ގ. ހިޔާރޯދިގޭގެ ފުރަތަމަ ފަންގިފިލާގައި ހިނގި އަލިފާނުގެ ހާދިސާއާ ގުޅިގެން ހައްޔަރު ކުރި ޒުވާނާ.

ގ. ހިޔާރޯދިގޭގެ ފުރަތަމަ ފަންގިފިލާގައި ހިނގި އަލިފާނުގެ ހާދިސާއާ ގުޅިގެން ހައްޔަރު ކުރި ޒުވާނާ. | ޕޮލިސް

ގަލޮޅު މޯޗަރީ ކައިރި ހުރި ގ. ހިޔާރޯދިގޭގައި ހިނގި އަލިފާނުގެ ހާދިސާއާއި ގުޅިގެން ހައްޔަރު ކުރި ޒުވާނާގެ ބަންދަށް އިތުރު 30 ދުވަސް ކްރިމިނަލް ކޯޓުން ޖަހައިފި އެވެ. 

މި މަހުގެ 18 ވަނަ ދުވަހުގެ ހެނދުނު ގ. ހިޔާރޯދިގޭގެ ފުރަތަމަ ފަންގިފިލާގައި ހިނގި އަލިފާނުގެ ހާދިސާއާ ގުޅިގެން ލ.މާބައިދޫ/ ސަބުނަމްހައުސް ޙުސައިން ޝަޙްބާން (29އ) ވަނީ ކޯޓު އަމުރެއްގެ ދަށުން 2026 މާރިޗު 22 ވަނަ ދުވަހުގެ ރޭ ހައްޔަރު ކޮށްފަ އެވެ.

Advertisement - newsAdvertisement

އޭރު އޭނާ ގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރު ކުރުމުން 5 ދުވަހަށް ބަންދު ކުރުމަށް ވަނީ އަމުރު ކޮށްފަ އެވެ.

އެ މުއްދަތު ހަމަވުމާއެކު ހޮނިހިރު ދުވަހު އަލުން ކޯޓަށް ހާޒިރު ކުރުމުން ބަންދު މުއްދަތު ވަނީ 30 ދުވަހަށް އިތުރުކޮށްފަ އެވެ. އޭނާ ގެ ބަންދުގެ ރިޕޯޓުގައި ވަނީ، އެ މީހާ އެ ގެއަށް ވަދެ ނުކުމެގެންދާ މަންޒަރު ފެންނަ ސީސީޓީވީ ފުޓޭޖާއި އޭގެ ޓައިމްލައިން ލިބިފައިވާ ކަމަށް ފުލުހުންނާ ހަވާލާދީ ބުނެފަ އެވެ. 

އެ މައްސަލައާ ގުޅިގެން ފުލުހުން ވަނީ ހުސައިން ޝަހްބާން ހަރަކާތްތެރިވެފައިވާ ގޮތުގެ ސްނެޕް ޝޮޓް ހިމެނޭ ފޮޓޯ ރިޕޯޓާއި އޭނާ ހަރަކާތްތެރިވެފައިވާ ގޮތުގެ ޓައިމްލައިނުގެ އިތުރުން އަލިފާނުގެ ސަބަބުން ލިބިފައިވާ ގެއްލުންތައް އެނގޭނެ ފޮޓޯ ކޯޓަށް ހުށަހަޅާފަ އެވެ.

އޭގެ އިތުރުން ފުލުހުން ވަނީ މައްސަލައާ ގުޅޭ ތަހުގީގު ބަޔާނާއި ހާދިސާ ރިޕޯޓާއި ފުލުހުންގެ އިންޓެލިޖެންސް ރިޕޯޓުގެ އިތުރުން ރޯވި އިމާރާތަށް ލިބުނު ގެއްލުން މަރާމާތު ކުރުމަށްދާ ޚަރުދުގެ ތަފްސީލު ވެސް ކޯޓާ ހިއްސާ ކޮށްފަ އެވެ. 

ހުވަފެނީގޯޅީގައި ހުންނަ ގެއެއްގައި ރޯވި އަލިފާންގަނޑު ނިއްވާލާފައިވަނީ، ފުލުހުންނާއި ފަޔަރ އެންޑް ރެސްކިއު ސަރވިސަސްއިން އަދި އާއްމު ރައްޔިތުން ގުޅިގެން ކުރި މަސައްކަތުންނެވެ.

ގ. ހިޔާރޯދިގެޙުސައިން ޝަޙްބާންކްރިމިނަލް ކޯޓްއަލިފާނުގެ ހާދިސާ

ކޮމެންޓް

އިތުރަށް ކިޔާލަން

ހިޔާރޯދިގޭގައި ހިނގި އަލިފާނުގެ ހާދިސާއާއި ގުޅިގެން ޒުވާނަކު ހައްޔަރު ކޮށްފި

ހިޔާރޯދިގޭގައި ހިނގި އަލިފާނުގެ ހާދިސާއާއި ގުޅިގެން ޒުވާނަކު ހައްޔަރު ކޮށްފި

23 މާރިޗު 2026
30 އަހަރު ވެރިކަމުގެ ތެރޭގައި ރައްޔިތުން ސިޔާސީ ވާހަކަ ދައްކަން ފެށުމުން އަލިފާން ރޯވާ އުސޫލުން މިހާރު ވެސް ދަނީ އަލިފާނުގެ ހާދިސާ ހިނގަމުން: މާޒް

30 އަހަރު ވެރިކަމުގެ ތެރޭގައި ރައްޔިތުން ސިޔާސީ ވާހަކަ ދައްކަން ފެށުމުން އަލިފާން ރޯވާ އުސޫލުން މިހާރު ވެސް ދަނީ އަލިފާނުގެ ހާދިސާ ހިނގަމުން: މާޒް

20 މާރިޗު 2026
އަންހެން ދެ ފުލުހުން ހުއްދަ ނޫން ޖިންސީ މުއާމަލާތެއް ހިންގިކަމުގެ ކުށް ސާބިތުވެ، 5400 ރުފިޔާއިން ޖޫރިމަނާ ކޮށްފި

އަންހެން ދެ ފުލުހުން ހުއްދަ ނޫން ޖިންސީ މުއާމަލާތެއް ހިންގިކަމުގެ ކުށް ސާބިތުވެ، 5400 ރުފިޔާއިން ޖޫރިމަނާ ކޮށްފި

20 މާރިޗު 2026
ކެމިކަލް ހުރި ގުދަނުގައި ހިނގި ނުރައްކާތެރި އަލިފާނު ހާދިސާގެ ޚާއްސަ ތަހުގީގެއް ފުލުހުން ފަށައިފި

ކެމިކަލް ހުރި ގުދަނުގައި ހިނގި ނުރައްކާތެރި އަލިފާނު ހާދިސާގެ ޚާއްސަ ތަހުގީގެއް ފުލުހުން ފަށައިފި

19 މާރިޗު 2026
"ޕްރައިމް ގޯޑައުން" ގައި ހިނގި އަލިފާނުގެ ހާދިސާއާ ގުޅިގެން އިންތިޚާބަށް އެއްވެސް ބުރުލެއް ނާރާނެ: އީސީ

"ޕްރައިމް ގޯޑައުން" ގައި ހިނގި އަލިފާނުގެ ހާދިސާއާ ގުޅިގެން އިންތިޚާބަށް އެއްވެސް ބުރުލެއް ނާރާނެ: އީސީ

19 މާރިޗު 2026

އަހަރުތަކުން މިއަދު

20 އެޕްރީލު
ބޭނުން ދީނަކަށް އުޅުމުގެ މިނިވަންކަން ދިނުމަށް ގޮވާލާ އދ އަށް ހުށަހެޅި ގަރާރަށް ރާއްޖެއިން ޖެހީ ހެޔޮ ފާހަގައެއް
20251 އަހަރު ކުރިން
ރާއްޖެ

ބޭނުން ދީނަކަށް އުޅުމުގެ މިނިވަންކަން ދިނުމަށް ގޮވާލާ އދ އަށް ހުށަހެޅި ގަރާރަށް ރާއްޖެއިން ޖެހީ ހެޔޮ ފާހަގައެއް

ރައްޔިތުން މަޖިލީހުގެ އިންތިޚާބުގެ ވޯޓުލުން ފަށައިފި
20242 އަހަރު ކުރިން
ރާއްޖެ

ރައްޔިތުން މަޖިލީހުގެ އިންތިޚާބުގެ ވޯޓުލުން ފަށައިފި

ރަންތާޖު ޤުރުއާން މުބާރާތުން ވަކިވެގެންދާ ދެ ބައިވެރިން އިއުލާންކޮށްފި
20233 އަހަރު ކުރިން
ރާއްޖެ

ރަންތާޖު ޤުރުއާން މުބާރާތުން ވަކިވެގެންދާ ދެ ބައިވެރިން އިއުލާންކޮށްފި

ޕައިނަޕަލް އަޕް ސައިޑް ޑައުން ކޭކް
20224 އަހަރު ކުރިން
ލައިފް ސްޓައިލް

ޕައިނަޕަލް އަޕް ސައިޑް ޑައުން ކޭކް

އުއްތަމަފަނޑިޔާރު މުއުތަސިމް އަދުނާނުގެ މައިކަނބަލުން އަވަހާރަވެއްޖެ
20215 އަހަރު ކުރިން
ރާއްޖެ

އުއްތަމަފަނޑިޔާރު މުއުތަސިމް އަދުނާނުގެ މައިކަނބަލުން އަވަހާރަވެއްޖެ

ލަންކާގައި ދިން ބޮމުގެ ހަމަލާ: ބޮންގޮއްވި މީހުން އުފުލި ވޭނު ފުލުހުންގެ ބެލުމުގެ ދަށަށް
20197 އަހަރު ކުރިން
ދުނިޔެ

ލަންކާގައި ދިން ބޮމުގެ ހަމަލާ: ބޮންގޮއްވި މީހުން އުފުލި ވޭނު ފުލުހުންގެ ބެލުމުގެ ދަށަށް

ވަޒީރު އަތަށް ފިހިގަނޑު ދިނުމަކުން މާލެ ސާފެއް ނުވާނެ!
20188 އަހަރު ކުރިން
ރިޕޯޓު

ވަޒީރު އަތަށް ފިހިގަނޑު ދިނުމަކުން މާލެ ސާފެއް ނުވާނެ!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު