Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެއަލިފާނުގެ ހާދިސާ

ފީއަލީގައި ތެޔޮ ބޯޓުގައި ރޯވުން: ބޮޑެތި ގެއްލުންތަކެއް ލިބި، އައިސްޕްލާންޓް އެއްކޮށް އަނދާ ހުލި!

ފީއަލީ ބަނދަރުގައި އޮތް ތެޔޮ ބޯޓެއްގައި ރޯވި އަލިފާންގަނޑު ފެތުރި، އެ ރަށުގެ އައިސްޕްލާންޓާއި ތިން ދޯންޏެއް ބޭނުންނުކުރެވޭ ވަރަށް ވަނީ އަނދާފައި. މި ހާދިސާގައި އިތުރު ދޯންޏަކަށާއި ފިއުލް ޝެޑަށް ބޮޑެތި ގެއްލުންތަކެއް ލިބިފައިވާއިރު، ބިދޭސީއަކު ފިހިގެން ދަނީ ފަރުވާދެމުން. އެމްއެންޑީއެފުން ކުރި މަސައްކަތުން ބުރާސްފަތި ދުވަހުގެ ހެނދުނު 10:35 ހާއިރު އަލިފާންގަނޑު އެއްކޮށް ނިއްވާލެވިފައިވާ ކަމަށް.

އަމްނާ އިމާދު
އަމްނާ އިމާދު | 9 އެޕްރީލު 2026 | ބުރާސްފަތި 06:40
ފީއަލީ ތެޔޮ ބޯޓުގައި ރޯވެ ބޮޑެތި ގެއްލުންތަކެއް ވަނީ ލިބިފައި. އައިސްޕްލާންޓް ވެސް ބޭނުން ނުކުރެވޭ ވަރަށް ވަނީ އަނދާފައި.

ފީއަލީ ތެޔޮ ބޯޓުގައި ރޯވެ ބޮޑެތި ގެއްލުންތަކެއް ވަނީ ލިބިފައި. އައިސްޕްލާންޓް ވެސް ބޭނުން ނުކުރެވޭ ވަރަށް ވަނީ އަނދާފައި. | އެމްއެންޑީއެފް

ފ. ފީއަލީ ބަނދަރުގައި އޮތް ތެޔޮ ބޯޓުގައި ރޯވި އަލިފާނުގެ ހާދިސާގައި އެރަށުގެ އައިސްޕްލާންޓް އެއްކޮށް އަނދާ ހުލިވެއްޖެ އެވެ. 

މި ހާދިސާގެ ރިޕޯޓް އެމްއެންޑީއެފް އަށް ލިބުނީ ބުރާސްފަތި ދުވަހުގެ ހެނދުނު 09:30 ހާއިރު އެވެ. 

Advertisement - newsAdvertisement

ރާއްޖެއެމްވީއަށް އެސަރަހައްދުގައި ހުރި މީހަކު ކިޔަދިން ގޮތުގައި ތެޔޮ ބޯޓުގައި ރޯވި އަލިފާން ވަރަށް ބޮޑަށް ފެތުރި ބޮޑެތި ގެއްލުންތަކެއް ލިބިފައިވާ ކަަމަށެވެ. 

މިހާދިސާގައި އެރަށުގައި މިފްކޯ އައިސްޕްލާންޓް އެއްކޮށް އަނދާ ހުލިފައިވާ ކަމަށް އޭނާ ބުންޏެވެ. އަދި ފާނު މަސްވެރިކަން ކުރާ ދެ ދޯންނާއި، ވެލިއަރުވާ ދޯންޏެއް ބޭނުން ނުކުރެވޭ ވަރަށް އަނދާފައިވާއިރު، އަލަށް ބާލާފައި އޮތް ފައިބަރު ދޯންޏަކަށް އަލިފާނުގެ އަސަރުކޮށް ބޮޑެތި ގެއްލުންތަކެއް ލިބިފައިވާ ކަަމަށެވެ.

މީގެ އިތުރުން އެ ސަރަހައްދުގައި ހުރި ފިއުލް ޝެޑަށް އަލިފާނުގެ އަސަރުކޮށް، ޑިސްޕެންސަރާއި ޝެޑުގެ ބައެއް ބަައިތަކަށް ވެސް ގެއްލުން ވެފައިވެ އެވެ. 

އެމްއެންޑީއެފުން ބުނީ، މިހާދިސާގައި އެމްއެންޑީއެފް ސެންޓްރަލް އޭރިއާ ކޮމާންޑް، ކުޑަހުވަދޫ ފަޔަރ ސްޓޭޝަނުން އަލިފާން ނިއްވުމުގައި ހަރަކާތްތެރިވެފައިވާ ކަމަށެވެ.

އެގޮތުން، ފަޔަރ ފައިޓަރުން ކުރި މަސައްކަތުން އަލިފާން ނިއްވާލެވުނީ ބުރާސްފަތި ދުވަހުގެ ހެނދުނު 10:35 ހާއިރު ކަމަށް އެމްއެންޑީއެފުން ބުންޏެވެ. 

މި ހާދިސާގައި ތެޔޮ ދޯނީގައި މަސައްކަތްކުރާ ބަންގްލަދޭޝްގެ މީހަކު ވަރަށް ބޮޑަށް ފިހިގެން ސިއްހީ މަރުކަޒުގައި ދަނީ ފަރުވާ ދެމުންނެވެ.

މި އަލިފާނުގެ ހާދިސާ ހިނގަން މެދުވެރި ސަބަބު ކަމާގުޅުން ހުރި އެއްވެސް އިދާރާއަކުން އަދި ހާމަކޮށްފައިނުވާއިރު، މިހާދިސާ ތަހުގީގު ކުރަމުންދާ ކަމަށް ފުލުހުން ބުނެ އެވެ.

ފީއަލިއެމްއެންޑީއެފްއަލިފާނުގެ ހާދިސާ

އިތުރަށް ކިޔާލަން

09 އެޕްރީލު 2026

"އުދަރެސް" ބޯޓުން ގެއްލުނު މީހާ ފިލާގަނޑެއްގެ މަތީ ސަލާމަތުން އޮއްވައި ފެނިއްޖެ، ގެންދަނީ އޭނާ އަށް ފަރުވާ ދެމުން!

09 އެޕްރީލު 2026
"އުދަރެސް" ބޯޓުން ގެއްލުނު މީހާ ފިލާގަނޑެއްގެ މަތީ ސަލާމަތުން އޮއްވައި ފެނިއްޖެ، ގެންދަނީ އޭނާ އަށް ފަރުވާ ދެމުން!
06 އެޕްރީލު 2026

އިންތިޚާބުގެ ދެ ދުވަސް ފަހުން ފެނަކަ ކޯޕަރޭޝަންގެ އެމްޑީގެ މަގާމުން ނަޖާހު ވަކިކޮށްފި

06 އެޕްރީލު 2026
އިންތިޚާބުގެ ދެ ދުވަސް ފަހުން ފެނަކަ ކޯޕަރޭޝަންގެ އެމްޑީގެ މަގާމުން ނަޖާހު ވަކިކޮށްފި
06 އެޕްރީލު 2026

ދިވެހި ވަތަނީ ޚިދުމަތުގެ ތިން ވަނަ ޕްރޮގްރާމުގައި ބައިވެރިވުމުގެ މުއްދަތު އިތުރުކޮށްފި

06 އެޕްރީލު 2026
ދިވެހި ވަތަނީ ޚިދުމަތުގެ ތިން ވަނަ ޕްރޮގްރާމުގައި ބައިވެރިވުމުގެ މުއްދަތު އިތުރުކޮށްފި
04 އެޕްރީލު 2026

ހުޅުމާލެ ފޭސް-3ގެ ކުރީގެ އެކޮމަޑޭޝަން ބްލޮކެއްގައި ރޯވެ ގެއްލުންތަކެއް ލިބިއްޖެ

04 އެޕްރީލު 2026
ހުޅުމާލެ ފޭސް-3ގެ ކުރީގެ އެކޮމަޑޭޝަން ބްލޮކެއްގައި ރޯވެ ގެއްލުންތަކެއް ލިބިއްޖެ
03 އެޕްރީލު 2026

ގއ. އަތޮޅު ތައުލީމީ މަރުކަޒުގައި އަލިފާނުގެ ހާދިސާ އެއް ހިނގީ ކަރަންޓު ޝޯޓޭޖަކުން ކަމަށް ބެލެވޭ: ކައުންސިލް

03 އެޕްރީލު 2026
ގއ. އަތޮޅު ތައުލީމީ މަރުކަޒުގައި އަލިފާނުގެ ހާދިސާ އެއް ހިނގީ ކަރަންޓު ޝޯޓޭޖަކުން ކަމަށް ބެލެވޭ: ކައުންސިލް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު