Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
އެމްއެންޑީއެފް

"އުދަރެސް" ބޯޓުން ގެއްލުނު މީހާ ފިލާގަނޑެއްގެ މަތީ ސަލާމަތުން އޮއްވައި ފެނިއްޖެ، އޭނާ އަށް ދަނީ ފަރުވާ ދެމުން!

"އުދަރެސް" ބޯޓުން ގެއްލުނު ދިވެހި ފިރިހެންމީހާ، އޮޔާދިޔަ ޕެލެޓެއްގެ މަތީގައި އޮއްވައި ސަޕްލައި ދޯންޏަކަށް ވަނީ ފެނިފައި. މާލެއިން ގއ. ވިލިނގިއްޔަށް ދަތުރުކުރަނިކޮށް ހިނގި މި ހާދިސާގައި ބޯޓު އަޑިއަށް ގޮސްފައިވާއިރު، އޭގައި ހުރި މުދާތައް ކަނޑަށް ބޭރުވެފައިވާތީ އެ ސަރަހައްދުން ދަތުރުކުރާ އުޅަނދުފަހަރު ސަމާލުވުމަށް އެމްއެންޑީއެފުން އިލްތިމާސްކޮށްފައިވޭ. މިހާރު އެމީހާއަށް ލ. ގަމު ރީޖަނަލް ހޮސްޕިޓަލުގައި ދަނީ ފަރުވާ ދެމުން.

އަމްނާ އިމާދު
އަމްނާ އިމާދު, ރާއްޖެ އެމްވީ | 9 އެޕްރީލު 2026 | ބުރާސްފަތި 06:24
"އުދަރެސް" ބޯޓު ބަންޑުން ޖަހާލި ސަރަހައްދު. ގެއްލިގެން ހޯދަމުންދިޔައީ އުމުރުން ދުވަސްވީ މީހެއް.

"އުދަރެސް" ބޯޓު ބަންޑުން ޖަހާލި ސަރަހައްދު. ގެއްލިގެން ހޯދަމުންދިޔައީ އުމުރުން ދުވަސްވީ މީހެއް. | އެމްއެންޑީއެފް

"އުދަރެސް" ބޯޓުން ގެއްލުނު މީހާ، ސަލާމަތުން އޮއްވައި ފެނިފައިވާ ކަމަށާއި، އެމީހާއަށް ލ. ގަމު ރީޖަނަލް ހޮސްޕިޓަލުގައި ފަރުވާ ދެމުންދާ ކަމަށް ފުލުހުންގެ ޚިދުމަތުން ބުނެފި އެވެ. 

ދެ ދިވެހިންނާއި 10 ބިދޭސީން ދަތުރުކުރި މި ބޯޓު ލ. އަތޮޅު ސިކްސެންސް ލާމު ރިސޯޓް ކައިރީގައި އޮތް ފަރަކަށް އެރިކަމުގެ މައުލޫމާތު އެމްއެންޑީއެފް ކޯސްޓްގާޑް މެރިޓައިމް ރެސްކިޔު ކޯޑިނޭޝަން ސެންޓަރަށް ލިބިފައިވަނީ ބުދަ ދުވަހުގެ ރޭ ދަންވަރު 01:21 ހާއިރު އެވެ.

މިހާދިސާގައި ދުވަސްވީ ފިރިހެނަކު ގެއްލިފައިވާ ކަމަށާއި، އެމީހާ ހޯދުމުގެ މަސައްކަތް ކުރަމުންދާ ކަމަށް އޭރު އެމްއެންޑީއެފުން ބުންޏެވެ. 

ބުރާސްފަތި ދުވަހުގެ ހެނދުނު 10:45 ގައި ފުލުހުންގެ މީޑިއާތަކަށް ފޮނުވި މެސެޖެއްގައި ބުނީ، މި ހާދިސާގައި ގެއްލިގެން ހޯދަމުން ދިޔަ މީހާ، އޮޔާދިޔަ ޕެލެޓެއްގެ މަތީގައި އޮއްވާ އެ ސަރަހައްދުން ދަތުރުކުރި ސަޕްލައި ދޯންޏަކަށް ފެނިފައިވާ ކަމަށެވެ. އެމީހާ ފެނިފައިވަނީ 9 އޭޕްރީލް 2026 ވަނަ ދުވަހުގެ ހެނދުނު 10:15 އެހައިކަންހާއިރު ކަމަށެވެ. 

މީގެ އިތުރުން ފުލުހުން ބުނީ، ލ. ގަމު ރީޖަނަލް ހޮސްޕިޓަލަށް ގެންގޮސް އެމީހާ އަށް މިހާރު ފަރުވާ ދެމުންދާ ކަމަށެވެ. 

އުދަރެސް ބޯޓު ފަރަަށް އެރީ މާލެއިން ފުރައިގެން ގއ. ވިލިނގިއްޔަށް ދަތުރުކުރަމުން ދަނިކޮށެވެ.

އުދަރެސް ބޯޓު އަޑިއަށް ދިއުމާ ގުޅިގެން ބޯޓުގައި ހުރި މުދާތައް ލ. އޮޅުވެލީގެ ހުޅަނގަށް އޮޔާދާތީ، އެ ސަރަހައްދުން ދަތުރުކުރާ އުޅަނދުފަހަރުން މިކަމަށް ޚާއްސަ ސަމާލުކަމެއް ދިނުމަށް ވެސް އެމްއެންޑީއެފުން ވަނީ އިލްތިމާސްކޮށްފަ އެވެ. 

އުދަރެސްލ. ގަމު ރީޖަނަލް ހޮސްޕިޓަލްއެމްއެންޑީއެފް ކޯސްޓްގާޑުއެމްއެންޑީއެފް

ކޮމެންޓް

އިތުރަށް ކިޔާލަން

ފީއަލީގައި ތެޔޮ ބޯޓުގައި ރޯވުން: ބޮޑެތި ގެއްލުންތަކެއް ލިބި، އައިސްޕްލާންޓް އެއްކޮށް އަނދާ ހުލި!

ފީއަލީގައި ތެޔޮ ބޯޓުގައި ރޯވުން: ބޮޑެތި ގެއްލުންތަކެއް ލިބި، އައިސްޕްލާންޓް އެއްކޮށް އަނދާ ހުލި!

09 އެޕްރީލު 2026
ދިވެހި ވަތަނީ ޚިދުމަތުގެ ތިން ވަނަ ޕްރޮގްރާމުގައި ބައިވެރިވުމުގެ މުއްދަތު އިތުރުކޮށްފި

ދިވެހި ވަތަނީ ޚިދުމަތުގެ ތިން ވަނަ ޕްރޮގްރާމުގައި ބައިވެރިވުމުގެ މުއްދަތު އިތުރުކޮށްފި

06 އެޕްރީލު 2026
ހުޅުމާލެ ފޭސް-3ގެ ކުރީގެ އެކޮމަޑޭޝަން ބްލޮކެއްގައި ރޯވެ ގެއްލުންތަކެއް ލިބިއްޖެ

ހުޅުމާލެ ފޭސް-3ގެ ކުރީގެ އެކޮމަޑޭޝަން ބްލޮކެއްގައި ރޯވެ ގެއްލުންތަކެއް ލިބިއްޖެ

04 އެޕްރީލު 2026
ގއ. އަތޮޅު ތައުލީމީ މަރުކަޒުގައި އަލިފާނުގެ ހާދިސާ އެއް ހިނގީ ކަރަންޓު ޝޯޓޭޖަކުން ކަމަށް ބެލެވޭ: ކައުންސިލް

ގއ. އަތޮޅު ތައުލީމީ މަރުކަޒުގައި އަލިފާނުގެ ހާދިސާ އެއް ހިނގީ ކަރަންޓު ޝޯޓޭޖަކުން ކަމަށް ބެލެވޭ: ކައުންސިލް

03 އެޕްރީލު 2026
ވ.އަތޮޅުން ލޯންޗު ބަންޑުން ޖަހާލި ހާދިސާގައި ގެއްލުނު ދެމީހުން ހޯދުމަށް ޑައިވް ކޮށްގެން އެކަނި ވެސް 253,662.6 އަކަ މީޓަރަށް ވުރެ ބޮޑު ސަރަހައްދެއް ވަނީ ބަލާފައި، އަދިވެސް ނުފެނޭ!

ވ.އަތޮޅުން ލޯންޗު ބަންޑުން ޖަހާލި ހާދިސާގައި ގެއްލުނު ދެމީހުން ހޯދުމަށް ޑައިވް ކޮށްގެން އެކަނި ވެސް 253,662.6 އަކަ މީޓަރަށް ވުރެ ބޮޑު ސަރަހައްދެއް ވަނީ ބަލާފައި، އަދިވެސް ނުފެނޭ!

28 މާރިޗު 2026

އަހަރުތަކުން މިއަދު

8 އެޕްރީލު
ކުރިއަށް އޮތް 6 މަސް ދުވަހަށް އެމްޕީއެލް މުވައްޒަފުންގެ އިތުރު ގަޑީގެ ފައިސާ ކަނޑާލައިފި
20251 އަހަރު ކުރިން
ރާއްޖެ

ކުރިއަށް އޮތް 6 މަސް ދުވަހަށް އެމްޕީއެލް މުވައްޒަފުންގެ އިތުރު ގަޑީގެ ފައިސާ ކަނޑާލައިފި

ޝިފާ ހޮސްޕިޓަލް ޤަބުރުސްތާނަކަށް، މުޅި ތަނުގައި ޤަބުރު ކުނިވަސް!
20242 އަހަރު ކުރިން
ރިޕޯޓު

ޝިފާ ހޮސްޕިޓަލް ޤަބުރުސްތާނަކަށް، މުޅި ތަނުގައި ޤަބުރު ކުނިވަސް!

"2 މިލިއަނުންވެސް ނުފުދޭ، ދެން ކޮންތާކުންތަ ފައިސާ ނެރެންވީ؟"
20233 އަހަރު ކުރިން
ރިޕޯޓު

"2 މިލިއަނުންވެސް ނުފުދޭ، ދެން ކޮންތާކުންތަ ފައިސާ ނެރެންވީ؟"

ހަތަރު އަހަރު ފަހުން ދަރިފުޅު ފެނުނީ ޑްރަގާއި ދެކޮޅަށް ތެދުވުމަށް އެމްޓީސީސީން ދިން ފުރުސަތުގެ ސަބަބުން
20224 އަހަރު ކުރިން
ރިޕޯޓު

ހަތަރު އަހަރު ފަހުން ދަރިފުޅު ފެނުނީ ޑްރަގާއި ދެކޮޅަށް ތެދުވުމަށް އެމްޓީސީސީން ދިން ފުރުސަތުގެ ސަބަބުން

"ޕޮލިސް ބޯޑު" އެކުލަވާލައްވައިފި
20215 އަހަރު ކުރިން
ރާއްޖެ

"ޕޮލިސް ބޯޑު" އެކުލަވާލައްވައިފި

މަޖިލީހުގެ ރައީސް ކަމަށް ކުރިމަތިލާނަން: ޖާބިރު
20197 އަހަރު ކުރިން
ރާއްޖެ

މަޖިލީހުގެ ރައީސް ކަމަށް ކުރިމަތިލާނަން: ޖާބިރު

ބަރުދަން ލުއި ކުރަން ޕާސްތާ ބަރާބަރު: ދިރާސާ
20188 އަހަރު ކުރިން
ސިއްހަތު

ބަރުދަން ލުއި ކުރަން ޕާސްތާ ބަރާބަރު: ދިރާސާ

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު