Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެ
އަލިފާނުގެ ހާދިސާ

މާލޭގެ ގަލޮޅު މޯޗަރީ ކައިރި ހުރި ގުދަނެއްގައި ރޯވެ އަނދަނީ

ބުދަ ދުވަހު އެމްއެންޑީއެފުން ބުނީ، ގަލޮޅު ހުވަފެނީ ގޯޅީގައި ހުންނަ ގެއެއްގައި އަލިފާން ރޯވެގެން އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިޔު ސަރވިސްއިން ހަރަކާތްތެރިވަމުންދާ ކަމަށް. އާއްމުވެފައިވާ ވީޑީއޯތަކުން ފެންނަނީ ހަނި ގޯޅިއެއްގެ ތެރޭ ހުރި އެ ގުދަނުގައި ވަރަށް ބޮޑަށް ރޯވެ އަނދާ މަންޒަރު. މުޅި ގޯޅިގަނޑު ވެސް ވަނީ ކަޅު ދުމުން ފުރިފައި.

އަމްނާ އިމާދު
އަމްނާ އިމާދު, ރާއްޖެ އެމްވީ | 18 މާރިޗު 2026 | ބުދަ 06:33
މާލޭ، ގަލޮޅު މޯޗަރީ ކައިރި ހުރި ގުދަނެއްގައި ރޯވި އަލިފާންގަނޑު ނިއްވުމުގެ މަސައްކަތް ކުރަނީ.

މާލޭ، ގަލޮޅު މޯޗަރީ ކައިރި ހުރި ގުދަނެއްގައި ރޯވި އަލިފާންގަނޑު ނިއްވުމުގެ މަސައްކަތް ކުރަނީ. | އެމްއެންޑީއެފް

މާލޭގެ ގަލޮޅު މޯޗަރީ ކައިރި ހުރި ގުދަނެއްގައި އަލިފާނުގެ ހާދިސާއެއް ހިނގައިފި އެވެ.

ބުދަ ދުވަހު އެމްއެންޑީއެފުން ބުނީ، ގަލޮޅު ހުވަފެނީ ގޯޅީގައި ހުންނަ ގެއެއްގައި އަލިފާން ރޯވެގެން އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިޔު ސަރވިސްއިން ހަރަކާތްތެރިވަމުންދާ ކަމަށެވެ. 

Advertisement - newsAdvertisement

ނަމަވެސް އިތުރު ތަފްސީލެއް ނުދެ އެވެ.

އާއްމުވެފައިވާ ވީޑީއޯތަކުން ފެންނަނީ ހަނި ގޯޅިއެއްގެ ތެރޭ ހުރި އެ ގުދަނުގައި ވަރަށް ބޮޑަށް ރޯވެ އަނދާ މަންޒެރެވެ. މުޅި ގޯޅިގަނޑު ކަޅު ދުމުން ވަނީ ފުރިފަ އެވެ. 

މައުލޫމާތު ލިބޭ ގޮތުގައި، އެއިމާރާތުގެ މަތީގައި ގުދަންހުރި އިރު، ތިރީގައި ހުންނަނީ ކޮފީ ޝޮޕެކެވެ.

މިފަހުން އަލިފާނުގެ ހާދިސާތައް ހިނގާ މިންވަރު ވަނީ އިތުރުވެފަ އެވެ.

މިމަހުގެ 17 ވީ އަންގާރަ ދުވަހުގެ ހަވީރު ހުޅުމާލޭގެ ގެއެއްގައި ނުރައްކާތެރި އަލިފާނުގެ ހާދިސާއެއް ހިނގައި ބޮޑެތި ގެއްލުންތަކެއް ވަނީ ލިބިފަވެ އެވެ. އަދި ޖެނުވަރީ މަހުގެ ތެރޭގައި ހުޅުމާލެ ދެވަނަ ފިޔަވަހީގެ ހިޔާ ފްލެޓުގެ 5 ވަނަ ޓަވަރުގައި އަލިފާނުގެ ހާދިސާއެއް ހިނގާފައިވާއިރު، 31 ޖެނުއަރީ ވީ ހޮނިހިރު ދުވަހުގެ ރޭ މެންދަމު ފޭސް-1ގެ ޗަނބޭލީ5 ގޯޅީގެ ލޮޓް ނަންބަރ 11154 ގޭގެ ތިރީގައި ހުރި ގުދަނެއްގައި ރޯވެ 25 މީހަކަށް ވަގުތީ ބޯހިޔާވަހިކަން ފޯރު ކޮށްދީފައިވެ އެވެ.

މީގެ އިތުރުން އދ. ދިގުރަށުގައި މިމަހުގެ 12 ވީ ބުރާސްފަތި ދުވަހުގެ ދަންވަރު ބިދޭސީން ދިރިއުޅޭ އެކޮމަޑޭޝަން ބްލޮކެއްގައި ނުރައްކާތެރި އަލިފާނުގެ ހާދިސާއެއް ހިނގައި 5 މީހަކު ވަނީ ނިޔާވެފަ އެވެ. އަދި 2 މީހަކަށް ވެންޓިލޭޓަރުގައި ދަނީ ފަރުވާ ދެމުންނެވެ.

އެމްއެންޑީއެފްއަލިފާނުގެ ހާދިސާ

ކޮމެންޓް

އިތުރަށް ކިޔާލަން

ހުޅުމާލޭގެ ގެއެއްގައި ނުރައްކާތެރި އަލިފާނުގެ ހާދިސާއެއް: އެ އާއިލާއަށް 5 ދުވަހަށް ވަގުތީ ބޯހިޔާވަހިކަން ހަމަޖައްސައިދީފި

ހުޅުމާލޭގެ ގެއެއްގައި ނުރައްކާތެރި އަލިފާނުގެ ހާދިސާއެއް: އެ އާއިލާއަށް 5 ދުވަހަށް ވަގުތީ ބޯހިޔާވަހިކަން ހަމަޖައްސައިދީފި

18 މާރިޗު 2026
ދިގު ރަށުގައި ހިނގި އަލިފާނުގެ ހާދިސާ: އެޗްއާރްސީއެމް އިން މައްސަލަ ބަލަނީ

ދިގު ރަށުގައި ހިނގި އަލިފާނުގެ ހާދިސާ: އެޗްއާރްސީއެމް އިން މައްސަލަ ބަލަނީ

13 މާރިޗު 2026
ދިގުރަށުގެ އަލިފާނުގެ ހާދިސާގައި ނިޔާވީ ބޭރަށް ނުކުމެފައި، އަމިއްލަ ތަކެތި ބަލައި އެތެރެއަށް ވަތް މީހުން، ރޯވީ ގޭސް ލީކުވެގެން

ދިގުރަށުގެ އަލިފާނުގެ ހާދިސާގައި ނިޔާވީ ބޭރަށް ނުކުމެފައި، އަމިއްލަ ތަކެތި ބަލައި އެތެރެއަށް ވަތް މީހުން، ރޯވީ ގޭސް ލީކުވެގެން

13 މާރިޗު 2026
ދިގުރަށުގައި ހިނގި ނުރައްކާތެރި އަލިފާނުގެ ހާދިސާ: އައިޖީއެމްއެޗަށް ގެނައި ދެމީހުންނަށް ފަރުވާ ދެނީ ވެންޓިލޭޓަރުގައި

ދިގުރަށުގައި ހިނގި ނުރައްކާތެރި އަލިފާނުގެ ހާދިސާ: އައިޖީއެމްއެޗަށް ގެނައި ދެމީހުންނަށް ފަރުވާ ދެނީ ވެންޓިލޭޓަރުގައި

13 މާރިޗު 2026
އދ. ދިގުރަށުގައި ހުކުރުވިލޭރޭ ހިނގި ނުރައްކާތެރި އަލިފާނުގެ ހާދިސާއެއް ގައި ފަސްމީހަކު މަރުވެއްޖެ

އދ. ދިގުރަށުގައި ހުކުރުވިލޭރޭ ހިނގި ނުރައްކާތެރި އަލިފާނުގެ ހާދިސާއެއް ގައި ފަސްމީހަކު މަރުވެއްޖެ

13 މާރިޗު 2026

އަހަރުތަކުން މިއަދު

8 ޖޫން
"ޓީމް އިއްބެ" ޝޯނުދީ ކައުންސިލަށް ނޭނގި ދާން އުޅުމަކީ ނާތަހުޒީބު އަމަލެއް: ކަމަދޫ ކައުންސިލް
20251 އަހަރު ކުރިން
ރާއްޖެ

"ޓީމް އިއްބެ" ޝޯނުދީ ކައުންސިލަށް ނޭނގި ދާން އުޅުމަކީ ނާތަހުޒީބު އަމަލެއް: ކަމަދޫ ކައުންސިލް

4000 ފްލެޓަށް ހަދަން އުޅޭ ގޮތެއް ނޭނގޭ، އެ ކޮމިޓީން މި ކޮމިޓީން ލިސްޓް ވާނުވާގައި!
20242 އަހަރު ކުރިން
ރާއްޖެ

4000 ފްލެޓަށް ހަދަން އުޅޭ ގޮތެއް ނޭނގޭ، އެ ކޮމިޓީން މި ކޮމިޓީން ލިސްޓް ވާނުވާގައި!

ހުސްއަންހެނުން ދަތުރުކުރި ފުރަތަމަ ހައްޖު ފްލައިޓް އިންޑިޔާ އިން ޖިއްދާއަށް
20233 އަހަރު ކުރިން
ދުނިޔެ

ހުސްއަންހެނުން ދަތުރުކުރި ފުރަތަމަ ހައްޖު ފްލައިޓް އިންޑިޔާ އިން ޖިއްދާއަށް

ބްރައުން ޝުގަރއަކީ ސިއްޙީ ގޮތުން ވަކި ރައްކާތެރި އެއްޗެއް ނޫން
20224 އަހަރު ކުރިން
ސިއްހަތު

ބްރައުން ޝުގަރއަކީ ސިއްޙީ ގޮތުން ވަކި ރައްކާތެރި އެއްޗެއް ނޫން

ވިއްސާރަދުނީގެ ކުލަތަކުން ޖަރީކުރާއިރު އަލިފާނުގެ ވާރޭގެ މަތިން ހަނދުމަ ނެތުނީހެއްޔެވެ؟
20215 އަހަރު ކުރިން
ރިޕޯޓު

ވިއްސާރަދުނީގެ ކުލަތަކުން ޖަރީކުރާއިރު އަލިފާނުގެ ވާރޭގެ މަތިން ހަނދުމަ ނެތުނީހެއްޔެވެ؟

ސަލާހުގެ އަންހެނުންނާއި އެހެން މަޝްހޫރު ކުޅުންތެރިންގެ އަންހެނުންނާއި ހުރި ތަފާތަކީ ކޮބާ؟
20197 އަހަރު ކުރިން
ރިޕޯޓު

ސަލާހުގެ އަންހެނުންނާއި އެހެން މަޝްހޫރު ކުޅުންތެރިންގެ އަންހެނުންނާއި ހުރި ތަފާތަކީ ކޮބާ؟

ދަމު ނަމާދު. (تهجد ނަމާދު)
20188 އަހަރު ކުރިން
އިސްލާމް

ދަމު ނަމާދު. (تهجد ނަމާދު)

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު