Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެދިވެހި ވަތަނީ ޚިދުމަތުގެ ޕްރޮގްރާމް

ދިވެހި ވަތަނީ ޚިދުމަތުގެ ތިން ވަނަ ޕްރޮގްރާމުގައި ބައިވެރިވުމުގެ މުއްދަތު އިތުރުކޮށްފި

6 އެޕްރީލު 2026 | ހޯމަ 07:46

ދިވެހި ވަތަނީ ޚިދުމަތުގެ ތިންވަނަ ބުރުގައި ބައިވެރިވުމުގެ ފުރުސަތު 7 އޭޕްރީލް 2026 އާ ހަމައަށް މިނިސްޓްރީ އޮފް ޑިފެންސުން ވަނީ އިތުރު ކޮށްފައި. އުމުރުން 16 އަހަރާއި 28 އަހަރާ ދެމެދުގެ ޒުވާނުންނަށް އަމާޒުކޮށްގެން ޅ. މާފިލާފުށީގައި ހިންގާ މި ތަމްރީނު ޕްރޮގްރާމް އަންނަ މެއި މަހު ފެށުމަށް ވަނީ ހަމަޖެހިފައި. ތިން މަސްދުވަހުގެ މުއްދަތަށް ކުރިއަށްގެންދާ މި ޕްރޮގްރާމަކީ ޒުވާނުންގެ ބޮޑު ތަރުހީބެއް ލިބެމުންދާ ޕްރޮގްރާމެއް ކަމަށް އެ މިނިސްޓްރީން ބުނޭ.

އަމްނާ އިމާދު
އަމްނާ އިމާދު | 6 އެޕްރީލު 2026 | ހޯމަ 07:46
ދިވެހި ވަތަނީ ޚިދުމަތުގެ ޕްރޮގްރާމުގެ ތެރެއިން. މިޕްރޮގްރާމްއަށް ގިނަ ޒުވާނުންގެ ތަރުހީބު ލިބޭ ކަމަށް ޑިފެންސް މިނިސްޓްރީން ބުނޭ.

ދިވެހި ވަތަނީ ޚިދުމަތުގެ ޕްރޮގްރާމުގެ ތެރެއިން. މިޕްރޮގްރާމްއަށް ގިނަ ޒުވާނުންގެ ތަރުހީބު ލިބޭ ކަމަށް ޑިފެންސް މިނިސްޓްރީން ބުނޭ. | އެމްއެންޑީއެފް

ދިވެހި ވަތަނީ ޚިދުމަތުގެ ތިން ވަނަ ޕްރޮގްރާމުގައި ބައިވެރިވުމުގެ މުއްދަތު ޑިފެންސް މިނިސްޓްރީން އިތުރު ކޮށްފި އެވެ. 

ޑިފެންސް މިނިސްޓްރީން ބުނީ، ދިވެހި ވަތަނީ ޚިދުމަތުން ކުރިއަށް ގެންދާ ނޭޝަނަލް ސަރވިސް އިނީޝިއަލް ޓްރެއިނިންގގެ ތިންވަނަ ބުރުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލާފައިވާ ކަަމަށާއި، ޕްރޮގްރާމްގައި ބައިވެރިވުމުގެ މުއްދަތު އިތުރު ކޮށްފައިވާ ކަަމަށެވެ.

އެގޮތުން 7 އޭޕްރީލް 2026 ވަނަ ދުވަހު މެންދުރުފަހު 2:00ގެ ކުރިން ފޯމް ހުށަހެޅޭނެ ކަމަށް މިނިސްޓްރީން ބުނެ އެވެ. 

3 މަސް ދުވަހަށް ކުރިއަށް ގެންދާ މިޕްރޮގްރާމްގައި ބައިވެރިވެވޭނީ ފުރިހަމަ ސިއްހަތެއްގައި ހުރުމާއެކު، އުމުރުން 16 އަހަރު ފުރި 28 އަހަރު ނުފުރޭ މީހުންނަށެވެ. އަދި އުމުރުން 18 އަހަރު ނުފުރޭ ކުދިންނަށް މި ޕްރޮގްރާމްގައި ބައިވެރިކުރެވޭނީ، މި ޚިދުމަތުގައި ބައިވެރިވުމާއިމެދު އެ ކުއްޖެއްގެ ޝަރުޢީ ނުވަތަ ގާނޫނީ ބަލަދުވެރިޔާގެ އިޢުތިރާޒެއް ނެތްކަމުގައި ވާނަމަ ކަމަށް ޑިފެންސް މިނިސްޓްރީން ބުނެ އެވެ.

 ވަތަނީ ޚިދުމަތުގެ ތިން ވަަނަ ޕްރޮގްރާމުގެ ތަަމްރީން ފެށުމަށް ހަމަޖެހިފައިވަނީ މެއި މަހުގެ ތެރޭގަ އެވެ. 

ތަމްރީނު ހިންގާނީ އެމްއެންޑީއެފް ކޮމްޕޮސިޓް ޓްރެއިނިން ސެންޓަރު ޅ.މާފިލާފުށިގަ އެވެ.

ޑިފެންސް މިނިސްޓްރީން މައުލޫމާތުދޭ ގޮތުގައި، މިޕްރޮގްރާމަށް ގިނަ ޒުވާނުންގެ ތަރުހީބު ލިބެ އެވެ. 

ފުރަތަމަ ބެޗުން، 344 ޒުވާނުން ތަމްރީނުވެ މިދިޔަ އަހަރުގެ ޑިސެމްބަރު 28 ވަނަ ދުވަހު ދަސްވެނިވެފައިވެ އެވެ. އަދި ދެވަނަ ބެޗްގެ ތަމްރީނުތައް މިހާރު ދަނީ ކުރިއަށެވެ.

ދިވެހި ވަތަނީ ޚިދުމަތުގެ ޕްރޮގްރާމްޑިފެންސް މިނިސްޓްރީ އެމްއެންޑީއެފް

އިތުރަށް ކިޔާލަން

04 އެޕްރީލު 2026

ހުޅުމާލެ ފޭސް-3ގެ ކުރީގެ އެކޮމަޑޭޝަން ބްލޮކެއްގައި ރޯވެ ގެއްލުންތަކެއް ލިބިއްޖެ

04 އެޕްރީލު 2026
ހުޅުމާލެ ފޭސް-3ގެ ކުރީގެ އެކޮމަޑޭޝަން ބްލޮކެއްގައި ރޯވެ ގެއްލުންތަކެއް ލިބިއްޖެ
03 އެޕްރީލު 2026

ގއ. އަތޮޅު ތައުލީމީ މަރުކަޒުގައި އަލިފާނުގެ ހާދިސާ އެއް ހިނގީ ކަރަންޓު ޝޯޓޭޖަކުން ކަމަށް ބެލެވޭ: ކައުންސިލް

03 އެޕްރީލު 2026
ގއ. އަތޮޅު ތައުލީމީ މަރުކަޒުގައި އަލިފާނުގެ ހާދިސާ އެއް ހިނގީ ކަރަންޓު ޝޯޓޭޖަކުން ކަމަށް ބެލެވޭ: ކައުންސިލް
28 މާރިޗު 2026

ވ.އަތޮޅުން ލޯންޗު ބަންޑުން ޖަހާލި ހާދިސާގައި ގެއްލުނު ދެމީހުން ހޯދުމަށް ޑައިވް ކޮށްގެން އެކަނި ވެސް 253,662.6 އަކަ މީޓަރަށް ވުރެ ބޮޑު ސަރަހައްދެއް ވަނީ ބަލާފައި، އަދިވެސް ނުފެނޭ!

28 މާރިޗު 2026
ވ.އަތޮޅުން ލޯންޗު ބަންޑުން ޖަހާލި ހާދިސާގައި ގެއްލުނު ދެމީހުން ހޯދުމަށް ޑައިވް ކޮށްގެން އެކަނި ވެސް 253,662.6 އަކަ މީޓަރަށް ވުރެ ބޮޑު ސަރަހައްދެއް ވަނީ ބަލާފައި، އަދިވެސް ނުފެނޭ!
22 މާރިޗު 2026

ނ.މިލަދޫގައި ސިފައިންގެ މީހެއްގެ ޔުނީފޯމްތައް މަގު މައްޗަށް އުކާލައިފި

22 މާރިޗު 2026
ނ.މިލަދޫގައި ސިފައިންގެ މީހެއްގެ ޔުނީފޯމްތައް މަގު މައްޗަށް އުކާލައިފި
21 މާރިޗު 2026

އައްޑޫ ސިޓީގައި ހަވާއެރުވުން އެމްއެންޑީއެފުން ފަހުވަގުތު ކެންސަލް ކުރީ ސިޔާސީ ނުފޫޒުން: ކައުންސިލް

21 މާރިޗު 2026
އައްޑޫ ސިޓީގައި ހަވާއެރުވުން އެމްއެންޑީއެފުން ފަހުވަގުތު ކެންސަލް ކުރީ ސިޔާސީ ނުފޫޒުން: ކައުންސިލް
18 މާރިޗު 2026

ގަލޮޅު މޯޗަރީ ކައިރި ހުރި ގުދަނެއްގައި ރޯވި އަލިފާން ގާތްގަނޑަށް އެއްގަޑިއިރުގެ ތެރޭގައި ކޮންޓްރޯލް ކުރި

18 މާރިޗު 2026
ގަލޮޅު މޯޗަރީ ކައިރި ހުރި ގުދަނެއްގައި ރޯވި އަލިފާން ގާތްގަނޑަށް އެއްގަޑިއިރުގެ ތެރޭގައި ކޮންޓްރޯލް ކުރި
18 މާރިޗު 2026

މާލޭގެ ގަލޮޅު މޯޗަރީ ކައިރި ހުރި ގުދަނެއްގައި ރޯވެ އަނދަނީ

18 މާރިޗު 2026
މާލޭގެ ގަލޮޅު މޯޗަރީ ކައިރި ހުރި ގުދަނެއްގައި ރޯވެ އަނދަނީ
11 މާރިޗު 2026

ބޮޑު ހަނގުރާމައެއް ކުރިއަށް ދަނިކޮށް ތިން ދުވަހަށް އީދު ފާހަގަކުރަން ނިންމާފައިވާތީ މެންބަރު ކުޑޫ ކަންބޮޑުވުން ފާޅު ކުރައްވައިފި

11 މާރިޗު 2026
ބޮޑު ހަނގުރާމައެއް ކުރިއަށް ދަނިކޮށް ތިން ދުވަހަށް އީދު ފާހަގަކުރަން ނިންމާފައިވާތީ މެންބަރު ކުޑޫ ކަންބޮޑުވުން ފާޅު ކުރައްވައިފި
08 މާރިޗު 2026

ދަރިވަރުން ސްކޫލު ނިންމުމަށްފަހު ވަތަނީ ޚިދުމަތުގެ ޕްރޮގްރާމްގައި ބައިވެރިވުން މަޖުބޫރު ކުރުމަށް ޕީއެންސީގެ މެމްބަރަކު ގޮވާލައްވައިފި

08 މާރިޗު 2026
ދަރިވަރުން ސްކޫލު ނިންމުމަށްފަހު ވަތަނީ ޚިދުމަތުގެ ޕްރޮގްރާމްގައި ބައިވެރިވުން މަޖުބޫރު ކުރުމަށް ޕީއެންސީގެ މެމްބަރަކު ގޮވާލައްވައިފި
07 މާރިޗު 2026

އައްޑޫ ސިޓީ ފޭދޫ ކައިރީގައި އޮތް ސަފާރީއެއްގައި އަލިފާން ރޯވެ އަނދަނީ

07 މާރިޗު 2026
އައްޑޫ ސިޓީ ފޭދޫ ކައިރީގައި އޮތް ސަފާރީއެއްގައި އަލިފާން ރޯވެ އަނދަނީ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް