Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެ
އަލިފާނުގެ ހާދިސާ

ގަލޮޅު މޯޗަރީ ކައިރި ހުރި ގުދަނެއްގައި ރޯވި އަލިފާން ގާތްގަނޑަށް އެއްގަޑިއިރުގެ ތެރޭގައި ކޮންޓްރޯލް ކުރި

އެމްއެންޑީއެފުން ބުނީ، ހެނދުނު 10:45 ހާއިރު އަލިފާނު ހާދިސާގެ ރިޕޯޓު ލިބިފައިވާ ކަމަށާއި، 11:50 ހާއިރު ކޮންޓްރޯލް ކުރެވި، ނިއްވާލެވިފައިވާ ކަމަށް. އަލިފާނުގެ ހާދިސާ ހިނގަން މެދުވެރިވި ސަބަބު އަދި އެއްވެސް އިދާރާއަކުން މިހާތަނަށް ހާމަކޮށްފައިނުވޭ. އަދި މީހަކަށް އަނިޔާއެއް ލިބުނު ކަމުގެ ރިޕޯޓު ލިބިފައިނުވޭ.

އަމްނާ އިމާދު
އަމްނާ އިމާދު, ރާއްޖެ އެމްވީ | 18 މާރިޗު 2026 | ބުދަ 08:49
ގަލޮޅު މޯޗަރީ ކައިރި ހުރި ގުދަނެއްގައި އަލިފާން ރޯވެ ބޮޑެތި ގެއްލުންތަކެއް ވަނީ ލިބިފައި.

ގަލޮޅު މޯޗަރީ ކައިރި ހުރި ގުދަނެއްގައި އަލިފާން ރޯވެ ބޮޑެތި ގެއްލުންތަކެއް ވަނީ ލިބިފައި. | ރާއްޖެއެމްވީ

މާލޭގެ ގަލޮޅު މޯޗަރީ ކައިރިގައި ހުރި ގުދަނެއްގައި ރޯވި އަލިފާންގަނޑު ގާތްގަނޑަކަށް ގަޑިއިރެއް ހާ އިރުގެ ތެރޭގައި ކޮންޓްރޯލް ކޮށްފި އެވެ. 

ބުދަ ދުވަހު އެމްއެންޑީއެފުން ބުނީ، ހެނދުނު 10:45 ހާއިރު އަލިފާނުގެ ހާދިސާގެ ރިޕޯޓު ލިބިފައިވާ ކަމަށާއި، 11:50 ހާއިރު ކޮންޓްރޯލް ކުރެވި، ނިއްވާލެވިފައިވާ ކަމަށެވެ.

Advertisement - newsAdvertisement

ހުވަފެނީގޯޅީގައި ހުންނަ ގެއެއްގައި ރޯވި އަލިފާންގަނޑު ނިއްވާލާފައިވަނީ، ފުލުހުންނާއި ފަޔަރ އެންޑް ރެސްކިއު ސަރވިސަސްއިން އަދި އާއްމު ރައްޔިތުން ގުޅިގެން ކުރި މަސައްކަތުންނެވެ.

މިހާދިސާގައި އިމާރާތަށް ބޮޑެތި ގެއްލުންތަކެއް ލިބިފައިވާއިރު، އެވަގުތު އެސަރަހައްދުގެ ގޭބިސީތަކުން މީހުން ހުސްކުރުމުގެ  މަސައްކަތް ކޮށްފައިވެ އެވެ. 

އަލިފާނުގެ ހާދިސާ ހިނގަން މެދުވެރިވި ސަބަބު އަދި އެއްވެސް އިދާރާއަކުން މިހާތަނަށް ހާމަކޮށްފައިނުވެ އެވެ. މި ހާދިސާގައި ދުމުގެ އަސަރު ކުރުމުގެ ސަބަބުން ހާލު ދެރަވެގެން އަންހެން ފުލުހަކު ހޮސްޕިޓަލަށް ގެންގޮސްފައިވާ ކަމަށް ފުލުހުން ބުނެ އެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި މިއީ ފިލާ ބޭނުން ކޮށްގެން ތިން ފަންގިފިލާއަށް ހަދާފައިވާ ތަނެކެވެ. މިތަނުގައި އެއްވެސް މީހަކު ދިރިނޫޅޭއިރު، އެ އިމާރާތް ބޭނުން ކުރަމުންދިޔައީ ގުދަނެއްގެ ގޮތުގަ އެވެ. 

މި ފަހުން އަލިފާނުގެ ހާދިސާތައް ހިނގާ މިންވަރު ވަނީ އިތުރުވެފަ އެވެ.

މިމަހުގެ 17 ވީ އަންގާރަ ދުވަހުގެ ހަވީރު ހުޅުމާލޭގެ ގެއެއްގައި ނުރައްކާތެރި އަލިފާނުގެ ހާދިސާއެއް ހިނގައި ބޮޑެތި ގެއްލުންތަކެއް ވަނީ ލިބިފަވެ އެވެ. އަދި ޖެނުވަރީ މަހުގެ ތެރޭގައި ހުޅުމާލެ ދެވަނަ ފިޔަވަހީގެ ހިޔާ ފްލެޓުގެ 5 ވަނަ ޓަވަރުގައި އަލިފާނުގެ ހާދިސާއެއް ހިނގާފައިވާއިރު، 31 ޖެނުއަރީ ވީ ހޮނިހިރު ދުވަހުގެ ރޭ މެންދަމު ފޭސް-1ގެ ޗަނބޭލީ5 ގޯޅީގެ ލޮޓް ނަންބަރ 11154 ގޭގެ ތިރީގައި ހުރި ގުދަނެއްގައި ރޯވެ 25 މީހަކަށް ވަގުތީ ބޯހިޔާވަހިކަން ފޯރު ކޮށްދީފައިވެ އެވެ.

މީގެ އިތުރުން އދ. ދިގުރަށުގައި މިމަހުގެ 12 ވީ ބުރާސްފަތި ދުވަހުގެ ދަންވަރު ބިދޭސީން ދިރިއުޅޭ އެކޮމަޑޭޝަން ބްލޮކެއްގައި ނުރައްކާތެރި އަލިފާނުގެ ހާދިސާއެއް ހިނގައި 5 މީހަކު ވަނީ ނިޔާވެފަ އެވެ. އަދި 2 މީހަކަށް ވެންޓިލޭޓަރުގައި ދަނީ ފަރުވާ ދެމުންނެވެ.

އެމްއެންޑީއެފްއަލިފާނުގެ ހާދިސާ

ކޮމެންޓް

އިތުރަށް ކިޔާލަން

މާލޭގެ ގަލޮޅު މޯޗަރީ ކައިރި ހުރި ގުދަނެއްގައި ރޯވެ އަނދަނީ

މާލޭގެ ގަލޮޅު މޯޗަރީ ކައިރި ހުރި ގުދަނެއްގައި ރޯވެ އަނދަނީ

18 މާރިޗު 2026
ބޮޑު ހަނގުރާމައެއް ކުރިއަށް ދަނިކޮށް ތިން ދުވަހަށް އީދު ފާހަގަކުރަން ނިންމާފައިވާތީ މެންބަރު ކުޑޫ ކަންބޮޑުވުން ފާޅު ކުރައްވައިފި

ބޮޑު ހަނގުރާމައެއް ކުރިއަށް ދަނިކޮށް ތިން ދުވަހަށް އީދު ފާހަގަކުރަން ނިންމާފައިވާތީ މެންބަރު ކުޑޫ ކަންބޮޑުވުން ފާޅު ކުރައްވައިފި

11 މާރިޗު 2026
އައްޑޫ ސިޓީ ފޭދޫ ކައިރީގައި އޮތް ސަފާރީއެއްގައި އަލިފާން ރޯވެ އަނދަނީ

އައްޑޫ ސިޓީ ފޭދޫ ކައިރީގައި އޮތް ސަފާރީއެއްގައި އަލިފާން ރޯވެ އަނދަނީ

07 މާރިޗު 2026
މާލޭގެ ގެއެއްގައި ހިނގި ނުރައްކާތެރި އަލިފާނުގެ ހާދިސާއާ ގުޅިގެން އެ އާއިލާއަށް ވަގުތީ ބޯހިޔާވަހިކަން ފޯރުކޮށްދީފި

މާލޭގެ ގެއެއްގައި ހިނގި ނުރައްކާތެރި އަލިފާނުގެ ހާދިސާއާ ގުޅިގެން އެ އާއިލާއަށް ވަގުތީ ބޯހިޔާވަހިކަން ފޯރުކޮށްދީފި

02 މާރިޗު 2026
ހުޅުމާލޭ އެޕާޓްމަންޓެއްގައި ނުރައްކާތެރި އަލިފާނުގެ ހާދިސާއެއް، ބަދިގެ ބޭނުން ނުކުރެވޭ ވަރަށް އަނދާފައި

ހުޅުމާލޭ އެޕާޓްމަންޓެއްގައި ނުރައްކާތެރި އަލިފާނުގެ ހާދިސާއެއް، ބަދިގެ ބޭނުން ނުކުރެވޭ ވަރަށް އަނދާފައި

21 ފެބުރުއަރީ 2026

އަހަރުތަކުން މިއަދު

8 ޖޫން
"ޓީމް އިއްބެ" ޝޯނުދީ ކައުންސިލަށް ނޭނގި ދާން އުޅުމަކީ ނާތަހުޒީބު އަމަލެއް: ކަމަދޫ ކައުންސިލް
20251 އަހަރު ކުރިން
ރާއްޖެ

"ޓީމް އިއްބެ" ޝޯނުދީ ކައުންސިލަށް ނޭނގި ދާން އުޅުމަކީ ނާތަހުޒީބު އަމަލެއް: ކަމަދޫ ކައުންސިލް

4000 ފްލެޓަށް ހަދަން އުޅޭ ގޮތެއް ނޭނގޭ، އެ ކޮމިޓީން މި ކޮމިޓީން ލިސްޓް ވާނުވާގައި!
20242 އަހަރު ކުރިން
ރާއްޖެ

4000 ފްލެޓަށް ހަދަން އުޅޭ ގޮތެއް ނޭނގޭ، އެ ކޮމިޓީން މި ކޮމިޓީން ލިސްޓް ވާނުވާގައި!

ހުސްއަންހެނުން ދަތުރުކުރި ފުރަތަމަ ހައްޖު ފްލައިޓް އިންޑިޔާ އިން ޖިއްދާއަށް
20233 އަހަރު ކުރިން
ދުނިޔެ

ހުސްއަންހެނުން ދަތުރުކުރި ފުރަތަމަ ހައްޖު ފްލައިޓް އިންޑިޔާ އިން ޖިއްދާއަށް

ބްރައުން ޝުގަރއަކީ ސިއްޙީ ގޮތުން ވަކި ރައްކާތެރި އެއްޗެއް ނޫން
20224 އަހަރު ކުރިން
ސިއްހަތު

ބްރައުން ޝުގަރއަކީ ސިއްޙީ ގޮތުން ވަކި ރައްކާތެރި އެއްޗެއް ނޫން

ވިއްސާރަދުނީގެ ކުލަތަކުން ޖަރީކުރާއިރު އަލިފާނުގެ ވާރޭގެ މަތިން ހަނދުމަ ނެތުނީހެއްޔެވެ؟
20215 އަހަރު ކުރިން
ރިޕޯޓު

ވިއްސާރަދުނީގެ ކުލަތަކުން ޖަރީކުރާއިރު އަލިފާނުގެ ވާރޭގެ މަތިން ހަނދުމަ ނެތުނީހެއްޔެވެ؟

ސަލާހުގެ އަންހެނުންނާއި އެހެން މަޝްހޫރު ކުޅުންތެރިންގެ އަންހެނުންނާއި ހުރި ތަފާތަކީ ކޮބާ؟
20197 އަހަރު ކުރިން
ރިޕޯޓު

ސަލާހުގެ އަންހެނުންނާއި އެހެން މަޝްހޫރު ކުޅުންތެރިންގެ އަންހެނުންނާއި ހުރި ތަފާތަކީ ކޮބާ؟

ދަމު ނަމާދު. (تهجد ނަމާދު)
20188 އަހަރު ކުރިން
އިސްލާމް

ދަމު ނަމާދު. (تهجد ނަމާދު)

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު