Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެއީދު ހަވީރު 1447

ބޮޑު ހަނގުރާމައެއް ކުރިއަށް ދަނިކޮށް ތިން ދުވަހަށް އީދު ފާހަގަކުރަން ނިންމާފައިވާތީ މެންބަރު ކުޑޫ ކަންބޮޑުވުން ފާޅު ކުރައްވައިފި

11 މާރިޗު 2026 | ބުދަ 08:09

މެދުއިރުމަތީގެ މަސްރަހު ގޯސްވެ ދުނިޔޭގެ އިގްތިސާދަށް އަންނަ ލޮޅުންތަކާ ގުޅިގެން ހަރަދު ކުޑަކުރުމުގެ ފިޔަވަޅުތައް އެޅުމުގެ ބަދަލުގައި، ކުލަގަދަކޮށް އީދު ފާހަގަކުރާތީ އާންމުންނާއި ބައެއް ސިޔާސީ ފަރާތްތަކުން ވަނީ ކަންބޮޑުވުން ފާޅު ކޮށްފައި. ސިފައިންނާއި ފުލުހުންގެ އިތުރުން ސަރުކާރުގެ 10 ކުންފުންޏަކުން ބައިވެރިވާ "އީދު ހަވީރު 1447" ހަރަކާތްތައް މާލެ ސަރަހައްދުގެ އެކި ސަރަހައްދުތަކުގައި ތިން ދުވަހުގެ މުއްދަތަށް ކުރިއަށް ގެންދިއުމަށް ނިންމާފައިވާ ކަމަށް އެމްއެންޑީއެފުން ބުނޭ.

އަމްނާ އިމާދު
އަމްނާ އިމާދު | 11 މާރިޗު 2026 | ބުދަ 08:09
ރާއްޖެޓީވީގެ ޓީވީޓޯކް ޕްރޮގްރާމްގައި ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު އުތުރު ދާއިރާގެ މެންބަރު، މުހައްމަދު އިބްރާހިމް (ކުޑޫ) ވާހަކަ ދައްކަވަނީ.

ރާއްޖެޓީވީގެ ޓީވީޓޯކް ޕްރޮގްރާމްގައި ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު އުތުރު ދާއިރާގެ މެންބަރު، މުހައްމަދު އިބްރާހިމް (ކުޑޫ) ވާހަކަ ދައްކަވަނީ. | ރާއްޖެ އެމްވީ

ދުނިޔޭގައި ބޮޑު ހަނގުރާމައެއް ކުރިއަށް ދަނިކޮށް، "އީދު ހަވީރު 1447" ތިން ދުވަހު ކުލަގަދަކޮށް ފާހަގަކުރާ ގޮތަށް ނިންމާފައިވާތީ، ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު އުތުރު ދާއިރާގެ މެންބަރު މުހައްމަދު އިބްރާހިމް (ކުޑޫ) ކަންބޮޑުވުން ފާޅު ކުރައްވައިފި އެވެ. 

އެމެރިކާ އާއި އިޒްރޭލުން ގުޅިގެން އީރާނަށް ހަމަލާ ދިނުމާއި ގުޅިގެން އިރާނުން ދެމުންދާ ރައްދު ހަމަލާތަކާއެކު، މިހާރު މެދުއިރުމަތީގެ ހަމަނުޖެހުން ވަނީ ބޮޑުވެފަ އެވެ. ތެޔޮ ލިބުން ދަތިވެ، ހުރިހާ އެއްޗެއްގެ އަގު ދަނީ މައްޗަށެވެ. އެއާއެކު އެކި ގައުމުތަކުން ދަނީ ހަރަދު ކުޑަ ކުރުމަށާއި، އިގްތިސާދަށް އަންނަ ލޮޅުންތައް ކުޑަ ކުރުމަށް ބައެއް ފިޔަވަޅުތައް އަޅަމުންނެވެ.

Advertisement - newsAdvertisement

މިކަމަށް އިޝާރާތް ކުރައްވައި މެންބަރު ކުޑޫ ވިދާޅުވީ، "އީދު ހަވީރު 1447" ތިން ދުވަހު ކުލަގަދަކޮށް ފާހަގަކުރަން ނިންމާފައިވާތީ އަޖައިބުވެ އަންތަރީސްވާ ކަމަށާއި، ނުވާންވީ ސަބަބެއް ވެސް ނެތް ކަމަށެވެ. އަދި ކޮޅެއް މެދެއް ނުފެންނަ ހަނގުރާމައެއް ކުރިމަތިވެގެން އުޅޭއިރު، ކަންކަން ބުނެދޭނެ މީހަކު ވެސް ސަރުކާރުގައި ނެތީތޯ އޭނާ ސުވާލު އުފެއްދެވި އެވެ. 

މެންބަރު ކުޑޫގެ އިތުރުން ބައެއް އާއްމު ރައްޔިތުން ދަނީ ހަނގުރާމައާ ގުޅިގެން ތެދު މައުލޫމާތު ފޯރުކޮށް ނުދޭ ކަމަށާއި، ހަރަދު ކުޑަ ކުރުމުގެ ގޮތުން ފިޔަވަޅުތައް ނާޅާތީ އެކަމުގެ ކަންބޮޑުވުން ފާޅު ކުރަމުންނެވެ.

 މީގެ އިތުރުން ފިތުރު އީދުގެ މުނާސަބަތުގައި އީދު ދުވަހުން ފެށިގެން ތިން ދުވަހު ''އީދު ހަވީރު 1447'' ވިލަރެސް މިފަހަރު ކުރަނީ ގައުމީ ދިފާއީ ބާރުންނެވެ. 

އެމްއެންޑީއެފުން ބުނީ، އީދު ހަވީރު 1447 ގައި ސިފައިންނާއި ފުލުހުންގެ އިތުރުން، ސަރުކާރުގެ 10 އެސްއޯއީއަކުން ބައިވެރިވާ ގޮތަށް  ހަމަޖެހިފައިވާ ކަމަށާއި، ހަރަކާތްތައް ފެށިގެންދާނީ އީދު ދުވަހުގެ ހަވީރު 16:00ން 18:00ށް، މާލެއާއި ހުޅުމާލޭގެ އިތުރުން ވިލިމާލޭގައި ކަމަށެވެ. 

އެމްއެންްޑީއެފުން ބުނީ، އީދު ހަވީރަށް އާންމުންގެ ފަރާތުން މިދިޔަ އަހަރު ލިބުނު ތަރުހީބަށް ބަލައި މިފަހަރު އީދު ހަވީރު 1447 ތިން ދުވަހަށް ކުރިއަށް ގެންދާއިރު، މާލޭގައި ހަރަކާތްތައް އޮންނާނީ އިސްލާމީ މަރުކަޒުގެ ބޭރުގައިވާ މާބަލް ސަރަހައްދުން ފެށިގެން ޖުމްހޫރީ މައިދާނާއި ރަސްމީ ބޮޑު ފާލަމުގެ ސަރަހައްދު ހިމެނޭ ގޮތަށް ކަމަށެވެ. އަދި މި ހަވީރުގައި ހުޅުމާލެ ސެންޓްރަލް ޕާކާއި ފޭސް 2ގެ ހިޔާ ޕާކް ސަރަހައްދާއި، ވިލިމާލެ ފުޓްބޯޅަ ދަނޑުގައި އީދު ހަވީރު 1447 ގެ ހަރަކާތްތައް ކުރިއަށް ގެންދަން ނިންމާފައިވާ ކަމަށް އެމްއެންޑީއެފުން ބުނެ އެވެ. 

މީގެ އިތުރުން އެމްއެންޑީއެފުން ބުނީ، އީދު ހަވީރުގެ ހަރަކާތްތައް ކުރިއަށް ގެންދާ ގޮތަށް ހަމަޖެހުމާއެކު ސަލްޓަން ޕާކް އީދު ދުވަހު ހުޅުވާގޮތަށް ސަރުކާރުން ހަމަޖައްސާފައިވާ ކަމަށެވެ. 

އެމްއެންޑީއެފުން ކުރިއަށް ގެންދިޔަ ޕެރޭޑެއްގެ ތެރެއިން

އެމްއެންޑީއެފުން ކުރިއަށް ގެންދިޔަ ޕެރޭޑެއްގެ ތެރެއިން | އެމްއެންޑީއެފް

އެމްއެންޑީއެފުން ބުނީ، މި ހަވީރުގައި އެކި ކަހަލަ ހަރަކާތްތަކާއި ކުޅިވަރުތަކުގެ އިތުރުން މުނިފޫހިފިލުވުމާއި އީދު ހަދިޔާ ދިނުން ވެސް އޮންނާނެ ކަމަށާއި، ދައުލަތުގެ އެކި މުއައްސަސާތަކާއި ވިޔަފާރި ކުންފުނިތަކުން ތައްޔާރުކުރާ ސްޓޯލްތަކުން ތަފާތު އެކި ގޭމްތަކާއި ކުޅިވަރު ހަރަކާތްތައް ކުރިއަށް ގެންދާނެ ކަމަށެވެ. އެ ސްޓޯލްތައް ތައްޔާރުކުރުމަށް ހަމަޖެހިފައިވަނީ އެކި ތީމުތަކަށް، ތަފާތު އެކި ތަޖުރިބާތައް ކުރެވޭނެހެން އަދި ކުޑަކުދިން ގަޔާވާނެ އެކި ކަހަލަ ހަރަކާތްތައް ހިމަނައިގެން ކަމަށް އެމްއެންޑީއެފުން ބުނެ އެވެ.

"އީދު ހަވީރު 1447" ގައި ސިފައިންގެ ޚާއްސަ ހަރަކާތްތަކެއް ވެސް އޮންނާނެކަން ފާހަގަކޮށް އެމްއެންޑީއެފުން ބުނީ، އޭގެ ތެރޭގައި ސިފައިންގެ ޔުނިފޯމްތަކާއި އޮޕަރޭޝަންތަކުގައި ބޭނުންކުރާ އެކި ކަހަލަ ހަތިޔާރުތަކާއި އެއްގަމާއި ކަނޑުމަތީގައި ބޭނުންކުރާ އެކި އުޅަނދުތައް ދައްކާލުމާއި އެ ތަކެއްޗާ އެކު ފޮޓޯ ނެގުމާއި، ތަޖުރިބާކޮށްލުމުގެ ފުރުސަތު ލިބޭނެ ކަމަށެވެ. 

މި އަހަރުގެ އީދު ހަވީރުގައި ބައިވެރިވާ އެސްއޯއީތަކުގެ ތެރޭގައި ސްޓެލްކޯއާއި، އެމްޑަބްލިއުއެސްއީއާއި، ވެމްކޯއާއި، އެމްޕީއެލްއާއި، އެޗްޑީސީއާއި، އެސްޓީއޯއާއި، އެމްއޭސީއެލްއާއި، އާރުޑީސީއާއި، އެމްޓީސީސީ އަދި މިފްކޯ ހިމެނެ އެވެ.

މުޙައްމަދު އިބްރާހީމް (ކުޑޫ)އީދު ހަވީރު 1447އެމެރިކާ-އިޒްރޭލް-އީރާންއެމްއެންޑީއެފް

އެންމެ ހިނގާ

1

މީގެ ފަހުން ޑޮލަރުގެ އަގަކީ 15.42 ނޫން ކަމަށް ނުލިޔެވޭނެ! ކަޅު ބާޒާރުގެ އަގު ލިޔުމުން ބައި މިލިއަން ރުފިޔާއާ ހަމައަށް ޖޫރިމަނާ ކުރަނީ!

2

ޓްރަމްޕް ކިމްއާ ބައްދަލުކުރައްވާނެ ކަމަށް ވިދާޅުވިތަނާ އުތުރު ކޮރެއާއިން 10 މިސައިލް ފޮނުވާލައިފި

3

ޓްރަމްޕްގެ މާ އަރިހުގައި ހުންނަ ޚާއްސަ އަންހެނެއްގެ ވާހަކަ

4

މިނިސްޓަރު އަމީން ރަޝިޔާ އަށް ކުރެއްވި ދަތުރުފުޅާ މެދު ރާއްޖޭގެ ޓްރެވަލް އެޖެންޓުންގެ ޖަމްއިއްޔާ އިން ކަންބޮޑުވެއްޖެ

5

ލިންކަން މަނަވަރުގެ ހާލަތުން ދިގު ހަނގުރާމައެއް ކުރުމުގައި އެމެރިކާގެ ހަގީގީ ގާބިލުކަން ހާމަވެއްޖެ

އިތުރަށް ކިޔާލަން

10 އޯގަސްޓު 2026

ފަރަށް އެރި އުރަފާ ދޯނީގައި ތިބި 6 މީހުން ނޮޅިވަރަންފަރަށް ގެންގޮސްފި

10 އޯގަސްޓު 2026
ފަރަށް އެރި އުރަފާ ދޯނީގައި ތިބި 6 މީހުން ނޮޅިވަރަންފަރަށް ގެންގޮސްފި
10 އޯގަސްޓު 2026

"ފްރެންޑް 4" ސަޕްލައި ދޯނި ބަންޑުން ޖަހާލި ހާދިސާ: ގެއްލުނު މީހުން ހޯދުމަށް މިހާތަނަށް 9400 އަކަ ނޯޓިކަލް މޭލަށް ވުރެ ބޮޑު ސަރަހައްދެއް ބަލާފައިވޭ!

10 އޯގަސްޓު 2026
"ފްރެންޑް 4" ސަޕްލައި ދޯނި ބަންޑުން ޖަހާލި ހާދިސާ: ގެއްލުނު މީހުން ހޯދުމަށް މިހާތަނަށް 9400 އަކަ ނޯޓިކަލް މޭލަށް ވުރެ ބޮޑު ސަރަހައްދެއް ބަލާފައިވޭ!
09 އޯގަސްޓު 2026

އިޓަލީގެ ޑައިވަރުންގެ ހަށިތައް ނެގުމަށް ޑައިވްކުރި ސާޖަންޓް މަހުދީ މަރުވި ހަގީގީ ސަބަބު އޮތީ އާންމުންނަށް ސިއްރުކޮށްފައި ކަމަށް އާއިލާއިން ބުނެފި - ރިޕޯޓް

09 އޯގަސްޓު 2026
އިޓަލީގެ ޑައިވަރުންގެ ހަށިތައް ނެގުމަށް ޑައިވްކުރި ސާޖަންޓް މަހުދީ މަރުވި ހަގީގީ ސަބަބު އޮތީ އާންމުންނަށް ސިއްރުކޮށްފައި ކަމަށް އާއިލާއިން ބުނެފި - ރިޕޯޓް
09 އޯގަސްޓު 2026

"ސަރުކާރުން ދަނީ ގަސްތުގައި ލޯންޗުތަކަށް ޖެއްސުން ކުރަމުން، ސިފައިންނާއި ފުލުހުން ހަޑިހުތުރު ބަހުން މުއާމަލާތްކުރާއިރު، ވައު އަޅާފައިވަނީ ވެސް އުނދަގޫ ކުރަން"

09 އޯގަސްޓު 2026
"ސަރުކާރުން ދަނީ ގަސްތުގައި ލޯންޗުތަކަށް ޖެއްސުން ކުރަމުން، ސިފައިންނާއި ފުލުހުން ހަޑިހުތުރު ބަހުން މުއާމަލާތްކުރާއިރު، ވައު އަޅާފައިވަނީ ވެސް އުނދަގޫ ކުރަން"
09 އޯގަސްޓު 2026

ހުވަދޫ ކަނޑަށް 3 މީހުން ގެއްލުނުތާ 3 ދުވަސް ފަހުން ބޭރުގެ އެހީ ހޯދަން ސަރުކާރުން ނިންމައިފި

09 އޯގަސްޓު 2026
ހުވަދޫ ކަނޑަށް 3 މީހުން ގެއްލުނުތާ 3 ދުވަސް ފަހުން ބޭރުގެ އެހީ ހޯދަން ސަރުކާރުން ނިންމައިފި
08 އޯގަސްޓު 2026

"ގެއްލުނު 3 މީހުން ދޯނިތެރޭ ތާށިވި ކަމަށް ބެލެވޭ ނަމަވެސް ދޯނި މިހާރު އޮތް ހިސާބަށް ފީނުމަކީ ކުރެވޭނެ ކަމެއް ނޫން"

08 އޯގަސްޓު 2026
"ގެއްލުނު 3 މީހުން ދޯނިތެރޭ ތާށިވި ކަމަށް ބެލެވޭ ނަމަވެސް ދޯނި މިހާރު އޮތް ހިސާބަށް ފީނުމަކީ ކުރެވޭނެ ކަމެއް ނޫން"
08 އޯގަސްޓު 2026

ހިންމަފުށީ ރިހެބިލިޓޭޝަން ސެންޓަރުގެ ހާލަތު ދަށްވެ، ފަރުވާގެ ފެންވަރާއި ވަސީލަތްތަކާ ގުޅޭގޮތުން މިނިސްޓަރު އިހުސާންއާ ސުވާލުކޮށްފި

08 އޯގަސްޓު 2026
ހިންމަފުށީ ރިހެބިލިޓޭޝަން ސެންޓަރުގެ ހާލަތު ދަށްވެ، ފަރުވާގެ ފެންވަރާއި ވަސީލަތްތަކާ ގުޅޭގޮތުން މިނިސްޓަރު އިހުސާންއާ ސުވާލުކޮށްފި
07 އޯގަސްޓު 2026

"ފްރެންޑް 4" ސަޕްލައި ދޯނި ބަންޑުން ޖަހާލި ހާދިސާ: ގެއްލުނު މީހުން ހޯދުމަށް ބޮޑު ސަރަހައްދެއް ބަލައިފި، އަދިވެސް ނުފެނޭ!

07 އޯގަސްޓު 2026
"ފްރެންޑް 4" ސަޕްލައި ދޯނި ބަންޑުން ޖަހާލި ހާދިސާ: ގެއްލުނު މީހުން ހޯދުމަށް ބޮޑު ސަރަހައްދެއް ބަލައިފި، އަދިވެސް ނުފެނޭ!
06 އޯގަސްޓު 2026

ކަނޑުމަތީގެ އޮޕަރޭޝަނެއްގައި ހަރަކާތްތެރިވި ސިފައިންގެ މީހަކާއި ފުލުހެއްގެ އިތުރުން ދޯނީގެ ކެޕްޓަން ގެއްލިގެން ހޯދަނީ

06 އޯގަސްޓު 2026
ކަނޑުމަތީގެ އޮޕަރޭޝަނެއްގައި ހަރަކާތްތެރިވި ސިފައިންގެ މީހަކާއި ފުލުހެއްގެ އިތުރުން ދޯނީގެ ކެޕްޓަން ގެއްލިގެން ހޯދަނީ
04 އޯގަސްޓު 2026

ގުރައިދޫގައި ހުންނަ ޚާއްސަ އެހީ އަށް ބޭނުންވާ މީހުންގެ މަރުކަޒުން ބޭސް ހުސްވެފައިވާ ކަމުގެ ޝަކުވާ، މައްސަލަ ބެއްލެވުމަށް މެންބަރު ކުޑޫ އެދިވަޑައިގެންފި

04 އޯގަސްޓު 2026
ގުރައިދޫގައި ހުންނަ ޚާއްސަ އެހީ އަށް ބޭނުންވާ މީހުންގެ މަރުކަޒުން ބޭސް ހުސްވެފައިވާ ކަމުގެ ޝަކުވާ، މައްސަލަ ބެއްލެވުމަށް މެންބަރު ކުޑޫ އެދިވަޑައިގެންފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް