Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުއިޓާލިއަން ލީގު

ޖެނޯ ބަލިކޮށް، ރޯމާ ހަތަރު ވަަނައިގައި

30 ޑިސެމްބަރު 2025 | އަންގާރަ 06:18

މޮޅާ އެކު ރޯމާ އިން ވަނީ ލީގު ތާވަލްގެ ހަތަރު ވަނަ މަގާމަށް ޖެހިލާފައި. އެއީ މިހާތަނަށް ކުޅެފައިވާ 17 މެޗުން 33 ޕޮއިންޓާ އެކު. ރޯމާ އަށް ވުރެ އެއް މެޗު މަދުން ކުޅެގެން ތިން ވަނައިގައި އޮތް ނަޕޯލީ އަށް ލިބެނީ 34 ޕޮއިންޓު. ނަމަވެސް، މެޗުގެ އަދަދު ހަމަކޮށް، ލީޑު ފުޅާ ކުރުމުގެ ފުރުސަތު ނަޕޯލީ އަށް އޮންނާނެ.

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 30 ޑިސެމްބަރު 2025 | އަންގާރަ 06:18
މެޗުގައި ލަނޑު ޖެހުމަށް ފަހު ރޯމާގެ ކުޅުންތެރިން އުފާ ފާޅު ކުރަނީ

މެޗުގައި ލަނޑު ޖެހުމަށް ފަހު ރޯމާގެ ކުޅުންތެރިން އުފާ ފާޅު ކުރަނީ | ރޮއިޓާސް

އިޓާލިއަން ލީގުގައި ޖެނޯއާ ދެކޮޅަށް ކުޅުނު މެޗުން މޮޅުވެ، ރޯމާ އިން ލީގު ތާވަލްގެ ހަތަރު ވަނަ މަގާމަށް ޖެހިލައިފި އެވެ.

ހޯމަ ދުވަހުގެ ރޭ ރޯމާގެ އަމިއްލަ ދަނޑުގައި ކުޅުނު މެޗު އެ ޓީމުން ކާމިޔާބު ކުރީ 3-1 އިންނެވެ. މެޗުގެ ފުރަތަމަ ހާފުގައި ރޯމާ އިން ތިން ލަނޑު ޖެހިއިރު، ޖެނޯގެ ހަމައެކަނި ލަނޑު އެ ޓީމުން ޖެހީ ދެ ވަނަ ހާފުގަ އެވެ.

މެޗު ފަށައިގެން 14 ވަނަ މިނެޓުގައި ރޯމާ އަށް ލަނޑު ޖަހައި ލީޑު ނަގައިދިނީ މަތިއަސް ސޯލް އެވެ. އޭގެ ފަސް މިނެޓު ފަހުން މަނޫ ކޯން ވަނީ ރޯމާގެ ދެ ވަނަ ލަނޑު ޖަހައި ލީޑު ފުޅާ ކޮށްފަ އެވެ. އެއީ އީވާން ފާގަސަން ތަނަވަސްކޮށްދިން ފުރުސަތެއްގައި އޭނާ ޖެހި ލަނޑެކެވެ. 

މެޗުގެ ފުރަތަމަ ހާފު ނިމުމުގެ ކުރިން ރޯމާގެ ތިން ވަނަ ލަނޑެއް ޖަަހައި އިތުރަށް ލީޑު ފުޅާ ކޮށްދިނީ ފާގަސަން އެވެ. މެޗުގެ ދެ ވަނަ ހާފުގައި ވެސް ރޯމާ އިން ވަނީ އިތުރު ލަނޑު ޖަހަން ފުރުސަތު ތަކެއް ތަނަވަސްކޮށްފަ އެވެ. މެޗުގައި ޖެނޯގެ ހަމައެކަނި ލަނޑު، 87 ވަނަ މިނެޓުގައި ޖެހީ ޖެފް އިކާޓޯ އެވެ.

މޮޅާ އެކު ރޯމާ އިން ވަނީ ލީގު ތާވަލްގެ ހަތަރު ވަނަ މަގާމަށް ޖެހިލައިފަ އެވެ. އެއީ މިހާތަނަށް ކުޅެފައިވާ 17 މެޗުން 33 ޕޮއިންޓާ އެކު އެވެ. ރޯމާ އަށް ވުރެ އެއް މެޗު މަދުން ކުޅެގެން ތިން ވަނައިގައި އޮތް ނަޕޯލީ އަށް ލިބެނީ 34 ޕޮއިންޓެވެ. ނަމަވެސް، މެޗުގެ އަދަދު ހަމަކޮށް، ލީޑު ފުޅާ ކުރުމުގެ ފުރުސަތު ނަޕޯލީ އަށް އޮންނާނެ އެވެ.

މެޗަށް ފަހު ވާހަކަ ދައްކަމުން ރޯމާގެ ކޯޗު ޖިއާން ޕިއޭރޯ ގަސްޕެރީނީ ބުނެފައި ވަނީ، މެޗުގައި ރޯމާގެ ކުޅުންތެރިން ދެއްކި ކުޅުމާ މެދު  ވަރަށް ބޮޑަށް ހިތްހަމަ ޖެހޭ ކަމަށެވެ. ޚާއްސަކޮށް މެޗުގެ ފުރަތަމަ ހާފުގައި ރޯމާ އިން ތިން ލަނޑު ޖަހާފައިވާއިރު، އެކަމަށް އިޝާރާތްކޮށް އޭނާ ބުނީ މެޗު ފެށިގެން ވެސް ކުޅުންތެރިން ކުޅެމުން ދިޔައީ ރަނގަޅު ރޫހެއްގައި ކަމަށެވެ.

މީގެ އިތުރުން އޭނާ ބުނީ މެޗުގެ ދެ ވަނަ ހާފުގައި އިތުރު ލަނޑު ޖަހަން ވެސް ރޯމާ އަށް ފުރުސަތު ލިބުނު ކަމަށާއި، ނަމަވެސް ބޭނުން ނުކުރެެވުނީ ކަމަށެވެ. މެޗަށް ނިކުތީ ތިން ޕޮއިންޓުގެ ހޯދުމުގެ އަޒުމުގައި ކަމަށްވާއިރު، އެކަން ހާސިލުވުމުން ދެން އޮތީ ކުރިއަށް އޮތް މެޗަށް ފޯކަސް ކުރުން ކަމަށް ވެސް އޭނާ ބުންޏެވެ. ނަތީޖާ ރަނގަޅު ކުރުމަށް ކުރާ މަސައްކަތުގައި، ކުރިއެރުން ތަކެއް ލިބެމުން އަންނަ ކަމަށް ވެސް އޭނާ ބުންޏެވެ. 

އިޓާލިއަން ލީގުރޯމާ

އެންމެ ހިނގާ

1

އެމްއޭސީއެލް މުވައްޒަފުންގެ ބޯނަސްއަކީ ކޮންމެހެން ދޭން ޖެހޭ އެއްޗެއް ނޫން، މިއަހަރު ބޯނަސް ދޭން އަދި ނުނިންމާ: އެމްއޭސީއެލް

2

ފެނަކަ ސްޓެލްކޯގެ ދަށަށް ބަދަލުކުުރުމުގެ ތެރޭގައި "ޕްރްކެޓިކަލް އަދަދަކަށް" މުވައްޒަފުން ނެގުމަށްފަހު ބާކީ ތިބި މުވައްޒަފުން ވަކިކުުރުމަށް ރައީސް އޮފީހުން އަންގައިފި

3

ވިއެޓްނާމަށް ގަވާއިދާ ހިލާފަށް މަސްތުވާތަކެތި އެތެރެކުރި މައްސަލައެއްގައި، ރާއްޖޭގެ ރައްޔިތަކު 20 އަހަރަށް ޖަލަށް!

4

އެމެރިކާއިން އެއްގަމު މަގުން އަރައިފިނަމަ އަސްކަރީ މަރުކަޒުތަކާއި އާގުބޯޓުފަހަރަށް ހަމަލާދޭނަން: އީރާން

5

ޖީއެސްޓީ ބަދަލުތައް ތަންފީޒުކުރަން ފެށިތާ 3 ދުވަސްތެރޭ ޤާނޫނު ބަދަލުކުރަން އުޅުމުން ފެންނަނީ ރައީސްގެ ނިންމުންތަކުގެ ދެކޮޅު ނުޖެހޭ މިންވަރު: ސޯލިހު

އިތުރަށް ކިޔާލަން

04 މެއި 2026

ޕާމާ ބަލިކޮށް، އިންޓަރ އިން އިޓާލިއަން ލީގުގެ ޗެމްޕިއަންކަން ހޯދައިފި

04 މެއި 2026
ޕާމާ ބަލިކޮށް، އިންޓަރ އިން އިޓާލިއަން ލީގުގެ ޗެމްޕިއަންކަން ހޯދައިފި
07 އެޕްރީލު 2026

މިލާން ފަހަތަށް ޖައްސާލުމަށް ފަހު، ނަޕޯލީ ދެ ވަނަ އަށް

07 އެޕްރީލު 2026
މިލާން ފަހަތަށް ޖައްސާލުމަށް ފަހު، ނަޕޯލީ ދެ ވަނަ އަށް
09 މާރިޗު 2026

އިންޓަރ މިލާން ބަލިކޮށް، އޭސީ މިލާން އިން ހަތް ޕޮއިންޓަށް ފަރަގު ކުޑަ ކޮށްފި

09 މާރިޗު 2026
އިންޓަރ މިލާން ބަލިކޮށް، އޭސީ މިލާން އިން ހަތް ޕޮއިންޓަށް ފަރަގު ކުޑަ ކޮށްފި
15 ފެބުރުއަރީ 2026

ފަހު ވަގުތު ޔުވެންޓަސް ބަލިކޮށް، އިންޓަރ އިން ލީޑު ފުޅާ ކޮށްފި

15 ފެބުރުއަރީ 2026
ފަހު ވަގުތު ޔުވެންޓަސް ބަލިކޮށް، އިންޓަރ އިން ލީޑު ފުޅާ ކޮށްފި
14 ފެބުރުއަރީ 2026

މޮޑްރިޗްގެ ލަނޑުން، އޭސީ މިލާން މޮޅުވެއްޖެ

14 ފެބުރުއަރީ 2026
މޮޑްރިޗްގެ ލަނޑުން، އޭސީ މިލާން މޮޅުވެއްޖެ
04 ފެބުރުއަރީ 2026

ބޮލޮނާ ބަލިކޮށް، އޭސީ މިލާން ދެ ވަނައިގައި

04 ފެބުރުއަރީ 2026
ބޮލޮނާ ބަލިކޮށް، އޭސީ މިލާން ދެ ވަނައިގައި
24 ޖެނުއަރީ 2026

ހަ ލަނޑުގެ މޮޅާ އެކު، އިންޓަރ އަށް ހަ ޕޮއިންޓުގެ ލީޑެއް

24 ޖެނުއަރީ 2026
ހަ ލަނޑުގެ މޮޅާ އެކު، އިންޓަރ އަށް ހަ ޕޮއިންޓުގެ ލީޑެއް
12 ޖެނުއަރީ 2026

ފަހު ވަގުތު ނަޕޯލީ އިން އިންޓައާ އެއްވަރު ކޮށްފި

12 ޖެނުއަރީ 2026
ފަހު ވަގުތު ނަޕޯލީ އިން އިންޓައާ އެއްވަރު ކޮށްފި
03 ޖެނުއަރީ 2026

ކަލިއަރީ ބަލިކޮށް، އޭސީ މިލާން އެއް ވަނަ އަށް

03 ޖެނުއަރީ 2026
ކަލިއަރީ ބަލިކޮށް، އޭސީ މިލާން އެއް ވަނަ އަށް
29 ޑިސެމްބަރު 2025

އެޓަލަންޓާ ބަލިކޮށް، އިންޓަރ އެއް ވަނައިގައި

29 ޑިސެމްބަރު 2025
އެޓަލަންޓާ ބަލިކޮށް، އިންޓަރ އެއް ވަނައިގައި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް