Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުއިޓާލިއަން ލީގު

ކަލިއަރީ ބަލިކޮށް، އޭސީ މިލާން އެއް ވަނަ އަށް

މޮޅާއެކު އޭސީ މިލާން އެއް ވަނައިގައި އޮތީ މިހާތަނަށް ކުޅެފައިވާ 17 މެޗުން 38 ޕޮއިންޓާ އެކު. އޭސީ މިލާނަށް ވުރެ އެއް މެޗު މަދުން ކުޅެގެން ދެ ވަނައިގައި އިންޓަރ މިލާން އަށް ލިބެނީ 36 ޕޮއިންޓު. ނަމަވެސް، މެޗުގެ އަދަދު ހަމަކޮށް އެއް ވަނަ އަށް ޖެހިލުމުގެ ފުރުސަތު އިންޓަރ މިލާން އަށް އޮންނާނެ.

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 3 ޖެނުއަރީ 2026 | ހޮނިހިރު 04:34
މެޗުގައި ލަނޑު ޖެހުމަށް ފަހު އޭސީ މިލާންގެ ކުޅުންތެރިން އުފާ ފާޅު ކުރަނީ

މެޗުގައި ލަނޑު ޖެހުމަށް ފަހު އޭސީ މިލާންގެ ކުޅުންތެރިން އުފާ ފާޅު ކުރަނީ

އިޓާލިއަން ލީގުގައި ކަލިއަރީއާ ދެކޮޅަށް ކުޅުނު މެޗުން މޮޅުވެ، އޭސީ މިލާން އިން ލީގު ތާވަލްގެ އެއް ވަނަ މަގާމަށް ޖެހިލައިފި އެވެ. 

ކަލިއަރީގެ އަމިއްލަ ދަނޑުގައި ހުކުރު ދުވަހުގެ ރޭ ކުޅުނު މެޗު އޭސީ މިލާން އިން ކާމިޔާބު ކުރީ 1-0 އިންނެވެ. މެޗުގައި އޭސީ މިލާން އިން ލަނޑު ޖެހީ ވެސް، މެޗުގެ ދެ ވަނަ ހާފުގަ އެވެ.

މެޗުގެ ފުރަތަމަ ހާފުގައި ދެ ޓީމުގެ ފަރާތުން ވެސް ހަމަހަމަ ކުޅުމެއް ފެނުނުއިރު، ކަލިއަރީ އަށް ވަނީ ލަނޑު ޖަހަން ފުރުސަތު ލިބިފަ އެވެ. އެ ޓީމުން ފޮނުވާލި ދެ ހަމަލާއެއް އޭސީ މިލާންގެ ގޯލު ކީޕަރު ވަނީ މަތަކޮށްފަ އެވެ. އަނެއް ހަމަލާ ދިޔައީ ގޯލާ އަމާޒު ނުވެ އެވެ.

މެޗުގެ ދެ ވަނަ ހާފު ފަށައިގެން ފަސް ވަނަ މިނެޓުގައި އޭސީ މިލާން އިން ވަނީ ލަނޑު ޖަހައި ލީޑު ނަގައިފަ އެވެ. އެ ލަނޑު އެ ޓީމަށް ޖަހައިދިނީ ރަފައެލް ލިއާއޯ އެވެ. އެ ލަނޑު އޭނާ ޖެހީ އެޑްރިއަން ރަބިއޯ ތަނަވަސްކޮށްދިން ފުރުސަތެއްގަ އެވެ.

މޮޅާއެކު އޭސީ މިލާން އެއް ވަނައިގައި އޮތީ މިހާތަނަށް ކުޅެފައިވާ 17 މެޗުން 38 ޕޮއިންޓާ އެކު އެވެ. އޭސީ މިލާނަށް ވުރެ އެއް މެޗު މަދުން ކުޅެގެން ދެ ވަނައިގައި އިންޓަރ މިލާން އަށް ލިބެނީ 36 ޕޮއިންޓެވެ. ނަމަވެސް، މެޗުގެ އަދަދު ހަމަކޮށް އެއް ވަނަ އަށް ޖެހިލުމުގެ ފުރުސަތު އިންޓަރ މިލާން އަށް އޮންނާނެ އެވެ.

މެޗަށް ފަހު ވާހަކަ ދައްކަމުން އޭސީ މިލާންގެ ކޯޗު މާސިމިލިއާނޯ އަލެގްރީ ބުނެފައި ވަނީ، އޭސީ މިލާން އިން މެޗުގެ ފުރަތަމަ ހާފު ފެށީ ރަނގަޅަށް ނޫން ކަމަށެވެ. އެގޮތުން މެޗުގެ ފުރަތަމަ ހާފުގައި ވެސް އޭސީ މިލާންގެ ކޮޅަށް ލަނޑު ޖަހަން ކަލިއަރީ އިން ފުރުސަތު ތަކެއް ހޯދި ކަމަށް އޭނާ ފާހަގަ ކުރި އެވެ. އެގޮތުން ރޭވުންތެރިކަމާ އެކު، ކަލިއަރީ އިން ވަރަށް ރަނގަޅަށް ފުރަތަމަ ހާފުގައި ކުޅުނު ކަމަށް އޭނާ ބުންޏެވެ.

އޭނާ ބުނީ މެޗުގެ ދެ ވަނަ ހާފުގައި އޭސީ މިލާން އިން ކުޅުން ރަނގަޅު ކުރި ކަމަށާއި، ކަލިއަރީ އިން އޭސީ މިލާން އަށް ވަރަށް އުނދަގޫތައް ކުރި ކަމަށެވެ. އެ ޓީމަކީ ވަރަށް ރަނގަޅު ޓީމެއްކަން ފާހަގަކޮށް އަލެގްރީ ބުނީ، އެ ޓީމާ ދެކޮޅަށް ކުޅެން ޖެހޭނީ ސަމާލުވެ ތިބެ، ވިސްނުންތެރިކަމާ އެކު ކަމަށެވެ.

އިޓާލިއަން ލީގުއޭސީ މިލާން

އިތުރަށް ކިޔާލަން

30 ޑިސެމްބަރު 2025

ޖެނޯ ބަލިކޮށް، ރޯމާ ހަތަރު ވަަނައިގައި

30 ޑިސެމްބަރު 2025
ޖެނޯ ބަލިކޮށް، ރޯމާ ހަތަރު ވަަނައިގައި
29 ޑިސެމްބަރު 2025

އެޓަލަންޓާ ބަލިކޮށް، އިންޓަރ އެއް ވަނައިގައި

29 ޑިސެމްބަރު 2025
އެޓަލަންޓާ ބަލިކޮށް، އިންޓަރ އެއް ވަނައިގައި
29 ސެޕްޓެމްބަރު 2025

ނަޕޯލީ ބަލިކޮށް، އޭސީ މިލާާން އެއް ވަނަ އަށް

29 ސެޕްޓެމްބަރު 2025
ނަޕޯލީ ބަލިކޮށް، އޭސީ މިލާާން އެއް ވަނަ އަށް
15 މެއި 2025

މިލާން ބަލިކޮށް ބޮލޯނިއާ އިޓާލިއަން ކަޕްގެ ޗެމްޕިއަންކަން ހޯދައިފި

15 މެއި 2025
މިލާން ބަލިކޮށް ބޮލޯނިއާ އިޓާލިއަން ކަޕްގެ ޗެމްޕިއަންކަން ހޯދައިފި
19 ފެބުރުއަރީ 2025

އޭސީ މިލާން ކަޓުވާލައި، ފެޔެނޫޑް ގަދަ 16 އަށް

19 ފެބުރުއަރީ 2025
އޭސީ މިލާން ކަޓުވާލައި، ފެޔެނޫޑް ގަދަ 16 އަށް
17 ފެބުރުއަރީ 2025

ޔުވެންޓަސް އަތުން ބަލިވެ، އެއް ވަނަ އަށް ޖެހިލަން ލިބުނު ފުރުސަތު އިންޓަރ މިލާނުން ނަގާލައިފި

17 ފެބުރުއަރީ 2025
ޔުވެންޓަސް އަތުން ބަލިވެ، އެއް ވަނަ އަށް ޖެހިލަން ލިބުނު ފުރުސަތު އިންޓަރ މިލާނުން ނަގާލައިފި
16 ފެބުރުއަރީ 2025

ފަހު ވަގުތު ލާޒިއޯއާ އެއްވަރުވެ، ނަޕޯލީ އަށް ފުރުސަތު ގެއްލިއްޖެ

16 ފެބުރުއަރީ 2025
ފަހު ވަގުތު ލާޒިއޯއާ އެއްވަރުވެ، ނަޕޯލީ އަށް ފުރުސަތު ގެއްލިއްޖެ
03 ފެބުރުއަރީ 2025

ފަހު ވަގުތު ރޯމާ އިން ނަޕޯލީއާ އެއްވަރު ކޮށްފި

03 ފެބުރުއަރީ 2025
ފަހު ވަގުތު ރޯމާ އިން ނަޕޯލީއާ އެއްވަރު ކޮށްފި
27 ޖެނުއަރީ 2025

ލެއްޗޭ ބަލިކޮށް، އިންޓަރ ދެ ވަނައިގައި

27 ޖެނުއަރީ 2025
ލެއްޗޭ ބަލިކޮށް، އިންޓަރ ދެ ވަނައިގައި
24 ޑިސެމްބަރު 2024

އިންޓަ އިން ކޯމޯ ބަލިކޮށްފި

24 ޑިސެމްބަރު 2024
އިންޓަ އިން ކޯމޯ ބަލިކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު