Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުއިޓާލިއަން ލީގު

އެޓަލަންޓާ ބަލިކޮށް، އިންޓަރ އެއް ވަނައިގައި

މޮޅާއެކު އިންޓަރ އެއް ވަނަ އަށް ޖެހިލާފައިވާއިރު، އެއް ވަނައިގައި އެ ޓީމު އޮތީ އެއް ޕޮއިންޓުގެ ލީޑަކުން. މިހާތަނަށް ކުޅެފައިވާ 16 މެޗުން އެ ޓީމަށް ލިބެނީ 36 ޕޮއިންޓު.

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 29 ޑިސެމްބަރު 2025 | ހޯމަ 01:20
މެޗުގައި ލަނޑު ޖެހުމަށް ފަހު އިންޓަރ މިލާންގެ ކުޅުންތެރިން އުފާ ފާޅު ކުރަނީ

މެޗުގައި ލަނޑު ޖެހުމަށް ފަހު އިންޓަރ މިލާންގެ ކުޅުންތެރިން އުފާ ފާޅު ކުރަނީ

އިޓާލިއަން ލީގުގައި އެޓަލަންޓާއާ ދެކޮޅަށް ކުޅުނު މެޗުން މޮޅުވެ، އިންޓަރ މިލާން އިން ލީގު ތާވަލްގެ އެއް ވަަނައިގައި ޕޮއިންޓެއްގެ ލީޑު ނަގައިފި އެވެ.

އާދީއްތަ ދުވަހުގެ ރޭ އެޓަލަންޓާގެ އަމިއްލަ ދަނޑުގައި ކުޅުނު މެޗު އިންޓަރ އިން ކާމިޔާބު ކުރީ 1-0 އިންނެވެ. މެޗުގައި އިންޓަރ އިން އެ ޓީމުގެ ހަމައެކަނި ލަނޑު ޖެހީ ވެސް މެޗުގެ ދެ ވަނަ ހާފުގަ އެވެ. 

މެޗު ފަށައިގެން ރަނގަޅަށް ކުޅެމުން ދިޔަ އިންޓަރ އިން ވަނީ ލަނޑު ޖަހަން ފުރުސަތު ތަކެއް ތަނަވަސްކޮށްފަ އެވެ. މެޗުގެ ފުރަތަމަ ހާފުގެ 35 ވަނަ މިނެޓުގައި އިންޓަރގެ މާކަސް ތުރަމް ލަނޑެއް ޖަހައި ކުރި ހޯދި ނަމަވެސް، ވީޑިއޯ އެސިސްޓެންޓް ރެފްރީ (ވީއޭއާރު) ބެލުމަށް ފަހު ވަނީ އެ ލަނޑު ބަލައި ނުގަންނަން ނިންމައިފަ އެވެ.

މެޗުގެ ދެ ވަނަ ހާފުގައި އިންޓަރ އިން ވަނީ ލަނޑު ޖަހައި ލީޑު ނަގައިފަ އެވެ. އެގޮތުން މެޗުގެ 65 ވަނަ މިނެޓުގައި އިންޓަރ އަށް ލީޑު ނަގައިދިނީ އާޖެންޓީނާގެ ލައުޓާރޯ މާޓިނޭޒް އެވެ. އެއީ ފްރެންސެސްކޯ ޕިއޯ އެސްޕޮސިޓޯ ތަނަވަސްކޮށްދިން ފުރުސަތެއްގައި މާޓިނޭޒް ޖެހި ލަނޑެކެވެ.

މޮޅާއެކު އިންޓަރ އެއް ވަނަ އަށް ޖެހިލާފައިވާއިރު، އެއް ވަނައިގައި އެ ޓީމު އޮތީ އެއް ޕޮއިންޓުގެ ލީޑަކުންނެވެ. މިހާތަނަށް ކުޅެފައިވާ 16 މެޗުން އެ ޓީމަށް ލިބެނީ 36 ޕޮއިންޓެވެ. ހަމަ އެ އަދަދަށް މެޗު ކުޅެގެން ދެ ވަަނައިގައި އޭސީ މިލާނަށް ލިބެނީ 35 ޕޮއިންޓެވެ. ތިން ވަނައިގައި އޮތް އެންމެ ފަހުގެ ޗެމްޕިއަން ނަޕޯލީ އަށް 34 ޕޮއިންޓު ލިބޭއިރު، ހަތަރު ވަނައިގައި ޔުވެންޓަސް އަށް ލިބެނީ 32 ޕޮއިންޓެވެ. 

މެޗަށް ފަހު ވާހަކަ ދައްކަމުން އިންޓަރ މިލާންގެ ކޯޗު ކްރިސްޓިއަން ޗިވޫ ބުނެފައި ވަނީ، އެއީ ވަރަށް އުނދަގޫ ޓީމަކާ ދެކޮޅަށް ކުޅެ، އިންޓަރ އިން ހޯދި ވަރަށް މުހިންމު މޮޅެއް ކަމަށެވެ. އޭނާ ބުނީ މެޗުގައި އެޓަލަންޓާ އިން ކުޅެމުން ގެންދިޔައީ ވަރަށް ރަނގަޅަށް ކަމަށާއި، އެ ޓީމުގެ ފަރާތުން އުނދަގޫ ތަކެއް ވެސް ކުރިމަތިވި ކަމަށެވެ.

އޭނާ ބުނީ މެޗުގެ ފުރަތަމަ ހާފުގައި އިންޓަރ އަށް ކޮންމެ ވެސް ވަރެއްގެ އުނދަގޫ ތަކެއް ވެސް ކުރިމަތިވި ކަމަށާއި، ނަމަވެސް އިންޓަރ އަށް ފުރުސަތު ލިބުނު ކަމަށެވެ. އޭނާ ބުނީ މެޗުގައި ބަދަލު ކުޅުންތެރިންގެ ގޮތުގައި ނިކުތް ކުޅުންތެރިންނާއި، މުޅި ޓީމު އެކުވެގެން ކުރި މަސައްކަތުގެ ނަތީޖާ އަކީ ތިން ޕޮއިންޓު ކަމަށެވެ. 

އިޓާލިއަން ލީގުއިންޓަރ މިލާން

އިތުރަށް ކިޔާލަން

10 ޑިސެމްބަރު 2025

ފަހު ވަގުތު އިންޓަ އަތުން މޮޅުވެ ލިވަޕޫލް އަށް ހަމަ ނޭވާއެއް

10 ޑިސެމްބަރު 2025
ފަހު ވަގުތު އިންޓަ އަތުން މޮޅުވެ ލިވަޕޫލް އަށް ހަމަ ނޭވާއެއް
29 ސެޕްޓެމްބަރު 2025

ނަޕޯލީ ބަލިކޮށް، އޭސީ މިލާާން އެއް ވަނަ އަށް

29 ސެޕްޓެމްބަރު 2025
ނަޕޯލީ ބަލިކޮށް، އޭސީ މިލާާން އެއް ވަނަ އަށް
01 ޖުލައި 2025

އިންޓަރ މިލާން ކަޓުވާލައި، ފްލުމިނެންސޭ ކުއާޓާ ފައިނަލަށް

01 ޖުލައި 2025
އިންޓަރ މިލާން ކަޓުވާލައި، ފްލުމިނެންސޭ ކުއާޓާ ފައިނަލަށް
26 ޖޫން 2025

ރިވާ ޕްލޭޓް ބަލިކޮށް، އިންޓަރ މިލާން ގަދަ 16 އަށް

26 ޖޫން 2025
ރިވާ ޕްލޭޓް ބަލިކޮށް، އިންޓަރ މިލާން ގަދަ 16 އަށް
04 ޖޫން 2025

އިންޒާގީ، އިންޓަރ މިލާން ދޫކޮށްލައިފި

04 ޖޫން 2025
އިންޒާގީ، އިންޓަރ މިލާން ދޫކޮށްލައިފި
06 މެއި 2025

އިންޒާގީ ބުނީ އިންޓަރ މިލާނުން ތަފާތު ކުޅުމެއް ދައްކަން ޖެހޭނެ ކަމަށް

06 މެއި 2025
އިންޒާގީ ބުނީ އިންޓަރ މިލާނުން ތަފާތު ކުޅުމެއް ދައްކަން ޖެހޭނެ ކަމަށް
03 މެއި 2025

އިންޓަރ މިލާންގެ ކުޅުމާ މެދު އިންޒާގީ ހުރީ ހިތްހަމަ ޖެހިފައި

03 މެއި 2025
އިންޓަރ މިލާންގެ ކުޅުމާ މެދު އިންޒާގީ ހުރީ ހިތްހަމަ ޖެހިފައި
01 މެއި 2025

ފުރަތަމަ ލެގުގައި ބާސެލޯނާ އާއި އިންޓަރ އެއްވަރު

01 މެއި 2025
ފުރަތަމަ ލެގުގައި ބާސެލޯނާ އާއި އިންޓަރ އެއްވަރު
26 ފެބުރުއަރީ 2025

ލާޒިއޯ ބަލިކޮށް، އިންޓަރ މިލާން ސެމީ ފައިނަލަށް

26 ފެބުރުއަރީ 2025
ލާޒިއޯ ބަލިކޮށް، އިންޓަރ މިލާން ސެމީ ފައިނަލަށް
17 ފެބުރުއަރީ 2025

ޔުވެންޓަސް އަތުން ބަލިވެ، އެއް ވަނަ އަށް ޖެހިލަން ލިބުނު ފުރުސަތު އިންޓަރ މިލާނުން ނަގާލައިފި

17 ފެބުރުއަރީ 2025
ޔުވެންޓަސް އަތުން ބަލިވެ، އެއް ވަނަ އަށް ޖެހިލަން ލިބުނު ފުރުސަތު އިންޓަރ މިލާނުން ނަގާލައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު