Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރު
އިޓާލިއަން ސުޕަ ކަޕް

ނަޕޯލީ އިން، އިޓާލިއަން ސުޕަ ކަޕް ކާމިޔާބު ކޮށްފި

މެޗަށް ފަހު ވާހަކަ ދައްކަމުން ނަޕޯލީގެ ކޯޗު އެންޓޯނިއޯ ކޮންޓޭ ބުނީ، މެޗުގައި އޭނާާގެ ކުޅުންތެރިން ދެއްކި ކުޅުމާާ މެދު ވަރަށް ބޮަޑަށް ހިތްހަމަ ޖެހޭ ކަމަށާއި، މިއީ ނަޕޯލީ އަށް ހައްގު ކާމިޔާބެއް ކަމަށް. މުބާރާތުގެ ފައިނަލްގެ ޖާގަ ނަޕޯލީ އިން ހޯދީ ސެމީ ފައިނަލްގައި އޭސީ މިލާާންގެ މައްޗަށް ކުރި ހޯދައިގެން. ކޮންޓޭ ބުނީ ދެ މެޗުގައި ވެސް ނަޕޯލީ އިން ދެއްކީ ރަނގަޅު ކުޅުމެއް ކަމަށް.

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް, ރާއްޖެ އެމްވީ | 23 ޑިސެމްބަރު 2025 | އަންގާރަ 04:31
ނަޕޯލީ އިން އިޓާލިއަން ސުޕަ ކަޕްގެ ތަށި އުފުލާލަނީ

ނަޕޯލީ އިން އިޓާލިއަން ސުޕަ ކަޕްގެ ތަށި އުފުލާލަނީ

އިޓާލިއަން ސުޕަ ކަޕްގެ ފައިނަލްގައި ބޮލޯނާއާ ދެކޮޅަށް ކުޅުނު މެޗުން މޮޅުވެ، ނަޕޯލީ އިން މުބާރާތުގެ ޗެމްޕިއަންކަން ހޯދައިފި އެވެ.

ހޯމަ ދުވަހުގެ ރޭ ކުޅުނު ފައިނަލް މެޗު ނަޕޯލީ އިން ކާމިޔާބު ކުރީ 2-0 އިންނެވެ. މެޗުގެ ފުރަތަމަ ހާފުގައި ނަޕޯލީ އިން އެއް ލަނޑު ޖެހިއިރު، އަނެއް ލަނޑު އެ ޓީމުން ޖެހީ މެޗުގެ ދެ ވަނަ ހާފުގަ އެވެ.

މެޗުގެ ފުރަތަމަ ހާފުގެ 39 ވަނަ މިނެޓުގައި ނަޕޯލީ އިން ވަނީ ލަނޑު ޖަހައި ލީޑު ނަގައިފަ އެވެ. އެ ލަނޑު އެ ޓީމަށް ޖަހައިދިނީ ޑޭވިޑް ނެރެސް އެވެ. އެ ލަނޑު ޖަހަން އޭނާ އަށް ފުރުސަތު ތަނަވަސްކޮށްދިނީ މެތެއޯ ޕޮލިޓާނޯ އެވެ. އޭގެ ފަހުން ވެސް މެޗުގައި ލަނޑު ޖަހަން ނަޕޯލީ އަށް ވަނީ ފުރުސަތު ލިބިފަ އެވެ. 

މެޗުގެ ދެ ވަނަ ހާފު ފަށައިގެން ވެސް ނަޕޯލީ އިން ވަނީ ލަނޑު ޖަހަން ފުރުސަތު ތަނަވަސްކޮށްފަ އެވެ. މެޗުގެ ދެ ވަނަ ހާފު ފަށައިގެން ކުރީ ކޮޅު ނަޕޯލީ އިން ދެ ވަނަ ލަނޑެއް ޖަހައި ލީޑު ފުޅާ ކުރި އެވެ. އެގޮތުން މެޗުގެ 57 ވަނަ މިނެޓުގައި ނަޕޯލީގެ ދެ ވަނަ ލަނޑު ވެސް ޖެހީ ނެރެސް އެވެ.

މިއީ ނަޕޯލީ އިން އެ ޓީމުގެ ތާރީޚުގައި އިޓާލިއަން ސުޕަ ކަޕް ކާމިޔާބު ކުރި ތިން ވަނަ ފަހަރެވެ. 

މެޗަށް ފަހު ވާހަކަ ދައްކަމުން ނަޕޯލީގެ ކޯޗު އެންޓޯނިއޯ ކޮންޓޭ ބުނީ، މެޗުގައި އޭނާާގެ ކުޅުންތެރިން ދެއްކި ކުޅުމާާ މެދު ވަރަށް ބޮަޑަށް ހިތްހަމަ ޖެހޭ ކަމަށާއި، މިއީ ނަޕޯލީ އަށް ހައްގު ކާމިޔާބެއް ކަމަށެވެ. މުބާރާތުގެ ފައިނަލްގެ ޖާގަ ނަޕޯލީ އިން ހޯދީ ސެމީ ފައިނަލްގައި އޭސީ މިލާާންގެ މައްޗަށް ކުރި ހޯދައިގެންނެވެ. ކޮންޓޭ ބުނީ ދެ މެޗުގައި ވެސް ނަޕޯލީ އިން ދެއްކީ ރަނގަޅު ކުޅުމެއް ކަމަށެވެ.

މިއީ ކޮންޓޭގެ އިރުޝާދުގެ ދަށުން ނަޕޯލީ އިން ކާމިޔާބު ކުރި ދެ ވަނަ ތައްޓެވެ. އޭނާގެ އިރުޝާދުގެ ދަށުން މިދިޔަ ސީޒަންގައި ނަޕޯލީ އިން ވަނީ އިޓާލިއަން ލީގު ކާމިޔާބު ކޮށްފަ އެވެ. ކޮންޓޭ ބުނީ މި ކާމިޔާބާމެދު ވަރަށް ބޮޑަށް ހިތްހަމަ ޖެހޭ ކަމަށާއި، ކުރިއަށް އޮތް ތަނުގައި އިތުރު ކަންކަން ހާސިލު ކުރުމަށް މަސައްކަތް ކުރާނެ ކަމަށެވެ.

އިތުރަށް ވާހަކަ ދައްކަމުން ކޮންޓޭ ބުނީ ނަޕޯލީގައި ތިބީ ފެންވަރު ރަނގަޅު އަދި ޓީމަށް ބޭނުންވާ ކާމިޔާބީ ހޯދޭނެ ފެންވަރުގެ ކުޅުންތެރިން ކަމަށެވެ. އިޓާލިއަން ސުޕަ ކަޕާ އެކު ނަޕޯލީ އަށް އިތުރު ހިތްވަރެއް ލިބިއްޖެ ކަމަށާއި، އެކަމުން ހިތްވަރު ލިބިގެން ކުރިއަށް ދާން އެންމެން ވެސް މަސައްކަތް ކުރާނެ ކަމަށް އޭނާ ބުންޏެވެ.

އިޓާލިއަން ސުޕަ ކަޕްނަޕޯލީ

ކޮމެންޓް

އިތުރަށް ކިޔާލަން

ނަޕޯލީ ބަލިކޮށް، އޭސީ މިލާާން އެއް ވަނަ އަށް

ނަޕޯލީ ބަލިކޮށް، އޭސީ މިލާާން އެއް ވަނަ އަށް

29 ސެޕްޓެމްބަރު 2025
ފަހު ވަގުތު ލާޒިއޯއާ އެއްވަރުވެ، ނަޕޯލީ އަށް ފުރުސަތު ގެއްލިއްޖެ

ފަހު ވަގުތު ލާޒިއޯއާ އެއްވަރުވެ، ނަޕޯލީ އަށް ފުރުސަތު ގެއްލިއްޖެ

16 ފެބުރުއަރީ 2025
ފަހު ވަގުތު ރޯމާ އިން ނަޕޯލީއާ އެއްވަރު ކޮށްފި

ފަހު ވަގުތު ރޯމާ އިން ނަޕޯލީއާ އެއްވަރު ކޮށްފި

03 ފެބުރުއަރީ 2025
ލާޒިއޯ އަތުން ބަލިވެ، ނަޕޯލީން ފުރުސަތު ނަގާލައިފި

ލާޒިއޯ އަތުން ބަލިވެ، ނަޕޯލީން ފުރުސަތު ނަގާލައިފި

09 ޑިސެމްބަރު 2024
ނަޕޯލީ މޮޅުވީއިރު، ލުކާކޫ ލަނޑު ޖެހި

ނަޕޯލީ މޮޅުވީއިރު، ލުކާކޫ ލަނޑު ޖެހި

01 ސެޕްޓެމްބަރު 2024

އަހަރުތަކުން މިއަދު

27 މެއި
2023 ވަނަ އަހަރު ޑިފެންސް މިނިސްޓްރީ އިން ހަރަދުކޮށްފައިވަނީ މާލިއްޔާތު ގާނޫނާ އެއްގޮތަށް
20251 އަހަރު ކުރިން
ރާއްޖެ

2023 ވަނަ އަހަރު ޑިފެންސް މިނިސްޓްރީ އިން ހަރަދުކޮށްފައިވަނީ މާލިއްޔާތު ގާނޫނާ އެއްގޮތަށް

ފަލަސްތީނުގައި ޔަހޫދީން ހިންގަމުން ގެންދާ ގަތުލުއާންމަކީ ދެގައުމެއްގެ ދޭތެރޭގައި އޮތް ދާހިލި މައްސަލައެއްގެ ގޮތުގައި ޕީއެންސީން ސިފަކޮށްފި
20242 އަހަރު ކުރިން
ރާއްޖެ

ފަލަސްތީނުގައި ޔަހޫދީން ހިންގަމުން ގެންދާ ގަތުލުއާންމަކީ ދެގައުމެއްގެ ދޭތެރޭގައި އޮތް ދާހިލި މައްސަލައެއްގެ ގޮތުގައި ޕީއެންސީން ސިފަކޮށްފި

"ބޭހެއް ނުކަން، ޖަހާލީ ކުޅަނދުރު ކައްޓެއް. އަނެއް ދުވަހު ހެނދުނު ރަނގަޅުވެއްޖެ"
20233 އަހަރު ކުރިން
ތަފާތު ޚަބަރު

"ބޭހެއް ނުކަން، ޖަހާލީ ކުޅަނދުރު ކައްޓެއް. އަނެއް ދުވަހު ހެނދުނު ރަނގަޅުވެއްޖެ"

އަސޭލާ ލައްވާ ކުރީގެ ރައީސް ޔާމީން ފާލު ބެލިކަން ހާމަވާ އިތުރުވާހަކަތަކެއް
20224 އަހަރު ކުރިން
ރާއްޖެ

އަސޭލާ ލައްވާ ކުރީގެ ރައީސް ޔާމީން ފާލު ބެލިކަން ހާމަވާ އިތުރުވާހަކަތަކެއް

މުއިއްޒުގެ ޢިއްޒަތް
20215 އަހަރު ކުރިން
ކޮލަމް

މުއިއްޒުގެ ޢިއްޒަތް

ނަޝީދު ކުޅުއްވީ ޑްރާމާއެއްތަ؟
20197 އަހަރު ކުރިން
ރިޕޯޓު

ނަޝީދު ކުޅުއްވީ ޑްރާމާއެއްތަ؟

އާރަށުގައި ދިގުކޮށް ކިޔަވާތީ ތިން މުދިމުން ބަދަލުކޮށްފި: މަހްލޫފް
20188 އަހަރު ކުރިން
ރާއްޖެ

އާރަށުގައި ދިގުކޮށް ކިޔަވާތީ ތިން މުދިމުން ބަދަލުކޮށްފި: މަހްލޫފް

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު