Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރު
އިޓާލިއަން ލީގު

ފަހު ވަގުތު ނަޕޯލީ އިން އިންޓައާ އެއްވަރު ކޮށްފި

މެޗު އެއްވަރުވީ ނަމަވެސް، އިންޓަރ އޮތީ ލީގު ތާވަލްގެ އެއް ވަނަ މަގާމުގައި. އެއީ މިހާތަނަށް ލީގުގައި ކުޅެފައިވާ 19 މެޗުން 43 ޕޮއިންޓާ އެކު. އިންޓަރ އަތުން ހޯދި ޕޮއިންޓާ އެކު، ނަޕޯލީ ތިން ވަނައިގައި އޮތީ 19 މެޗުން 39 ޕޮއިންޓާ އެކު.

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް, ރާއްޖެ އެމްވީ | 12 ޖެނުއަރީ 2026 | ހޯމަ 07:39
މެޗުގައި ލަނޑު ޖެހުމަށް ފަހު ނަޕޯލީގެ މެކްޓޮމިނޭ އުފާ ފާޅު ކުރަނީ

މެޗުގައި ލަނޑު ޖެހުމަށް ފަހު ނަޕޯލީގެ މެކްޓޮމިނޭ އުފާ ފާޅު ކުރަނީ | ރޮއިޓަސް

އިޓާލިއަން ލީގުގައި އިންޓަރ މިލާންއާ ދެކޮޅަށް ކުޅުނު މެޗުން، ފަހު ވަގުތު އެންމެ ފަހުގެ ޗެމްޕިއަން ނަޕޯލީ އެއްވަރު ވެއްޖެ އެވެ.

އިންޓަރ މިލާންގެ އަމިއްލަ ދަނޑުގައި ކުޅުނު މެޗު ނިމުނީ ދެ ޓީމު 2-2 އިން އެއްވަރު ވެގެންނެވެ. މެޗުގެ ފުރަތަމަ ހާފުގައި އިންޓަރ އިން ލަނޑު ޖަހައި ކުރި ހޯދާފައި ވަނިކޮށް، ނަޕޯލީ އިން އެއްވަރު ކުރި އެވެ. ދެ ވަނަ ހާފުގައި އިންޓަރ އިން ދެ ވަނަ ފަަހަރަށް ލީޑު ނެގި ނަމަވެސް، ފަހު ވަގުތު ނަޕޯލީ އިން ވަނީ އެއްވަރު ކޮށްފަ އެވެ.

މެޗު ފަށައިގެން ނުވަ ވަނަ މިނެޓުގައި އިންޓަރ އިން ވަނީ ލަނޑު ޖަހައި ލީޑު ނަގައިފަ އެވެ. އެ ޓީމަށް ލީޑު ނަގައިދިނީ ފެޑެރިކޯ ޑިމާކޯ އެވެ. އެއީ މާކަސް ތުރަމް ތަނަވަސްކޮށްދިން ފުރުސަތެއްގައި އޭނާ ޖެހި ލަނޑެކެވެ. އެހެން ނަމަވެސް، މެޗުގެ 26 ވަނަ މިނެޓުގައި ސްކޮޓް މެކްޓޮމިނޭ ވަނީ ލަނޑު ޖަހައި ނަޕޯލީ އަށް ނަތީޖާ ހަމަހަމަ ކޮށްދީފަ އެވެ.

މެޗުގެ ދެ ވަނަ ހާފުގައި ނަޕޯލީގެ ކޯޗު އެންޓޯނިއޯ ކޮންޓޭ އަށް ވަނީ ސީދާ ރަތް ކާޑު ދައްކައި ދަނޑުން ފޮނުވާލައިފަ އެވެ. އެއީ އިންޓަރ އަށް ޕެނަލްޓީ ދޭން ނިންމުމުން އެކަމާ ހިތްހަމަ ނުޖެހުން ފާޅު ކުރުމުންނެވެ. އިންޓަރ އަށް ލިބުނު ޕެނަލްޓީ ކާމިޔާބުކޮށް، ދެ ވަނަ ފަހަރަށް އެ ޓީމަށް ކުރި ހޯދައިދިނީ ހަކަން ޗަނޮގްލޫ އެވެ.

މެޗުގެ ފުރިހަމަ ވަގުތު ހަމަވާން ނުވަ މިނެޓަށް ވެފައި ވަނިކޮށް، ނަޕޯލީ އިން ވަނީ ދެ ވަނަ ލަނޑެއް ޖަހައިގެން އިންޓަރއާ އެއްވަރު ކޮށްފަ އެވެ. އެ ލަނޑު ވެސް ނަޕޯލީ އަށް ޖަހައިދިނީ މެކްޓޮމިނޭ އެވެ. އެއީ ނޯ ލަންގް ތަނަވަސްކޮށްދިން ފުރުސަތެއްގައި އޭނާ ޖެހި ލަނޑެކެވެ.

މެޗު އެއްވަރުވީ ނަމަވެސް، އިންޓަރ އޮތީ ލީގު ތާވަލްގެ އެއް ވަނަ މަގާމުގަ އެވެ. އެއީ މިހާތަނަށް ލީގުގައި ކުޅެފައިވާ 19 މެޗުން 43 ޕޮއިންޓާ އެކު އެވެ. އިންޓަރ އަތުން ހޯދި ޕޮއިންޓާ އެކު، ނަޕޯލީ ތިން ވަނައިގައި އޮތީ 19 މެޗުން 39 ޕޮއިންޓާ އެކު އެވެ. ހަމަ އެ އަދަދަށް މެޗު ކުޅެގެން ދެ ވަނައިގައި އޭސީ މިލާން އަށް ލިބެނީ 40 ޕޮއިންޓެވެ.

އިޓާލިއަން ލީގުއިންޓަރ މިލާންނަޕޯލީ

ކޮމެންޓް

އިތުރަށް ކިޔާލަން

ކަލިއަރީ ބަލިކޮށް، އޭސީ މިލާން އެއް ވަނަ އަށް

ކަލިއަރީ ބަލިކޮށް، އޭސީ މިލާން އެއް ވަނަ އަށް

03 ޖެނުއަރީ 2026
ކަންސޭލޯ ހޯދުމަށް ބާސެލޯނާ އާއި އިންޓަރ އިން މަސައްކަތް ކުރަނީ

ކަންސޭލޯ ހޯދުމަށް ބާސެލޯނާ އާއި އިންޓަރ އިން މަސައްކަތް ކުރަނީ

01 ޖެނުއަރީ 2026
ޖެނޯ ބަލިކޮށް، ރޯމާ ހަތަރު ވަަނައިގައި

ޖެނޯ ބަލިކޮށް، ރޯމާ ހަތަރު ވަަނައިގައި

30 ޑިސެމްބަރު 2025
އެޓަލަންޓާ ބަލިކޮށް، އިންޓަރ އެއް ވަނައިގައި

އެޓަލަންޓާ ބަލިކޮށް، އިންޓަރ އެއް ވަނައިގައި

29 ޑިސެމްބަރު 2025
ނަޕޯލީ އިން، އިޓާލިއަން ސުޕަ ކަޕް ކާމިޔާބު ކޮށްފި

ނަޕޯލީ އިން، އިޓާލިއަން ސުޕަ ކަޕް ކާމިޔާބު ކޮށްފި

23 ޑިސެމްބަރު 2025

އަހަރުތަކުން މިއަދު

7 މެއި
ފެންޓޮނޯއީ ގެއަށް ދިޔައީ ޔައްސާރުގެ ދައުވަތަކަށް، ރައުދުގެ އިތުރުން 4 މީހަކު ތިބި - ޔުމްނުގެ އާއިލާ
20251 އަހަރު ކުރިން
ރާއްޖެ

ފެންޓޮނޯއީ ގެއަށް ދިޔައީ ޔައްސާރުގެ ދައުވަތަކަށް، ރައުދުގެ އިތުރުން 4 މީހަކު ތިބި - ޔުމްނުގެ އާއިލާ

ރާއްޖެއަށް އަތްގަދަކުރާ ކަމަށް ބުނި އިންޑިއާ ކައިރިއަށް އާދޭސް ހިފައިގެން
20242 އަހަރު ކުރިން
ރިޕޯޓު

ރާއްޖެއަށް އަތްގަދަކުރާ ކަމަށް ބުނި އިންޑިއާ ކައިރިއަށް އާދޭސް ހިފައިގެން

ތަފާތު ފޮޓޯގަނޑެއް! އެތައް ވާހަކައެއް!؟
20233 އަހަރު ކުރިން
ރިޕޯޓު

ތަފާތު ފޮޓޯގަނޑެއް! އެތައް ވާހަކައެއް!؟

ރަންވޭ މަތިން ކައްސާލި މޯލްޑިވިއަން ފްލައިޓުގައި އޮސްޓްރޭލިއާގެ ކްރިކެޓް ތަރިއެއް، ބުނީ އެއީ ބިރުވެރި ވަގުތުކޮޅެއް ކަމަށް
20224 އަހަރު ކުރިން
ރިޕޯޓު

ރަންވޭ މަތިން ކައްސާލި މޯލްޑިވިއަން ފްލައިޓުގައި އޮސްޓްރޭލިއާގެ ކްރިކެޓް ތަރިއެއް، ބުނީ އެއީ ބިރުވެރި ވަގުތުކޮޅެއް ކަމަށް

ބިލް ގޭޓްސްގެ ހިތް ސިންގަލެއް ނުވޭ، ހިތާވަނީ 70 އަހަރުގެ އަންހެނަކާ!
20215 އަހަރު ކުރިން
ތަފާތު ޚަބަރު

ބިލް ގޭޓްސްގެ ހިތް ސިންގަލެއް ނުވޭ، ހިތާވަނީ 70 އަހަރުގެ އަންހެނަކާ!

ޕްރިޔަންކާގެ ހެދުމަށް ގިނަ ބަޔަކު މަލާމަތް ކޮށްފި
20197 އަހަރު ކުރިން
ތަފާތު ޚަބަރު

ޕްރިޔަންކާގެ ހެދުމަށް ގިނަ ބަޔަކު މަލާމަތް ކޮށްފި

ރައީސް ޔާމީންގެ އަނެއް ރެކޯޑް
20188 އަހަރު ކުރިން
ރިޕޯޓު

ރައީސް ޔާމީންގެ އަނެއް ރެކޯޑް

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު