Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެ
އެމެރިކާ-ވެނެޒުއެލާ

ވެނެޒުއެލާގެ ވަގުތީ ރައީސާއާ ދެކޮޅަށް އަޅާފައިވާ ފިޔަވަޅުތައް އެމެރިކާ އިން އުވާލައިފި

އެމެރިކާގެ ޓްރެޒަރީ ޑިޕާޓްމަންޓުގެ އޮފީސް އޮފް ފޮރިން އެސެޓްސް ކޮންޓްރޯލް (އޯފެކް)ގެ ވެބްސައިޓުގައި އާންމު ކޮށްފައިވާ ގޮތުން، އެމެރިކާގެ ޚާއްޞަ ދަތި ކުރުމުގެ ފިޔަވަޅުތައް އަޅާފައިވާ މީހުންގެ ލިސްޓުން ޑެލްސީގެ ނަން މިހާރު ވަނީ އުނި ކޮށްފައި.

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް, ރާއްޖެ އެމްވީ | 2 އެޕްރީލު 2026 | ބުރާސްފަތި 13:10
ވެނެޒުއެލާގެ ވަގުތީ ރައީސާ ޑެލްސީ ރޮޑްރިގޭޒް

ވެނެޒުއެލާގެ ވަގުތީ ރައީސާ ޑެލްސީ ރޮޑްރިގޭޒް | ގެޓީ އިމޭޖަސް

ވެނެޒުއެލާގެ ވަގުތީ ރައީސާ ޑެލްސީ ރޮޑްގްރިގޭޒްއާ ދެކޮޅަށް އަޅާފައިވާ ފިޔަވަޅުތައް އުވާލަން އެމެރިކާގެ ސަރުކާރުން ނިންމައިފި އެވެ.

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ އަމުރަށް ހިންގި އޮޕަރޭޝަނެއްގައި އެމެރިކާގެ އަސްކަރިއްޔާ އިން ވަނީ، ވެނެޒުއެލާގެ ރައީސް ނިކޮލަސް މަދޫރޯ ހައްޔަރު ކޮށްފަ އެވެ. އެއާ އެކު، ވެނެޒުއެލާގެ ވަގުތީ ރައީސާގެ މަގާމަށް ވަނީ ޑެލްސީ ހަމަޖައްސަވައިފަ އެވެ. 

އެމެރިކާގެ ޓްރެޒަރީ ޑިޕާޓްމަންޓުގެ އޮފީސް އޮފް ފޮރިން އެސެޓްސް ކޮންޓްރޯލް (އޯފެކް)ގެ ވެބްސައިޓުގައި އާންމު ކޮށްފައިވާ ގޮތުން، އެމެރިކާގެ ޚާއްޞަ ދަތި ކުރުމުގެ ފިޔަވަޅުތައް އަޅާފައިވާ މީހުންގެ ލިސްޓުން ޑެލްސީގެ ނަން މިހާރު ވަނީ އުނި ކޮށްފަ އެވެ. 

އެމެރިކާގެ މި ނިންމުމަށް މަރުޙަބާ ވިދާޅުވަމުން ޑެލްސީ އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، މިއީ ދެ ޤައުމުގެ ދެ މެދުގައި އޮތް ގުޅުން އާންމު ޙާލަތަކަށް ގެނައުމަށާއި، ގުޅުން ބަދަހި ކުރުމަށް އެޅުނު މުހިންމު ފިޔަވަޅެއް ކަމަށެވެ. އަދި މި ކުރިއެރުމާ އެކު، ވެނެޒުއެލާއާ ދެކޮޅަށް މިހާރު ވެސް އަމަލު ކުރަމުންދާ އެހެނިހެން ދަތި ކުރުމުގެ ފިޔަވަޅުތައް އުވާލުމަށް މަގު ފަހި ވާނެ ކަމަށް އުންމީދު ކުރައްވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ. އަދި މިކަމުގެ ސަބަބުން ދެ ޤައުމުގެ ރައްޔިތުންގެ ލާބަޔަށްޓަކައި މަސައްކަތް ކުރެވޭނެ އެޖެންޑާއެއް އެކުލަވާލެވޭނެ ކަމަށް ވެސް ޑެލްސީ ވިދާޅުވި އެވެ. 

އެމެރިކާ އިން މަދޫރޯ ހައްޔަރު ކުރި ފަހުން، އެމެރިކާ އާއި ވެނެޒުއެލާއާ ދެމެދު އޮތް ގުޅުން ވަނީ ވަރަށް ބޮޑަށް ރަނގަޅު ވާން ފަށައިފަ އެވެ. ވެނެޒުއެލާގެ ވަގުތީ ރައީސް ޑެލްސީ ވަނީ، އެމެރިކާގެ ރައީސް ޓްރަމްޕްގެ އެދިވަޑައިގެންނެވުމުގެ މަތިން ވެނެޒުއެލާގެ ހަކަތައިގެ ސިނާއަތަށް އެމެރިކަގެ ކުންފުނި ތަކަށް ހުޅުވާލުމަށް އެއްބަސްވެ ވަޑައިގެންފަ އެވެ. މީގެ ކުރިން މަދޫރޯގެ ނައިބު ރައީސްގެ ގޮތުގައި ޑެލްސީއާ ދެކޮޅަށް އެންމެ ފުރަތަމަ އެމެރިކާ އިން ފިޔަވަޅު އެޅީ، އޭނާ އަކީ މަދޫރޯގެ ސަރުކާރުގެ ނުފޫޒު ގަދަ އިސްވެރިޔަކަށް ވާތީ އެވެ. 

ޑެލްސީގެ އިތުރުން ޑިފެންސް މިނިސްޓަރު ލަޑީމިއާ ޕަޑްރީނޯ ލޮޕޭޒް އާއި، އިންޓީރިއާ މިނިސްޓަރު ދިއޮސްޑާޑޯ ކަބެއްޔޯއާ ދެކޮޅަށް ވެސް އެމެރިކާ އިން އޭރު ވަނީ ފިޔަވަޅު އަޅައިފަ އެވެ. ނަމަވެސް، އެމެރިކާ އާއެކު މަޝްވަރާތައް ކުރަން ފެށި ފަހުން ޑެލްސީ ވަނީ، ލޮޕޭޒް މަގާމުން ވަކި ކޮށްފަ އެވެ. 

ވެނެޒުއެލާގެ މަސްރަހަށް އަންނަމުންދާ ބަދަލުތަކާ ގުޅިގެން، އެ ޤައުމުގައި ހުންނަ އެމެރިކާގެ އެމްބަސީ ހަތް އަހަރަށް ފަހު އަލުން ހުޅުވައި، މިދިޔަ ހޯމަ ދުވަހުން ފެށިގެން ޚިދުމަތް ދޭން ފަށާފައިވާ ކަމަށް އެމެރިކާގެ ސްޓޭޓް ޑިޕާޓްމަންޓް އިން ވަނީ ބުނެފަ އެވެ. 

މަސްދަރު: އޭއެފްޕީ

އެމެރިކާ-ވެނެޒުއެލާވެނެޒުއޭލާގެ ރައީސް މަދޫރޯ ޑެލްސީ ރޮޑްރިގޭޒްއެމެރިކާގެ ޓްރެޜަރީ ޑިޕާޓްމަންޓް

ކޮމެންޓް

އިތުރަށް ކިޔާލަން

ދެ ވަނަ ފަހަރަށް މަދޫރޯ ޝަރީއަތަށް ހާޒިރު ކުރަނީ

ދެ ވަނަ ފަހަރަށް މަދޫރޯ ޝަރީއަތަށް ހާޒިރު ކުރަނީ

26 މާރިޗު 2026
ވެނެޒުއެލާ އިން 80 މިލިއަން ތެޔު ފީފާ ލިބިއްޖެ: ޓްރަމްޕް

ވެނެޒުއެލާ އިން 80 މިލިއަން ތެޔު ފީފާ ލިބިއްޖެ: ޓްރަމްޕް

26 ފެބުރުއަރީ 2026
ޤައުމުގެ އިސްތިޤުލާލަށް އަރައިގެންފައިވާ ކަމަށް ބުނެ، މަދޫރޯ މިނިވަން ކުރުމަށް ވެނެޒުއެލާގެ ފޮރިން މިނިސްޓަރު އެމެރިކާ އަށް ގޮވާލައްވައިފި

ޤައުމުގެ އިސްތިޤުލާލަށް އަރައިގެންފައިވާ ކަމަށް ބުނެ، މަދޫރޯ މިނިވަން ކުރުމަށް ވެނެޒުއެލާގެ ފޮރިން މިނިސްޓަރު އެމެރިކާ އަށް ގޮވާލައްވައިފި

24 ފެބުރުއަރީ 2026
ވެނެޒުއޭލާގެ އިންތިގާލީ ރައީސާ ޑެލްސީ ރޮޑްރިގޭޒްގެ ސަލާމަތީ ކަންކަން ބެލެހެއްޓުން އެ ގައުމުގެ ބޮޑީގާޑުންނާ ހަވާލުކުރައްވައިފި

ވެނެޒުއޭލާގެ އިންތިގާލީ ރައީސާ ޑެލްސީ ރޮޑްރިގޭޒްގެ ސަލާމަތީ ކަންކަން ބެލެހެއްޓުން އެ ގައުމުގެ ބޮޑީގާޑުންނާ ހަވާލުކުރައްވައިފި

21 ފެބުރުއަރީ 2026
މަދޫރޯ ހައްޔަރުކޮށް ވެރިކަން ވައްޓާލި ފަހުން، ފުރަތަމަ ފަހަރަށް ޔޫރަޕުގެ ފްލައިޓެއް ވެނެޒުއެލާ އަށް ޖައްސައިފި

މަދޫރޯ ހައްޔަރުކޮށް ވެރިކަން ވައްޓާލި ފަހުން، ފުރަތަމަ ފަހަރަށް ޔޫރަޕުގެ ފްލައިޓެއް ވެނެޒުއެލާ އަށް ޖައްސައިފި

18 ފެބުރުއަރީ 2026

އަހަރުތަކުން މިއަދު

17 މެއި
ވިލާ ޓްރެވެލްސްގެ ޙިދުމަތްތައް އިތުރަށް ފުޅާކޮށް، ޗާންދަނީ މަގުގައި އައު އޮފީސް ހުޅުވައިފި
20251 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

ވިލާ ޓްރެވެލްސްގެ ޙިދުމަތްތައް އިތުރަށް ފުޅާކޮށް، ޗާންދަނީ މަގުގައި އައު އޮފީސް ހުޅުވައިފި

އެންމެ ނާކާމިޔާބު ކެންޑިޑޭޓު، ފިސާރި ކާމިޔާބު!
20242 އަހަރު ކުރިން
ތަފާތު ޚަބަރު

އެންމެ ނާކާމިޔާބު ކެންޑިޑޭޓު، ފިސާރި ކާމިޔާބު!

މުސްކުޅި ބައްޕަގެ ހާލަތު ފެނިފައި އަސަރު ކުރީ ދުރު ހިލޭ މީހަކަށް!
20233 އަހަރު ކުރިން
ރިޕޯޓު

މުސްކުޅި ބައްޕަގެ ހާލަތު ފެނިފައި އަސަރު ކުރީ ދުރު ހިލޭ މީހަކަށް!

ޔޫރަޕްގެ ބަޔެއް ގައުމުތަކުގައި މަންކީ ޕޮކްސް ފެތުރެންފަށައިފި
20224 އަހަރު ކުރިން
ދުނިޔެ

ޔޫރަޕްގެ ބަޔެއް ގައުމުތަކުގައި މަންކީ ޕޮކްސް ފެތުރެންފަށައިފި

ފަތާފައި ސްޕެއިނަށް އެރި ގިނަ އަދަދެއްގެ ބަޔަކު އަނބުރާ ފޮނުވާލައިފި
20215 އަހަރު ކުރިން
ދުނިޔެ

ފަތާފައި ސްޕެއިނަށް އެރި ގިނަ އަދަދެއްގެ ބަޔަކު އަނބުރާ ފޮނުވާލައިފި

މަޖިލިސް ރައީސް ކަމަށް ގެނައުމަށް ރައީސް ޞާލިހް \"ލޮބީ\" ކުރައްވަނީ އަފީފް އަށް!
20197 އަހަރު ކުރިން
ރާއްޖެ

މަޖިލިސް ރައީސް ކަމަށް ގެނައުމަށް ރައީސް ޞާލިހް \"ލޮބީ\" ކުރައްވަނީ އަފީފް އަށް!

ލަފުޒު ވަކިކޮށް ލިޔުމުގެ ގަވާއިދު
20188 އަހަރު ކުރިން
ދިވެހި ބަސް

ލަފުޒު ވަކިކޮށް ލިޔުމުގެ ގަވާއިދު

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު