Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެ
ވެނެޒުއެލާ

ވަގުތީ ރައީސް ޑެލްސީ އަށް ވަފާތެރިވުމަށް، ވެނެޒުއެލާގެ ސިފައިންނާއި ފުލުހުން ހުވާ ކޮށްްފި

ވެނެޒުއެލާގެ ޑިފެންސް މިނިސްޓަރު ވްލަޑިމިރް ޕަޑްރީނޯ ވިދާޅުވީ، އަސްކަރިއްޔާ އިން ހުށަހަޅާފައި ވަނީ ފުރިހަމަ އަށް ވަފާތެރިވުމަށް ކަމަށް. ފުލުހުންގެ ފަރާތުން ވަފާތެރިކަން ހުށަހަޅުއްވާފައި ވަނީ ވެނެޒުއެލާގެ އިންޓީރިއާ މިނިސްޓަރު ޑިއޮސްޑާޑޯ ކަބެލޯ. އޭނާ އަކީ ސަރުކާރުގެ ނުފޫޒު ގަދަ ވަޒީރެއް.

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް, ރާއްޖެ އެމްވީ | 29 ޖެނުއަރީ 2026 | ބުރާސްފަތި 13:55
ވަގުތީ ރައީސް އަށް ވަފާތެރިވުމަށް ސިފައިންނާއި ފުލުހުން ހުވާ ކުރި ރަސްމިއްޔާތުގައި ޑެލްސީ ބައިވެރިވެ ވަޑައިގަންނަވަނީ

ވަގުތީ ރައީސް އަށް ވަފާތެރިވުމަށް ސިފައިންނާއި ފުލުހުން ހުވާ ކުރި ރަސްމިއްޔާތުގައި ޑެލްސީ ބައިވެރިވެ ވަޑައިގަންނަވަނީ | ރޮއިޓާސް

ވެނެޒުއެލާގެ ވަގުތީ ރައީސް ޑެލްސީ ރޮޑްރިގޭޒް އަށް ވަފާތެރިވުމަށް، އެ ޤައުމުގެ ސިފައިންނާއި ފުލުހުން ހުވާ ކޮށްފި އެވެ. 

ވެނެޒުއެލާގެ ވަގުތީ ރައީސް ކަމުގެ މަގާމަށް ޑެލްސީ ވަޑައިގެންނެވީ، އެެމެރިކާ އިން ހިންގި އޮޕަރޭޝަނެއްގައި އެ ޤައުމުގެ ރައީސް ނިކޮލަސް މަދޫރޯ ހައްޔަރު ކުރުމާ އެކު އެވެ. އޭގެ ކުރިން ޑެލްސީ ހުންނެވީ މަދޫރޯގެ ނައިބު ރައީސްގެ މަގާމުގަ އެވެ. 

ވަގުތީ ރައީސް ކަަމަށް ވަޑައިގެންނެވުމަށް ފަހު، ޑެލްސީ ގެންދަވަނީ އޭނާގެ ސަރުކާރަށް އާންމުންގެ އިތުބާރާއި ތާއީދު ހޯއްދެވުމަށް މަސައްކަތް ކުރައްވަމުންނެވެ. ނަމަވެސް، މަދޫރޯ އަށް ތާއީދު ކުރާ ފަރާތްތަކުގެ ރުހުން ހޯދުމާ އެކު، އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ ރުހުން ހޯއްދެވުމަށް ވެސް އޭނާ ގެންދަވަނީ މަސައްކަތް ކުރައްވަމުންނެވެ. 

ވެނެޒުއެލާގެ ޑިފެންސް މިނިސްޓަރު ވްލަޑިމިރް ޕަޑްރީނޯ ވިދާޅުވީ، އަސްކަރިއްޔާ އިން ހުށަހަޅާފައި ވަނީ ފުރިހަމަ އަށް ވަފާތެރިވުމަށް ކަމަށެވެ. ފުލުހުންގެ ފަރާތުން ވަފާތެރިކަން ހުށަހަޅުއްވާފައި ވަނީ ވެނެޒުއެލާގެ އިންޓީރިއާ މިނިސްޓަރު ޑިއޮސްޑާޑޯ ކަބެލޯ އެވެ. އޭނާ އަކީ ސަރުކާރުގެ ނުފޫޒު ގަދަ ވަޒީރެކެވެ. 3000 އަށް ވުރެ ގިނަ ސިފައިންނާއި ފުލުހުން ވަނީ، ވެނެޒުއެލާގެ ފުރަތަމަ އަންހެން ލީޑަރުގެ ކުރިފުޅުމަތީގައި މާޗް ކޮށްފަ އެވެ. 

ޕަޑްރީނޯ ވިދާޅުވީ، މިއީ ވެނެޒުއެލާގެ ވެރިކަމުގައި މިހާތަނަށް ދެކިފައި ނުވާ ފަދަ ވަގުތެއް ކަމަށެވެ. މަދޫރޯގެ ސަރުކާރުގައި ވެސް ބާރު ގަދަ ވަޒީރެެއްގެ ގޮތުގައި ހުންނެވި ކަބެލޯ ވިދާޅުވީ، ޑެލްސީ އަށް ތާއީދު ކުރުމަކީ ކޮންމެހެން ވެސް މުހިންމު ކަމެއް ކަމަށެވެ. ވެނެޒުއެލާގެ ހަމަޖެހުމާއި، ސަރުކާރުގެ ދެމި އޮތުން ގުޅިފައި ވަނީ ޑެލްސީގެ ވެރިކަން ދިފާއު ކުރުމާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ. 

ޖަނަވަރީ މަހުގެ ކުރީ ކޮޅު އެމެރިކާގެ ސިފައިން ހިންގި ޚާއްސަ އޮޕަރޭޝަނެއްގައި ވަނީ މަދޫރޯ އާއި އޭނާގެ އަނބިކަނބަލުން ހައްޔަރު ކޮށްގެން ގެންގޮސްފަ އެވެ. ދުނިޔެ އަށް ބޮޑު ހައިރާން ކަމެއް ލިބުނު އެ ހާދިސާ އަށް ފަހު، ޓްރަމްޕް ވިދާޅުވެފައި ވަނީ ވެނެޒުއެލާގެ ކަންކަން ބަލަހައްޓާނީ އެމެރިކާ އިން ކަމަށެވެ. ވެނެޒުއެލާގެ ވަގުތީ ރައީސް އަކީ ޑެލްސީ ކަމަށް އެ ޤައުމުގެ ސުޕްރީމް ކޯޓުން ކަނޑައެޅުމާ އެކު، އެމެރިކާ އިން ބޭނުންވާ ގޮތަށް ކަންކަން ކުރިއަށް ގެންދާހާ ހިނދަކު އެ މަގާމުގައި އޭނާ ބަހައްޓަން ތާއީދު ކުރައްވާނެ ކަމަށް ޓްރަމްޕް ވިދާޅުވެފައިވެ އެވެ.

ޑެލްސީ އަންނަނީ އެމެރިކާގެ ސަރުކާރާއި، ޓްރަމްޕް އާ އެކު ވެސް ވާހަކަ ދައްކަވައި މަޝްވަރާ ކުރައްވަމުންނެވެ. އަވަސް މުސްތަޤުބަލެއްގައި ޑެލްސީ އެމެރިކާ އަށް ވަޑައިގަންނަވާނެ ކަމަށް ވަނީ ރިޕޯޓު ކޮށްފަ އެވެ.

މަސްދަރު: އޭއެފްޕީ

ވެނެޒުއޭލާޑެލްސީ ރޮޑްރިގޭޒްނިކޮލަސް މަދޫރޯރައީސް ޑޮނަލްޑް ޓްރަމްޕްއެމެރިކާ-ވެނެޒުއެލާ

ކޮމެންޓް

އިތުރަށް ކިޔާލަން

އެމެރިކާ އިން އީރާނަށް ވަރުގަދަ ހަމަލާތަކެއް ދޭން ތައްޔާރުވަނީ: ނުކުމެދާނެ ނަތީޖާތަކަކީ ކޮބައި؟

އެމެރިކާ އިން އީރާނަށް ވަރުގަދަ ހަމަލާތަކެއް ދޭން ތައްޔާރުވަނީ: ނުކުމެދާނެ ނަތީޖާތަކަކީ ކޮބައި؟

29 ޖެނުއަރީ 2026
ދުނިޔޭގެ ބާޒާރުގައި އެމެރިކާ ޑޮލަރު މެދުކެނޑުމެއްނެތި ދަށަށް ދިއުން ހުއްޓި، ނޮވެމްބަރު މަހަށް ފަހު އެއް ދުވަސް ތެރޭގައި އެންމެ ބޮޑު ކުރިއެރުމެއް ހޯދައިފި

ދުނިޔޭގެ ބާޒާރުގައި އެމެރިކާ ޑޮލަރު މެދުކެނޑުމެއްނެތި ދަށަށް ދިއުން ހުއްޓި، ނޮވެމްބަރު މަހަށް ފަހު އެއް ދުވަސް ތެރޭގައި އެންމެ ބޮޑު ކުރިއެރުމެއް ހޯދައިފި

29 ޖެނުއަރީ 2026
އީރާނުގެ ސަރުކާރުގެ "ދުވަސްތައް މިހާރު ވަނީ ގުނަން ފެށިފައި" ކަމަށް ޖަރުމަނުގެ ޗާންސެލަރ ވިދާޅުވެއްޖެ

އީރާނުގެ ސަރުކާރުގެ "ދުވަސްތައް މިހާރު ވަނީ ގުނަން ފެށިފައި" ކަމަށް ޖަރުމަނުގެ ޗާންސެލަރ ވިދާޅުވެއްޖެ

28 ޖެނުއަރީ 2026
ދެން ދޭ ހަމަލާ އެއް ކުރިއަށްވުރެ މާ ނުރައްކާތެރިވާނެ ކަމަށް ވިދާޅުވެ، އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ބުދަ ދުވަހު އީރާނަށް އަނެއްކާ ވެސް ވަރުގަދަ އިންޒާރެއް ދެއްވައިފި

ދެން ދޭ ހަމަލާ އެއް ކުރިއަށްވުރެ މާ ނުރައްކާތެރިވާނެ ކަމަށް ވިދާޅުވެ، އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ބުދަ ދުވަހު އީރާނަށް އަނެއްކާ ވެސް ވަރުގަދަ އިންޒާރެއް ދެއްވައިފި

28 ޖެނުއަރީ 2026
އެމެރިކާ މި ދެކެނީ ރަން ޒަމާނެއް، މިޑް ޓާމް އިންތިޚާބު ގެއްލިއްޖެ ނަމަ ވަރަށް ގޯސް ވާނެ: ޓްރަމްޕް

އެމެރިކާ މި ދެކެނީ ރަން ޒަމާނެއް، މިޑް ޓާމް އިންތިޚާބު ގެއްލިއްޖެ ނަމަ ވަރަށް ގޯސް ވާނެ: ޓްރަމްޕް

28 ޖެނުއަރީ 2026

އަހަރުތަކުން މިއަދު

21 އެޕްރީލު
އެސްޓޯނިއާ ދަތުރު އަދި މޯލްޑިވްސް 2.0 ގެ ފަހަތުގައި އޮތް ސިއްރަކީ އިލެކްޓްރޯނިކް ވޯޓިން: މަޚްލޫފް
20251 އަހަރު ކުރިން
ރާއްޖެ

އެސްޓޯނިއާ ދަތުރު އަދި މޯލްޑިވްސް 2.0 ގެ ފަހަތުގައި އޮތް ސިއްރަކީ އިލެކްޓްރޯނިކް ވޯޓިން: މަޚްލޫފް

މަޖިލިސް އިންތިހާބުގެ ކެމްޕޭންގެ ތެރޭގައި ވޯޓު ގަތުމާއި ދައުލަތުގެ މުދަލާއި ވަސީލަތްތައް ނަހަމަ ގޮތުގައި ބޭނުންކޮށްފައިވޭ - ޓްރާންސްޕޭރެންސީ
20242 އަހަރު ކުރިން
ރާއްޖެ

މަޖިލިސް އިންތިހާބުގެ ކެމްޕޭންގެ ތެރޭގައި ވޯޓު ގަތުމާއި ދައުލަތުގެ މުދަލާއި ވަސީލަތްތައް ނަހަމަ ގޮތުގައި ބޭނުންކޮށްފައިވޭ - ޓްރާންސްޕޭރެންސީ

ހޫނުމިން 40ށް އަރާ، ސަމާލުވުމަށް އިލްތިމާސްކޮށްފި
20233 އަހަރު ކުރިން
ރާއްޖެ

ހޫނުމިން 40ށް އަރާ، ސަމާލުވުމަށް އިލްތިމާސްކޮށްފި

ކިޑްނީގެ ދުޅަހެޔޮކަމަށް ފެނުގެ މުހިންމުކަން
20224 އަހަރު ކުރިން
ސިއްހަތު

ކިޑްނީގެ ދުޅަހެޔޮކަމަށް ފެނުގެ މުހިންމުކަން

 ޗިކެން ޕަނީނީ ސޭންޑްވިޗް
20215 އަހަރު ކުރިން
ލައިފް ސްޓައިލް

ޗިކެން ޕަނީނީ ސޭންޑްވިޗް

ޝިމާ އަންދާލާފައިވާ ކަމަށް ބުނެ ލިބުނު މައުލޫމާތަކާ ގުޅިގެން ފުލުހުން ދެ ރަށެއް ބަލައި ފާސްކޮށްފި
20197 އަހަރު ކުރިން
ރާއްޖެ

ޝިމާ އަންދާލާފައިވާ ކަމަށް ބުނެ ލިބުނު މައުލޫމާތަކާ ގުޅިގެން ފުލުހުން ދެ ރަށެއް ބަލައި ފާސްކޮށްފި

ނިވާކަން ކުޑަ ހެދުންލައިގެން މޮޑެލްކުރުމުން އިލްމުވެރިން ރަތަށް، ސަރުކާރު ހިމޭނުން!
20188 އަހަރު ކުރިން
ރާއްޖެ

ނިވާކަން ކުޑަ ހެދުންލައިގެން މޮޑެލްކުރުމުން އިލްމުވެރިން ރަތަށް، ސަރުކާރު ހިމޭނުން!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު