Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރު
އިންޑިއާ

މެސީ އިންޑިއާ އަށް، އެތައް ސަތޭކަ ބަޔަކު މަރުޙަބާ ކިޔަން ނިކުތް

މިއީ މެސީ އިންޑިއާ އަށް އައިސްފައިވާ ދެ ވަނަ ފަހަރު. މީގެ ކުރިން 2011 ވަަނަ އަހަރު ވެސް މެސީ ވަނީ އިންޑިއާ އަށް ގޮސްފަ. އެގޮތުން އެއީ ބައިނަލްއަޤުވާމީ ރަޙުމަތްތެރި ކަމުގައި ވެނެޒުއެލާއާ ދެކޮޅަށް މެޗެއް ކުޅުމަށް. ކޮލްކަތާގެ ސޯލްޓް ލޭކް ސްޓޭޑިއަމްގައި ކުޅުނު އެ މެޗު އާޖެންޓީނާ އިން ކާމިޔާބު ކުރީ 1-0 އިން.

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް, ރާއްޖެ އެމްވީ | 13 ޑިސެމްބަރު 2025 | ހޮނިހިރު 03:20
އާޖެންޓީނާގެ ކެޕްޓަން ލިއޮނަލް މެސީ އިންޑިއާގައި

އާޖެންޓީނާގެ ކެޕްޓަން ލިއޮނަލް މެސީ އިންޑިއާގައި

އެމެރިކާގެ އިންޓަރ މިއާމީ އަށް ކުޅެމުން އަންނަ އާޖެންޓީނާގެ ކެޕްޓަން ލިއޮނަލް މެސީ އަަވަށްޓެރި އިންޑިއާ އަށް އަތުވެއްޖެ އެވެ.

ހުކުރު ދުވަހުގެ ރޭ ދަންވަރުގެ ވަގުތެއްގައި މެސީ ވަނީ އިންޑިއާގެ ކޮލްކަތާ އަށް އައިސްފަ އެވެ. މިއީ މެސީ އިންޑިއާ އަށް ކުރުމަށް ހަމަޖެހިފައިވާ "ގޯޓް އިންޑިއާ ޓުވާ 2025"ގެ ދަތުރެވެ. ދަންވަރުގެ ވަގުތެއްގައި މެސީ އިންޑިއާ އަށް އައިސްފައިވާއިރު، އެތައް ސަތޭކަ ބަޔަކު ވަނީ އޭނާ އަށް މަރުޙަބާ ކިޔުމަށް އެއާޕޯޓް ސަރަހައްދަށް އެއްވެފަ އެވެ.

ދުނިޔޭގެ އެންމެ މޮޅު ފުޓުބޯޅަ ކުޅުންތެރިޔާ އަށް ދެމުން އަންނަ ބެލެންޑިއޯ އެވޯޑު، ރެކޯޑު އަށް ފަހަރު ހޯދާފައިވާ މެސީ އިންޑިއާ އަށް ކުރަނީ ތިން ދުވަހުގެ ދަތުރެކެވެ. މި ދަތުރުގައި މެސީ އިންޑިއާގެ ހަތަރު ސިޓީ އަކަށް ޒިޔާރާތް ކުރުމަށް ވަނީ ހަމަޖެހިފަ އެވެ. ދަންވަރު ގާތް ގަނޑަކަށް 2:26 ހާއިރު މެސީ އިންޑިއާ އައިސްފައިވާއިރު، އެއާޕޯޓުގައި ސަލާމަތީ ކަަންކަން އޮތީ ވަރަށް ބޮޑަށް ވަރުގަދަ ކޮށްފަ އެވެ.

އެއާޕޯޓު ސަރަހައްދުގައި އެތައް ބައިވަރު ފުލުހުންނެއް ޙަރަކާތްތެރި ވެފައިވާއިރު، އެ ސަރަހައްދުގެ މަގު ތަކުގައި ވަނީ ފުލުހުންގެ ބެރިކޭޑްތައް ޖަހައި ވަރަށް ބޮޑަށް ބަންދު ކޮށްފަ އެވެ. ކޮލްކަތާގެ އިތުރުން، ހައިދަރުއާބާދު، މުމްބާއީ އަދި ވެރި ރަށް ދިއްލީ އަށް މެސީ ޒިޔާރާތް ކުރާނެ އެވެ. މެސީގެ މި ދަތުރުގައި އޭނާއާ އެއް ޓީމަކަށް ކުޅެމުން އަންނަ ގާތް ދެ ރަޙުމަތްތެރިން ކަމަށްވާ ލުއިސް ސުއަރޭޒް އަދި ރޮޑްރީގޯ ޑި ޕައުލް ވެސް ބައިވެރިވެ އެވެ. 

މެސީގެ މި ދަތުރުގައި އޭނާ އިންޑިއާގެ ގިނަ ފަރާތްތަކަކާ ބައްދަލު ކުރާނެ ކަމަށް ވަނީ ރިޕޯޓު ކޮށްފަ އެވެ. އެގޮތުން އިންޑިއާގެ ޗީފް މިނިސްޓަރުންގެ އިތުރުން، ކޯޕަރޭޓް ލީޑަރުން އަދި ބޮލީވުޑްގެ ތަރިންނާ ވެސް ބައްދަލު ކުރާނެ ކަމަށް ވަނީ ބުނެފަ އެވެ. އަދި ހޯމަ ދުވަހު، އިންޑިއާގެ ބޮޑު ވަޒީރު ނަރެންދްރަ މޯދީއާ ވެސް މެސީ ބައްދަލު ކުރާނެ ކަމަށް ބުނެފައިވެ އެވެ. 

އިންޑިއާ އަށް މެސީ އަންނަކަން ކުރިން ވެސް އިއުލާން ކޮށްފައިވާއިރު، އެ ޤައުމުގެ ހަތަރު ސިޓީ އިން ވަނީ މެސީ އަށް މަރުޙަބާ ކިޔުމަށް ވަރަށް ބޮޑަށް ތައްޔާރުވެފަ އެވެ. އަދި މެސީ އަށް މަރުޙަބާ ކިޔުމާއި، އޭނަ ދެކިލުމަށް ގިނަ ބަޔަކު އެއާޕޯޓަށް ދިޔައިރު، ބައެއް މީހުންނަށް ވަނީ މާޔޫސްކަމާ ކުރިމަތިލާން ޖެހިފަ އެވެ. ސަލާމަތީ ފިޔަވަޅުތައް ވަރުގަދަ ކޮށްފައި އޮތުމުގެ ސަބަބުން، ބައެއް މީހުންނަށް މެސީ ފެނިފައި ނުވެ އެވެ. 

ސަލާމަތީ ބާރު ތަކުގެ ބެލުމުގެ ދަށުން އެއާޕޯޓުން މެސީ ގޮސްފައި ވަނީ 3:30 ވީ ފަހުންނެވެ. މެސީ ހުންނަ ހޮޓަލަށް އޭނާ ގެންގޮސްފައި ވަނީ ވެސް ބޮޑު މޮޓޯކޭޑެއްގައި، އެތައް ސަތޭކަ ސިފައިންގެ ހިމާޔަތުގަ އެވެ. އިންޑިއާގެ މީޑިއާ ތަކުގައި ބުނެފައިވާ ގޮތުން ސަލާމަތީ ފިޔަވަޅުތައް ވަރުގަދަ ކޮށްފައި އޮތުމުން، ގާތް ގަނޑަކަށް ހަތަރު ސަތޭކަ އަށް ވުރެ ގިނަ މީހުންނަށް މެސީ ފެނިފައި ނުވެ އެވެ. 

މިއީ މެސީ އިންޑިއާ އަށް އައިސްފައިވާ ދެ ވަނަ ފަހަރެވެ. މީގެ ކުރިން 2011 ވަަނަ އަހަރު ވެސް މެސީ ވަނީ އިންޑިއާ އަށް ގޮސްފަ އެވެ. އެގޮތުން އެއީ ބައިނަލްއަޤުވާމީ ރަޙުމަތްތެރި ކަމުގައި ވެނެޒުއެލާއާ ދެކޮޅަށް މެޗެއް ކުޅުމަށެވެ. ކޮލްކަތާގެ ސޯލްޓް ލޭކް ސްޓޭޑިއަމްގައި ކުޅުނު އެ މެޗު އާޖެންޓީނާ އިން ކާމިޔާބު ކުރީ 1-0 އިންނެވެ. މިފަހަރު މެސީ އިންޑިއާ އަށް ކުރާ ދަތުރުގައި އޭނާ ރަމްޒުކޮށް ތަައްޔާރު ކޮށްފައިވާ ބޮޑު ފަރުމާއެއް ވެސް ހުޅުވައި ދޭނެ އެވެ. 

އިންޓަ މިއާމީއިންޑިއާލިއޮނެލް މެސީ

ކޮމެންޓް

އިތުރަށް ކިޔާލަން

އަޚްލާގީ ޕްރޮގްރާމު ފުރިހަމަ ކުރަންދެން ދަރިވަރު ސަސްޕެންޑް ކޮށްފި

އަޚްލާގީ ޕްރޮގްރާމު ފުރިހަމަ ކުރަންދެން ދަރިވަރު ސަސްޕެންޑް ކޮށްފި

11 ޑިސެމްބަރު 2025
މިއާމީ އާއެކު އެމްއެލްއެސް ކަޕް ކާމިޔާބުކޮށް، މެސީ އަށް ކެރިއަރުގެ 48 ވަނަ ތަށި

މިއާމީ އާއެކު އެމްއެލްއެސް ކަޕް ކާމިޔާބުކޮށް، މެސީ އަށް ކެރިއަރުގެ 48 ވަނަ ތަށި

07 ޑިސެމްބަރު 2025
ސްރީލަންކާ އަށް އެހީ ފޯރުކޮށްދިނުމަށް އިންޑިއާ އިން ހުރަސް އެޅި ކަމަށް ޕާކިސްތާނުން ބުނެފި

ސްރީލަންކާ އަށް އެހީ ފޯރުކޮށްދިނުމަށް އިންޑިއާ އިން ހުރަސް އެޅި ކަމަށް ޕާކިސްތާނުން ބުނެފި

02 ޑިސެމްބަރު 2025
ބަންގްލަދޭޝްގެ ކުރީގެ ބޮޑުވަޒީރު ޝައިޚް ހަސީނާ މަރަން ހުކުމް ކޮށްފި

ބަންގްލަދޭޝްގެ ކުރީގެ ބޮޑުވަޒީރު ޝައިޚް ހަސީނާ މަރަން ހުކުމް ކޮށްފި

17 ނޮވެމްބަރު 2025
އިންޑިޔާ ގައި މާބަނޑު މީހުންގެ ހޮސްޕިޓަލެއްގެ ސީސީޓީވީ ހެކްކޮށްގެން ވަގަށް ނެގި ގިނަ އަދަދެއްގެ ވީޑިއޯތަކެއް ޓެލެގްރާމްގައި ވިއްކައިފި

އިންޑިޔާ ގައި މާބަނޑު މީހުންގެ ހޮސްޕިޓަލެއްގެ ސީސީޓީވީ ހެކްކޮށްގެން ވަގަށް ނެގި ގިނަ އަދަދެއްގެ ވީޑިއޯތަކެއް ޓެލެގްރާމްގައި ވިއްކައިފި

17 ނޮވެމްބަރު 2025

އަހަރުތަކުން މިއަދު

22 ޖެނުއަރީ
ސަރުކާރުގެ ސުޕަރމެޖޯރިޓީ އޮތް މަޖިލިސް ދެފަޅިވެ، ދެ ފެކްޝަނަކަށް ބެހިގެން ދަނީއެވެ.
20251 އަހަރު ކުރިން
ރާއްޖެ

ސަރުކާރުގެ ސުޕަރމެޖޯރިޓީ އޮތް މަޖިލިސް ދެފަޅިވެ، ދެ ފެކްޝަނަކަށް ބެހިގެން ދަނީއެވެ.

ރޯދަ މަހު އިންތިޚާބުތައް ނުބޭއްވޭގޮތަށް ގާނޫނަށް އިސްލާހު ހުށަހަޅައިފި
20242 އަހަރު ކުރިން
ރާއްޖެ

ރޯދަ މަހު އިންތިޚާބުތައް ނުބޭއްވޭގޮތަށް ގާނޫނަށް އިސްލާހު ހުށަހަޅައިފި

އަމާޒަށް ދުނި ޖެހުމުގައި އަތީރުގެ ސާބިތުކަން ކަސިޔާރުވުމެއް ނެތް
20233 އަހަރު ކުރިން
ތަފާތު ޚަބަރު

އަމާޒަށް ދުނި ޖެހުމުގައި އަތީރުގެ ސާބިތުކަން ކަސިޔާރުވުމެއް ނެތް

އަދާލަތު ޕާޓީގެ އިސްސަފުގައި، އިޔާޒާއި ޒައިދުގެ ބަހެއް ނުވިކުނު
20224 އަހަރު ކުރިން
ރާއްޖެ

އަދާލަތު ޕާޓީގެ އިސްސަފުގައި، އިޔާޒާއި ޒައިދުގެ ބަހެއް ނުވިކުނު

ފައިސާއަށް ފާރިޝް ހިޔާނާތްތެރިވީ ކަމަށް ވިދާޅުވެ ދިޔާނާ ފުލުހަށް
20215 އަހަރު ކުރިން
ރާއްޖެ

ފައިސާއަށް ފާރިޝް ހިޔާނާތްތެރިވީ ކަމަށް ވިދާޅުވެ ދިޔާނާ ފުލުހަށް

އީސީގެ މެމްބަރުންގެ އިތުބާރު ނެތް ކަމުގެ މައްސަލައެއް މަޖިލީހަށް ވައްދަނީ!
20197 އަހަރު ކުރިން
ރާއްޖެ

އީސީގެ މެމްބަރުންގެ އިތުބާރު ނެތް ކަމުގެ މައްސަލައެއް މަޖިލީހަށް ވައްދަނީ!

ޓެކްސީ ޑްރައިވަރުންނަށް ކޮމާންޑު ކުރުމުގައި ފުރާވަރު އަންހެން ކުއްޖެއް!
20188 އަހަރު ކުރިން
ރިޕޯޓު

ޓެކްސީ ޑްރައިވަރުންނަށް ކޮމާންޑު ކުރުމުގައި ފުރާވަރު އަންހެން ކުއްޖެއް!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު