Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެފުލުހުންގެ މުސާރަ ބޮޑުވުން

އިންތިހާބުތަކަށް ތިން ދުވަހަށް ވެފައި ވަނިކޮށް ގިނަ އަދަދެއްގެ ފުލުހުންގެ މުސާރަ ބޮޑުވީ އިއްތިފާގަކުން: ފުލުހުން

1 އެޕްރީލު 2026 | ބުދަ 01:40

މި ބަދަލަކީ ކުރިންވެސް ހަމަޖެހިފައިވާ އުސޫލެއްގެ ދަށުން އައި އިއްތިފާގެއް ކަމަށް ފުލުހުންގެ މުއައްސަސާއިން ބުނި ނަމަވެސް، އިންތިހާބާ ދިމާކޮށް މިފަދަ ނިންމުމެއް ނިންމުމުން އާންމުންގެ ފާޑުކިޔުން ވަނީ އަމާޒުވެފަ. މި ބަދަލާއެކު މުއައްސަސާގެ ގާތްގަނޑަކަށް 90 އިންސައްތަ މުވައްޒަފުންގެ މުސާރައަށް ކުރިއެރުން އަންނާނެ ކަމަށް މައުލޫމާތު ލިބޭ.

ފަޒީލް އަބްދުލް
ފަޒީލް އަބްދުލް | 1 އެޕްރީލު 2026 | ބުދަ 01:40
ދިވެހި ފުލުހުންގެ ޚިދުމަތުގެ 93 ވަނަ އަހަރީ ދުވަހުގެ މުނާސަބަތުގައި މާލޭގައި ބޭއްވުނު ދިދަ ނެގުމުގެ ރަސްމިއްޔާތުގެ ތެރެއިން

ދިވެހި ފުލުހުންގެ ޚިދުމަތުގެ 93 ވަނަ އަހަރީ ދުވަހުގެ މުނާސަބަތުގައި މާލޭގައި ބޭއްވުނު ދިދަ ނެގުމުގެ ރަސްމިއްޔާތުގެ ތެރެއިން | ޕޮލިސް މީޑިޔާ

ލޯކަލް ކައުންސިލް އިންތިހާބާއި، ދެ އިންތިހާބު އެއްކޮށްލުމާ ގުޅޭ ގޮތުން ނަގާ ރިފަރެންޑަމް ވޯޓަށް އެންމެ ތިން ދުވަހަށް ވެފައި ވަނިކޮށް، ގިނަ އަދަދެއްގެ ފުލުހުންގެ މުސާރަ ބޮޑުވުމަކީ އިއްތިފާގެއް ކަމަށް ދިވެހި ފުލުހުންގެ ހިދުމަތުން ބުނެފި އެވެ.

ފުލުހުން މިހެން ބުނެފައިވަނީ އިންތިހާބާ ދިމާކޮށް މުސާރައަށް ބަދަލު ގެނައުމާ ގުޅިގެން އާންމުންގެ ފާޑުކިޔުން އަމާޒުވެފައިވާ ދަނޑިވަޅެއްގަ އެވެ.

Advertisement - newsAdvertisement

އަންގާރަ ދުވަހު ދިވެހި ފުލުހުންގެ ހިދުމަތުން ނެރުނު ސާކިއުލާއެއްގައި ބުނެފައިވަނީ، ދައުލަތުގެ ޕޭ ފްރޭމްވޯކަށް ޔުނިފޯމު ފުލުހުން ބަދަލުވިތާ ދެ އަހަރު ފުރިފައިވާތީ، އެ ފްރޭމްވޯކުގައިވާ އުސޫލުތަކުގެ މަތިން އެ ދުވަހުން ފެށިގެން ފުލުހުންގެ މަގާމުގެ އެލަވަންސް ދެވަނަ ހަރުފަތަށް ބަދަލުކޮށްފައިވާ ކަމަށެވެ. މިއީ ކުރިންވެސް ނިންމާފައިވާ އުސޫލެއްގެ ދަށުން ގެނައި ބަދަލެއް ކަމަށް ފުލުހުން ފާހަގަކުރެ އެވެ.

މިކަމާ ގުޅިގެން ރާއްޖެ އެމްވީ އަށް މައުލޫމާތު ދެއްވަމުން ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ، މި އެލަވަންސަކީ ޕޭ ފްރޭމްވޯކަށް އަމަލުކުރަން ފެށި ހިސާބުން ފެށިގެން ދެ އަހަރު ހަމަވުމުން ދިނުމަށް ކުރިންވެސް ފާސްކޮށް، ފުލުހުންނަށް ދިނުމަށް ހަމަޖެހިފައިވާ އެލަވަންސެއް ކަމަށެވެ. އަދި ލޯކަލް ކައުންސިލް އިންތިހާބާއި ރިފަރެންޑަމް ވޯޓަށް ތިން ދުވަހަށް ވެފައި އޮއްވައި މި އެލަވަންސް ދެވެން ފެށުމަކީ ހަމައެކަނި އިއްތިފާގެއް ކަމަށް އޮފިޝަލް ވިދާޅުވި އެވެ.

ފުލުހުންގެ ސާކިއުލާގައިވާ ގޮތުން މި ބަދަލު ގެނެސްފައިވަނީ އެ ފުލުހަކު ހުރި ރޭންކާއި ގްރޭޑުގައި ދެ އަހަރުވެ، މަސައްކަތުގެ ފެންވަރު ބަލާ ނިޒާމުން ވިދިވިދިގެން ދެ އަހަރު ދުވަހު އެވްރެޖްކޮށް 75 އިންސައްތަ އަށްވުރެ މަތިން މާކްސް ލިބިފައިވާ ޔުނީފޯމް މުވައްޒަފުންނަށެވެ. މީޑިއާ އޮފިޝަލް ވިދާޅުވި ގޮތުގައި މި ބަދަލުގެ ސަބަބުން މުސާރަ ބޮޑުވާނީ ވަރަށް މަދު އަދަދެއްގެ ފުލުހުންނަށެވެ.

ނަމަވެސް ނަން ނުޖެހުމަށް ޝަރުތުކޮށް ރާއްޖެ އެމްވީއަށް މައުލޫމާތު ދިން ބައެއް ފުލުހުން ބުނީ، މި ބަދަލުގެ ސަބަބުން ފުލުހުންގެ ހިދުމަތުގައި ދެ އަހަރަށްވުރެ ގިނަ ދުވަހު މަސައްކަތް ކޮށްފައިވާ ހުރިހާ ފުލުހުންގެ މުސާރަ ބޮޑުވެފައިވާ ކަމަށެވެ. އެ ފަރާތްތަކުން އަންދާޒާ ކުރާ ގޮތުގައި މި ބަދަލާއެކު މުއައްސަސާގައި މަސައްކަތްކުރާ ގާތްގަނޑަކަށް 90 އިންސައްތަ ފުލުހުންގެ މުސާރައަށް ކުރިއެރުން އަންނާނެ އެވެ.

މީގެ އިތުރުން، މި އެލަވަންސް ދެނީ އަސާސީ މުސާރަ އަށް ބަލައިގެން ކަމަށްވާތީ، މި ބަދަލުގެ ސަބަބުން އެންމެ ބޮޑު އިތުރުވުމެއް އަންނާނީ ފުލުހުންގެ އިސް މަގާމުތަކުގައި ތިއްބެވި ބޭފުޅުންގެ މުސާރަ އަށް ކަމަށްވެސް މައުލޫމާތު ލިބެ އެވެ. އިންތިހާބާ ކައިރިވެފައި ވަނިކޮށް މިފަދަ ބޮޑު މުސާރައިގެ ކުރިއެރުމެއް ދިނުމުން ސިޔާސީ ގޮތުން އެކި ފަރާތްތަކުން ދަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ.

ލޯކަލް ކައުންސިލް އިންތިޚާބު 2026ޚިޔާލު ހޯދުމުގެ ވޯޓުޕޭ ފްރޭމްވޯރކްމޯލްޑިވްސް ޕޮލިސް ސަރވިސް

އެންމެ ހިނގާ

1

އީރާނުގެ ހަމަލާތަކުން ލިބޭ ގެއްލުންތައް އާންމުވާތީ އެމެރިކާގެ އަސްކަރިއްޔާއިން ކަންބޮޑުވެއްޖެ، މަންޒަރުތައް ރެކޯޑް ނުކުރަން އިންޒާރުދީ، ފޯނުތައް އަތުލަނީ

2

ފޭކް ބުކިންގ ހަދައިގެން ކެންސަލްކުރުމަށްފަހު، ރިފަންޑު ހޯދުމަށް ހިންގާ ސްކޭމްތައް އިތުރުވަނީ!

3

މިނިވަންދުވަހުގެ ކުޅަދާނަ ސްޕީޗާއެކު "ނމކޢވ" ގެ ލަގަބު

4

އުރުދުންގައި ހުންނަ އެމެރިކާގެ އަސްކަރީ މަރުކަޒަށް އީރާނުން ދިން ހަމަލާތަކުގައި އެއްވެސް ގެއްލުމެއް ނުވާކަމަށް އެމެރިކާއިން ދައްކަމުންދާ ވާހަކަތައް ދޮގުކުރާ ފޮޓޯތަކެއް އީރާނުން އާންމުކޮށްފި

5

ބިޔަ ރާޅުތަކުގެ ތެރެއިން ކުޑަ ކުއްޖަކު ސަލާމަތް ކުރި 16 އަހަރުގެ ޒުވާނަކަށް ވައިޓް ހައުސްގައި އިނާމު ދެއްވަން ޓްރަމްޕް ނިންމަވައިފި

އިތުރަށް ކިޔާލަން

31 މާރިޗު 2026

އެމްޑީޕީގެ ޖަލްސާ ކުރިއަށްދަނިކޮށް މާފަންނުން ކަރަންޓު ކަނޑާލައިފި، ސްޓެލްކޯ އިން ބުނީ ޓެކްނިލަކް މައްސަލަ އެއް ކަމަށް.

31 މާރިޗު 2026
އެމްޑީޕީގެ ޖަލްސާ ކުރިއަށްދަނިކޮށް މާފަންނުން ކަރަންޓު ކަނޑާލައިފި، ސްޓެލްކޯ އިން ބުނީ ޓެކްނިލަކް މައްސަލަ އެއް ކަމަށް.
31 މާރިޗު 2026

"ކުޅުދުއްފުށި ސިޓީ ތިލަފަތަށް" ޖަލްސާ ގައި ސަރުކާރުގެ "ދޫންޏަށް" ރައްޔިތުން ދިނީ ވަރުގަދަ މެސެޖެއް

31 މާރިޗު 2026
"ކުޅުދުއްފުށި ސިޓީ ތިލަފަތަށް" ޖަލްސާ ގައި ސަރުކާރުގެ "ދޫންޏަށް" ރައްޔިތުން ދިނީ ވަރުގަދަ މެސެޖެއް
31 މާރިޗު 2026

އިންތިހާބުގެ ސިއްރުކަން ގެއްލުވާލަން އީސީ އިން ދަނީ ރާވަމުން: ހުސްނުއްސުޢޫދު

31 މާރިޗު 2026
އިންތިހާބުގެ ސިއްރުކަން ގެއްލުވާލަން އީސީ އިން ދަނީ ރާވަމުން: ހުސްނުއްސުޢޫދު
31 މާރިޗު 2026

ކޯޓުގެ ރަޖިސްޓްރާ އެދުނީ ނުހިނގާ ކަމެއް ސާބިތު ކޮށްދިނުމަށް، އެކަން ފާހަގަ ކުރެވުނީ ގާނޫނީ ކަމަކަށް ވުރެ ބޮޑަށް ހެއްވާ ކަމެއްގެ ގޮތުގައި: މައުރޫފް

31 މާރިޗު 2026
ކޯޓުގެ ރަޖިސްޓްރާ އެދުނީ ނުހިނގާ ކަމެއް ސާބިތު ކޮށްދިނުމަށް، އެކަން ފާހަގަ ކުރެވުނީ ގާނޫނީ ކަމަކަށް ވުރެ ބޮޑަށް ހެއްވާ ކަމެއްގެ ގޮތުގައި: މައުރޫފް
31 މާރިޗު 2026

ގާނޫނަށް ގެންނަ އިސްލާހުގެ ސަބަބުން ދެން ވާނެ ގޮތެއް ނޭނގޭ، ނޫނެކޭ ބުނަން ޖެހެނީ މި އިސްލާހުން އޮޅުންބޮޅުން އަރާތީ: ގާނޫނީ ވަކީލު މަހުފޫޒު

31 މާރިޗު 2026
ގާނޫނަށް ގެންނަ އިސްލާހުގެ ސަބަބުން ދެން ވާނެ ގޮތެއް ނޭނގޭ، ނޫނެކޭ ބުނަން ޖެހެނީ މި އިސްލާހުން އޮޅުންބޮޅުން އަރާތީ: ގާނޫނީ ވަކީލު މަހުފޫޒު
31 މާރިޗު 2026

ފެންނަ ނުފެންނަ ވޯޓު ކާމިޔާބުކޮށް ރައްޔިތުން ސަލާން ޖަހަން މުލިއާގެއަށް ދާންޖެހޭ ހިސާބަށް ކަންކަން ދާނެ: އާޒިމް

31 މާރިޗު 2026
ފެންނަ ނުފެންނަ ވޯޓު ކާމިޔާބުކޮށް ރައްޔިތުން ސަލާން ޖަހަން މުލިއާގެއަށް ދާންޖެހޭ ހިސާބަށް ކަންކަން ދާނެ: އާޒިމް
31 މާރިޗު 2026

ކުޅުދުއްފުށީ ސިޓީގެ ތަރައްޤީ އާއި ތިލަފަތުގެ ރަމްޒާއި އޮތް ގުޅުން އާތިފް ވިދާޅުވެ ދެއްވީ ތަފާތު ގޮތަކަށް

31 މާރިޗު 2026
ކުޅުދުއްފުށީ ސިޓީގެ ތަރައްޤީ އާއި ތިލަފަތުގެ ރަމްޒާއި އޮތް ގުޅުން އާތިފް ވިދާޅުވެ ދެއްވީ ތަފާތު ގޮތަކަށް
30 މާރިޗު 2026

އިންތިހާބުތައް ބޯމަތިވެފަ ވަނިކޮށް، ފިނިޝިން ޑިސްކައުންޓުގެ ގޮތުގަ ގަވާއިދުުން ކުލި ދައްކަމުންދާ ހިޔާ ފްލެޓުތަކުގެ ދެ އަހަރުގެ ކުލި ކަނޑާލައިފި

30 މާރިޗު 2026
އިންތިހާބުތައް ބޯމަތިވެފަ ވަނިކޮށް، ފިނިޝިން ޑިސްކައުންޓުގެ ގޮތުގަ ގަވާއިދުުން ކުލި ދައްކަމުންދާ ހިޔާ ފްލެޓުތަކުގެ ދެ އަހަރުގެ ކުލި ކަނޑާލައިފި
30 މާރިޗު 2026

ފެންނަ ނުފެންނަ ވޯޓު ނަގަން އުޅެނީ ރިޔާސީ އިންތިހާބުގައި ޔާމީންގެ ފޮޓޯ ޖަހައިގެން އުޅުނު ގޮތަށް، މިފަހަރު ޔާމީންގެ ބަދަލުގައި އޮތީ ކައުންސިލް އިންތިހާބު: އަސްލަމް

30 މާރިޗު 2026
ފެންނަ ނުފެންނަ ވޯޓު ނަގަން އުޅެނީ ރިޔާސީ އިންތިހާބުގައި ޔާމީންގެ ފޮޓޯ ޖަހައިގެން އުޅުނު ގޮތަށް، މިފަހަރު ޔާމީންގެ ބަދަލުގައި އޮތީ ކައުންސިލް އިންތިހާބު: އަސްލަމް
30 މާރިޗު 2026

ރިފެރެންޑަމްގެ ވޯޓުން ވައްކަން ކުރުމުގެ ފުރުސަތު މިސަރުކާރަށް ދީގެން ނުވާނެ: ވަހީދު

30 މާރިޗު 2026
ރިފެރެންޑަމްގެ ވޯޓުން ވައްކަން ކުރުމުގެ ފުރުސަތު މިސަރުކާރަށް ދީގެން ނުވާނެ: ވަހީދު
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް