Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ ހިޔާ ފްލެޓް

އިންތިހާބުތައް ބޯމަތިވެފަ ވަނިކޮށް، ފިނިޝިން ޑިސްކައުންޓުގެ ގޮތުގަ ގަވާއިދުުން ކުލި ދައްކަމުންދާ ހިޔާ ފްލެޓުތަކުގެ ދެ އަހަރުގެ ކުލި ކަނޑާލައިފި

30 މާރިޗު 2026 | ހޯމަ 19:50

ހިޔާ ފްލެޓުތަކުގެ ފިނިޝިންއަށް ހޭދަވި ދެ ލައްކަ ރުފިޔާގެ ބާކީބައި ކުލިން އުނިކޮށްދިނުމަށް ސަރުކާރުން ނިންމުމާ ގުޅިގެން، ގަވާއިދުން ކުލި ދައްކާ ފަރާތްތަކުން ކުރިއަށް އޮތް ދެ އަހަރާއި އެއް މަސްދުވަހު ކުލި ދައްކާކަށް ނުޖެހޭނެ. މި ބަދަލާއެކު ފްލެޓުގެ ވެރިން ދައްކަން ޖެހޭނީ ހަމައެކަނި މެއިންޓެނަންސް ފީގެ ގޮތުގައި ކަނޑައަޅާފައިވާ 1،000 ރުފިޔާ ކަމަށް އެޗްޑީސީން ވަނީ އަންގާފަ. އިންތިހާބުތައް އެއްކޮށްލުމާ ގުޅޭ ރިފަރެންޑަމް ވޯޓާ ދިމާކޮށް މި ލުއި ދިނުމަކީ ސިޔާސީ މަގުސަދެއްގައި ކުރި ކަމެއް ކަމަށް ބުނެ ގިނަ ބަޔަކު ދަނީ ފާޑުކިޔަމުން.

ފަޒީލް އަބްދުލް
ފަޒީލް އަބްދުލް | 30 މާރިޗު 2026 | ހޯމަ 19:50
ހިޔާ ފްލެޓްތައް ހުންނަ ސަރަހައްދު

ހިޔާ ފްލެޓްތައް ހުންނަ ސަރަހައްދު | ޕީއެސްއެމް

ލޯކަލް ކައުންސިލް އިންތިހާބާއި ރިޔާސީ އަދި ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު އެއްކޮށްލުމާ ގުޅޭ ގޮތުން ނަގާ ރިފަރެންޑަމް ވޯޓަށް ހަތަރު ދުވަހަށް ވެފައި ވަނިކޮށް، ހިޔާ ފްލެޓުތަކަށް ގަވާއިދުން ކުލި ދައްކަމުންދާ ފަރާތްތައް ކުރިއަށް އޮތް ދެ އަހަރު ހިޔާ ފްލެޓުތަކަށް ކުލި ދައްކަން ނުޖެހޭ ގޮތަށް ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ހަދައިފި އެވެ.

އެޗްޑީސީ އިން މިކަން ކޮށްފައި ވަނީ ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުހައްމަދު މުއިއްޒުގެ ރިޔާސީ ވައުދެއް ކަމުގައިވާ، ހިޔާ ފްލެޓުތަކުގެ ފިނިޝިން އަށް ހަރަދު ކުރި ފައިސާގެ ބަދަލުގެ ގޮތުގައި ދޭން ބުނި ދެ ލައްކަ ރުފިޔާގެ ބާކީ ދައްކަން ނުޖެހޭ ގޮތަށް ހަދައިގެންނެވެ. އެ ކުންފުނިން ވަނީ މި ބަދަލު ގެންނާނެ ކަން ފްލެޓުތަކުގެ ވެރިންނަށް ސިޓީގެ ޒަރިއްޔާ އިން އަންގާފަ އެވެ.

Advertisement - newsAdvertisement

އެ ސިޓީގައި ވާގޮތުން، ފިނިޝިން ޑިސްކައުންޓުގެ ގޮތުގައި ނުލިބިވާ އަދަދު ކުލިން މާފުކޮށްދޭއިރު، ކުލީގެ ގޮތުގައި ދައްކަން ޖެހި ނުދައްކައިވާ ފައިސާ އެއް ހުރި ނަމަ، އެ އަދަދު ޑިސްކައުންޓުން އުނިކުރެ އެވެ. ސިޓީގައި ބުނެފައިވަނީ އެއްވެސް ފައިސާ އެއް ދައްކަން ނުޖެހޭ ނަމަ، ޑިސްކައުންޓަށްވާ ބައި އުނިކުރަނީ މަހަކު 5300(ފަސް ހާސް ތިން ސަތޭކަ) ރުފިޔާގެ ރޭޓުންނެވެ. 

އެޗްޑީސީ އިން ބުނާގޮތުން ފިނިޝިން ޑިސްކައުންޓުގެ ގޮތުގައި ނުދެވިވާ އަދަދަކީ  135،714.35 (އެއް ލައްކަ ތިރީސް ފަސް ހާސް ހަތް ސަތޭކަ ސާދަ ރުފިޔާ ތިރީސް ފަސް ލާރި) އެވެ. މިހެން ކަމުން ގަވާއިދުން ކުލި ދައްކަމުން އަންނަ މީހުން ކުރިއަށް އޮތް 25 މަސް، އެއީ ދެ އަހަރާއި އެއް މަސް ވަންދެން ކުލި ދައްކާކަށް ނުޖެހެ އެވެ. ނަމަވެސް މެއިންޓެނަންސް ފީގެ ގޮތުގައި ކޮންމެ މަހަކު އެއް ހާސް ރުފިޔާ ދައްކަން ޖެހޭނެ އެވެ.

އެޗްޑީސީ އިން ފްލެޓުތަކުގެ ވެރިންނަށް ފޮނުވި ސިޓީތަކުގައި ބުނެފައި ވަނީ މި ބަދަލު ގެންނަނީ ފިނިޝިން އަށް ކުރި ހަރަދު އަނބުރާ ދިނުމާ ގުޅޭ ވައުދު އެންމެ ފުރިހަމަ އަށް ހާސިލުކުރުމުގެ ގޮތުން ކަމަށެވެ.

ރިފަރެންޑަމް ވޯޓަށް ހަތަރު ދުވަހަށް ވެފައި ވަނިކޮށް އަވަސް އަރުވާލައިގެން އެންމެ ފަހު ވަގުތު މިކަން ކުރަން ނިންމީ ހުޅުމާލޭގެ ބައެއް ދާއިރާތައް ޕީއެންސީ އަށް އުނދަގޫ ވުމާއި، ރިފަރެންޑަމް ވޯޓު ކާމިޔާބުކުރަން ދަތި ވާނެ ކަން ސަރުކާރަށް ޔަގީންވާތީ ކަމަށް ގިނަ ފަރާތްތަކަކުން ދަނީ ބުނަމުންނެވެ.

ލޯކަލް ކައުންސިލް އިންތިޚާބު 2026ޚިޔާލު ހޯދުމުގެ ވޯޓުހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ)ޑރ. މުހައްމަދު މުއިއްޒުހިޔާ ފްލެޓްހުޅުމާލެ

އެންމެ ހިނގާ

1

ރައީސް މުއިއްޒު މޭޔަރުކަމަށް ގެންނަން އަމިއްލަ ގޭގައި ކޯލް ސެންޓަރު ހިންގި ފަޒްލާވެސް ވަޒީފާއިން ވަކިކޮށްފި

2

ރައީސް މުއިއްޒުގެ ކޮއްކޮ ހައްސާން އަށް މަސައްކަތެއް ނުކޮށް އެމްއޭސީއެލްއިން މުސާރަ ދޭތާ 4 މަސް!

3

އާޒިމާގެ ފުރަތަމަ ޓާސްކް ފްލޮޕް!

4

އީރާނުން ދެކުނު ކޮރެއާއަށް އިންޒާރުދީފި

5

އީރާނުން އާ މިސައިލެއް ޓެސްޓުކޮށް އެމެރިކާއަށް "ސާފު އިންޒާރެއް" ދީފި

އިތުރަށް ކިޔާލަން

21 އޯގަސްޓު 2026

ރައީސް މުއިއްޒުއާ ވަކިވަކިން ބައްދަލުކުރާ "ރައްޔިތުންގެ އަޑު" ސިލްސިލާގެ އިތުރު ބައްދަލުވުންތަކެއް ކުރިއަށް ގެންގޮސްފި

21 އޯގަސްޓު 2026
ރައީސް މުއިއްޒުއާ ވަކިވަކިން ބައްދަލުކުރާ "ރައްޔިތުންގެ އަޑު" ސިލްސިލާގެ އިތުރު ބައްދަލުވުންތަކެއް ކުރިއަށް ގެންގޮސްފި
20 އޯގަސްޓު 2026

10 އަހަރު ފޯކައިދޫ ފެނަކަ ބްރާންޗަށް ޚިދުމަތް ކުރި މުވައްޒަފަކު އެމްޑީޕީއަށް ސޮއިކުރުމުން ވަޒީފާއިން ވަކިކުރި ކަމުގެ ތުހުމަތު!

20 އޯގަސްޓު 2026
10 އަހަރު ފޯކައިދޫ ފެނަކަ ބްރާންޗަށް ޚިދުމަތް ކުރި މުވައްޒަފަކު އެމްޑީޕީއަށް ސޮއިކުރުމުން ވަޒީފާއިން ވަކިކުރި ކަމުގެ ތުހުމަތު!
19 އޯގަސްޓު 2026

މުއިއްޒު ބޭބެ ހާދަ ކޫލް އޭ، އިނގިރޭސި ބަހަށް ހާދަ މޮޅޭ

19 އޯގަސްޓު 2026
މުއިއްޒު ބޭބެ ހާދަ ކޫލް އޭ، އިނގިރޭސި ބަހަށް ހާދަ މޮޅޭ
19 އޯގަސްޓު 2026

އޭ މިހިރަ ދިދަޔާ އެވެ. އަހަރެމެން ހަނގުރާމައިގެ ތުންފަތްމައްޗަށް އެއްލައިލަނީ ހެއްޔެވެ؟

19 އޯގަސްޓު 2026
އޭ މިހިރަ ދިދަޔާ އެވެ. އަހަރެމެން ހަނގުރާމައިގެ ތުންފަތްމައްޗަށް އެއްލައިލަނީ ހެއްޔެވެ؟
19 އޯގަސްޓު 2026

ކުޑަހުވަދޫގައި 18 މަސްތެރޭ ނިންމާނެކަމަށް ވިދާޅުވެ ރައީސް ބިންގާ އެޅުއްވި ހޮސްޕިޓަލު: ފެންނަން އޮތީ ހަމައެކަނި ހުސް ބިމެއް!

19 އޯގަސްޓު 2026
ކުޑަހުވަދޫގައި 18 މަސްތެރޭ ނިންމާނެކަމަށް ވިދާޅުވެ ރައީސް ބިންގާ އެޅުއްވި ހޮސްޕިޓަލު: ފެންނަން އޮތީ ހަމައެކަނި ހުސް ބިމެއް!
18 އޯގަސްޓު 2026

ރައީސް މުއިއްޒުގެ މޭޔަރު ކަމުގައި 2023 ވަނަ އަހަރު ރައްޔިތުންގެ ބައްދަލުވުންތަކަށް 2 މިލިއަނަށްވުރެ ގިނަ ރުފިޔާ ހަރަދުކުރެއްވި: މޭޔަރު އާޒިމް

18 އޯގަސްޓު 2026
ރައީސް މުއިއްޒުގެ މޭޔަރު ކަމުގައި 2023 ވަނަ އަހަރު ރައްޔިތުންގެ ބައްދަލުވުންތަކަށް 2 މިލިއަނަށްވުރެ ގިނަ ރުފިޔާ ހަރަދުކުރެއްވި: މޭޔަރު އާޒިމް
18 އޯގަސްޓު 2026

މި ސަރުކާރުގެ އެންމެ މައިގަނޑު އެއް ސިޔާސަތަކީ އާބާދީ އެއްފަސްކުރުމާއި ސަރަޙައްދީ ތަރައްޤީ: ރައީސް

18 އޯގަސްޓު 2026
މި ސަރުކާރުގެ އެންމެ މައިގަނޑު އެއް ސިޔާސަތަކީ އާބާދީ އެއްފަސްކުރުމާއި ސަރަޙައްދީ ތަރައްޤީ: ރައީސް
17 އޯގަސްޓު 2026

ރައީސް، ރައީސް، އައްޑޫ ސިޓީ އަށް އޮތީ ކޮން ޕްރޮޖެކްޓްތަކެއްތޯ؟

17 އޯގަސްޓު 2026
ރައީސް، ރައީސް، އައްޑޫ ސިޓީ އަށް އޮތީ ކޮން ޕްރޮޖެކްޓްތަކެއްތޯ؟
15 އޯގަސްޓު 2026

އިންޑިއާގެ މިނިވަން ދުވަހުގެ މުނާސަބަތުގައި، ރައީސުލްޖުމްހޫރިއްޔާ ތަހުނިޔާ ފޮނުއްވައިފި

15 އޯގަސްޓު 2026
އިންޑިއާގެ މިނިވަން ދުވަހުގެ މުނާސަބަތުގައި، ރައީސުލްޖުމްހޫރިއްޔާ ތަހުނިޔާ ފޮނުއްވައިފި
15 އޯގަސްޓު 2026

ރާއްޖޭގައި އިސްލާމް ދީން ދަމަހައްޓަވަނީ ޑރ. މުއިއްޒުކަމަށް ދެއްކެވުން ހުއްޓާލައްވާ! ޤާނޫނު އަސާސީ އޮތްގޮތް ވަރަށް ސާފު!

15 އޯގަސްޓު 2026
ރާއްޖޭގައި އިސްލާމް ދީން ދަމަހައްޓަވަނީ ޑރ. މުއިއްޒުކަމަށް ދެއްކެވުން ހުއްޓާލައްވާ! ޤާނޫނު އަސާސީ އޮތްގޮތް ވަރަށް ސާފު!
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް