Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރިޕޯޓުކުޅުދުއްފުށި ސިޓީ ތިލަފަތަށް

"ކުޅުދުއްފުށި ސިޓީ ތިލަފަތަށް" ޖަލްސާ ގައި ސަރުކާރުގެ "ދޫންޏަށް" ރައްޔިތުން ދިނީ ވަރުގަދަ މެސެޖެއް

31 މާރިޗު 2026 | އަންގާރަ 17:56

"ކުޅުދުއްފުށި ސިޓީ ތިލަފަތަށް" ޖަލްސާއަށް ޖަމާވި ގިނަ އަދަދެއްގެ ރައްޔިތުންގެ ފަރާތުން ފެނުނު ތަރުހީބުން، މިހާރުގެ ސަރުކާރުން އެ ސިޓީގެ ތަރައްޤީއަށް އިހުމާލުވަމުންދާ ކަމުގެ ޝަކުވާތައް ބަންޑުންކޮށްލައިފި

ޢާއިޝަތު އައިނީ
ޢާއިޝަތު އައިނީ | 31 މާރިޗު 2026 | އަންގާރަ 17:56
"ކުޅުދުއްފުށި ސިޓީ ތިލަފަތައް" ޖަލްސާގެ ތެރެއިން

"ކުޅުދުއްފުށި ސިޓީ ތިލަފަތައް" ޖަލްސާގެ ތެރެއިން | އެމްޑީޕީ ކުޅުދުއްފުށި ސިޓީ

މިދިޔަ ހޯމަ ދުވަހުގެ ރޭ ކުޅުދުއްފުށި ސިޓީގައި ބޭއްވި "ކުޅުދުއްފުށި ސިޓީ ތިލަފަތަށް" ޖަލްސާ ވެގެން ދިޔައީ، އެ ސިޓީގެ ރައްޔިތުންގެ ހިތްތަކުގައި އޮތް ޝުޢޫރުތައް ބޭރުކޮށްލި ތާރީޚީ އެއްވުމަކަށެވެ.

ޖަލްސާގެ މައިދާނުން ފެނިގެންދިޔަ މަންޒަރުތަކުންނާއި، އާންމުންގެ ބައިވެރިވުމަށް ބަލާއިރު، ސަރުކާރު ހިންގާ މައި ޕާޓީ ޕީއެންސީގެ ރަމްޒު ކަމަށްވާ "ދޫންޏަށް" ކުޅުދުއްފުށީގެ ރައްޔިތުން ބޮޑުތަނުން ނޫނެކޭ ބުނެފިކަމުގެ ސާފު ހެކިތަކެއް ވަނީ ފެނިގެންގޮސްފައެވެ.

މި ފޯރިގަދަ ޖަލްސާގައި އެމްޑީޕީގެ އިސް ލީޑަޝިޕުން ވަނީ ވަރަށް ބޮޑު އިސްކަމެއް ދީގެން ބައިވެރިވެފައެވެ. ކުރީގެ ރައީސް އިބްރާހީމް މުޙައްމަދު ޞޯލިޙާއި، ކުރީގެ ނައިބު ރައީސް ފައިސަލް ނަސީމްގެ އިތުރުން، އެމްޑީޕީގެ ޗެއަރޕާސަން އަދި ހަނިމާދޫ ދާއިރާގެ މެންބަރު ޢަބްދުލްޣަފޫރު މޫސާ އަދި އެ ޕާޓީގެ އިސް ލީޑަރޝިޕް ބައިވެރިވުމުން ޖަލްސާގެ ބަރުދަން އިތުރުވެގެންދިޔައެވެ. ރައްޔިތުންގެ މެދުގައި ހުންނަވައިގެން، ގައުމުގެ މިހާރުގެ ހާލަތާއި ކުޅުދުއްފުށީގެ ތަރައްޤީއާއި ގުޅޭގޮތުން ދެއްކެވި ވާހަކަފުޅުތަކަށް ރައްޔިތުންގެ ފަރާތުން ލިބުނު ހޫނު ތަރުޙީބަކީ، އަދިވެސް އެ ސިޓީގައި އެމްޑީޕީގެ ފިކުރަށް އޮތް ލޯބި ހާމަކޮށްދިން ކަމެކެވެ.

މި ޖަލްސާއަށް ޖަމާވި ގިނަ އަދަދެއްގެ ރައްޔިތުންގެ މޫނުމަތިން ފެނުނީ ހަމައެކަނި އުފާވެރިކަމެއް ނޫނެވެ. އޭގެ ބަދަލުގައި، މިހާރުގެ ސަރުކާރުން ކުޅުދުއްފުށި ސިޓީއަށް ވަމުންދާ އިހުމާލާ މެދު އޮތް ފުން ކަންބޮޑުވުމެވެ. މަޝްރޫޢުތައް މަޑުޖެހި، ރައްޔިތުންގެ ބޭނުންތަކަށް ސަރުކާރުން އިޖާބަ ނުދޭކަމުގެ ޝަކުވާއަކީ މުޅި ޖަލްސާގެ ތެރޭގައި ރައްޔިތުންގެ މެދުގައި އެންމެ ގަދައަށް އިވުނު އަޑެވެ. އެމްޑީޕީގެ ސަޕޯޓަރުންގެ އިތުރުން، އެއްވެސް ޕާޓީއަކަށް ނިސްބަތްނުވާ އާންމު ރައްޔިތުންވެސް މި ޖަލްސާގައި ބައިވެރިވުމަކީ، ސަރުކާރުގެ މިހާރުގެ ހިންގުމާ މެދު އޮތް ނުރުހުން ބޮޑުވެފައިވާ މިންވަރު އަންގައިދޭ ކަމެކެވެ.

މިގޮތުން މި ޖަލްސާގައި ރައްޔިތުން މައި ސަރުކާރަށް ދިން ޖަވާބުން ހާމަވެގެންދިޔައީ އޭޕްރީލް މަހުގެ 4 ވަނަ ދުވަހު ބާއްވާ ލޯކަލް ކައުންސިލް އިންތިޚާބުގައި ނުކުންނާނެ ނަތީޖާގެ ހިޔަންޏެއް ކަން ކަށަވަރެވެ. ޖަލްސާގެ ފޯރިއާއި، މީހުންގެ އަދަދަށް ބަލާއިރު، މިއީ ސަރުކާރުގެ ކެންޑިޑޭޓުންނަށް ނުވަތަ "ދޫންޏަށް" ކުޅުދުއްފުށިން ފުރުޞަތެއް ނެތްކަން އަންގައިދިން ރަނގަބީލެކެވެ.

"ކުޅުދުއްފުށި ސިޓީ ތިލަފަތަށް" ޖަލްސާއަކީ ހަމައެކަނި ސިޔާސީ އެއްވުމެއްގެ ގޮތުގައި ނިންމާލެވޭކަށް ނެތެވެ. މިއީ ރައްޔިތުންގެ ބާރުވެރިކަން ދައްކާލައި، ސަރުކާރުގެ އިހުމާލާ ދެކޮޅަށް ތެދުވި ތާރީޚީ ރެއެކެވެ. އިންތިޚާބުގެ ނަތީޖާ ކޮންމެ ގޮތަކަށް ނުކުތް ނަމަވެސް، މި ޖަލްސާއިން ދިން މެސެޖު ސަރުކާރަށް ވަރަށް ސާފުވާނެކަން ޔަގީނެވެ.

ކުޅުދުއްފުށިއެމްޑީޕީލޯކަލް ކައުންސިލް އިންތިޚާބު 2026ކުޅުދުއްފުށި ސިޓީ ތިލަފަތަށް

އެންމެ ހިނގާ

1

އީރާނުގެ ހަމަލާތަކުން ލިބޭ ގެއްލުންތައް އާންމުވާތީ އެމެރިކާގެ އަސްކަރިއްޔާއިން ކަންބޮޑުވެއްޖެ، މަންޒަރުތައް ރެކޯޑް ނުކުރަން އިންޒާރުދީ، ފޯނުތައް އަތުލަނީ

2

ސައުދީ އަރަބިއްޔާ ތޫފާނެއްގެ މެދުގައި، ތިން ދިމާލަކުން ދެކޮޅުވެރިން ވަށާލައިފި

3

ފޭކް ބުކިންގ ހަދައިގެން ކެންސަލްކުރުމަށްފަހު، ރިފަންޑު ހޯދުމަށް ހިންގާ ސްކޭމްތައް އިތުރުވަނީ!

4

މިނިވަންދުވަހުގެ ކުޅަދާނަ ސްޕީޗާއެކު "ނމކޢވ" ގެ ލަގަބު

5

މެންބަރު ޖަނާބު ހުންނެވީ ބޭގަރާރުވެފައި!

އިތުރަށް ކިޔާލަން

31 މާރިޗު 2026

އިންތިހާބުގެ ސިއްރުކަން ގެއްލުވާލަން އީސީ އިން ދަނީ ރާވަމުން: ހުސްނުއްސުޢޫދު

31 މާރިޗު 2026
އިންތިހާބުގެ ސިއްރުކަން ގެއްލުވާލަން އީސީ އިން ދަނީ ރާވަމުން: ހުސްނުއްސުޢޫދު
31 މާރިޗު 2026

ކޯޓުގެ ރަޖިސްޓްރާ އެދުނީ ނުހިނގާ ކަމެއް ސާބިތު ކޮށްދިނުމަށް، އެކަން ފާހަގަ ކުރެވުނީ ގާނޫނީ ކަމަކަށް ވުރެ ބޮޑަށް ހެއްވާ ކަމެއްގެ ގޮތުގައި: މައުރޫފް

31 މާރިޗު 2026
ކޯޓުގެ ރަޖިސްޓްރާ އެދުނީ ނުހިނގާ ކަމެއް ސާބިތު ކޮށްދިނުމަށް، އެކަން ފާހަގަ ކުރެވުނީ ގާނޫނީ ކަމަކަށް ވުރެ ބޮޑަށް ހެއްވާ ކަމެއްގެ ގޮތުގައި: މައުރޫފް
31 މާރިޗު 2026

ފެންނަ ނުފެންނަ ވޯޓަކީ ލާމަރުކަޒީ ނިޒާމު ރޫޅާލައި، ރައްޔިތުންނަށް ބަސްބުނުމާއި ގޮތްކިޔުމުގެ ބާރު ނައްތާލުމަށްޓަކައި ނަގާ ވޯޓެއް: ސޯލިހު

31 މާރިޗު 2026
ފެންނަ ނުފެންނަ ވޯޓަކީ ލާމަރުކަޒީ ނިޒާމު ރޫޅާލައި، ރައްޔިތުންނަށް ބަސްބުނުމާއި ގޮތްކިޔުމުގެ ބާރު ނައްތާލުމަށްޓަކައި ނަގާ ވޯޓެއް: ސޯލިހު
31 މާރިޗު 2026

150 އަށް ވުރެއް ގިނަ ދަރިވަރުންނާއެކު ކުޅުދުއްފުށި ސިޓީ ކައުންސިލްގެ ޕްލޭ ސްކޫލުގެ ކިޔެވުން މާދަމާ ރަސްމީކޮށް ފަށަނީ

31 މާރިޗު 2026
150 އަށް ވުރެއް ގިނަ ދަރިވަރުންނާއެކު ކުޅުދުއްފުށި ސިޓީ ކައުންސިލްގެ ޕްލޭ ސްކޫލުގެ ކިޔެވުން މާދަމާ ރަސްމީކޮށް ފަށަނީ
31 މާރިޗު 2026

ފަލާހު އާއްމުންނަށް ރިޝްވަތު ހުށަހެޅުމާއި، ހޯރަފުށީގައި ބޭއްވި ޖަލްސާ އަށް އުސޫލުން ބޭރުން އާރްޓީއެލް ފެރީ ބޭނުން ކުރި މައްސަލަ އީސީ އާއި އޭސީސީ އަށް ހުށަހަޅައިފި

31 މާރިޗު 2026
ފަލާހު އާއްމުންނަށް ރިޝްވަތު ހުށަހެޅުމާއި، ހޯރަފުށީގައި ބޭއްވި ޖަލްސާ އަށް އުސޫލުން ބޭރުން އާރްޓީއެލް ފެރީ ބޭނުން ކުރި މައްސަލަ އީސީ އާއި އޭސީސީ އަށް ހުށަހަޅައިފި
31 މާރިޗު 2026

"ޢާޠިފް އަކީ ނަމޫނާ މޭޔަރެއް, ރައީސް މުޢިއްޒުގެ ސަރުކާރުން އެންމެ ޖެހިލުންވާ އެއް ބޭފުޅަކީވެސް އެއީ": ރައީސް ޞޯލިޙް

31 މާރިޗު 2026
"ޢާޠިފް އަކީ ނަމޫނާ މޭޔަރެއް, ރައީސް މުޢިއްޒުގެ ސަރުކާރުން އެންމެ ޖެހިލުންވާ އެއް ބޭފުޅަކީވެސް އެއީ": ރައީސް ޞޯލިޙް
31 މާރިޗު 2026

ފެންނަ ނުފެންނަ ވޯޓު ކާމިޔާބުކޮށް ރައްޔިތުން ސަލާން ޖަހަން މުލިއާގެއަށް ދާންޖެހޭ ހިސާބަށް ކަންކަން ދާނެ: އާޒިމް

31 މާރިޗު 2026
ފެންނަ ނުފެންނަ ވޯޓު ކާމިޔާބުކޮށް ރައްޔިތުން ސަލާން ޖަހަން މުލިއާގެއަށް ދާންޖެހޭ ހިސާބަށް ކަންކަން ދާނެ: އާޒިމް
31 މާރިޗު 2026

ކުޅުދުއްފުށީ ސިޓީގެ ތަރައްޤީ އާއި ތިލަފަތުގެ ރަމްޒާއި އޮތް ގުޅުން އާތިފް ވިދާޅުވެ ދެއްވީ ތަފާތު ގޮތަކަށް

31 މާރިޗު 2026
ކުޅުދުއްފުށީ ސިޓީގެ ތަރައްޤީ އާއި ތިލަފަތުގެ ރަމްޒާއި އޮތް ގުޅުން އާތިފް ވިދާޅުވެ ދެއްވީ ތަފާތު ގޮތަކަށް
30 މާރިޗު 2026

އިންތިހާބުތައް ބޯމަތިވެފަ ވަނިކޮށް، ފިނިޝިން ޑިސްކައުންޓުގެ ގޮތުގަ ގަވާއިދުުން ކުލި ދައްކަމުންދާ ހިޔާ ފްލެޓުތަކުގެ ދެ އަހަރުގެ ކުލި ކަނޑާލައިފި

30 މާރިޗު 2026
އިންތިހާބުތައް ބޯމަތިވެފަ ވަނިކޮށް، ފިނިޝިން ޑިސްކައުންޓުގެ ގޮތުގަ ގަވާއިދުުން ކުލި ދައްކަމުންދާ ހިޔާ ފްލެޓުތަކުގެ ދެ އަހަރުގެ ކުލި ކަނޑާލައިފި
30 މާރިޗު 2026

ފެންނަ ނުފެންނަ ވޯޓު ނަގަން އުޅެނީ ރިޔާސީ އިންތިހާބުގައި ޔާމީންގެ ފޮޓޯ ޖަހައިގެން އުޅުނު ގޮތަށް، މިފަހަރު ޔާމީންގެ ބަދަލުގައި އޮތީ ކައުންސިލް އިންތިހާބު: އަސްލަމް

30 މާރިޗު 2026
ފެންނަ ނުފެންނަ ވޯޓު ނަގަން އުޅެނީ ރިޔާސީ އިންތިހާބުގައި ޔާމީންގެ ފޮޓޯ ޖަހައިގެން އުޅުނު ގޮތަށް، މިފަހަރު ޔާމީންގެ ބަދަލުގައި އޮތީ ކައުންސިލް އިންތިހާބު: އަސްލަމް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް