Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެސަލާންޖެހުމުގެ ސިޔާސަތެއް އުފެއްދުން

ފެންނަ ނުފެންނަ ވޯޓު ކާމިޔާބުކޮށް ރައްޔިތުން ސަލާން ޖަހަން މުލިއާގެއަށް ދާންޖެހޭ ހިސާބަށް ކަންކަން ދާނެ: އާޒިމް

31 މާރިޗު 2026 | އަންގާރަ 02:56

ސަރުކާރުން ދޭ ވަގުތީ އިނާޔަތްތަކަށް ހެއްލި، ރައްޔިތުންގެ މުސްތަޤުބަލާއި ވޯޓުލުމުގެ ބާރު ވިއްކާނުލުމަށް މާލެ ސިޓީގެ މޭޔަރު އާދަމް އާޒިމް އިލްތިމާސްކުރައްވައިފި. އާޒިމް ވިދާޅުވީ އިންތިޚާބުތައް އެކީގައި ބާއްވަން އުޅެނީ ރައްޔިތުންގެ ބާރުތައް އަތުލައި، ކަންކަމުގައި ސަލާންޖަހަންޖެހޭ ހާލަތަށް ރައްޔިތުން ގެންދިއުމަށް ކަމަށް. އެހެންކަމުން، ކުރިއަށް އޮތް ފެންނަ ނުފެންނަ ވޯޓުގައި "ނޫނެކޭ" ބުނެ، ޚުދުމުޚުތާރު ވެރިކަމަކަށް ފުރުސަތު ނުދިނުމަށް އޭނާ ގޮވާލެއްވި.

މަޚްތޫމް
މަޚްތޫމް | 31 މާރިޗު 2026 | އަންގާރަ 02:56
މާލެ ސިޓީގެ މޭޔަރު އާދަމް އާޒިމް.

މާލެ ސިޓީގެ މޭޔަރު އާދަމް އާޒިމް. | ރާއްޖެ އެމްވީ

ފެންނަ ނުފެންނަ ވޯޓު ކާމިޔާބުކޮށް، ރައްޔިތުން ކަންކަމުގައި ސަލާން ޖަހަން މުލިއާގެއަށް ދާންޖެހޭ ހިސާބަށް މި ސަރުކާރުން ކަންކަން ގެންދާނެ ކަމަށް މާލެ ސިޓީގެ މޭޔަރު އާދަމް އާޒިމް ވިދާޅުވެއްޖެ އެވެ.

އާޒިމް މިހެން ވިދާޅުވީ ހެންވޭރު ދެކުނު ދާއިރާގެ "ހޭވައްލާ ތައްޔާރު" ކެންޕެއިން ޖަގަހަ ހުޅުވުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުންނެވެ.

Advertisement - newsAdvertisement

މި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން އާޒިމް ވިދާޅުވީ، މާލޭގެ ގިނަ އަދަދެއްގެ ގެތަކަށް ޒިޔާރަތްކޮށް ރައްޔިތުންނާ ބައްދަލުކުރެވިފައިވާ އިރު، މިހާތަނަށް ކުރިއަށް އޮތް ފެންނަ ނުފެންނަ ވޯޓުގައި "އާއެކޭ" ބުނާނެ އެކަކާވެސް ދިމާނުވާ ކަމަށެވެ. ނަމަވެސް ވޯޓުލާ ދުވަހާ ހަމައަށް އޮތް ތިން ދުވަހުގެ ތެރޭގައި ސަރުކާރުން ނުފޫޒު ފޯރުވުމުގެ ގިނަ ކަންތައްތަކެއް ކުރަމުންދާނެ ކަމަށް އޭނާ ފާހަގަކުރެއްވި އެވެ. އެގޮތުން އެކި ތަންތަނުން ޑިސްކައުންޓު ދިނުމާއި، ދައްކަންޖެހޭ ފައިސާ މާފުކޮށްދިނުން ފަދަ ވަގުތީ ކަންކަން ކުރަމުންދާ ކަމަށާއި، އެފަދަ ވަގުތީ ކަމަކަށްޓަކައި ރައްޔިތުންގެ މުސްތަޤުބަލު ވިއްކާނުލުމަށް އާޒިމް އިލްތިމާސްކުރެއްވި އެވެ.

އާޒިމް ވިދާޅުވީ މިއަދު ދެ މަސްދުވަހުގެ ނުވަތަ ދެ އަހަރުގެ ކުލި މާފުކޮށްދީ، ބޭސްކުރަން އިންޑިއާއަށް ދާން ޓިކެޓެއް ދިނުމަކީ އެއީ ރަނގަޅު ސަރުކާރެއް ނުވަތަ ރަނގަޅު ވެރިއަކު ކަމުގެ ހެއްކެއް ނޫން ކަމަށެވެ. ރަނގަޅު ސަރުކާރަކީ ރައްޔިތުން، މީހުންގެ ކައިރީގައި ސަލާން ނުޖަހައި، އަމިއްލަ ފައިމައްޗަށް ތެދުވެ ތާހިރު ދިރިއުޅުމެއް އުޅެވޭނެ ގޮތަށް ކަންކަން ބައްޓަންކޮށްދޭ ބައެއް ކަމަށް އޭނާ ވިދާޅުވި އެވެ. އެމްޑީޕީން މިހާތަނަށް ކޮށްފައިވާ މަސައްކަތްތަކަކީ ބޭސްފަރުވާއަށާއި މަތީ ތައުލީމަށް ސަލާންޖަހަން ނުޖެހޭނެ ފަދަ ސިޔާސަތުތަކެއް ގާއިމުކުރުން ކަމަށްވެސް އާޒިމް ފާހަގަކުރެއްވިއެވެ.

ދެން އެ މީހުން ހުޅުވާނީ އޮފީހެއް މުލިއާގޭގައި. ހުޅުވާފައި ބުނާނީ، މި ގެއަށް އައީމަ ޓިކެޓަކަށް 250 ޑޮލަރު ދޭނަމޭ. އެއީ ކުރަން އުޅޭ ކަމަކީ. ދެން އެ މީހުންގެ ކައިރިން ރައްޔިތުން ދާންޖެހޭނީ. އޭތި ގެންނަން އެ އުޅެނީ މިހާރު. އެހެންވީމާ، ރައްޔިތުންގެ ކައިރިއަށް ނުގޮސް ރައްޔިތުން އެ މީހުން ކައިރިއަށް ގެންދިއުމަށްޓަކައި ކުރަން އުޅޭ މަސައްކަތެއް އެއީ. އެހެންވީމާ، އަޅުގަނޑު މި ބުނަނީ، ރައްޔިތުންނަށް ލިބިފައިވާ ބާރެކޭ މިއީ، ސަރުކާރުތަކުން ގޯސްކޮށް ކަންތައް ކުރަންޏާ ވޯޓުލައިގެން ބަލިކޮށްލާ އެމީހުން ގޯސްއޭ ބުނަން. އެއީ، ލިބިފައިވާ ވަރަށް ބޮޑު ބާރެކޭ. ތިބޭފުޅުންނަށް ލިބިފައިވާ މިއޮތް ވަރުގަދަ ބާރު ތިބޭފުޅުންގެ އަތުން ވޯޓަށް ލައިގެން ގެއްލުވާ ނުލައްޗޭ. އެކަން ނުކުރައްވައްޗޭ ކޮންމެހެންވެސް.
މާލެ ސިޓީގެ މޭޔަރު އާދަމް އާޒިމް 

މީގެ އިތުރުން، ވޯޓުލުމުގެ ބާރަކީ ރައްޔިތުން ވަރަށް ބޮޑު މަސައްކަތުން ހޯދާފައިވާ ބާރެއް ކަމަށާއި، އެމްޑީޕީން އެ ބާރު ގާނޫނުއަސާސީގެ ތެރެއިން ރައްޔިތުންނަށް ހޯދައިދިނީ ވަރަށް ބުރަ މަސައްކަތުން ކަމަށް އާޒިމް ވިދާޅުވި އެވެ. ޚުދުމުޚުތާރު ވެރިން އަބަދުވެސް މަސައްކަތް ކުރާނީ ރައްޔިތުންގެ އަތުން އެ ބާރު އަތުލައި، ރައްޔިތުން ބިކަކޮށް ސަލާންޖަހާ ހާލަތަށް ގެންދަން ކަމަށް އޭނާ ފާހަގަކުރެއްވި އެވެ.

އެހެންކަމުން، އޭޕްރީލް މަހުގެ 4 ވަނަ ދުވަހު ބާއްވާ ފެންނަ ނުފެންނަ ވޯޓުގައި ހުރިހާ ރައްޔިތުން ނުކުމެ "ނޫނެކޭ" ބުނުމަށް އާޒިމް ގޮވާލެއްވިއެވެ. އަދި މި އިންތިޚާބު ބޮޑުތަނުން ކާމިޔާބުކޮށް، ރައްޔިތުންނަށް ދިމާވެފައިވާ ނިކަމެތިކަމުން ސަލާމަތްކޮށްދޭނެ ކަމުގެ ޔަގީންކަން މާލެ ސިޓީގެ މޭޔަރު ވަނީ ދެއްވާފަ އެވެ.

އާދަމް އާޒިމްމާލެ ސިޓީހެންވޭރު ދެކުނުއެމްޑީޕީމުލިއާގޭޚިޔާލު ހޯދުމުގެ ވޯޓު

އެންމެ ހިނގާ

1

ޑޮލަރުގެ އަގު ދަށަކަށް ނުދާނެ، އެއީ ސަރުކާރަށް ވެސް ކުރެވޭނެ ކަމެއް ނޫން: އުއްޗު

2

އީރާނުގެ ހަމަލާތަކުން ލިބޭ ގެއްލުންތައް އާންމުވާތީ އެމެރިކާގެ އަސްކަރިއްޔާއިން ކަންބޮޑުވެއްޖެ، މަންޒަރުތައް ރެކޯޑް ނުކުރަން އިންޒާރުދީ، ފޯނުތައް އަތުލަނީ

3

ސައުދީ އަރަބިއްޔާ ތޫފާނެއްގެ މެދުގައި، ތިން ދިމާލަކުން ދެކޮޅުވެރިން ވަށާލައިފި

4

ފޭކް ބުކިންގ ހަދައިގެން ކެންސަލްކުރުމަށްފަހު، ރިފަންޑު ހޯދުމަށް ހިންގާ ސްކޭމްތައް އިތުރުވަނީ!

5

މިނިވަންދުވަހުގެ ކުޅަދާނަ ސްޕީޗާއެކު "ނމކޢވ" ގެ ލަގަބު

އިތުރަށް ކިޔާލަން

31 މާރިޗު 2026

ކުޅުދުއްފުށީ ސިޓީގެ ތަރައްޤީ އާއި ތިލަފަތުގެ ރަމްޒާއި އޮތް ގުޅުން އާތިފް ވިދާޅުވެ ދެއްވީ ތަފާތު ގޮތަކަށް

31 މާރިޗު 2026
ކުޅުދުއްފުށީ ސިޓީގެ ތަރައްޤީ އާއި ތިލަފަތުގެ ރަމްޒާއި އޮތް ގުޅުން އާތިފް ވިދާޅުވެ ދެއްވީ ތަފާތު ގޮތަކަށް
31 މާރިޗު 2026

އެމްޑީޕީ އިން ހެންވޭރު ދެކުނު ދާއިރާގެ ދޮރުން ދޮރަށް ހަރަކާތް ކާމިޔާބުކަމާއި އެކު ބާއްވައިފި

31 މާރިޗު 2026
އެމްޑީޕީ އިން ހެންވޭރު ދެކުނު ދާއިރާގެ ދޮރުން ދޮރަށް ހަރަކާތް ކާމިޔާބުކަމާއި އެކު ބާއްވައިފި
30 މާރިޗު 2026

އިންތިހާބުތައް ބޯމަތިވެފަ ވަނިކޮށް، ފިނިޝިން ޑިސްކައުންޓުގެ ގޮތުގަ ގަވާއިދުުން ކުލި ދައްކަމުންދާ ހިޔާ ފްލެޓުތަކުގެ ދެ އަހަރުގެ ކުލި ކަނޑާލައިފި

30 މާރިޗު 2026
އިންތިހާބުތައް ބޯމަތިވެފަ ވަނިކޮށް، ފިނިޝިން ޑިސްކައުންޓުގެ ގޮތުގަ ގަވާއިދުުން ކުލި ދައްކަމުންދާ ހިޔާ ފްލެޓުތަކުގެ ދެ އަހަރުގެ ކުލި ކަނޑާލައިފި
30 މާރިޗު 2026

ފެންނަ ނުފެންނަ ވޯޓް: ސަރުކާރުން ވަކިކޮޅެއް ނަގައިގެން ރައްޔިތުން ވާނުވާގައި ބައިތިއްބަނީ ކީއްވެ؟

30 މާރިޗު 2026
ފެންނަ ނުފެންނަ ވޯޓް: ސަރުކާރުން ވަކިކޮޅެއް ނަގައިގެން ރައްޔިތުން ވާނުވާގައި ބައިތިއްބަނީ ކީއްވެ؟
30 މާރިޗު 2026

ކުޅުދުއްފުއްޓަށް ވަޑައިގެންނެވުމުން ރައީސް ސޯލިހު އަށް ހޫނު މަރުހަބާއެއް.

30 މާރިޗު 2026
ކުޅުދުއްފުއްޓަށް ވަޑައިގެންނެވުމުން ރައީސް ސޯލިހު އަށް ހޫނު މަރުހަބާއެއް.
30 މާރިޗު 2026

ރިފެރެންޑަމްގެ ވޯޓުން ވައްކަން ކުރުމުގެ ފުރުސަތު މިސަރުކާރަށް ދީގެން ނުވާނެ: ވަހީދު

30 މާރިޗު 2026
ރިފެރެންޑަމްގެ ވޯޓުން ވައްކަން ކުރުމުގެ ފުރުސަތު މިސަރުކާރަށް ދީގެން ނުވާނެ: ވަހީދު
30 މާރިޗު 2026

ކުރިއަށްއޮތް އިންތިޚާބުތަކަކީ އިންސާފުވެރި އިންތިޚާބުތަކަކަށް ހެދުމަށް ފުލުހުން މަސައްކަތް ކޮށްދިނުމަށް އެމްޑީޕީން އެދިއްޖެ

30 މާރިޗު 2026
ކުރިއަށްއޮތް އިންތިޚާބުތަކަކީ އިންސާފުވެރި އިންތިޚާބުތަކަކަށް ހެދުމަށް ފުލުހުން މަސައްކަތް ކޮށްދިނުމަށް އެމްޑީޕީން އެދިއްޖެ
29 މާރިޗު 2026

އޭޕްރީލް 4 ގައި ބާއްވާ އިންތިޚާބުތައް ކާމިޔާބު ކުރުމަށް ސަރުކާރުން ދަނީ ނުރަނގަޅު މައުލޫމާތު ފޯރުކޮށްދެމުން: އެމްޑީޕީ

29 މާރިޗު 2026
އޭޕްރީލް 4 ގައި ބާއްވާ އިންތިޚާބުތައް ކާމިޔާބު ކުރުމަށް ސަރުކާރުން ދަނީ ނުރަނގަޅު މައުލޫމާތު ފޯރުކޮށްދެމުން: އެމްޑީޕީ
29 މާރިޗު 2026

ރާއްޖެ މިއޮތީ ރިފެރެންޑަމް އެއް ކުރިއަށް ގެންދަން ޖެހޭ ހާލަތެއްގައި ނޫން، އެކަން މި ކުރަނީ ރައީސް މުއިއްޒު ބޭނުންފުޅުވާ ގޮތަށް ހުރިހާ ބާރެއް ނެންގެވުމަށް މަގުފަހި ކުރަން: ބިގޭ

ތިނަދޫ ކޯލްޑް ސްޓޯރޭޖް މަސައްކަތަށް ގެނައި އެކްސްކެވޭޓަރު އޮތީ ނިދާފަ، އެޔެއް ނުހޭލި، މި ސަރުކާރަކަށް ހޭ ނުވެސް ލެއްވޭނެ: ޣަފޫރު

29 މާރިޗު 2026
ތިނަދޫ ކޯލްޑް ސްޓޯރޭޖް މަސައްކަތަށް ގެނައި އެކްސްކެވޭޓަރު އޮތީ ނިދާފަ، އެޔެއް ނުހޭލި، މި ސަރުކާރަކަށް ހޭ ނުވެސް ލެއްވޭނެ: ޣަފޫރު
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް