Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެރެފަރެންޑަމް

ގާނޫނަށް ގެންނަ އިސްލާހުގެ ސަބަބުން ދެން ވާނެ ގޮތެއް ނޭނގޭ، ނޫނެކޭ ބުނަން ޖެހެނީ މި އިސްލާހުން އޮޅުންބޮޅުން އަރާތީ: ގާނޫނީ ވަކީލު މަހުފޫޒު

31 މާރިޗު 2026 | އަންގާރަ 08:28

ރިޔާސީ އިންތިޚާބާއި ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބު އެއްކޮށް ބޭއްވުމަށް ގާނޫނުއަސާސީއަށް ހުށަހަޅާފައިވާ އިސްލާހަކީ އަވަސްއަރުވާލައިގެން ތައްޔާރުކޮށްފައިވާ އުނި ބިލެއް ކަމަށް ގާނޫނީ ވަކީލު މަހުފޫޒު ސައީދު ވިދާޅުވެއްޖެ. މި ބަދަލުގެ ސަބަބުން ގާނޫނީ ގޮތުން އޮޅުންބޮޅުންތަކެއް އަރާނެތީ އާއި، އިސްތިސްނާ ހާލަތްތަކުގައި އަމަލުކުރާނެ ގޮތުގެ ތަފްސީލު ނެތުމުން މިކަމަށް ރައްޔިތުން "ނޫނެކޭ" ބުނަންޖެހޭ ކަމަށް އޭނާ ފާހަގަކުރެއްވި. އަދި ރެފަރެންޑަމްގައި ކުރާ ސުވާލު އޮތް ގޮތުން ރައްޔިތުންނަށް ކަންކަން އޮޅުމުގެ ފުރުސަތު އޮތްކަމަށްވެސް މަހުފޫޒު ވިދާޅުވި.

ޝާމާ ޝުއައިބް
ޝާމާ ޝުއައިބް | 31 މާރިޗު 2026 | އަންގާރަ 08:28
ގާނޫނީ ވަކީލު މަހުފޫޒް ސައީދު

ގާނޫނީ ވަކީލު މަހުފޫޒް ސައީދު | ރާއްޖެ އެމްވީ

ދެ އިންތިޚާބު އެއްކުރުމުގެ ބިލު ރައީސް ޑރ. މުހައްމަދު މުއިއްޒު ތަސްދީގު ކުރައްވައިފި ނަމަ ދެން ވާނެ ގޮތް ސާފު ނުވާ ކަމަށާ އިސްލާހެއް ހުށަހަޅަނީ ކަމެއް ރަނގަޅު ކުރަން ކަމަށް ވާއިރު އޭގެ ސަބަބުން އޮޅުންބޮޅުން އަރާނަމަ އެއީ އެކަމަށް ފުރުސަތު ދީގެންވާނެ ކަމަށް ނޫން ކަމަށާ އެހެން ކަމުން ރެފަރެންޑަމްގައި ނޫނެކޭ ބުނަން ޖެހޭ ކަމަށް ގާނޫނީ ވަކީލު މަހުފޫޒު ސައީދު ވިދާޅުވެއްޖެ އެވެ. 

ރާއްޖެޓީވީ ގެ ނޫނެކޭ ޕްރޮގްރާމްގައި ވާހަކަދައްކަވަމުން މަހުފޫޒް ވިދާޅުވީ ދެ އިންތިޚާބު އެއްކުރުމަށް ރައްޔިތުންގެ މަޖިލީހުން ފާސް ކޮށްފައިވާ ބިލަކީ އުނި ބިލެއް ކަމަށެވެ. އެއީ އަވަސް އަރުވާލައިގެން މަސައްކަތް ކޮށްފައިވާ ބިލެއް ކަމަށާ އެ ބިލު ތަސްދީގު ވުމަށްފަހު ކަން ހިނގައިދާނެ ގޮތް އެއްވެސް މީހަކަށް ނޭނގޭ ކަމަށެވެ. 

Advertisement - newsAdvertisement
މި ބިލު ގެންނަން ޖެހޭ ސަބަބު ކަމަށް މި ބަދަލު ގެންނަން ޖެހޭ ސަބަބު ކަމަށް އެ ވިދާޅުވާ ސަބަބުތަކުގެ މައްޗަށް ހުއްޖަތެއް ނުދެއްކެވޭ. އެ ދައްކަވާ ހުއްޖަތްތަކާ މެދުގައި ސުވާލު އުފެދޭ އެތައް ސުވާލުތަކެއް އެބަހުރި. ގާނޫނު އަސާސީގައި ސީދާ ތާރީޚެއް މި ބަޔާން ކުރަނީ. 1 ޑިސެމްބަރުގައި މިކަން ވާޏް ޖެހޭނެ އޭ. ނުވެއްޖެޔާ ކިހިނެއްތޯ ވަނީ. ދެ އިންތިޚާބު އެއްކޮށް ނުބޭއްވިއްޖެޔާ ކިހިނެއްތޯ ވަނީ. އެ އިސްތިސްނާ ހާލަތްތަކަށް ކޮން ހައްލެއްތޯ، ކޮން ފަރުވާ އެއް ތޯ އޮތީ.  މިއިން އެއްވެސް ތަފްސީލެއް  ނުލިބޭ. 
ގާނޫނީ ވަކީލު މަހުފޫޒް ސައީދު

މަހުފޫޒް ވިދާޅުވީ ގާނޫނަކަށް ހުށަހެޅޭ އިސްލާހަކުން ނުވަތަ ގާނޫނު އަސާސީ އަށް ހުށެހެޅޭ އިސްލާހެއްގެ ސަބަބުން ވާން ޖެހޭނެ ކަމަކީ ހިނގަމުން އައި ކަމެއް ރަނގަޅު ވުން ކަމަށެވެ. ނުވަތަ ކަމަކަށް ކުރިއެރުމެއް އައުން ކަމަށެވެ. ނަމަވެސް އިސްލާހެއްގެ ސަބަބުން އޮޅުންބޮޅުން އަންނަ ކަމުގައި ވާނަމަ އެއީ އެކަމަށް ފުރުސަތު ދީގެންވާނެ ކަމެއް ނޫން ކަމަށް އޭނާ ވިދާޅުވި އެވެ. 

މަހުފޫޒު ވިދާޅުވީ ވޯޓު ލާ ދުވަހު ރައްޔިތުންނާ ކުރެވޭ ސުވާލަކީ އެ ބިލު ތަސްދީގު ކުރަން ފެނޭތޯ ރައްޔިތުންނާ ކުރެވޭ ސުވާލު ކަމަށެވެ. ނަމަވެސް ސުވާލުގެ އިބާރާތަށް ބަލާއިރު އެ ސުވާލު އެ ކުރެއްވެނީ މާދުރުން ކަމަށާ ސުވާލު އިބާރާތް ކުރެވޭ ގޮތުން ސީދާ އިބާރާތުގެ ތެރެއިން ފެންނަން ގާނޫނު އަސާސީ އަށް އަންނަން މިއުޅޭ ބަދަލުތަކަކީ ކޮބައިކަން ފެންނަން ވާނެ ކަމަށެވެ. 

އެހެންކަމުން މި ހުރިހާ ކަމަކުން ސިފަވަނީ ރައްޔިތުންނަށް އޮޅުވާލަން އުޅޭ ކަން ކަމަށާ ރެފަރެންޑަމްގައި ނޫނެކޭ ބުނަން ޖެހެނީ އެހެންވެ ކަމަށް ވެސް މަހުފޫޒު ވިދާޅުވި އެވެ. 

މަހްފޫޒް ސައީދުރައްޔިތުންގެ މަޖިލިސްޚިޔާލު ހޯދުމުގެ ވޯޓު

އެންމެ ހިނގާ

1

ޑޮލަރުގެ އަގު ދަށަކަށް ނުދާނެ، އެއީ ސަރުކާރަށް ވެސް ކުރެވޭނެ ކަމެއް ނޫން: އުއްޗު

2

އީރާނުގެ ހަމަލާތަކުން ލިބޭ ގެއްލުންތައް އާންމުވާތީ އެމެރިކާގެ އަސްކަރިއްޔާއިން ކަންބޮޑުވެއްޖެ، މަންޒަރުތައް ރެކޯޑް ނުކުރަން އިންޒާރުދީ، ފޯނުތައް އަތުލަނީ

3

ސައުދީ އަރަބިއްޔާ ތޫފާނެއްގެ މެދުގައި، ތިން ދިމާލަކުން ދެކޮޅުވެރިން ވަށާލައިފި

4

ފޭކް ބުކިންގ ހަދައިގެން ކެންސަލްކުރުމަށްފަހު، ރިފަންޑު ހޯދުމަށް ހިންގާ ސްކޭމްތައް އިތުރުވަނީ!

5

މިނިވަންދުވަހުގެ ކުޅަދާނަ ސްޕީޗާއެކު "ނމކޢވ" ގެ ލަގަބު

އިތުރަށް ކިޔާލަން

31 މާރިޗު 2026

ދެ އިންތިހާބު އެއްކޮށްލުމަށް ގާނޫނުއަސާސީ އަށް ގެނެވުނު ބަދަލުގެ ބިލަކީ އުނި ކަންކަން ގިނަ ބިލެއް: ރާއްޖޭގެ ފުރަތަމަ ޕްރޮސެކިއުޓަރ ޖެނެރަލް މުއިއްޒު

31 މާރިޗު 2026
ދެ އިންތިހާބު އެއްކޮށްލުމަށް ގާނޫނުއަސާސީ އަށް ގެނެވުނު ބަދަލުގެ ބިލަކީ އުނި ކަންކަން ގިނަ ބިލެއް: ރާއްޖޭގެ ފުރަތަމަ ޕްރޮސެކިއުޓަރ ޖެނެރަލް މުއިއްޒު
31 މާރިޗު 2026

ފެންނަ ނުފެންނަ ވޯޓު ކާމިޔާބުކޮށް ރައްޔިތުން ސަލާން ޖަހަން މުލިއާގެއަށް ދާންޖެހޭ ހިސާބަށް ކަންކަން ދާނެ: އާޒިމް

31 މާރިޗު 2026
ފެންނަ ނުފެންނަ ވޯޓު ކާމިޔާބުކޮށް ރައްޔިތުން ސަލާން ޖަހަން މުލިއާގެއަށް ދާންޖެހޭ ހިސާބަށް ކަންކަން ދާނެ: އާޒިމް
30 މާރިޗު 2026

އިންތިހާބުތައް ބޯމަތިވެފަ ވަނިކޮށް، ފިނިޝިން ޑިސްކައުންޓުގެ ގޮތުގަ ގަވާއިދުުން ކުލި ދައްކަމުންދާ ހިޔާ ފްލެޓުތަކުގެ ދެ އަހަރުގެ ކުލި ކަނޑާލައިފި

30 މާރިޗު 2026
އިންތިހާބުތައް ބޯމަތިވެފަ ވަނިކޮށް، ފިނިޝިން ޑިސްކައުންޓުގެ ގޮތުގަ ގަވާއިދުުން ކުލި ދައްކަމުންދާ ހިޔާ ފްލެޓުތަކުގެ ދެ އަހަރުގެ ކުލި ކަނޑާލައިފި
30 މާރިޗު 2026

ފެންނަ ނުފެންނަ ވޯޓު ނަގަން އުޅެނީ ރިޔާސީ އިންތިހާބުގައި ޔާމީންގެ ފޮޓޯ ޖަހައިގެން އުޅުނު ގޮތަށް، މިފަހަރު ޔާމީންގެ ބަދަލުގައި އޮތީ ކައުންސިލް އިންތިހާބު: އަސްލަމް

30 މާރިޗު 2026
ފެންނަ ނުފެންނަ ވޯޓު ނަގަން އުޅެނީ ރިޔާސީ އިންތިހާބުގައި ޔާމީންގެ ފޮޓޯ ޖަހައިގެން އުޅުނު ގޮތަށް، މިފަހަރު ޔާމީންގެ ބަދަލުގައި އޮތީ ކައުންސިލް އިންތިހާބު: އަސްލަމް
30 މާރިޗު 2026

ރިފެރެންޑަމްގެ ވޯޓުން ވައްކަން ކުރުމުގެ ފުރުސަތު މިސަރުކާރަށް ދީގެން ނުވާނެ: ވަހީދު

30 މާރިޗު 2026
ރިފެރެންޑަމްގެ ވޯޓުން ވައްކަން ކުރުމުގެ ފުރުސަތު މިސަރުކާރަށް ދީގެން ނުވާނެ: ވަހީދު
30 މާރިޗު 2026

ކުރިއަށްއޮތް އިންތިޚާބުތަކަކީ އިންސާފުވެރި އިންތިޚާބުތަކަކަށް ހެދުމަށް ފުލުހުން މަސައްކަތް ކޮށްދިނުމަށް އެމްޑީޕީން އެދިއްޖެ

30 މާރިޗު 2026
ކުރިއަށްއޮތް އިންތިޚާބުތަކަކީ އިންސާފުވެރި އިންތިޚާބުތަކަކަށް ހެދުމަށް ފުލުހުން މަސައްކަތް ކޮށްދިނުމަށް އެމްޑީޕީން އެދިއްޖެ
30 މާރިޗު 2026

މިދަނީ ރަސްކަމަކާ ދިމާލަށް، އެކަން ބޭނުންވާނަމަ ފެންނަ ނުފެންނަ ވޯޓުގައި އާނއޭކޭ ބުނަންވީ: އަސްލަމް

30 މާރިޗު 2026
މިދަނީ ރަސްކަމަކާ ދިމާލަށް، އެކަން ބޭނުންވާނަމަ ފެންނަ ނުފެންނަ ވޯޓުގައި އާނއޭކޭ ބުނަންވީ: އަސްލަމް
29 މާރިޗު 2026

އޭޕްރީލް 4 ގައި ބާއްވާ އިންތިޚާބުތައް ކާމިޔާބު ކުރުމަށް ސަރުކާރުން ދަނީ ނުރަނގަޅު މައުލޫމާތު ފޯރުކޮށްދެމުން: އެމްޑީޕީ

29 މާރިޗު 2026
އޭޕްރީލް 4 ގައި ބާއްވާ އިންތިޚާބުތައް ކާމިޔާބު ކުރުމަށް ސަރުކާރުން ދަނީ ނުރަނގަޅު މައުލޫމާތު ފޯރުކޮށްދެމުން: އެމްޑީޕީ
29 މާރިޗު 2026

ރާއްޖެ މިއޮތީ ރިފެރެންޑަމް އެއް ކުރިއަށް ގެންދަން ޖެހޭ ހާލަތެއްގައި ނޫން، އެކަން މި ކުރަނީ ރައީސް މުއިއްޒު ބޭނުންފުޅުވާ ގޮތަށް ހުރިހާ ބާރެއް ނެންގެވުމަށް މަގުފަހި ކުރަން: ބިގޭ

ސަރުކާރުން ބޭނުންވާ ގޮތަށް ރިފެރެންޑަމްގެ ވޯޓުގެ ނަތީޖާ ނެރުމަށް ގިނަ ރައްޔިތުން ވަނީ މި ވޯޓުން މަހުރޫމް ކޮށްފައި: މާޒް ސަލީމް

29 މާރިޗު 2026
ސަރުކާރުން ބޭނުންވާ ގޮތަށް ރިފެރެންޑަމްގެ ވޯޓުގެ ނަތީޖާ ނެރުމަށް ގިނަ ރައްޔިތުން ވަނީ މި ވޯޓުން މަހުރޫމް ކޮށްފައި: މާޒް ސަލީމް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް