Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
އިންތިޚާބު އޮޅުވާލުން

ފެންނަ ނުފެންނަ ވޯޓު ނަގަން އުޅެނީ ރިޔާސީ އިންތިހާބުގައި ޔާމީންގެ ފޮޓޯ ޖަހައިގެން އުޅުނު ގޮތަށް، މިފަހަރު ޔާމީންގެ ބަދަލުގައި އޮތީ ކައުންސިލް އިންތިހާބު: އަސްލަމް

ރިޔާސީ އިންތިޚާބާއި މަޖިލިސް އިންތިޚާބު އެއްކޮށްލުމުން ދައުލަތުގެ ބާރުތައް ވަކިވެފައި އޮންނަ ނިޒާމަށް ބުރޫއަރައި، ސަރުކާރު ޖަވާބުދާރީކުރުވުމުގެ ރޫހު ގެއްލިގެންދާނެ ކަމަށް ކުރީގެ މިނިސްޓަރު މުހައްމަދު އަސްލަމް ވިދާޅުވެއްޖެ. މިފަދަ ބޮޑު ބަދަލެއް ގެނައުމުގެ ކުރިން ފުޅާ ދާއިރާއެއްގައި ބަހުސްކޮށް މަޝްވަރާކުރަންޖެހޭނެ ކަމަށާއި، ކައުންސިލް އިންތިޚާބުގެ ތެރެއިން މި ވޯޓު ނަގަން އުޅުމަކީ ރައްޔިތުންނަށް އޮޅުވާލުމެއް ކަމަށް އޭނާ ފާހަގަކުރެއްވި. އެހެންކަމުން އެކަށީގެންވާ ވަގުތު ނުދީ ނިޒާމަށް ބަދަލުތައް ގެނައުމަކީ ގައުމުގެ މުސްތަގުބަލަށް އޮތް ނުރައްކަލެއް ކަމަށް އަސްލަމް ވިދާޅުވި.

މަޚްތޫމް
މަޚްތޫމް, ރާއްޖެ އެމްވީ | 30 މާރިޗު 2026 | ހޯމަ 18:56
 ކުރީގެ ހައުސިންގ މިނިސްޓަރު މުހައްމަދު އަސްލަމް.

ކުރީގެ ހައުސިންގ މިނިސްޓަރު މުހައްމަދު އަސްލަމް. | ރާއްޖެ އެމްވީ

ރިޔާސީ އިންތިޚާބާއި ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބު އެއްކޮށްލުމާ ގުޅޭގޮތުން ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓެއް ނަގަން ސަރުކާރުން އުޅެނީ، ރިޔާސީ އިންތިޚާބުގެ ތެރޭގައި ރައީސް ޑރ. މުހައްމަދު މުއިއްޒު ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ފޮޓޯފުޅު ބޭނުންކުރައްވައިގެން އޮޅުވާލެއްވި ގޮތަށް މިފަހަރު ކައުންސިލް އިންތިހާބު ބޭނުން ކުރައްވައިގެން ކަމަށް ކުރީގެ ހައުސިންގ މިނިސްޓަރު މުހައްމަދު އަސްލަމް ވިދާޅުވެއްޖެ އެވެ.

ރާއްޖެޓީވީގެ "ނޫނެކޭ" ޕްރޮގްރާމުގައި ވާހަކަދައްކަވަމުން އަސްލަމް ވިދާޅުވީ، ދައުލަތުގެ ނިޒާމު ތަރުތީބުވެފައި އޮތްގޮތުން ރައީސުލްޖުމްހޫރިއްޔާއަކީ މުޅި ގައުމު ހިންގުމަށް ރައްޔިތުން އިންތިޚާބުކުރާ އެގްޒެކެޓިވްއެއް ކަމަށެވެ. ނަމަވެސް ރައްޔިތުންގެ މަޖިލީހަކީ ވަކިވަކި ދާއިރާތަކުގެ ރައްޔިތުން ތަމްސީލުކުރުމަށާއި، ސަރުކާރު ޖަވާބުދާރީކުރުވުމަށް އޮންނަ މުއައްސަސާއެއްކަން އޭނާ ފާހަގަކުރެއްވިއެވެ. މި ދެ އިންތިޚާބު އެއްކޮށްލުމުން ވޯޓުލާ މީހުންގެ ފޯކަސް ގެއްލި، މަޖިލިސް އިންތިޚާބުގެ މައްޗަށް ރިޔާސީ އިންތިޚާބުގެ ހިޔަނި އެޅޭނެ ކަމަށް އަސްލަމް ވިދާޅުވި އެވެ.

Advertisement - newsAdvertisement

އަސްލަމް އިތުރަށް ވިދާޅުވީ، މި ދެ އިންތިޚާބު އެއްކޮށް ބޭއްވުމުން ރައްޔިތުންނަށް ގަބޫލުކުރެވޭނީ ރައީސުލްޖުމްހޫރިއްޔާއަކަށް ހޮވޭ ބޭފުޅަކު ނިސްބަތްވާ ޕާޓީއަކަށް މަޖިލީހުގެ ގޮނޑިތައް ދޭންޖެހޭނެ ކަމަށެވެ. މިއީ ވަކި ޕާޓީއެއް ވެރިކަމުގައި އޮތުމުން ދިމާވާ މައްސަލައެއް ނޫން ކަމަށާއި، ކޮންމެ ބަޔަކު ވެރިކަމުގައި ތިއްބަސް މިގޮތަށް ކަންކަން ކުރުމުން މަޖިލީހުގެ މިނިވަންކަން ގެއްލި، ސަރުކާރު ޖަވާބުދާރީކުރުވުމުގެ ރޫހު ނެތިގެންދާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

އަޅުގަނޑު ހަނދާން އެބަހުރި އިންތިޚާބުގެ ކެމްޕޭންގެ ތެރޭގައި ހުސްގޮނޑީގައި ވާހަކަ އެންމެންވެސް ދައްކާ. ޕޯސްޓަރުތަކުގައި އެ އިންތިޚާބުގައި ވާދަކުރެއްވި ޕީ.ޕީ.އެމް.ޕީ.އެން.ސީގެ ކެންޑިޑޭޓަށްވުރެ ރައީސް ޔާމީންގެ މޫނުފުޅު ބޮޑީ އިނގޭތޯ. އަނެއް ދެ ބޭފުޅުން ތިއްބެވީ ފަހަތުގައި. އެހެންވީމާ، އެ ދައްކާފައި އައީ. ދެން އިންތިޚާބުވީމަ ވީގޮތް އޭގެ ފަހުން ވީގޮތް ރައްޔިތުންނަށް ވަރަށް ސާފުކޮށް އެބަފެނޭ. އެހެންވީމަ ބޮޑު އޮޅުވާލުމުގެ ތެރޭގައި އެކަންވެސް ކުރެއްވީ މިވެސް އަޅުގަނޑަށް މި ފެންނަނީ ހަމަ އޮޅުވާލުމުގެ ތެރޭގައި މިކަން ކުރަމުންދާ ތަން. މި ސުވާލަކީ ބިލުތަކުގެ ޖަހާފައި ހުރި ނޫންތޯ ފުޓް ނޯޓް، ފުޓް ނޯޓްގައި އިންނާނެ ޖަހާފަ ގަނެގެންދާ އެތި ބަދަލެއް ނުކުރެވޭނޭ. ވަރަށް ކުޑަކުޑަ އަކުރުން ޖަހާފައި އޮންނާނެ. އެ ނުވެސް ކިޔާނެ މީހަކު ބިލުގެ އެ ފުޓްނޯޓް ނުވެސް ބަލާނެ. އެ ޒާތުގެ އެ މޭރުމުން ކުރާ ކަމެއްގެ ގޮތަށް މިކަން މި ދަނީ. 
 ކުރީގެ ހައުސިންގ މިނިސްޓަރު މުހައްމަދު އަސްލަމް

އަސްލާމް ވިދާޅުވީ  ރާއްޖޭގެ ޑިމޮކްރެޓިކް ނިޒާމަށް އަންނަ މިފަދަ ބޮޑު ބަދަލަކާ މެދު ކުއްލިއަކަށް ވޯޓު ނެގުމަކީ ހެޔޮވާނެ ކަމެއް ނޫން ކަމަށެވެ.

މިފަދަ ބޮޑު ބަދަލެއް ގެނައުމުގެ ކުރިން، އޭގެ ދެކޮޅުގެ އާގިއުމަންޓްތައް ރައްޔިތުންނަށް ވަރަށް ސާފުކޮށް އެނގެންޖެހޭ ކަމަށާއި، ގިނަ ދުވަސްތަކެއް ވަންދެން އެކަމާ ބެހޭގޮތުން ބަހުސް ކުރެވި މަޝްވަރާ ކުރެވެންޖެހޭނެ ކަމަށް އަސްލަމް ވިދާޅުވި އެވެ. އެހެންކަމުން، އެއްވެސް އޮއްޓަރެއް ނެތް ވާހަކަތަކެއް ދައްކައިގެން ނިޒާމަށް ބޮޑެތި ބަދަލުތައް ގެންނަން އުޅުމަކީ ގައުމުގެ މުސްތަގުބަލަށް އޮތް ނުރައްކަލެއްގެ ގޮތުގައި އޭނާ ފާހަގަކުރެއްވި އެވެ.

މުހައްމަދު އަސްލަމްއަބްދުﷲ ޔާމީންމުޙައްމަދު މުއިއްޒުރައްޔިތުންގެ މަޖިލިސްލޯކަލް ކައުންސިލް އިންތިޚާބު 2026

ކޮމެންޓް

އިތުރަށް ކިޔާލަން

ރިފެރެންޑަމްގެ ވޯޓުން ވައްކަން ކުރުމުގެ ފުރުސަތު މިސަރުކާރަށް ދީގެން ނުވާނެ: ވަހީދު

ރިފެރެންޑަމްގެ ވޯޓުން ވައްކަން ކުރުމުގެ ފުރުސަތު މިސަރުކާރަށް ދީގެން ނުވާނެ: ވަހީދު

30 މާރިޗު 2026
ކުރިއަށްއޮތް އިންތިޚާބުތަކަކީ އިންސާފުވެރި އިންތިޚާބުތަކަކަށް ހެދުމަށް ފުލުހުން މަސައްކަތް ކޮށްދިނުމަށް އެމްޑީޕީން އެދިއްޖެ

ކުރިއަށްއޮތް އިންތިޚާބުތަކަކީ އިންސާފުވެރި އިންތިޚާބުތަކަކަށް ހެދުމަށް ފުލުހުން މަސައްކަތް ކޮށްދިނުމަށް އެމްޑީޕީން އެދިއްޖެ

30 މާރިޗު 2026
މިދަނީ ރަސްކަމަކާ ދިމާލަށް، އެކަން ބޭނުންވާނަމަ ފެންނަ ނުފެންނަ ވޯޓުގައި އާނއޭކޭ ބުނަންވީ: އަސްލަމް

މިދަނީ ރަސްކަމަކާ ދިމާލަށް، އެކަން ބޭނުންވާނަމަ ފެންނަ ނުފެންނަ ވޯޓުގައި އާނއޭކޭ ބުނަންވީ: އަސްލަމް

30 މާރިޗު 2026
އޭޕްރީލް 4 ގައި ބާއްވާ އިންތިޚާބުތައް ކާމިޔާބު ކުރުމަށް ސަރުކާރުން ދަނީ ނުރަނގަޅު މައުލޫމާތު ފޯރުކޮށްދެމުން: އެމްޑީޕީ

އޭޕްރީލް 4 ގައި ބާއްވާ އިންތިޚާބުތައް ކާމިޔާބު ކުރުމަށް ސަރުކާރުން ދަނީ ނުރަނގަޅު މައުލޫމާތު ފޯރުކޮށްދެމުން: އެމްޑީޕީ

29 މާރިޗު 2026
ރާއްޖެ މިއޮތީ ރިފެރެންޑަމް އެއް ކުރިއަށް ގެންދަން ޖެހޭ ހާލަތެއްގައި ނޫން، އެކަން މި ކުރަނީ ރައީސް މުއިއްޒު ބޭނުންފުޅުވާ ގޮތަށް ހުރިހާ ބާރެއް ނެންގެވުމަށް މަގުފަހި ކުރަން: ބިގޭ

ރާއްޖެ މިއޮތީ ރިފެރެންޑަމް އެއް ކުރިއަށް ގެންދަން ޖެހޭ ހާލަތެއްގައި ނޫން، އެކަން މި ކުރަނީ ރައީސް މުއިއްޒު ބޭނުންފުޅުވާ ގޮތަށް ހުރިހާ ބާރެއް ނެންގެވުމަށް މަގުފަހި ކުރަން: ބިގޭ

29 މާރިޗު 2026

އަހަރުތަކުން މިއަދު

31 މެއި
ބަންޑާރާ ކޮށީގައި ސިފައިންގެ މީހަކު ދަންޖެހިފައި ހުއްޓާ ފެނިއްޖެ
20251 އަހަރު ކުރިން
ރާއްޖެ

ބަންޑާރާ ކޮށީގައި ސިފައިންގެ މީހަކު ދަންޖެހިފައި ހުއްޓާ ފެނިއްޖެ

ލޯންޗަކުން ޖެހި ފާނަ މަސްވެރިކަން ކުރަން އުޅުނު ބިދޭސީއެއް މަރުވެއްޖެ
20242 އަހަރު ކުރިން
ރާއްޖެ

ލޯންޗަކުން ޖެހި ފާނަ މަސްވެރިކަން ކުރަން އުޅުނު ބިދޭސީއެއް މަރުވެއްޖެ

އާލާ ބޯޓު އަޑިއަށް ގޮސްފި
20233 އަހަރު ކުރިން
ރާއްޖެ

އާލާ ބޯޓު އަޑިއަށް ގޮސްފި

ބުރިޖުގެ މަސައްކަތް ލަހެއް ނޫން، މާލެ އާއި ވިލިމާލެ ގުޅުވާލާ ބުރިޖުން 2023 ޖުލައިގައި ދަތުރުކުރެވޭނެ – އެފްކޮންސް
20224 އަހަރު ކުރިން
ރާއްޖެ

ބުރިޖުގެ މަސައްކަތް ލަހެއް ނޫން، މާލެ އާއި ވިލިމާލެ ގުޅުވާލާ ބުރިޖުން 2023 ޖުލައިގައި ދަތުރުކުރެވޭނެ – އެފްކޮންސް

އަނދައިގެން ދިޔައީ ބިދޭސީ މީހާގެ އާމްދަނީ، ކައުންސިލުން އެ ލާރި ހޯދައިދެނީ
20215 އަހަރު ކުރިން
ރާއްޖެ

އަނދައިގެން ދިޔައީ ބިދޭސީ މީހާގެ އާމްދަނީ، ކައުންސިލުން އެ ލާރި ހޯދައިދެނީ

އީދު ނަމާދު ކުރާ ސަރަހައްދުގައި އޮފިޝަލުންގެ ގޮތުގައި ބިދޭސީން ހަރަކާތްތެރިވަނީ
20197 އަހަރު ކުރިން
ރާއްޖެ

އީދު ނަމާދު ކުރާ ސަރަހައްދުގައި އޮފިޝަލުންގެ ގޮތުގައި ބިދޭސީން ހަރަކާތްތެރިވަނީ

މުހައްމަދު ސަލާހަށްވި އަނިޔާގެ މައްސަލަ ހުތުރު ގޯޅިއެއް އަޅައިފި
20188 އަހަރު ކުރިން
ކުޅިވަރު

މުހައްމަދު ސަލާހަށްވި އަނިޔާގެ މައްސަލަ ހުތުރު ގޯޅިއެއް އަޅައިފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު