Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެ އިންތިހާބުގެ ސިއްރުކަން ގެއްލުވާލުން

އިންތިހާބުގެ ސިއްރުކަން ގެއްލުވާލަން އީސީ އިން ދަނީ ރާވަމުން: ހުސްނުއްސުޢޫދު

ކުރިއަށް އޮތް އިންތިޚާބުތަކުގައި ވޯޓުލާ މީހާ ވޯޓުލާން ބޭނުންވާ ކަރުދާސްކޮޅު އޮޅުންފިލުވުމަށްފަހު ނޫނީ ކަރުދާސް ދޫނުކުރަން އިލެކްޝަންސް ކޮމިޝަނުން ރާވަމުންދާ ކަމަށް ބުނެ ހުސްނުއްސުޢޫދު ކަންބޮޑުވުން ފާޅުކުރައްވައިފި. މިގޮތަށް އަމަލުކުރުމަކީ ވޯޓުގެ ސިއްރުކަން ގެއްލި، ވޯޓުލާ މީހާގެ އަމިއްލަ އިޚްތިޔާރަށް ހުރަސް އެޅޭނެ ކަމެއް ކަމަށް އޭނާ ފާހަގަކުރެއްވި.

ފަޒީލް އަބްދުލް
ފަޒީލް އަބްދުލް | 31 މާރިޗު 2026 | އަންގާރަ 14:22
 ސުޕްރީމް ކޯޓުގެ ކުރީގެ ފަނޑިޔާރު އަލްއުސްތާޛު ހުސްނުއްސުޢޫދު

ސުޕްރީމް ކޯޓުގެ ކުރީގެ ފަނޑިޔާރު އަލްއުސްތާޛު ހުސްނުއްސުޢޫދު | ރާއްޖެ އެމްވީ

އެޕްރީލް 4 ވަނަ ދުވަހު ބާއްވާ އިންތިޚާބުތަކުގައި ވޯޓުގެ ސިއްރުކަން ގެއްލުވާލުމަށް އިލެކްޝަންސް ކޮމިޝަން (އީސީ) އިން މަސައްކަތް ކުރަމުންދާ ކަމަށް ބުނެ ސުޕްރީމް ކޯޓުގެ ކުރީގެ ފަނޑިޔާރު އަލްއުސްތާޛު ހުސްނުއްސުޢޫދު ބޮޑެތި ތުހުމަތުތަކެއް ކުރައްވައިފި އެވެ.

ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިޚާބާއި ރެފަރަންޑަމް ވޯޓާ ގުޅިގެން ކަންބޮޑުވުން ފާޅުކުރައްވައި ސޯޝަލް މީޑިއާގައި ހިއްސާކުރެއްވި ޕޯސްޓެއްގައި ސުޢޫދު ވިދާޅުވީ، އިންތިޚާބުގެ ސިއްރުކަން ގެއްލޭ ގޮތަށް އަމަލުކުރަން އީސީ އިން ރާވަމުންދާ ކަމުގެ މައުލޫމާތު ލިބިފައިވާ ކަމަށެވެ.

މިކަން އިތުރަށް ތަފްސީލު ކޮށްދެއްވަމުން ސުޢޫދު ވިދާޅުވީ، އީސީ އިން ގަސްތުކުރަނީ ތިން އިންތިޚާބުގެ ތިން ވޯޓު ކަރުދާހުގެ ތެރެއިން އެމީހަކު ވޯޓުލާން ބޭނުންވަނީ ކޮން ކަމަކަށްތޯ އަހާ ސާފުކުރުމަށްފަހު، ވޯޓުލާން ބޭނުންކަމަށް ބުނާ ކަރުދާސްކޮޅު އެކަނި ދިނުމަށް ކަމަށް އޭނާ ވިދާޅުވި އެވެ.

ސުޢޫދު ވަނީ އެއްފަހަރާ ބާއްވާ ތިން އިންތިޚާބެއްގެ ތިން ކަރުދާސްކޮޅު ރައްޔިތުމީހާގެ އަތަށް ދިނުމަށް އީސީ އިން ބޭނުން ނުވާކަން ފާހަގަކުރައްވާފަ އެވެ. އެހެން ނަމަވެސް، ތިން ކަރުދާސްކޮޅު ދިނުމުން، އޭގެ ތެރެއިން ވޯޓުލާނީ ކޮން ކަމަކަށްތޯ ނިންމުމަކީ ވޯޓުލާ މީހާގެ އަމިއްލަ އިޚްތިޔާރުގައި އޮންނަންޖެހޭނެ ކަމެއް ކަމަށް އޭނާ ވިދާޅުވި އެވެ.

ވޯޓުލުމުގެ ސިއްރުކަން ހިމާޔަތްކުރުމަކީ ޑިމޮކްރަސީގެ އެންމެ މުހިންމު އެއް އަސާސެވެ. ވޯޓުލާ މީހާ ކުރެން ވޯޓުލާނީ ކޮން ކަމަކަށްތޯ އެހެން މީހަކަށް އެނގޭ ގޮތަށް އަމަލުކުރުމަކީ، ވޯޓުލުމުގެ މިނިވަންކަމަށް ބުރޫ އަރާނެ ކަމެއް ކަމަށް ސިޔާސީ ތަޖުރިބާކާރުން ވަނީ ފާހަގަކުރައްވާފަ އެވެ.

އިންތިހާބުތަކުގެ ނަތީޖާ ސަރުކާރުން ބޭނުންވާ ގޮތަށް ނެރުމަށްޓަކައި އިސީ އިން ގާނޫނާ ހިލާފު އެތައްކަމެއް ކުރަމުންދާކަމަށް އިދިކޮޅު ފަރާތްތަކުން ދަނީ ތުހުމަތުކުރަމުންނެވެ. 

އަލްއުސްތާޛު ޙުސްނުއްސުޢޫދުއިލެކްޝަންސް ކޮމިޝަންލޯކަލް ކައުންސިލް އިންތިޚާބު 2026ޚިޔާލު ހޯދުމުގެ ވޯޓު

އިތުރަށް ކިޔާލަން

31 މާރިޗު 2026

ކޯޓުގެ ރަޖިސްޓްރާ އެދުނީ ނުހިނގާ ކަމެއް ސާބިތު ކޮށްދިނުމަށް، އެކަން ފާހަގަ ކުރެވުނީ ގާނޫނީ ކަމަކަށް ވުރެ ބޮޑަށް ހެއްވާ ކަމެއްގެ ގޮތުގައި: މައުރޫފް

31 މާރިޗު 2026
ކޯޓުގެ ރަޖިސްޓްރާ އެދުނީ ނުހިނގާ ކަމެއް ސާބިތު ކޮށްދިނުމަށް، އެކަން ފާހަގަ ކުރެވުނީ ގާނޫނީ ކަމަކަށް ވުރެ ބޮޑަށް ހެއްވާ ކަމެއްގެ ގޮތުގައި: މައުރޫފް
31 މާރިޗު 2026

ގާނޫނަށް ގެންނަ އިސްލާހުގެ ސަބަބުން ދެން ވާނެ ގޮތެއް ނޭނގޭ، ނޫނެކޭ ބުނަން ޖެހެނީ މި އިސްލާހުން އޮޅުންބޮޅުން އަރާތީ: ގާނޫނީ ވަކީލު މަހުފޫޒު

31 މާރިޗު 2026
ގާނޫނަށް ގެންނަ އިސްލާހުގެ ސަބަބުން ދެން ވާނެ ގޮތެއް ނޭނގޭ، ނޫނެކޭ ބުނަން ޖެހެނީ މި އިސްލާހުން އޮޅުންބޮޅުން އަރާތީ: ގާނޫނީ ވަކީލު މަހުފޫޒު
31 މާރިޗު 2026

ފެންނަ ނުފެންނަ ވޯޓު ކާމިޔާބުކޮށް ރައްޔިތުން ސަލާން ޖަހަން މުލިއާގެއަށް ދާންޖެހޭ ހިސާބަށް ކަންކަން ދާނެ: އާޒިމް

31 މާރިޗު 2026
ފެންނަ ނުފެންނަ ވޯޓު ކާމިޔާބުކޮށް ރައްޔިތުން ސަލާން ޖަހަން މުލިއާގެއަށް ދާންޖެހޭ ހިސާބަށް ކަންކަން ދާނެ: އާޒިމް
31 މާރިޗު 2026

ކުޅުދުއްފުށީ ސިޓީގެ ތަރައްޤީ އާއި ތިލަފަތުގެ ރަމްޒާއި އޮތް ގުޅުން އާތިފް ވިދާޅުވެ ދެއްވީ ތަފާތު ގޮތަކަށް

31 މާރިޗު 2026
ކުޅުދުއްފުށީ ސިޓީގެ ތަރައްޤީ އާއި ތިލަފަތުގެ ރަމްޒާއި އޮތް ގުޅުން އާތިފް ވިދާޅުވެ ދެއްވީ ތަފާތު ގޮތަކަށް
30 މާރިޗު 2026

އިންތިހާބުތައް ބޯމަތިވެފަ ވަނިކޮށް، ފިނިޝިން ޑިސްކައުންޓުގެ ގޮތުގަ ގަވާއިދުުން ކުލި ދައްކަމުންދާ ހިޔާ ފްލެޓުތަކުގެ ދެ އަހަރުގެ ކުލި ކަނޑާލައިފި

30 މާރިޗު 2026
އިންތިހާބުތައް ބޯމަތިވެފަ ވަނިކޮށް، ފިނިޝިން ޑިސްކައުންޓުގެ ގޮތުގަ ގަވާއިދުުން ކުލި ދައްކަމުންދާ ހިޔާ ފްލެޓުތަކުގެ ދެ އަހަރުގެ ކުލި ކަނޑާލައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު