Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ރަސްކަމަށް އިންގިލާބު ކުރުން

މިދަނީ ރަސްކަމަކާ ދިމާލަށް، އެކަން ބޭނުންވާނަމަ ފެންނަ ނުފެންނަ ވޯޓުގައި އާނއޭކޭ ބުނަންވީ: އަސްލަމް

ރިޔާސީ އިންތިޚާބާއި މަޖިލިސް އިންތިޚާބު އެއްކޮށް ބޭއްވުމަކީ މަޖިލިސް މެންބަރުން ރައީސުލްޖުމްހޫރިއްޔާގެ ނުފޫޒުގެ ދަށަށް ގޮސް، ރައްޔިތުން ތަމްސީލުކުރުން ގެއްލިގެންދާނެ ކަމެއް ކަމަށް ކުރީގެ މިނިސްޓަރު މުހައްމަދު އަސްލަމް ވިދާޅުވެއްޖެ. މިކަމުގައި ސަރުކާރުގެ ނުބައި ނިޔަތެއް އޮތްކަން ފާހަގަކުރައްވައި، މިއީ ގައުމުގެ މުސްތަގުބަލަށްޓަކައި "ނޫނެކޭ" ބުނަންޖެހޭ ކަމެއް ކަމަށާއި، މި ބަދަލާއެކު އިންތިޚާބީ ނިޒާމު އޮޅުވާލައި ގައުމު އަޅުވެތިކަމަކާ ދިމާއަށް ދަތުރުކޮށްފާނެ ކަމުގެ ބިރު އެބައޮތް ކަމަށްވެސް އޭނާ ވިދާޅުވި.

މަޚްތޫމް
މަޚްތޫމް, ރާއްޖެ އެމްވީ | 30 މާރިޗު 2026 | ހޯމަ 04:58
ކުރީގެ ހައުސިންގ މިނިސްޓަރ މުހައްމަދު އަސްލަމް.

ކުރީގެ ހައުސިންގ މިނިސްޓަރ މުހައްމަދު އަސްލަމް. | ރާއްޖެ އެމްވީ

މިހާރު ސަރުކާރުން ކުރަމުން އަންނަ ކަންކަން ރަސްކަމަކާ ދިމާލަށް ދާ ކަމަށާއި، އެކަން ބޭނުންނަމަ ފެންނަ ނުފެންނަ ވޯޓުގައި އާނއެކޭ ބުނަންވީ ކަމަށް ކުރީގެ ހައުސިންގ މިނިސްޓަރ މުހައްމަދު އަސްލަމް ވިދާޅުވެއްޖެ އެވެ.

ރާއްޖެޓީވީގެ ނޫނެކޭ ކެމްޕޭން ޕްރޮގްރާމުގައި ވާހަކަ ދައްކަވަމުން އަސްލަމް ވިދާޅުވީ ދެ އިންތިހާބު އެއްކުރަން ބުނެވޭނީ ކަނޑައެޅިގެން ނޫނެކޭ ކަމަށެވެ. އޭނާ ވިދާޅުވީ ރައްޔިތުން ތަމްސީލުކުރަން މަޖިލީހަށް ފޮނުވާ މެންބަރުންނަކީ، ރައީސުލްޖުމްހޫރިއްޔާ އޭނަގެ އިންތިޚާބުގެ ތެރޭގައި އޭނަގެ ބާރާ އެކީގައި އިންތިޚާބުކޮށްދޭ ބައެއްގެ ގޮތަށް ނުހެދުމަށްޓަކައި ކަމަށެވެ.

Advertisement - newsAdvertisement

އަސްލަމް ވިދާޅުވީ ދެ އިންތިހާބު އެއްކޮށްފިނަމަ މަޖިލީހުގެ މެންބަރުން ތިބޭނީ ރައީސުލްޖުމްހޫރިއްޔާގެ ދަށުގައި ކަމަށާއި، ރައީސުލްޖުމްހޫރިއްޔާ އެ މީހުން ގޮވައިގެން ގޮސް އިންތިޚާބު ކޮށްދޭން ޖެހޭނެ ކަމަށެވެ. އެހެންވީމާ ރައްޔިތުން ތަމްސީލުކުރާނެ ބަޔަކު ނުތިބޭނެ ކަމަށާއި، ރައީސުލްޖުމްހޫރިއްޔާ ތަމްސީލުކުރާނެ ބަޔަކު ތިބޭނީ ކަމަށް އޭނާ ވިދާޅުވި އެވެ.

އެ ރައީސުލްޖުމްހޫރިއްޔާގެ އިންތިޚާބުގައި ރައީސުލްޖުމްހޫރިއްޔާ އެ މީހުން ގޮވައިގެން ގޮސް މި އިންތިޚާބު ކޮށްދެނީ އަސްލު އެހެންވީމާ، ރައްޔިތުން ތަމްސީލުކުރާނެ ބަޔަކު ނުތިބޭނެ އޭރަކުންނެއް އިނގޭތޯ. ރައީސުލްޖުމްހޫރިއްޔާ ތަމްސީލުކުރާނެ ބަޔަކު އެރު ތިބެނީ. ދެން ތިބޭފުޅުން ކައިރިއަށް ނުވެސް އަންނާނެ މީހަކު. ފަސް އަހަރު ވަންދެން ނުވެސް އަންނާނީ އަސްލު. ވަރަށް ސާފުކޮށް އެނގޭނެ ދިވެހިރާއްޖޭގެ ރައްޔިތުންނަށް މިހާރު، މިކަން މި ވާ ގޮތް އަސްލު. 
ކުރީގެ ހައުސިންގ މިނިސްޓަރ މުހައްމަދު އަސްލަމް

އޭނާ ވިދާޅުވީ މިއީ ޕާޓީ ވިސްނުމެއްގައި ކުރާ ޒާތުގެ ކަމެއް ނޫން ކަމަށް ފާހަގަކުރެވޭ ކަމަށެވެ. ޤައުމުގެ މުސްތަޤުބަލަށްޓަކައި އަންނަން އޮތް ޖީލުތަކަށް ޓަކައި ލާންޖެހޭ ވޯޓެއް ކަމަށް އޭނާ ވިދާޅުވި އެވެ. ޕާޓީތަކުގެ ތެރޭގައި ތަފާތު ޚިޔާލުގެ މީހުން ތިބޭނެ ކަމަށާއި، އޭނާ ނިސްބަތްވާ ޕާޓީތެރޭގައި ވެސް ތަފާތު ބައެއް ބޭފުޅުން މަދުން ނަމަވެސް ތިބި ކަމަށް އަސްލަމް ވިދާޅުވިއެވެ. އެ ބޭފުޅުން މިއީ ޤައުމީ ކަމެއްގެ ގޮތުގައި ވިސްނަވައިގެން މިކަން ކުރައްވަން ޖެހޭ ކަމަށް އޭނާ ވިދާޅުވި އެވެ.

އަސްލަމް ވިދާޅުވީ މިކަމުގައި އޮތީ ސަރުކާރުގެ ނިޔަތް ވަރަށް ގޯސް ހަމަ ނުބައި ނިޔަތެއް ކަމަށެވެ. މިކަން ކޮށްފައި ދެން ކުރައްވާނެ ކަމަކީ އިންތިޚާބުގައި ނަތީޖާ ނެރޭގޮތް ބަދަލުކޮށްލައްވާނެ ކަމަށް އޭނާ ވިދާޅުވިއެވެ. ފަހަރެއްގައި ފަސްޓް ޕާސްޓް ދަ ޕޯސްޓް ވޯޓިން ސިސްޓަމަށް އަތުވެދާނެ ކަމަށާއި، ނޫނީ ޕްރެފަރެންޝަލް ވޯޓިންނަކަށް ރައްޔިތުންނަށް ނޭނގޭނޭއިރު ވޯޓު ގުނާއިރު ނަތީޖާ ނުކުންނަ ގޮތެއްވެސް ނޭނގޭނެ ކަމަށް އޭނާ ވިދާޅުވިއެވެ.

އަސްލަމް ވިދާޅުވީ ދެން ކުރައްވާނެ ކަމަކީ އިލެކްޓްރޯނިކް ވޯޓިންނަށް ދާނެ ކަމަށެވެ. މުސްތަޤުބަލުގައި ފެންނަ ނުފެންނަ ވޯޓަށް އާނއެކޭ ބުނެގެން ސަރުކާރަށް ކާމިޔާބުވެއްޖެ ކަމަށް ވާ ހަމަ ސީދާ އަޅުވެތިކަމާ ދިމާއަށް ދާނެ ކަމަށް އޭނާ ވިދާޅުވި އެވެ. މިދަނީ ރަސްކަމަކާ ދިމާއަށް ކަމަށާއި، ރަސްކަމަކަށް ބަދަލުކުރަން ވޯޓު ދޭން ބޭނުން ނަމަ މިއަށް އާނއެކޭ ބުނަންވީ ކަމަށް އަސްލަމް ވިދާޅުވި އެވެ.

މުހައްމަދު އަސްލަމްނޫނެކޭ ކެމްޕެއިންރައްޔިތުންގެ މަޖިލިސްއިލެކްޓްރޯނިކް ވޯޓިން

ކޮމެންޓް

އިތުރަށް ކިޔާލަން

ރާއްޖެ މިއޮތީ ރިފެރެންޑަމް އެއް ކުރިއަށް ގެންދަން ޖެހޭ ހާލަތެއްގައި ނޫން، އެކަން މި ކުރަނީ ރައީސް މުއިއްޒު ބޭނުންފުޅުވާ ގޮތަށް ހުރިހާ ބާރެއް ނެންގެވުމަށް މަގުފަހި ކުރަން: ބިގޭ

ރާއްޖެ މިއޮތީ ރިފެރެންޑަމް އެއް ކުރިއަށް ގެންދަން ޖެހޭ ހާލަތެއްގައި ނޫން، އެކަން މި ކުރަނީ ރައީސް މުއިއްޒު ބޭނުންފުޅުވާ ގޮތަށް ހުރިހާ ބާރެއް ނެންގެވުމަށް މަގުފަހި ކުރަން: ބިގޭ

29 މާރިޗު 2026
ޤާނޫނުއަސާސީއަށް އިސްލާޙު ގެނައީ ޒިންމާދާރުކަމާއެކީގައެއް ނޫން، އެއީ ޤާނޫނީ ގޮތުން ސުވާލު އުފެދޭ އުނި އިސްލާޙެއް: މުއިއްޒު

ޤާނޫނުއަސާސީއަށް އިސްލާޙު ގެނައީ ޒިންމާދާރުކަމާއެކީގައެއް ނޫން، އެއީ ޤާނޫނީ ގޮތުން ސުވާލު އުފެދޭ އުނި އިސްލާޙެއް: މުއިއްޒު

29 މާރިޗު 2026
ފެންނަ ނުފެންނަ ވޯޓުގެ ޤަރާރުގައި އެކަމަށް ތާއީދުކުރާ އަދި ދެކޮޅު ހަދާ ހުއްޖަތްތައް ހިމެނޭގޮތަށް ޤާނޫނު އިސްލާޙުކުރަން ޖެހޭ: ޓްރާންސްޕޭރެންސީ

ފެންނަ ނުފެންނަ ވޯޓުގެ ޤަރާރުގައި އެކަމަށް ތާއީދުކުރާ އަދި ދެކޮޅު ހަދާ ހުއްޖަތްތައް ހިމެނޭގޮތަށް ޤާނޫނު އިސްލާޙުކުރަން ޖެހޭ: ޓްރާންސްޕޭރެންސީ

29 މާރިޗު 2026
ޤާނޫނުއަސާސީއަށް ގެނައި އިސްލާޙަކީ މުޅި ޤާނޫނުއަސާސީގެ އަސާސީ އޮނިގަނޑަށް ބަދަލު އަންނަފަދަ އިސްލާޙެއް: ޝަމްސުލް ފަލާޙު

ޤާނޫނުއަސާސީއަށް ގެނައި އިސްލާޙަކީ މުޅި ޤާނޫނުއަސާސީގެ އަސާސީ އޮނިގަނޑަށް ބަދަލު އަންނަފަދަ އިސްލާޙެއް: ޝަމްސުލް ފަލާޙު

29 މާރިޗު 2026
ދެ އިންތިޚާބު އެއް ދުވަހެއްގައި ބޭއްވުމަކީ ޚުދުމުޚުތާރުވުމުގެ ވިސްނުމެއްކަން ފާހަގަ ކުރައްވައި ޑރ މުނައްވަރުވެސް ނޫނެކޭ ވިދާޅުވެއްޖެ!

ދެ އިންތިޚާބު އެއް ދުވަހެއްގައި ބޭއްވުމަކީ ޚުދުމުޚުތާރުވުމުގެ ވިސްނުމެއްކަން ފާހަގަ ކުރައްވައި ޑރ މުނައްވަރުވެސް ނޫނެކޭ ވިދާޅުވެއްޖެ!

28 މާރިޗު 2026

އަހަރުތަކުން މިއަދު

20 އެޕްރީލު
ބޭނުން ދީނަކަށް އުޅުމުގެ މިނިވަންކަން ދިނުމަށް ގޮވާލާ އދ އަށް ހުށަހެޅި ގަރާރަށް ރާއްޖެއިން ޖެހީ ހެޔޮ ފާހަގައެއް
20251 އަހަރު ކުރިން
ރާއްޖެ

ބޭނުން ދީނަކަށް އުޅުމުގެ މިނިވަންކަން ދިނުމަށް ގޮވާލާ އދ އަށް ހުށަހެޅި ގަރާރަށް ރާއްޖެއިން ޖެހީ ހެޔޮ ފާހަގައެއް

ރައްޔިތުން މަޖިލީހުގެ އިންތިޚާބުގެ ވޯޓުލުން ފަށައިފި
20242 އަހަރު ކުރިން
ރާއްޖެ

ރައްޔިތުން މަޖިލީހުގެ އިންތިޚާބުގެ ވޯޓުލުން ފަށައިފި

ރަންތާޖު ޤުރުއާން މުބާރާތުން ވަކިވެގެންދާ ދެ ބައިވެރިން އިއުލާންކޮށްފި
20233 އަހަރު ކުރިން
ރާއްޖެ

ރަންތާޖު ޤުރުއާން މުބާރާތުން ވަކިވެގެންދާ ދެ ބައިވެރިން އިއުލާންކޮށްފި

ޕައިނަޕަލް އަޕް ސައިޑް ޑައުން ކޭކް
20224 އަހަރު ކުރިން
ލައިފް ސްޓައިލް

ޕައިނަޕަލް އަޕް ސައިޑް ޑައުން ކޭކް

އުއްތަމަފަނޑިޔާރު މުއުތަސިމް އަދުނާނުގެ މައިކަނބަލުން އަވަހާރަވެއްޖެ
20215 އަހަރު ކުރިން
ރާއްޖެ

އުއްތަމަފަނޑިޔާރު މުއުތަސިމް އަދުނާނުގެ މައިކަނބަލުން އަވަހާރަވެއްޖެ

ލަންކާގައި ދިން ބޮމުގެ ހަމަލާ: ބޮންގޮއްވި މީހުން އުފުލި ވޭނު ފުލުހުންގެ ބެލުމުގެ ދަށަށް
20197 އަހަރު ކުރިން
ދުނިޔެ

ލަންކާގައި ދިން ބޮމުގެ ހަމަލާ: ބޮންގޮއްވި މީހުން އުފުލި ވޭނު ފުލުހުންގެ ބެލުމުގެ ދަށަށް

ވަޒީރު އަތަށް ފިހިގަނޑު ދިނުމަކުން މާލެ ސާފެއް ނުވާނެ!
20188 އަހަރު ކުރިން
ރިޕޯޓު

ވަޒީރު އަތަށް ފިހިގަނޑު ދިނުމަކުން މާލެ ސާފެއް ނުވާނެ!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު