Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެއީރާން ހަނގުރާމަ

އީޔޫ އިން އޮތީ ގަލްފުގެ ޤައުމުތަކާ އެކު ކަމަށް ހާމަ ކޮށްފި

30 މާރިޗު 2026 | ހޯމަ 08:46

އީރާންގެ ހަމަލާ ތަކުގެ ސަބަބުން، ސަރަހައްދީ ސަލާމަތަށް ނުރައްކާވަމުންދާ ކަަމަށް ވެސް، އީޔޫގެ އިސްވެރިޔާ ވަނީ ފާހަގަ ކުރައްވާފައި.

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 30 މާރިޗު 2026 | ހޯމަ 08:46
ޔޫރަޕިއަން ކައުންސިލްގެ ރައީސް އެންޓޯނިއޯ ކޮސްޓާ.

ޔޫރަޕިއަން ކައުންސިލްގެ ރައީސް އެންޓޯނިއޯ ކޮސްޓާ. | އޭޕީ

އެމެރިކާ އާއި އިޒްރޭލް އިން އީރާންއާ ދެކޮޅަށް ކުރަމުން އަންނަ ހަނގުރާމައިގެ ސަބަބުން، ރައްދުގައި އީރާން އިން ހަމަލާ ތަކެއް ދެމުން އަންނައިރު، ޔޫރަޕިއަން ޔޫނިއަން (އީޔޫ) އޮތީ ގަލްފު ކޯޕަރޭޝަން ކައުންސިލް (ޖީސީސީ)ގެ ޤައުމުތަކާ އެކު، ސާބިތުކަން މަތީ ކަމަށް އެ އިއްތިހާދުން ހާމަ ކޮށްފި އެވެ. 

އީޔޫ ކައުންސިލްގެ ރައީސް އެންޓޯނިއޯ ކޮސްޓާ އާދީއްތަ ދުވަހު ވިދާޅުވީ، އީރާން އިން ދެމުން އަންނަ ހަމަލާ ތަކަކީ ވަގުތުން ހުއްޓާލަން ޖެހޭ ހަމަލާ ތަކެއް ކަމަށެވެ.

އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ކޮސްޓާ ވިދާޅުވީ، އާދީއްތަ ދުވަހު ޔުނައިޓެޑު އަރަބް އެމިރޭޓްސް (ޔޫއޭއީ)ގެ ރައީސް ޝެއިޚް މުޙައްމަދު ބިން ޒައިދު އަލް ނަޙްޔާން އަށް ފޯނުން ގުޅުއްވައި މަޝްވަރާ ކުރައްވާފައިވާ ކަމަށެވެ. އެ ފޯނު ކޯލުގައި، އީރާންގެ ހަމަލާ ތަކުގެ އަސަރު އެންމެ ބޮޑަށް ކުރި އެއް ޤައުމު ކަމަަށްވާ، ޔޫއޭއީ އާއެކު އީޔޫ އޮތްކަން ކޮސްޓާ ވަނީ ތަކުރާރުކޮށް ވިދާޅުވެފަ އެވެ. 

ސައުދީ އަރަބިއްޔާ، ބަހްރެއިން، ކުވެއިތު، ޤަތަރު، އޮމާން އަދި ޔޫއޭއީ ހިމެނޭހެން ގަލްފު ކޯޕަރޭޝަން ކައުންސިލްގެ ޤައުމު ތަކަށް އީރާން އިން ހަމަލާ ދޭ ކަމަށް ބުނެ، އީޔޫ އިން ކަންބޮޑުން ފާޅު ކޮށްފައިވާއިރު، މިއީ އެމެރިކާ އާއި އިޒްރޭލް އިން އީރާންއާ ދެކޮޅަށް ފެށި ހަނގުރާމަ އެކެވެ. މިދިޔަ ފެބްރުވަރީ މަހުގެ 28 ވަނަ ދުވަހު އެމެރިކާ އާއި އިޒްރޭލް އިން އީރާން އަށް ހަމަލާ ދޭން ފެށުމާ ގުޅިގެން، އީރާން އިން އަންނަނީ މެދު އިރުމަތީގައި ހުރި އެމެރިކާގެ އަމާޒު ތަކަށް ހަމަލާ ދެމުންނެވެ. 

މެދު އިރުމަތީގެ މަސްރަހު ނުތަނަވަސްވެފައިވާ މި ދަނޑިވަޅުގައި، އީޔޫ އިން ވަނީ ސަރަހައްދީ ހަމަޖެހުން ޤާއިމު ކުރުމަށް ގަލްފުގެ ޤައުމު ތަކުން ކުރަމުންދާ މަސައްކަތް ތަަކަށް ފުރިހަމަ އަށް އެއްބާރުލުން ދޭނެ ކަމުގެ ޔަޤީންކަން ދީފަ އެވެ. އަދި އީރާންގެ ހަމަލާ ތަކުގެ ސަބަބުން، ސަރަހައްދީ ސަލާމަތަށް ނުރައްކާވަމުންދާ ކަަމަށް ވެސް، އީޔޫގެ އިސްވެރިޔާ ވަނީ ފާހަގަ ކުރައްވައިފަ އެވެ. 

މަސްދަރު: ރޮއިޓާސް

އެމެރިކާ-އިޒްރޭލް-އިރާން ހަނގުރާމަ ގަލްފްޔޫރަޕިއަން ކައުންސިލްގެ ރައީސް އެންޓޯނިއޯ ކޮސްޓާއީޔޫ

އެންމެ ހިނގާ

1

ޑޮލަރުގެ އަގު ދަށަކަށް ނުދާނެ، އެއީ ސަރުކާރަށް ވެސް ކުރެވޭނެ ކަމެއް ނޫން: އުއްޗު

2

އީރާނުގެ ހަމަލާތަކުން ލިބޭ ގެއްލުންތައް އާންމުވާތީ އެމެރިކާގެ އަސްކަރިއްޔާއިން ކަންބޮޑުވެއްޖެ، މަންޒަރުތައް ރެކޯޑް ނުކުރަން އިންޒާރުދީ، ފޯނުތައް އަތުލަނީ

3

ސައުދީ އަރަބިއްޔާ ތޫފާނެއްގެ މެދުގައި، ތިން ދިމާލަކުން ދެކޮޅުވެރިން ވަށާލައިފި

4

ފޭކް ބުކިންގ ހަދައިގެން ކެންސަލްކުރުމަށްފަހު، ރިފަންޑު ހޯދުމަށް ހިންގާ ސްކޭމްތައް އިތުރުވަނީ!

5

މިނިވަންދުވަހުގެ ކުޅަދާނަ ސްޕީޗާއެކު "ނމކޢވ" ގެ ލަގަބު

އިތުރަށް ކިޔާލަން

30 މާރިޗު 2026

ކުވެއިތުގެ ކަރަންޓު އުފައްދާ މަރުކަޒަކަށް އީރާން އިން ދިން ހަމަލާގައި އެކަކު މަރުވެއްޖެ

30 މާރިޗު 2026
ކުވެއިތުގެ ކަރަންޓު އުފައްދާ މަރުކަޒަކަށް އީރާން އިން ދިން ހަމަލާގައި އެކަކު މަރުވެއްޖެ
30 މާރިޗު 2026

އެމެރިކާގެ ގިނަ ޝަރުތު ތަކަށް އީރާން އިން އެއްބަސްވެއްޖެ: ޓްރަމްޕް

30 މާރިޗު 2026
އެމެރިކާގެ ގިނަ ޝަރުތު ތަކަށް އީރާން އިން އެއްބަސްވެއްޖެ: ޓްރަމްޕް
30 މާރިޗު 2026

އީރާންގެ ވެރިކަން ބަދަލުވެއްޖެ، ވަރަށް އަވަހަށް ހަމަޖެހުން އަތުވެދާނެ: ޓްރަމްޕް

30 މާރިޗު 2026
އީރާންގެ ވެރިކަން ބަދަލުވެއްޖެ، ވަރަށް އަވަހަށް ހަމަޖެހުން އަތުވެދާނެ: ޓްރަމްޕް
29 މާރިޗު 2026

އީރާން ނިކަމެތި ކުރުމަށް، ހަނގުރާމަ ދިގު ދަންމާލަން ޖެހޭ: އެމެރިކާގެ ނައިބު ރައީސް ވޭންސް

29 މާރިޗު 2026
އީރާން ނިކަމެތި ކުރުމަށް، ހަނގުރާމަ ދިގު ދަންމާލަން ޖެހޭ: އެމެރިކާގެ ނައިބު ރައީސް ވޭންސް
29 މާރިޗު 2026

އީރާންއާ ދެކޮޅަށް ކުރާ ހަނގުރާމަ ހުއްޓާލުމަށް ގޮވާލައި އިޒްރޭލްގައި މުޒާހަރާ ކޮށްފި

29 މާރިޗު 2026
އީރާންއާ ދެކޮޅަށް ކުރާ ހަނގުރާމަ ހުއްޓާލުމަށް ގޮވާލައި އިޒްރޭލްގައި މުޒާހަރާ ކޮށްފި
29 މާރިޗު 2026

ގަލްފުގެ ގައުމުތަކަށް އަމާޒުކޮށް ދެމުންދާ ހަމަލާތަކުގެ ސަބަބުން ދުނިޔޭގެ ބާޒާރަށް ބޭނުންވާ ތެލާއި، ބޭސްފަރުވާގެ ސާމާނު ފޯރުކޮށްދިނުމަށް ބޮޑެތި ގޮންޖެހުންތަކެއް!

29 މާރިޗު 2026
ގަލްފުގެ ގައުމުތަކަށް އަމާޒުކޮށް ދެމުންދާ ހަމަލާތަކުގެ ސަބަބުން ދުނިޔޭގެ ބާޒާރަށް ބޭނުންވާ ތެލާއި، ބޭސްފަރުވާގެ ސާމާނު ފޯރުކޮށްދިނުމަށް ބޮޑެތި ގޮންޖެހުންތަކެއް!
29 މާރިޗު 2026

އެއްގަމު މަގުން ސިފައިން ބޭނުން ނުކޮށް ވެސް، އީރާން ހަނގުރާމަ ކާމިޔާބު ކުރެވޭނެ: ރޫބިއޯ

29 މާރިޗު 2026
އެއްގަމު މަގުން ސިފައިން ބޭނުން ނުކޮށް ވެސް، އީރާން ހަނގުރާމަ ކާމިޔާބު ކުރެވޭނެ: ރޫބިއޯ
29 މާރިޗު 2026

ޓްރަމްޕްއާ ދެކޮޅަށް "ނޯ ކިންގްސް"ގެ ނަމުގައި އެމެރިކާގެ 3،200 އަށް ވުރެ ގިނަ ސަރަހައްދު ތަކުގައި މުޒާހަރާ ކުރަނީ

29 މާރިޗު 2026
ޓްރަމްޕްއާ ދެކޮޅަށް "ނޯ ކިންގްސް"ގެ ނަމުގައި އެމެރިކާގެ 3،200 އަށް ވުރެ ގިނަ ސަރަހައްދު ތަކުގައި މުޒާހަރާ ކުރަނީ
28 މާރިޗު 2026

ހަނގުރާމައިގެ ތެރެއަށް ވަދެ، ހޫޘީން އިޒްރޭލަށް ފުރަތަމަ ފަހަރަށް ހަމަލާ ދީފި

28 މާރިޗު 2026
ހަނގުރާމައިގެ ތެރެއަށް ވަދެ، ހޫޘީން އިޒްރޭލަށް ފުރަތަމަ ފަހަރަށް ހަމަލާ ދީފި
28 މާރިޗު 2026

ވަލީ އަހުދު މުޙައްމަދަކީ ވަރަށް ގާތް އެކުވެރިއެއް، އެއީ ސައުދީ އިން ފަޚުރުވެރިވާން ޖެހޭ ލީޑަރެއް: ޓްރަމްޕް

28 މާރިޗު 2026
ވަލީ އަހުދު މުޙައްމަދަކީ ވަރަށް ގާތް އެކުވެރިއެއް، އެއީ ސައުދީ އިން ފަޚުރުވެރިވާން ޖެހޭ ލީޑަރެއް: ޓްރަމްޕް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް