Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުބާސެލޯނާ

ބާސެލޯނާގެ ރައީސް ކަމަށް ވާދަ ކުރަން ޝަރުތު ހަމަވީ ލަޕޯޓާ އާއި ފޮންޓް އެކަނި

ދެ ވަނަ ދައުރަކަށް ބާސެލޯނާގެ ރައީސްކަން ކުރަމުން އަންނަ ލަޕޯޓާ ވަނީ 8،170 ސޮއި ހުށަހަޅާފައި. އޭގެ ތެރެއިން ޞައްޙަ ސޮއި ކަމަށް އިންތިޚާބީ ކޮމެޓީ އިން ނިންމާފައި ވަނީ 7،225 ސޮއި. އެންމެ ފަހުން 2021 ވަނަ އަހަރު އޮތް އިންތިޚާބުގައި ވެސް ލަޕޯޓާއާ ވާދަ ކުރި ފޮންޓް މިފަހަރު ވެސް ވާދަ ކުރާއިރުު، އޭނާ ހުށަހަޅާފައި ވަނީ 5،144 ސޮއި. އޭގެ ތެރެއިން އިންތިޚާބީ ކޮމެޓީ އިން ޞައްޙަ ކަމަށް ނިންމާފައި ވަނީ 4.440 ސޮއި.

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 8 މާރިޗު 2026 | އާދީއްތަ 04:51
ބާސެލޯނާގެ ރައީސް ކަމަށް ވާދަ ކުރާ ލަޕޯޓާ އާއި ފޮންޓް

ބާސެލޯނާގެ ރައީސް ކަމަށް ވާދަ ކުރާ ލަޕޯޓާ އާއި ފޮންޓް | ރޮއިޓާސް

މި މަހު އޮންނަ ބާސެލޯނާގެ އިންތިޚާބުގައި އެ ކުލަބުގެ ރައީސް ކަަމަށް ވާދަ ކުރުމަށް ޝަރުތު ހަމަވީ، މިހާރުގެ ރައީސް ޖޯން ލަޕޯޓާ އާއި، ވިކްޓާ ފޮންޓު އެކަނި ކަމަށް އެ ކުލަބުން ހާމަ ކޮށްފި އެވެ.

ބާސެލޯނާގެ އިންތިޚާބު އޮންނާނީ މާޗު މަހުގެ 15 ވަނަ ދުވަހު އެވެ. އިންތިޚާބަށް ކުރިމަތިލުމަށް ދިން ފުރުސަތު ހަމަވެ، ހުކުރު ދުވަހުން ފެށިގެން ވަނީ ރަސްމީކޮށް ކެމްޕެއިން ކުރުމުގެ ފުރުސަތު ކެންޑިޑޭޓުންނަށް ދީފަ އެވެ. މި އިންތިޚާބުގައި ވާދަ ކުރާ ފަރާތް ތަކުން، ވަކި އަދަދަކަށް ތާއީދު ސޮއި ހުށަހަޅަން ޖެހެ އެވެ.

ދެ ވަނަ ދައުރަކަށް ބާސެލޯނާގެ ރައީސްކަން ކުރަމުން އަންނަ ލަޕޯޓާ ވަނީ 8،170 ސޮއި ހުށަހަޅައިފަ އެވެ. އޭގެ ތެރެއިން ޞައްޙަ ސޮއި ކަމަށް އިންތިޚާބީ ކޮމެޓީ އިން ނިންމާފައި ވަނީ 7،225 ސޮއި އެވެ. މިއީ މި އިންތިޚާބުގައި ވާދަ ކުރުމަށް ހުށަހެޅި އެންމެ ގިނަ ސޮއި އެވެ. 

އެންމެ ފަހުން 2021 ވަނަ އަހަރު އޮތް އިންތިޚާބުގައި ވެސް ލަޕޯޓާއާ ވާދަ ކުރި ފޮންޓް މިފަހަރު ވެސް ވާދަ ކުރާއިރުު، އޭނާ ހުށަހަޅާފައި ވަނީ 5،144 ސޮއި އެވެ. އޭގެ ތެރެއިން އިންތިޚާބީ ކޮމެޓީ އިން ޞައްޙަ ކަމަށް ނިންމާފައި ވަނީ 4.440 ސޮއި އެވެ. 

މި އިންތިޚާބުގައި ވާދަ ކުރުމަށް ދެން ހުށަހަޅާފައި ވަނީ މާކް ސިރިއާ އެވެ. އޭނާ 2،845 ސޮއި ހުށަހެޅިއިރު، އިންތިޚާބީ ކޮމެޓީ އިން ޞައްޙަ ކަމަށް ނިންމީ 2،247 ސޮއި އެވެ. އިންތިޚާބުގައި ވާދަ ކުރުމުގެ ޝަރުތު ހަމަވާނީ އެންމެ މަދުވެގެން 2،337 ސޮއި ހުށަހަޅައިގެން ކަމަށްވާއިރު، އޭނާ އަށް އެ އަދަދު ހަމަނުވާތީ ޝަރުތު ހަމައެއް ނުވި އެވެ. 

އެހެންކަމުން މިފަހަރުގެ އިންތިޚާބުގައި ވެސް ވާދަ ކުރާނީ ލަޕޯޓާ އާއި ފޮންޓް އެވެ. މީޑިއާ ތަކުގައި ބުނެފައިވާ ގޮތުން މިފަހަރުގެ އިންތިޚާބުގައި ވެސް ފޮންޓްގެ މައްޗަށް ކުރި ހޯދައި، ބާސެލޯނާގެ ރައީސް ކަމުގެ ތިން ވަނަ ދައުރެއް ލަޕޯޓާ ހޯދުމުގެ ފުރުސަތު ވަރަށް ބޮޑެވެ. 

2021 ވަނަ އަހަރުގެ އިންތިޚާބުގައި ލަޕޯޓާއާ ވާދަ ކޮށް ފޮންޓް އަށް ލިބިފައި ވަނީ 30 އިންސައްތަ ވޯޓެވެ.

ޖޮއާން ލަޕޯޓާވިކްޓާ ފޮންޓްބާސެލޯނާ

އިތުރަށް ކިޔާލަން

08 މާރިޗު 2026

ޔަމާލްގެ ލަނޑުން މޮޅުވެ، ބާާސެލޯނާ އިން ލީޑު ފުޅާ ކޮށްފި

08 މާރިޗު 2026
ޔަމާލްގެ ލަނޑުން މޮޅުވެ، ބާާސެލޯނާ އިން ލީޑު ފުޅާ ކޮށްފި
04 މާރިޗު 2026

ދިރާގަށް މޮބައިލް ވާރލްޑް ކޮންގްރެސްގައި އޫކްލާގެ 3 އެވޯޑެއް ލިބިއްޖެ

04 މާރިޗު 2026
ދިރާގަށް މޮބައިލް ވާރލްޑް ކޮންގްރެސްގައި އޫކްލާގެ 3 އެވޯޑެއް ލިބިއްޖެ
04 މާރިޗު 2026

ދެ ވަނަ ލެގުން މޮޅުވި ނަމަވެސް، ބާސެލޯނާ ކަޓައިފި

04 މާރިޗު 2026
ދެ ވަނަ ލެގުން މޮޅުވި ނަމަވެސް، ބާސެލޯނާ ކަޓައިފި
03 މާރިޗު 2026

އަމިއްލަ ދަނޑުގައި ރެއާލް އިން ގެޓާފޭގެ އަތް ދަށުވެ، ބާސެލޯނާ އަށް ހަތަރު ޕޮއިންޓުގެ ލީޑެއް

03 މާރިޗު 2026
އަމިއްލަ ދަނޑުގައި ރެއާލް އިން ގެޓާފޭގެ އަތް ދަށުވެ، ބާސެލޯނާ އަށް ހަތަރު ޕޮއިންޓުގެ ލީޑެއް
01 މާރިޗު 2026

ފްލިކްގެ 100 ވަނަ މެޗުން މޮޅުވެ، ބާސެލޯނާާ އިން ލީޑު ފުޅާ ކޮށްފި

01 މާރިޗު 2026
ފްލިކްގެ 100 ވަނަ މެޗުން މޮޅުވެ، ބާސެލޯނާާ އިން ލީޑު ފުޅާ ކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު