Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރު
ބާސެލޯނާ

އަލުން އެނބުރި ބާސެލޯނާ އަށް ނުދާނެ ކަމަށް ޒަވީ ބުނެފި

ކުޅުންތެރިޔެއްގެ ހައިސިއްޔަތުންނާއި، ކޯޗެއްގެ ހައިސިއްޔަތުން ބާސެލޯނާގައި ބާސެލޯނާގައި އޭނާގެ ވަގުތުތައް ނިމިފައިވާ ކަމަށް ޒަވީ ބުނި.

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް, ރާއްޖެ އެމްވީ | 10 މާރިޗު 2026 | އަންގާރަ 05:18
މީގެ ކުރިން ބާސެލޯނާ އަށް އިރުޝާދު ދިން ޒަވީ

މީގެ ކުރިން ބާސެލޯނާ އަށް އިރުޝާދު ދިން ޒަވީ | ރޮއިޓާސް

އަލުން އެނބުރި ބާސެލޯނާ އަށް ނުދާނެ ކަމަށް، އެ ކުލަބުގެ ކުރީ ކޯޗު ޒަވީ ހެނާންޑޭޒް ބުނެފި އެވެ.

ބާސެލޯނާގެ ކުޅުންތެރިޔެއްގެ ގޮތުގައި ކުޅެފައިވާ، އަދި އެ ކުލަބުގެ ކެޕްޓަންކަން ވެސް ކޮށްފައިވާ ޒަވީ، އެ ކުލަބުގެ ކޯޗުކަމާ ހަވާލުވީ 2021 ވަނަ އަހަރު އެވެ. ބާސެލޯނާ އާއެކު ޒަވީ ސޮއި ކޮށްފައި އޮތް އެއްބަސްވުމުގެ މުއްދަތު 2024 ވަނަ އަހަރަށް ހަމަވާން އޮތްއިރު، އެއްބަސްވުން ހަމަވުމުގެ ކުރިން ޒަވީ ވަނީ އެ ކުލަބުގެ ކޯޗުކަން ދޫކޮށްލައިފަ އެވެ.

ބާސެލޯނާގެ ކޯޗުކަން ދޫކޮށްލުމަށް ފަހު މިހާތަނަށް ޒަވީ އެއްވެސް ޓީމަކާ ހަވާލުވެފައި ނުވެ އެވެ. ނަަމަވެސް، ޒަވީ އަށް ބައެއް ކުލަބު ތަކުން ހުށަހެޅުން ލިބެމުން އަންނަ ކަމަށާއި، އޭގެ ތެރޭގައި ސައުދީ ޕްރޯ ލީގުގެ ކުލަބުތައް ހިމެނޭ ކަމަށް ރިޕޯޓު ތަކުގައި ބުނެފަ އެވެ. ދާދި ފަހުން ޒަވީ ދިން އިންޓަވިޔުއެއްގައި އޭނާ ބުނީ، ބާސެލޯނާގެ ކޯޗުކަމާ ދެން ހަވާލު ނުވާނެ ކަމަށާއި، އެ ކުލަބަށް އެނބުރި ނުދާނެ ކަމަށެވެ. އެއާ އެކު، ކުޅުންތެރިޔެއްގެ ހައިސިއްޔަތުންނާއި، ކޯޗެއްގެ ހައިސިއްޔަތުން ބާސެލޯނާގައި ބާސެލޯނާގައި އޭނާގެ ވަގުތުތައް ނިމިފައިވާ ކަމަށް ޒަވީ ބުންޏެވެ.

މީގެ އިތުރުން ޒަވީ ބުނީ ބާސެލޯނާގައި އޭނާ އަށް ކާމިޔާބު ދުވަސް ތަކެއް ހޭދަ ކުރެވުނު ކަމަށް ޤަބޫލު ކުރާ ކަމަށެެވެ. އެގޮތުން ބާސެލޯނާ އިން ސްޕެނިޝް ލީގު ކާމިޔާބު ކޮށްފައިވާ ކަމަށް ފާހަގަކޮށް ޒަވީ ބުނީ، ވާދަވެރި ރެއާލް މެޑްރިޑުގެ ކުޅުންތެރިންނާ އެ ޓީމުން ވާދަކޮށްފައިވާ ކަަމަށެވެ. އެގޮތުން ރެއާލްގައި ތިބި ޔުއެފާ ޗެމްޕިއަންސް ލީގު ކާމިޔާބު ކުރި ކުޅުންތެރިން ކަމަށްވާ ޓޯނީ ކްރޫސް އާއި، ލޫކާ މޮޑްރިޗް ފަދަ ކުޅުންތެރިންނާ ދެކޮޅަށް ބާސެލޯނާ އިން މޮޅަށް ކުޅުނު ކަމަށް ޒަވީ ފާހަގަ ކުރި އެވެ. 

ޒަވީގެ އިރުޝާދުގެ ދަށުން ބާސެލޯނާ އިން ވަނީ 142 މެޗު ކުޅެފަ އެވެ. އޭގެ ތެރެއިން އެ ކުލަބު މޮޅުވެފައި ވަނީ 89 މެޗުންނެވެ. 24 މެޗުން އެއްވަރުވެފައިވާއިރު، 29 މެޗުން ވަނީ ބަލިވެފަ އެވެ. އޭނާގެ އިރުޝާދުގެ ދަށުން ބާސެލޯނާ އިން ވަނީ ސްޕެނިޝް ލީގުގެ އިތުރުން، ސްޕެނިޝް ސުޕަ ކަޕް ކާމިޔާބު ކޮށްފަ އެވެ. 

ބާސެލޯނާޒަވީ

ކޮމެންޓް

އިތުރަށް ކިޔާލަން

މެސީ ހުރީ ބާސެލޯނާ އަށް އަންނަން ތައްޔާރަށް، އެކަން ހުއްޓުވީ ލަޕޯޓާ: ޒަވީ

މެސީ ހުރީ ބާސެލޯނާ އަށް އަންނަން ތައްޔާރަށް، އެކަން ހުއްޓުވީ ލަޕޯޓާ: ޒަވީ

09 މާރިޗު 2026
ބާސެލޯނާގެ ރައީސް ކަމަށް ވާދަ ކުރަން ޝަރުތު ހަމަވީ ލަޕޯޓާ އާއި ފޮންޓް އެކަނި

ބާސެލޯނާގެ ރައީސް ކަމަށް ވާދަ ކުރަން ޝަރުތު ހަމަވީ ލަޕޯޓާ އާއި ފޮންޓް އެކަނި

08 މާރިޗު 2026
ޔަމާލްގެ ލަނޑުން މޮޅުވެ، ބާާސެލޯނާ އިން ލީޑު ފުޅާ ކޮށްފި

ޔަމާލްގެ ލަނޑުން މޮޅުވެ، ބާާސެލޯނާ އިން ލީޑު ފުޅާ ކޮށްފި

08 މާރިޗު 2026
ދިރާގަށް މޮބައިލް ވާރލްޑް ކޮންގްރެސްގައި އޫކްލާގެ 3 އެވޯޑެއް ލިބިއްޖެ

ދިރާގަށް މޮބައިލް ވާރލްޑް ކޮންގްރެސްގައި އޫކްލާގެ 3 އެވޯޑެއް ލިބިއްޖެ

04 މާރިޗު 2026
ދެ ވަނަ ލެގުން މޮޅުވި ނަމަވެސް، ބާސެލޯނާ ކަޓައިފި

ދެ ވަނަ ލެގުން މޮޅުވި ނަމަވެސް، ބާސެލޯނާ ކަޓައިފި

04 މާރިޗު 2026

އަހަރުތަކުން މިއަދު

2 އެޕްރީލު
ރައީސް މުއިއްޒު މިއުޅުއްވަނީ ދުނިޔޭގެ އެންމެ ބޮޑު މަހުޖަނަށް ހެދިގެންތޯއެވެ.
20251 އަހަރު ކުރިން
ރިޕޯޓު

ރައީސް މުއިއްޒު މިއުޅުއްވަނީ ދުނިޔޭގެ އެންމެ ބޮޑު މަހުޖަނަށް ހެދިގެންތޯއެވެ.

އެސްޓްރަބަން އިން ވިއްކާ ތަކެތި ފަސޭހައިން ގަނެވޭގޮތަށް އައު ވެބްސައިޓެއް
20242 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

އެސްޓްރަބަން އިން ވިއްކާ ތަކެތި ފަސޭހައިން ގަނެވޭގޮތަށް އައު ވެބްސައިޓެއް

ފައިސާ އެކައުންޓަށް ޖަމާކުރުމަށްފަހު އަނބުރާ ހޯދައިދިނުމުގެ ބާރެއް ބޭންކަކަށް ނޯވޭ: ބީއެމްއެލް
20233 އަހަރު ކުރިން
ރާއްޖެ

ފައިސާ އެކައުންޓަށް ޖަމާކުރުމަށްފަހު އަނބުރާ ހޯދައިދިނުމުގެ ބާރެއް ބޭންކަކަށް ނޯވޭ: ބީއެމްއެލް

ހިރިލަންދޫގައި "ނަޝީ ބޭކަރީ" ހުޅުވައިފި
20224 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

ހިރިލަންދޫގައި "ނަޝީ ބޭކަރީ" ހުޅުވައިފި

ތިންހާސް އަހަރު ކުރިން މަރުވެފައިވާ ރަސްރަނިންގެ ޕެރޭޑެއް
20215 އަހަރު ކުރިން
ތަފާތު ޚަބަރު

ތިންހާސް އަހަރު ކުރިން މަރުވެފައިވާ ރަސްރަނިންގެ ޕެރޭޑެއް

ކަނޑުފޭރޭ ބަޔަކު ޖޭޕީ ފޭރިގެންފި ކަމަށް ވިދާޅުވެ އަލީ ވަހީދުގެ ފާޑުކިއުން އެ ޕާޓީއަށް!
20197 އަހަރު ކުރިން
ރާއްޖެ

ކަނޑުފޭރޭ ބަޔަކު ޖޭޕީ ފޭރިގެންފި ކަމަށް ވިދާޅުވެ އަލީ ވަހީދުގެ ފާޑުކިއުން އެ ޕާޓީއަށް!

އަތްފައި ދާ ހިތްލާތަ؟ ކަންބޮޑު ނުވޭ މި އޮތީ ހައްލު!
20188 އަހަރު ކުރިން
ސިއްހަތު

އަތްފައި ދާ ހިތްލާތަ؟ ކަންބޮޑު ނުވޭ މި އޮތީ ހައްލު!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު