Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުއިނގިރޭސި ޕްރިމިއަރ ލީގު

ޓޮޓެންހަމް ބަލިކޮށް، ޔުނައިޓެޑު ރަނގަޅު ފޯމުގައި

މޮޅާއެކު ޔުނައިޓެޑު އޮތީ ލީގު ތާވަލްގެ ހަތަރު ވަނަ މަގާމުގައި. އެއީ މިހާތަނަށް އެ ޓީމު ކުޅެފައިވާ 25 މެޗުން 44 ޕޮއިންޓާ އެކު އެވެ. ޔުނައިޓެޑުގެ ކޯޗުކަމާ މައިކަލް ކެރިކް ހަވާލުވީ ފަހުން މިހާތަނަށް އެ ޓީމު ކުޅުނު ހަތަރު މެޗުން ވެސް މި ވަނީ މޮޅުވެފައި.

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 8 ފެބުރުއަރީ 2026 | އާދީއްތަ 04:36
މެޗުގައި ލަނޑު ޖެހުމަށް ފަހު ޔުނައިޓެޑުގެ ކުޅުންތެރިން އުފާ ފާޅު ކުރަނީ

މެޗުގައި ލަނޑު ޖެހުމަށް ފަހު ޔުނައިޓެޑުގެ ކުޅުންތެރިން އުފާ ފާޅު ކުރަނީ | ރޮއިޓާސް

އިނގިރޭސި ޕްރިމިއަރ ލީގުގައި ޓޮޓެންހަމްއާ ދެކޮޅަށް ކުޅުނު މެޗުން ވެސް މޮޅުވެ، މެންޗެސްޓަރ ޔުނައިޓެޑުން އެ ޓީމުގެ ރަނގަޅު ފޯމު ދަމަހައްޓައިފި އެވެ. 

ޔުނައިޓެޑުގެ އަމިއްލަ ދަނޑުގައި ކުޅުނު މެޗު އެ ޓީމުން ކާމިޔާބު ކުރީ 2-0 އިންނެވެ. މެޗުގެ ފުރަތަމަ ހާފުގައި ޔުނައިޓެޑުން އެއް ލަނޑު ޖެހިއިރު، އަނެއް ލަނޑު އެ ޓީމުން ޖެހީ ދެ ވަނަ ހާފުގަ އެވެ.

މެޗުގެ ފުރަތަމަ ހާފުގެ 29 ވަނަ މިނެޓުގައި ޓޮޓެންހަމްގެ ކްރިސްޓިއަން ރޮމެރޯ އަށް ވަނީ ސީދާ ރަތް ކާޑު ދައްކައި ދަނޑުން ފޮނުވާލައިފަ އެވެ. އެއް ކުޅުންތެރިޔަކު މަދުން ކުޅެމުން ދިޔަ ޓޮޓެންހަމް ކޮޅަށް ޔުނައިޓެޑުން ލަނޑު ޖަހައި ލީޑު ނެގީ 38 ވަނަ މިނެޓުގަ އެވެ. އެ ލަނޑު ޔުނައިޓެޑަށް ޖަހައިދިނީ ބްރަޔަން އެމްބުއޭމޯ އެވެ.

މެޗުގެ ދެ ވަނަ ހާފުގައި ވެސް ޔުނައިޓެޑުން ވަނީ ރަނގަޅަށް ކުޅެ އިތުރު ލަނޑު ޖަހަން މަސައްކަތް ކޮށްފަ އެވެ. މެޗުގެ 81 ވަނަ މިނެޓުގައި ޔުނައިޓެޑުގެ ދެ ވަނަ ލަނޑު ޖަހައި ލީޑު ފުޅާ ކޮށްދިނީ ކެޕްޓަން ބްރޫނޯ ފެނާންޑޭސް އެވެ. އެ ލަނޑު ޖަހަން ފެނާންޑޭސް އަށް ފުރުސަތު ތަނަވަސްކޮށްދިނީ ޑިއޭގޯ ޑަލޮޓް އެވެ.

މޮޅާއެކު ޔުނައިޓެޑު އޮތީ ލީގު ތާވަލްގެ ހަތަރު ވަނަ މަގާމުގަ އެވެ. އެއީ މިހާތަނަށް އެ ޓީމު ކުޅެފައިވާ 25 މެޗުން 44 ޕޮއިންޓާ އެކު އެވެ. ޔުނައިޓެޑުގެ ކޯޗުކަމާ މައިކަލް ކެރިކް ހަވާލުވީ ފަހުން މިހާތަނަށް އެ ޓީމު ކުޅުނު ހަތަރު މެޗުން ވެސް މި ވަނީ މޮޅުވެފަ އެވެ.

އިނގިރޭސި ޕްރިމިއަރ ލީގުމެންޗެސްޓަރ ޔުނައިޓެޑްޓޮޓްނަމް ހޮޓްސްޕަރ

އިތުރަށް ކިޔާލަން

02 ފެބުރުއަރީ 2026

ފަހު ވަގުތު ޓޮޓެންހަމާ އެއްވަރުވެ، ސިޓީ އަށް ފަރަގު ކުޑަ ނުކުރެވުނު

02 ފެބުރުއަރީ 2026
ފަހު ވަގުތު ޓޮޓެންހަމާ އެއްވަރުވެ، ސިޓީ އަށް ފަރަގު ކުޑަ ނުކުރެވުނު
02 ފެބުރުއަރީ 2026

ފުލަމް ވެސް ބަލިކޮށް، ޔުނައިޓެޑު ރަނގަޅު މިސްރާބުގައި

02 ފެބުރުއަރީ 2026
ފުލަމް ވެސް ބަލިކޮށް، ޔުނައިޓެޑު ރަނގަޅު މިސްރާބުގައި
26 ޖެނުއަރީ 2026

އަމިއްލަ ދަނޑުގައި ޔުނައިޓެޑު އަތުން އާސެނަލް ބަލިވެއްޖެ

26 ޖެނުއަރީ 2026
އަމިއްލަ ދަނޑުގައި ޔުނައިޓެޑު އަތުން އާސެނަލް ބަލިވެއްޖެ
26 ޖެނުއަރީ 2026

ޕެލަސް ބަލިކޮށް، ޗެލްސީ ރަނގަޅު ފޯމުގައި

26 ޖެނުއަރީ 2026
ޕެލަސް ބަލިކޮށް، ޗެލްސީ ރަނގަޅު ފޯމުގައި
25 ޖެނުއަރީ 2026

ބޯންމައުތު އަތް ދަށުވެ، ލިވަޕޫލްގެ ރެކޯޑު ނިމުމަކަށް

25 ޖެނުއަރީ 2026
ބޯންމައުތު އަތް ދަށުވެ، ލިވަޕޫލްގެ ރެކޯޑު ނިމުމަކަށް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު