Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެ
އީރާން ހަނގުރާމަ

ހޮރްމޫޒް ކަނޑު އޮޅީގެ ޒިންމާ އޮތް އީރާންގެ ނޭވީ ކޮމާންޑަރު އަވަހާރަ ކޮށްލާފައިވާ ކަމަށް އިޒްރޭލް އިން ބުނެފި

އިޒްރޭލްގެ ރަސްމީ ބޭފުޅަކު ވިދާޅުވެފައިވާ ގޮތުގައި ތަންގްސިރީ އަވަހާރަ ކޮށްލާފައި ވަނީ، ބަނދަރު އައްބާސްގައި ދިން ހަމަލާއެއްގައި ކަމަށް. އަދި އޭނާ އަކީ ހޮރްމޫޒް ކަނޑު އޮޅި ބަންދު ކުރުމުގެ ޒިންމާ އުފުލާފައިވާ ބޭފުޅެއް ކަމަށް ވެސް، ޓައިމްސް އޮފް އިޒްރޭލްގައި ރިޕޯޓު ކޮށްފައިވޭ.

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް, ރާއްޖެ އެމްވީ | 26 މާރިޗު 2026 | ބުރާސްފަތި 11:53
އަލީރޭޒާ ތަންގްސީރީ

އަލީރޭޒާ ތަންގްސީރީ | ރޮއިޓާސް

އިޒްރޭލް އިން ދިން ހަމަލާ ތަކެއްގައި އީރާންގެ އިސްލާމިކް ރިވޮލިއުޝަނަރީ ގާޑް ކޯޕްސް (އައިއާރުޖީސީ)ގެ ނޭވީ ކޮމާންޑަރު އަލީރެޒާ ތަންގްސިރީ އަވަހާރަ ކޮށްލާފައިވާ ކަމަށް، އިޒްރޭލްގެ މީޑިއާ ތަކުގައި ބުނެެފި އެވެ. 

އިޒްރޭލްގެ ރަސްމީ ބޭފުޅަކު ވިދާޅުވެފައިވާ ގޮތުގައި ތަންގްސިރީ އަވަހާރަ ކޮށްލާފައި ވަނީ، ބަނދަރު އައްބާސްގައި ދިން ހަމަލާއެއްގައި ކަމަށެވެ. އަދި އޭނާ އަކީ ހޮރްމޫޒް ކަނޑު އޮޅި ބަންދު ކުރުމުގެ ޒިންމާ އުފުލާފައިވާ ބޭފުޅެއް ކަމަށް ވެސް، ޓައިމްސް އޮފް އިޒްރޭލްގައި ރިޕޯޓު ކޮށްފައިވެ އެވެ. 

މި ހަމަލާއާ ގުޅޭ ގޮތުން އީރާން އިން ރަސްމީ ބަހެއް ބުނެފައި ނުވާއިރު، އިޒްރޭލްގެ އަސްކަރިއްޔާ އިން ރަސްމީ ބަޔާނެއް ނެރެފައި ނުވެ އެވެ. ތަންގްސިރީ އަވަހާރަވެފައިވާކަން ޔަޤީން ވެއްޖެ ނަމަ، މިއީ އެމެރިކާ އާއި އިޒްރޭލް އިން އީރާންއާ ދެކޮޅަށް ކުރާ ހަނގުރާމައިގައި، އިޒްރޭލް އިން އެންމެ ފަހުން އަވަހާރަ ކޮށްލި އީރާންގެ އިސް އޮފިޝަލަށް ވާނެ އެވެ. 

އެމެރިކާ އާއި އިޒްރޭލް އިން އީރާންއާ ދެކޮޅަށް ހަމަލާ ދޭން ފަށާފައި ވަނީ، ފެބްރުވަރީ މަހުގެ 28 ވަނަ ދުވަހު އެވެ. އެ ހަމަލާ ތަކުގައި އީރާންގެ ކުރީގެ ރޫހީ ލީޑަރު އާޔަތުﷲ އަލީ ޚާމަނާއީ ވަނީ އަވަހާރަ ކޮށްލައިފަ އެވެ. އެކަމުގެ ބަދަލު ހިފުމުގެ ގޮތުން އީރާން އިން ވަނީ އެމެރިކާ އާއި އިޒްރޭލްއާ ދެކޮޅަށް ވަރުގަދަ ހަމަލާ ތަކެއް ދޭން ފަށައިފަ އެވެ. 

އެމެރިކާ އާއި އިޒްރޭލްގެ ހަަމަލާ ތަކުގެ ސަބަބުން އީރާން އިން ވަނީ ހޮރްމޫޒް ކަނޑު އޮޅި ބަންދު ކޮށްފަ އެވެ. އެ ކަނޑު އޮޅިން ދަތުރު ކުރުން އީރާން އިން ބަންދު ކޮށްފައިވާއިރު، އެކަމުގެ ސަބަބުން ދުނިޔޭގެ އިޤްތިޞާދަށް ބޮޑެތި ލޮޅުން ތަކެއް އަންނަނީ ކުރަމުންނެވެ. ޚާއްސަކޮށް ތެލުގެ އަގު ބޮޑުވެ، ދުނިޔޭގެ ބާޒާރުގައި ދަތިކަން ވަނީ ބޮޑުވެފަ އެވެ. އެމެރިކާ އިން ގެންދަނީ ހޮރްމޫޒް ކަނޑު އޮޅި ހުޅުވާލުމަށް އީރާން އަށް ބާރު އަޅަމުންނެވެ. 

މަސްދަރު: އަލް އަރަބިއްޔާ

އީރާން-އެމެރިކާއީރާން-އިޒްރޭލްއެމެރިކާ-އިޒްރޭލް-އިރާން ހަނގުރާމަ ހޮރްމޫޒް ކަނޑުއޮޅިއީރާނުގެ އިސްލާމިކް ރެވޮލިއުޝަން ގާޑްސް ކޯޕްސް

ކޮމެންޓް

އިތުރަށް ކިޔާލަން

އީރާން އިން ބޭނުންވީ ރޫހީ ލީޑަރަކަށް އަހަރެން ގެންނަން: ޓްރަމްޕް

އީރާން އިން ބޭނުންވީ ރޫހީ ލީޑަރަކަށް އަހަރެން ގެންނަން: ޓްރަމްޕް

26 މާރިޗު 2026
އިރާގު ހަނގުރާމަ އަށް ވުރެ، މެދު އިރުމަތީގެ ހަނގުރާމަ ނުރައްކާތެރި: ސްޕެއިންގެ ބޮޑު ވަޒީރު

އިރާގު ހަނގުރާމަ އަށް ވުރެ، މެދު އިރުމަތީގެ ހަނގުރާމަ ނުރައްކާތެރި: ސްޕެއިންގެ ބޮޑު ވަޒީރު

26 މާރިޗު 2026
އީރާންގެ ފޮރިން މިނިސްޓަރު އަރާގްޗީ އާއި ޤާނޫނު ހަދާ މަޖިލީހުގެ ރައީސް ޣަލިބާފް އަވަހާރަ ކޮށްލަން ހަމަލާ ދޭން އުޅުނު، އެކަން ހުއްޓުވީ ޕާކިސްތާން އިން އެދިގެން

އީރާންގެ ފޮރިން މިނިސްޓަރު އަރާގްޗީ އާއި ޤާނޫނު ހަދާ މަޖިލީހުގެ ރައީސް ޣަލިބާފް އަވަހާރަ ކޮށްލަން ހަމަލާ ދޭން އުޅުނު، އެކަން ހުއްޓުވީ ޕާކިސްތާން އިން އެދިގެން

26 މާރިޗު 2026
ޓްރަމްޕް ވިދާޅުވީ އެމެރިކާ އަތުން އީރާންގެ ރައްޔިތުން މަރުވެދާނެތީ އެ ޤައުމުގެ ވެރިން ބިރު ގަންނަ ކަމަށް، އީރާން އިން ދަނީ އެމެރިކާގެ ޕްލޭން ދިރާސާ ކުރަމުން

ޓްރަމްޕް ވިދާޅުވީ އެމެރިކާ އަތުން އީރާންގެ ރައްޔިތުން މަރުވެދާނެތީ އެ ޤައުމުގެ ވެރިން ބިރު ގަންނަ ކަމަށް، އީރާން އިން ދަނީ އެމެރިކާގެ ޕްލޭން ދިރާސާ ކުރަމުން

26 މާރިޗު 2026
އިޒްރޭލްގެ ސިފައިންގެ މަރުކަޒަކަށް ހިޒްބުﷲ އިން މިސައިލް ހަމަލާ ދީފި

އިޒްރޭލްގެ ސިފައިންގެ މަރުކަޒަކަށް ހިޒްބުﷲ އިން މިސައިލް ހަމަލާ ދީފި

26 މާރިޗު 2026

އަހަރުތަކުން މިއަދު

18 އެޕްރީލު
ރިޔާސީ އިންތިހާބުގެ ދެ ވަނަ ބުރު ބޭއްވުން އުވާލަން ތާއިދު ނުކުރަން: މެންބަރު އައްބާސް
20251 އަހަރު ކުރިން
ރާއްޖެ

ރިޔާސީ އިންތިހާބުގެ ދެ ވަނަ ބުރު ބޭއްވުން އުވާލަން ތާއިދު ނުކުރަން: މެންބަރު އައްބާސް

ޔާމީންގެ ރައްދު މުއިއްޒަށް: ރައީސެއްގެ ހައިސިއްޔަތުން ޝަރީއަތް އަވަސްކުރުމަށް އެދުމަކީ ޤާނޫނީ ކުށެއްނޫން، އެކަންވެސް ކޮށްނުލެއްވި
20242 އަހަރު ކުރިން
ރާއްޖެ

ޔާމީންގެ ރައްދު މުއިއްޒަށް: ރައީސެއްގެ ހައިސިއްޔަތުން ޝަރީއަތް އަވަސްކުރުމަށް އެދުމަކީ ޤާނޫނީ ކުށެއްނޫން، އެކަންވެސް ކޮށްނުލެއްވި

"ބައެއް ފަހަރު ހަމަ ގަބުވެފަ އިނދެވެނީ، މީ ރޯދަމަސްކަންވެސް ހަނދާން ނެތޭ"
20233 އަހަރު ކުރިން
ދުނިޔެ

"ބައެއް ފަހަރު ހަމަ ގަބުވެފަ އިނދެވެނީ، މީ ރޯދަމަސްކަންވެސް ހަނދާން ނެތޭ"

'ބެޓްލް އޮފް ޑޮންބަސް' ރަޝިއާއިން ފަށައިފިކަމަށް ޔޫކްރެއިން ބުނެފި
20224 އަހަރު ކުރިން
ދުނިޔެ

'ބެޓްލް އޮފް ޑޮންބަސް' ރަޝިއާއިން ފަށައިފިކަމަށް ޔޫކްރެއިން ބުނެފި

އުމުރުން 14 އަހަރުން ފެށިގެން މަސްތުގެ ބަލިމަޑުކަމުގައިވާ އަންހެނެއް!
20215 އަހަރު ކުރިން
ރިޕޯޓު

އުމުރުން 14 އަހަރުން ފެށިގެން މަސްތުގެ ބަލިމަޑުކަމުގައިވާ އަންހެނެއް!

ޢަޞްރު ސޫރަތުން ލިބޭ މަތިވެރި އިބްރަތްތަކުގެ ވާހަކަ މިއަދުގެ ހުކުރު ޚުތުބާގައި
20197 އަހަރު ކުރިން
އިސްލާމް

ޢަޞްރު ސޫރަތުން ލިބޭ މަތިވެރި އިބްރަތްތަކުގެ ވާހަކަ މިއަދުގެ ހުކުރު ޚުތުބާގައި

ބާޒާރު މަތީ ގޮޅިއަށް ވެސް ދިޔާނާ ހެޔޮވަރު!
20188 އަހަރު ކުރިން
ރިޕޯޓު

ބާޒާރު މަތީ ގޮޅިއަށް ވެސް ދިޔާނާ ހެޔޮވަރު!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު