Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލް

މެޑަމް ސާޖިދާ ކޭއާރުއެޗްގެ އައު އީ.އާރު ހުޅުވުމަށް ވަޑައިގަތުމާ ގުޅިގެން މިއަދު އޯޕީޑީގެ ޚިދުމަތް މެދުކަނޑާލައިފި

ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލުގެ އައު އީއާރު ހުޅުވުމަށް މިއަދު އޯޕީޑީގެ ޚިދުމަތްތައް މެދުކަނޑާލައިފި. މި ހަރަކާތަކީ ކުރިއަށް އޮތް އިންތިޚާބާ ދިމާކޮށް ސިޔާސީ މަންފާއެއް ހޯދުމަށް ހިންގާ ކަމެއްގެ ގޮތުގައި ފާހަގަކޮށްލެވޭ.

ޢާއިޝަތު އައިނީ
ޢާއިޝަތު އައިނީ, ރާއްޖެ އެމްވީ | 29 މާރިޗު 2026 | އާދީއްތަ 05:50
ކުޅުދުއްފުށި ރީޖަނަލް ހޮސްޕިޓަލް

ކުޅުދުއްފުށި ރީޖަނަލް ހޮސްޕިޓަލް

ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލް (ކޭއާރުއެޗް) ގެ އައު އިމަޖެންސީ ރޫމް (އީ.އާރު) ހުޅުވުމުގެ ރަސްމިއްޔާތަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދު އެ ސިޓީއަށް ވަޑައިގަތުމާ ގުޅިގެން، އެ ހޮސްޕިޓަލުގެ އޯޕީޑީގެ ޚިދުމަތްތައް މިއަދު މުޅިން މެދުކަނޑާލައިފިއެވެ.

މިކަމާ ގުޅޭގޮތުން ފެތުރެމުންދާ މަޢުލޫމާތުގެ ޞައްޙަކަން ކަށަވަރު ކުރުމަށް "ރާއްޖެ އެމްވީ" އިން ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލަށް ގުޅުމުން، އެ ހޮސްޕިޓަލުން ވަނީ މިއަދު އޯޕީޑީގެ ޚިދުމަތްތައް މެދުކަނޑާލާފައިވާކަން  ކަށަވަރުކޮށްދީފައެވެ.

Advertisement - newsAdvertisement

ހދ. އަތޮޅުގެ އިތުރުން މުޅި ތިލަދުންމަތީގެ ގިނަ ބަޔަކު ބަރޯސާވާ އަސާސީ ޞިއްޙީ ޚިދުމަތް މެދުކަނޑާލުމަށްފަހު، މި ރަސްމިއްޔާތު ބޭއްވުމަށް ހަމަޖައްސާފައިވަނީ ސީދާ ބަލިމީހުން ޚިދުމަތް ހޯދުމަށް ގޮސް އުޅޭ ހޮސްޕިޓަލުގެ ގޯތިތެރޭގައެވެ. ސަރުކާރުގެ މި ނާތަހުޒީބީ އަމަލު ވެގެން ގޮސްފައިވަނީ ބަލިމީހުންގެ ޙައްޤުތަކަށްވުރެ ސަރުކާރުގެ ސިޔާސީ ދެއްކުންތެރިކަން އިސްކުރުމުގެ ހަރަކާތްތެއްގެ ގޮތުގައެވެ.

މިގޮތުން މި ހަރަކާތަކީ ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިޚާބާ ދިމާކޮށް ސަރުކާރުން ސިޔާސީ މަންފާއެއް ހޯދުމަށް ޖަހާ "ކަޑައެއް" ކަމަށް ގިނަ ބަޔަކު ސިފަކުރަމުންދާއިރު, އިންތިޚާބު ބޯމަތިވެފައި ވަނިކޮށް، ރައްޔިތުންނަށް ދޭންޖެހޭ އެންމެ އަސާސީ ޚިދުމަތް ކަމަށްވާ ޞިއްޙީ ޚިދުމަތް ހުއްޓާލުމަށްފަހު މިފަދަ ރަސްމިއްޔާތުތައް ބޭއްވުމަކީ، ސަރުކާރުގެ އިޚުލާޞްތެރިކަމެއް ނެތްކަން ހާމަވާ ކަމެއް ކަން ފާހަގަކޮށްލެވެއެވެ.

މިއީ ހަމަ އިންތިޚާބަށް އަމާޒުކޮށްގެން ދައްކާލާ ޝޯއެއް. ބަލިމީހުންނަށް ފަރުވާ ނުދީ، ހޮސްޕިޓަލުގެ ގޯތިތެރޭގައި ސިޔާސީ ޖަލްސާތައް ބޭއްވުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން.
"ރާއްޖެ އެމްވީ" އާއި ވާހަކަދައްކަމުން އާންމު ރައްޔިތަކު ބުންޏެވެ.

އައު އީއާރު ހުޅުވުމުގެ މި ރަސްމިއްޔާތުގައި ފަސްޓް ލޭޑީ ސާޖިދާ މުޙައްމަދުގެ އިތުރުން ސަރުކާރުގެ ބައެއް އިސްވެރިން ބައިވެރިވެވަޑައިގަންނަވާނެ ކަމަށް މަޢުލޫމާތު ލިބެއެވެ. ނަމަވެސް، ރައްޔިތުންގެ މެދުގައި ބޮޑު ކަންބޮޑުވުމެއް އުފެދިފައިވަނީ، އިންތިޚާބާ ދިމާކޮށް މިފަދަ "ކަޑަޖެހުމުގެ" ސަގާފަތެއް ކުރިއަށް ގެންދާއިރު، ރައްޔިތުންގެ އެންމެ އަސާސީ ޙައްޤުތައް ޤުރުބާން ކުރަމުންދާތީއެވެ.

ކުޅުދުއްފުށި ސިޓީ ރީޖަނަލް ހޮސްޕިޓަލްހދ. އަތޮޅުލޯކަލް ކައުންސިލް އިންތިހާބު

ކޮމެންޓް

އިތުރަށް ކިޔާލަން

އެއްކޯ މަތީގައި ޖެހުމުން އަނެއް ކޯ ދިއްކޮށްލާ ދަރަޖައަށް ރައްޔިތުންގެ ހާލަތު ބަދަލު ކުރަން މިސަރުކާރުން ބޭނުންވޭ: ފައްޔާޒު

އެއްކޯ މަތީގައި ޖެހުމުން އަނެއް ކޯ ދިއްކޮށްލާ ދަރަޖައަށް ރައްޔިތުންގެ ހާލަތު ބަދަލު ކުރަން މިސަރުކާރުން ބޭނުންވޭ: ފައްޔާޒު

28 މާރިޗު 2026
ރައްޔިތުން ގަބޫލުކުރަނީ ފެންނަ ނުފެންނަ އިންތިހާބަކީ ޕީއެންސީ އިން ދާއިމަށް ވެރިކަމުގައި ތިބެން ކުރާ ކަމެއްގެ ގޮތުގައި: ދޮންބިލެތް

ރައްޔިތުން ގަބޫލުކުރަނީ ފެންނަ ނުފެންނަ އިންތިހާބަކީ ޕީއެންސީ އިން ދާއިމަށް ވެރިކަމުގައި ތިބެން ކުރާ ކަމެއްގެ ގޮތުގައި: ދޮންބިލެތް

23 މާރިޗު 2026
މި ސަރުކާރުން ދޮޅު އަހަރުތެރޭގައި ނިންމަން ބުނި ކުޅުދުއްފުށީ ދަމަނަވެށި ވެސް އެންމެފަހުން ވީ "އިބިލީހު ކައިވެންޏަށް"

މި ސަރުކާރުން ދޮޅު އަހަރުތެރޭގައި ނިންމަން ބުނި ކުޅުދުއްފުށީ ދަމަނަވެށި ވެސް އެންމެފަހުން ވީ "އިބިލީހު ކައިވެންޏަށް"

11 މާރިޗު 2026
އެމްޑީޕީ ކެނޑިޑޭޓުން ތުންފަތަށް ހީރާސް ޖަހައި, ދެ އަތާއި ދެފައި ބަނދެވިފައިވާ ދޫންޏެއްހެން ނުތިބޭނެ: މޭޔަރ ޢާޠިފް

އެމްޑީޕީ ކެނޑިޑޭޓުން ތުންފަތަށް ހީރާސް ޖަހައި, ދެ އަތާއި ދެފައި ބަނދެވިފައިވާ ދޫންޏެއްހެން ނުތިބޭނެ: މޭޔަރ ޢާޠިފް

10 މާރިޗު 2026
މައި ސަރުކާރުން މިދިޔަ ޑިސެންބަރު މަހު ކުޅުދުއްފުށީގައި އަޅައިދޭން ބުނި ސިންތަޓިކް ޓްރެކް ތޮޅިއަށް!

މައި ސަރުކާރުން މިދިޔަ ޑިސެންބަރު މަހު ކުޅުދުއްފުށީގައި އަޅައިދޭން ބުނި ސިންތަޓިކް ޓްރެކް ތޮޅިއަށް!

06 މާރިޗު 2026

އަހަރުތަކުން މިއަދު

19 އެޕްރީލު
ޓެކްސީ ޑްރައިވަރުންގެ އަނެއް ފަރާތް
20251 އަހަރު ކުރިން
ރިޕޯޓު

ޓެކްސީ ޑްރައިވަރުންގެ އަނެއް ފަރާތް

ނައިޖީރިޔާގެ މީހަކު ޗެސްގެ އައު ރިކޯޑެއް ހަދައިފި
20242 އަހަރު ކުރިން
ތަފާތު ޚަބަރު

ނައިޖީރިޔާގެ މީހަކު ޗެސްގެ އައު ރިކޯޑެއް ހަދައިފި

މާއިސާއަށް ނުކުރެވޭ ކަމެއް މަދު، މޮޓޯއަކީ "ވާނެ"، ބޭނުމީ 100 ސެޓްފިކެޓް ހާސިލްކުރަން!
20233 އަހަރު ކުރިން
ރިޕޯޓު

މާއިސާއަށް ނުކުރެވޭ ކަމެއް މަދު، މޮޓޯއަކީ "ވާނެ"، ބޭނުމީ 100 ސެޓްފިކެޓް ހާސިލްކުރަން!

ސަރުކާރު ބަންދު އިތުރު ދުވަސްތަކެއް
20224 އަހަރު ކުރިން
ރާއްޖެ

ސަރުކާރު ބަންދު އިތުރު ދުވަސްތަކެއް

ވަނުއަޓޫއަށް ލައްގާފައިއޮތް، ގޮތް ނޭނގޭ މީހާ ކޮވިޑަށް ޕޮޒިޓިވް
20215 އަހަރު ކުރިން
ދުނިޔެ

ވަނުއަޓޫއަށް ލައްގާފައިއޮތް، ގޮތް ނޭނގޭ މީހާ ކޮވިޑަށް ޕޮޒިޓިވް

މަޖީދިއްޔާގެ ޓައިމް ކެޕްސޫލުން ފެނުނު އަސަރު ގަދަ ސިޓީ
20197 އަހަރު ކުރިން
ރިޕޯޓު

މަޖީދިއްޔާގެ ޓައިމް ކެޕްސޫލުން ފެނުނު އަސަރު ގަދަ ސިޓީ

ފުލުހުންނާއި ސިފައިން ނުކުމެ ރައީސް އަބްދުﷲ ޔާމީނުގެ އަތުގައި ބިޑި އަޅުވަންޖެހޭ ވަރުގެ ވާހަކަތައް ދައްކަވާފައިވޭ: އިންތި
20188 އަހަރު ކުރިން
ރާއްޖެ

ފުލުހުންނާއި ސިފައިން ނުކުމެ ރައީސް އަބްދުﷲ ޔާމީނުގެ އަތުގައި ބިޑި އަޅުވަންޖެހޭ ވަރުގެ ވާހަކަތައް ދައްކަވާފައިވޭ: އިންތި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު