Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެއެމްޑީޕީ ކުޅުދުއްފުށީ ސިޓީ

އެމްޑީޕީ ކެނޑިޑޭޓުން ތުންފަތަށް ހީރާސް ޖަހައި, ދެ އަތާއި ދެފައި ބަނދެވިފައިވާ ދޫންޏެއްހެން ނުތިބޭނެ: މޭޔަރ ޢާޠިފް

10 މާރިޗު 2026 | އަންގާރަ 14:49

އެމްޑީޕީ ކުޅުދުއްފުށި ސިޓީގެ ކެނޑިޑޭޓުން ލޯކަލް ކައުންސިލް އިންތިޚާބުގައި ވާދަކުރަނީ, މި ސަރުކާރުން ކުޅުދުއްފުއްޓަށް ވަމުންދާ އިހުމާލާއި ދެކޮޅަށް ބަސްބުނެ, ކުޅުދުއްފުށީގެ ރައްޔިތުންގެ ހައްޤުގައި މަސައްކަތް ކުރުމަށް. އެމްޑީޕީގެ ކެނޑިޑޭޓުން ދެ އަތް ބަނދެ, ދެފައި ބަނދެފައި އޮންނަ ދޫންޏެއްހެން ނުތިބޭނެ ކަމަށް މޭޔަރ ޢާޠިފް ވިދާޅުވި.

ޢާއިޝަތު އައިނީ
ޢާއިޝަތު އައިނީ | 10 މާރިޗު 2026 | އަންގާރަ 14:49
މޭޔަރ މުޙައްމަދު ޢާޠިފް

މޭޔަރ މުޙައްމަދު ޢާޠިފް | އެމްޑީޕީ ކުޅުދުއްފުށި ސިޓީ

ދިވެހި ރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ, (އެމްޑީޕީ) ގެ ކެނޑިޑޭޓުން ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިޚާބުގައި ވާދަކުރަނީ ސަރުކާރުން ކުޅުދުއްފުއްޓަށް ވެފައިވާ އިހުމާލާއި ދެކޮޅަށް ބަސް ބުނެ މަސައްކަތް ކުރުމަށް ކަމަށާއި, އެމްޑީޕީ ކެނޑިޑޭޓުން ތުންފަތަށް ހީރާސް ޖަހައި, ދެ އަތާއި ދެފައި ބަނދެވިފައިވާ ދޫންޏެއް ހެން ނުތިބޭނެކަށް ކުޅުދުއްފުށި ސިޓީގެ މޭޔަރ މުޙައްމަދު ޢާޠިފް ވިދާޅުވެއްޖެއެވެ.

މޭޔަރ ޢާޠިފް މިފަދައިން ވިދާޅުވީ އެމްޑީޕީ ކުޅުދުއްފުށި ސިޓީގެ "ހޭވައްލާ ތައްޔާރު" ކެމްޕެއިން ޖަގަހަ ހުޅުވުމުގެ ހަފްލާގައި ވާހަކަފުޅުދައްކަވަމުންނެވެ.

Advertisement - newsAdvertisement

މިގޮތުން ސަރުކާރުން ކުޅުދުއްފުށީގެ ތަރައްޤީއަށް އަޅާފައިވާ ހުރަސްތައް ފާހަގަކުރައްވަމުން މޭޔަރ ޢާޠިފް ވިދާޅުވީ, އެމްޑީޕީގެ ކެނޑިޑޭޓުން މި އިންތިޚާބުގައި ވާދަކުރައްވަނީ ލާމަރުކަޒީ ޤާނޫނުން ރައްޔިތުންނަށް ލިބިދޭ  ބާރުތައް ކުޅުދުއްފުށި ސިޓީގެ ރައްޔިތުންގެ އަތުގައި ބާއްވަން ކަމަށާއި, އެ ސިޓީގެ ރައްޔިތުނެގް ހިޔާލާއި މަޝްވަރާ އާއި އެކު ކުޅުދުއްފުށީގެ ކަންކަން ނިންމައި ތަރުތީބުކޮށް ތަރައްޤީ ކުރުމަށް ކަމަށެވެ.

އަޅުގަނޑުމެންގެ ކެނޑިޑޭޓުން މި ވާދަކުރަނީ, މި ސަރުކާރުން ކުޅުދުއްފުއްޓަށް ވަމުންދާ އިހުމާލާއި ދެކޮޅަށް ބަސްބުނެ, ކުޅުދުއްފުށީގެ ރައްޔިތުންގެ ހައްޤުގައި މަސައްކަތް ކުރުމަށް. އަޅުގަނޑުމެންގެ ކެނޑިޑޭޓުން ތުންފަތަށް ހީރާސް ޖަހައިގެން ނުތިބޭނެ. އަޅުގަނޑުމެންގެ ކެނޑިޑޭޓުން ދެ އަތް ބަނދެ, ދެފައި ބަނދެފައި އޮންނަ ދޫންޏެއްހެން ނުތިބޭނެ.
ކުޅުދުއްފުށި ސިޓީގެ މޭޔަރ މުޙައްމަދު ޢާޠިފް

މީގެ އިތުރުން ވޭތުވެ ދިޔަ ދެ އަހަރު 100 ބިލިއަން ރުފިޔާ ސަރުކާރުން ހަރަދުކޮށްފައިވާކަމަށް ފާހަގަކުރައްވަމުން މޭޔަރ ޢާޠިފް ވިދާޅުވީ, ސަރުކާރުން ފާއިތުވި ދެ އަހަރުގެ ތެރޭގައި ކުޅުދުއްފުއްޓަށް "ގާބުރިއެއް, ސިމެންތި ހަންޖެއް, މޮހޮރެއް" ހިސާބުވެސް ޖަހާފައެއްނުވާކަމަށެވެ. އަދި ސަރުކާރުން ކުޅުދުއްފުށީގެ ބޯހިޔާވަހިކަމަށާއި, އެ ސިޓީގެ ސަރުކާރު 3 ސްކޫލުގެ މަސައްކަތް ވެސް ހުއްޓުވާފައިވާކަމަށް މޭޔަރ ޢާޠިފް ވިދާޅުވެފައިވެއެވެ.

މަގުހެދުމުގެ ދެވަނަ ފޭސް އޮތީ ވަޅުޖަހާފަ. ތިންވަނަ ފޭސް އަށް އެޅި ބިންގާ ވީތަނެއް ނޭނގެ. ދޫނި ކާލީ. މި ސަރުކާރުގެ ހަމައެކަނި 14 ހަފްތާއަށް ކުޅުދުއްފުއްޓަށް ވީ ވައުދަކީ އެއަރޕޯޓުގައި އައު ޓަރމިނަލް އެއް އަޅަން. ބިންގާ އެބަހުރި, ހަމަ ޔަޤީނުންވެސް އޭގެން އަދި ނިރެއް ނުފަޅާ. ދަމަނަ ވެށި, ޓިވެޓް ސެންޓަރު އާރުޑީސީއާއި ހަވާލުކޮށްފަ. މިހެންގޮސް ސޮއިކޮށް ފޮޓޯ ނުނަގާ ޕްރޮޖެކްޓެއް ނެތް.
ސަރުކާރުން ކުޅުދުއްފުއްޓަށް ވަމުންދާ އިހުމާލު ފާހަގަކުރައްވަމުން މޭޔަރ ޢާޠިފް ވިދާޅުވެފައިވެއެވެ.

މޭޔަރ ޢާޠިފް އިތުރަށް ވިދާޅުވީ ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިޚާބަކީ ރައީސުލްޖުމްހޫރިއްޔާ އާއި ކުޅުދުއްފުށި ސިޓީގެ ރައްޔިތުންގެ ދެމެދު އޮތް އިންތިޚާބެއްކަމަށެވެ. މިގޮތުން ސަރުކާރު ހިންގާ މައި ޕާޓީގެ ކެމްޕޭނު ޓީމުގައި އުޅުއްވަނީ ދިވެހި ދައުލަތުން މުސާރަ ދީގެން ކޮންމެ ދުވަހަކު ޑޯ-ޓު-ޑޯ އަށް ހިނގާ ޓީމެއް ކަމަށް މޭޔަރ ފާހަގަކުރައްވާފައިވެއެވެ. 

މިކަންކަން ފާހަގަކުރައްވަމުން މޭޔަރ ޢާޠިފް ވިދަޅުވީ, މި އިންތިޚާބުގެ ނަތީޖާ ބުނެދޭނީ ކުޅުދުއްފުށީގެ ރައްޔިތުން ކަމަށެވެ. މިގޮތުން އެ ނަތީޖާއިން ރައީސް މުޢިއްޒު އަށް ދެވޭނެ މެސެޖަކީ ކުޅުދުއްފުށީގެ ރައްޔިތުން ތިބީ މިދިޔަ ދެ އަހަރު ދުވަހު ސަރުކާރުން ކުރި މަސައްކަތައް ހިތްހަމަޖެހިގެންތޯ ނުވަތަ ނޫންތޯ ކަމަށާއި, ވޯޓު ލާ ދުވަހުން ރައްޔިތުން ބޮޑުކޮށް ރައީސް މުޢިއްޒުއަށް ޖަަވާބުދޭނެކަމަށް މޭޔަރ ޢާޠިފް ވިދާޅުވެފައިވެއެވެ. 

އެމްޑީޕީކުޅުދުއްފުށިމުހައްމަދު އާތިފްލޯކަލް ކައުންސިލް އިންތިހާބު

އެންމެ ހިނގާ

1

ޑޮލަރުގެ އަގު ދަށަކަށް ނުދާނެ، އެއީ ސަރުކާރަށް ވެސް ކުރެވޭނެ ކަމެއް ނޫން: އުއްޗު

2

އީރާނުގެ ހަމަލާތަކުން ލިބޭ ގެއްލުންތައް އާންމުވާތީ އެމެރިކާގެ އަސްކަރިއްޔާއިން ކަންބޮޑުވެއްޖެ، މަންޒަރުތައް ރެކޯޑް ނުކުރަން އިންޒާރުދީ، ފޯނުތައް އަތުލަނީ

3

ސައުދީ އަރަބިއްޔާ ތޫފާނެއްގެ މެދުގައި، ތިން ދިމާލަކުން ދެކޮޅުވެރިން ވަށާލައިފި

4

ފޭކް ބުކިންގ ހަދައިގެން ކެންސަލްކުރުމަށްފަހު، ރިފަންޑު ހޯދުމަށް ހިންގާ ސްކޭމްތައް އިތުރުވަނީ!

5

މިނިވަންދުވަހުގެ ކުޅަދާނަ ސްޕީޗާއެކު "ނމކޢވ" ގެ ލަގަބު

އިތުރަށް ކިޔާލަން

10 މާރިޗު 2026

މޭޔަރ ކަމަށް އިތުރު ދައުރަކަށް އާޒިމް ހޮވިއްޖެ ނަމަ އުމުރުން ދުވަސްވީ މީހުން ޕާކުތަކަށް ގެންގޮސް، ޑޮކްޓަރަށް ދެއްކުމުގައި އެހީތެރިވެދޭނެ ނިޒާމެއް ޤާއިމްކުރަނީ

10 މާރިޗު 2026
މޭޔަރ ކަމަށް އިތުރު ދައުރަކަށް އާޒިމް ހޮވިއްޖެ ނަމަ އުމުރުން ދުވަސްވީ މީހުން ޕާކުތަކަށް ގެންގޮސް، ޑޮކްޓަރަށް ދެއްކުމުގައި އެހީތެރިވެދޭނެ ނިޒާމެއް ޤާއިމްކުރަނީ
10 މާރިޗު 2026

އެމްޑީޕީގެ ރައީސް އަބްދުﷲ ޝާހިދު ލޯކަލް ކައުންސިލް އިންތިހާބުގެ ކެމްޕޭނަށް ގއ އަދި ލ އަތޮޅަށް ފުރާވަޑައިގެންފި

10 މާރިޗު 2026
އެމްޑީޕީގެ ރައީސް އަބްދުﷲ ޝާހިދު ލޯކަލް ކައުންސިލް އިންތިހާބުގެ ކެމްޕޭނަށް ގއ އަދި ލ އަތޮޅަށް ފުރާވަޑައިގެންފި
09 މާރިޗު 2026

ރާއްޖެ ޓީވީ އިން "އުންމީދެއްގައި އަލުން" ލަވަ ލޯންޗްކޮށްފި

09 މާރިޗު 2026
ރާއްޖެ ޓީވީ އިން "އުންމީދެއްގައި އަލުން" ލަވަ ލޯންޗްކޮށްފި
09 މާރިޗު 2026

ހައުސިން މިނިސްޓަރު މުއިއްޒު މާލެ ސިޓީ ކައުންސިލްގެ މަސައްކަތް ކުޑަ އިމާރާތަކަށް ބަދަލުކުރެއްވުމުން، މޭޔަރު މުއިއްޒު ވަނީ ޖާގަ ކުޑަކަމުގެ ޝަކުވާ ކުރައްވާފަ: ރައީސް ސޯލިހް

09 މާރިޗު 2026
ހައުސިން މިނިސްޓަރު މުއިއްޒު މާލެ ސިޓީ ކައުންސިލްގެ މަސައްކަތް ކުޑަ އިމާރާތަކަށް ބަދަލުކުރެއްވުމުން، މޭޔަރު މުއިއްޒު ވަނީ ޖާގަ ކުޑަކަމުގެ ޝަކުވާ ކުރައްވާފަ: ރައީސް ސޯލިހް
09 މާރިޗު 2026

ދޫނިތަކުގެ ކޯޅުން ބޮޑުވެ ދޫނިތައް ތަޅާފޮޅަނީ

09 މާރިޗު 2026
ދޫނިތަކުގެ ކޯޅުން ބޮޑުވެ ދޫނިތައް ތަޅާފޮޅަނީ
09 މާރިޗު 2026

އަމާނާތްތެރި ޚިދުމަތް، މާލޭ ސިޓީގެ ވިންދު މެނިފެސްޓޯ އިފްތިތާހް ކޮށްފި

09 މާރިޗު 2026
އަމާނާތްތެރި ޚިދުމަތް، މާލޭ ސިޓީގެ ވިންދު މެނިފެސްޓޯ އިފްތިތާހް ކޮށްފި
09 މާރިޗު 2026

ނަމެއްގައި މަޖިލިސް މެމްބަރުންތަކެއް ތިބުމުގެ ބަދަލުގައި ރައީސް ނުވަތަ ޕީއެންސީގެ ރެޕެއް އިންނެވިޔަސް މާ ރަނގަޅުވާނެ: މާރިޔާ

09 މާރިޗު 2026
 ނަމެއްގައި މަޖިލިސް މެމްބަރުންތަކެއް ތިބުމުގެ ބަދަލުގައި ރައީސް ނުވަތަ ޕީއެންސީގެ ރެޕެއް އިންނެވިޔަސް މާ ރަނގަޅުވާނެ: މާރިޔާ
09 މާރިޗު 2026

މާލެސިޓީގައި ހުރި މައްސަލަތަކަށްވުރެ މާލެ ސިޓީއަށް ޕީއެންސީން ވާދަ ކުރައްވާ ކެންޑިޑޭޓުންގެ މައްސަލަތައް ގިނަ: ގަޕޯ

09 މާރިޗު 2026
މާލެސިޓީގައި ހުރި މައްސަލަތަކަށްވުރެ މާލެ ސިޓީއަށް ޕީއެންސީން ވާދަ ކުރައްވާ ކެންޑިޑޭޓުންގެ މައްސަލަތައް ގިނަ: ގަޕޯ
08 މާރިޗު 2026

ސިނަމާލޭ ފްލެޓްގައި އުޅޭ ރައްޔިތުންނަށް އޮޅޭ ގޮތަށް ދައްކަވާ ވާހަކަ އާޒިމް ސާފުކޮށްދެއްވައިފި

08 މާރިޗު 2026
ސިނަމާލޭ ފްލެޓްގައި އުޅޭ ރައްޔިތުންނަށް އޮޅޭ ގޮތަށް ދައްކަވާ ވާހަކަ އާޒިމް ސާފުކޮށްދެއްވައިފި
08 މާރިޗު 2026

އެމްޑީޕީ ޕިކަޕް ޖަލްސާ: "ފެންނަ ނުފެންނަ އިންތިޚާބުގައި އާއެކޭ ބުނެފި ނަމަ ރައްޔިތުންގެ ބާރު އެއްކޮށް ގެއްލޭނެ."

08 މާރިޗު 2026
އެމްޑީޕީ ޕިކަޕް ޖަލްސާ: "ފެންނަ ނުފެންނަ އިންތިޚާބުގައި އާއެކޭ ބުނެފި ނަމަ ރައްޔިތުންގެ ބާރު އެއްކޮށް ގެއްލޭނެ."
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް