Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެކުޅުދުއްފުށީ ސިންތަޓިކް ޓްރެކް މަޝްރޫޢު

މައި ސަރުކާރުން މިދިޔަ ޑިސެންބަރު މަހު ކުޅުދުއްފުށީގައި އަޅައިދޭން ބުނި ސިންތަޓިކް ޓްރެކް ތޮޅިއަށް!

ކުޅުދުއްފުށީ ސިޓީގައި ސިންތެޓިކް ޓްރެކެއް އެޅުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވެވަޑައިގެންނެވި ވައުދާ އެއްގޮތަށް، 2025 ޑިސެމްބަރުގެ ކުރިން އެ މަޝްރޫޢުގެ އަމަލީ މަސައްކަތް ފެށިފައެއް ނުވެއެވެ.

ޢާއިޝަތު އައިނީ
ޢާއިޝަތު އައިނީ | 6 މާރިޗު 2026 | ހުކުރު 12:05
ރައީސް މުޢިއްޒު މިދިޔަ ޑިސެންބަރު މަހުގެ ކުރިން ކުޅުދުއްފުށީގައި އަޅައިދޭން ވައުދުވެވަޑައިގެންނެވި ސިންތަޓިކް ޓްރެކް ގެ އަމަލީ މަސައްކަތް އަދިވެސް ނުފެށޭ.

ރައީސް މުޢިއްޒު މިދިޔަ ޑިސެންބަރު މަހުގެ ކުރިން ކުޅުދުއްފުށީގައި އަޅައިދޭން ވައުދުވެވަޑައިގެންނެވި ސިންތަޓިކް ޓްރެކް ގެ އަމަލީ މަސައްކަތް އަދިވެސް ނުފެށޭ. | ރާއްޖެ އެމްވީ

މައި ސަރުކާރުން ކުޅުދުއްފުށި ސިޓީއަށް ވީ ވައުދާއި އެއްގޮތަށް, ކުޅުދުއްފުށީގެ ކުޅިވަރު އާއިލާއާއި ޒުވާނުންގެ އެންމެ ބޮޑު އެއް އުންމީދު ކަމުގައިވާ ސިންތެޓިކް ޓްރެކްގެ މަޝްރޫޢުގެ އަމަލީ މަސައްކަތް 2025 ވަނަ އަހަރުގެ ޑިސެންބަރު މަހުގެ ކުރިން ފަށައިދޭނެ ކަމަށް ބުނި ނަމަވެސް, އެ ވައުދަށް އަމަލީ ސިފައެއް އަދިވެސް ނުލިބެއެވެ.

މިދިޔަ އަހަރުގެ އޮގަސްޓް މަހު ކުޅުދުއްފުށީ ސިޓީއަށް ކުރެއްވި ރަސްމީ ދަތުރުފުޅުގައި، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވަނީ މި މަޝްރޫޢުއާއި ގުޅޭގޮތުން ވަރަށް ފޮނި އުންމީދުތަކެއް ދެއްވާފައެވެ. އެ ދަތުރުފުޅުގައި ރައްޔިތުންނާ މުހާތަބުކުރައްވައި ރައީސް ވިދާޅުވީ، ކުޅުދުއްފުށީގައި ޤާއިމުކުރާ ސިންތެޓިކް ޓްރެކްގެ މަސައްކަތް ލަސްވެގެން 2025 ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ ތެރޭގައި ފެށޭނެ ކަމަށެވެ.

"ކުޅިވަރުގެ ދާއިރާގައި ވަރަށް މުހިންމު ވަރަށް ލަސްވެފަ އޮތް ކަމަކީ ސިންތެޓިކް ޓުރެކްގެ މަޝްރޫޢު. މި މަޝްރޫޢަކީ އެކި ކަލަހަ ފަންޑުތަކާއި ގުޅުވައިގެން އެކި ފަހަރު މަސައްކަތް ކުރެވިފައި އޮތްކަމެއް. އަޅުގަނޑުމެން މިހާރު ނިންމައިފިން ސަރުކާރުން އެގޮތަށް މި ދިގުލައިގެން ދިޔަ ނުދޭން" ރައީސް ވިދާޅުވިއެވެ.

މި މަޝްރޫޢު ލަސްވަނީ ފަންޑުތަކަށް ބަރޯސާވާން ޖެހުމުން ކަމަށް ފާހަގަކުރައްވައި، ރައީސް ވިދާޅުވީ ފިނޭންސް މިނިސްޓްރީ މެދުވެރިކޮށް އެކަމަށް މަގުތަކެއް ފަހިކުރަމުންދާ ކަމަށެވެ. އަދި އުންމީދަކީ 2025 ގެ ޑިސެމްބަރުގެ ކުރިން އަމަލީ މަސައްކަތް ފެށުން ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.

ނަމަވެސް، މިއަދަކީ 2026 ވަނަ އަހަރުގެ މާރިޗު މަހުގެ 6 ވަނަ ދުވަހެވެ. ރައީސް ދެއްވި ތާރީޚު ފަހަނައަޅައި ދިޔައިރުވެސް، ސިންތެޓިކް ޓްރެކްގެ އަމަލީ މަސައްކަތް އަދިވެސް ފެންނާކަށް ނެތެވެ.

މި އަހަރުގެ އޭޕްރީލް މަހު ބާއްވާ ލޯކަލް ކައުންސިލް އިންތިޚާބާ ދިމާކޮށް، ރައްޔިތުންގެ ލޮލުގައި އަނދުން އެޅުވުމުގެ ގޮތުން މިދިޔަ ޖެނުއަރީ މަހު ސަރވޭ ޓީމެއް އެ ސިޓީއަށް ޒިޔާރަތް ކުރި ނަމަވެސް، އޭގެ ފަހުން އަދި އެއްވެސް ކުރިއެރުމެއް މި މަޝްރޫޢުއަށް ލިބިފައެއް ނުވެއެވެ.

މައި ސަރުކާރުން ރައްޔިތުންނަށް ވެފައިވާ ވައުދުތައް ފުނިޖެހެމުންދާއިރު، މިކަމުގެ ނަތީޖާއަކަށް ވަނީ, ސިންތަޓިކް ޓްރެކް ފަދަ ޒަމާނީ ކުޅިވަރުގެ ވަސީލަތްތަކަށް ނުހަނު ފޮނި އުންމީދުތަކެއް ކުރަމުންދާ ކުޅުދުއްފުށީގެ ޒުވާނުން, މާޔޫސްކަމެއްގެ ތެރެއަށް ވައްޓައިލުމެވެ.

Your browser does not support the video tag.
ރައީސް މުޢިއްޒު މިދިޔަ އަހަރުގެ އޮގަސްޓް މަހު ކުޅުދުއްފުށި ރައްޔިތުންނާއި މުހާތަބުކުރައްވައި ވެވަޑައިގެން ވައުދުފުޅު

ކުޅުދުއްފުށިޑރ. މުޙައްމަދު މުޢިއްޒުސިންތެޓިކް ޓްރެކްލޯކަލް ކައުންސިލް އިންތިހާބު

އިތުރަށް ކިޔާލަން

06 މާރިޗު 2026

ހަނގުރާމަ ބަހަނާއަކަށް ދައްކައިގެން ސަރުކާރުން ނުހައްގު ފައިދާ ލައިގެން ރައްޔިތުންނަށް ތެޔޮ ވިއްކަން ފަށައިފި: އަބްދުﷲ ޝާހިދު

06 މާރިޗު 2026
ހަނގުރާމަ ބަހަނާއަކަށް ދައްކައިގެން ސަރުކާރުން ނުހައްގު ފައިދާ ލައިގެން ރައްޔިތުންނަށް ތެޔޮ ވިއްކަން ފަށައިފި: އަބްދުﷲ ޝާހިދު
05 މާރިޗު 2026

ވައްކަމަކީ މި ސަރުކާރުގެ ހިތުގެ ކާނާ، އެކަން ހުއްޓަ އެއް ނުލާނެ: ޣަފޫރު

05 މާރިޗު 2026
ވައްކަމަކީ މި ސަރުކާރުގެ ހިތުގެ ކާނާ، އެކަން ހުއްޓަ އެއް ނުލާނެ: ޣަފޫރު
05 މާރިޗު 2026

ތިލަދުންމަތީ އުތުރުބުރީ "ކަނޑާލިފިނޮޅު" އެ އަތޮޅު "ވަށަފަރު" ގެ ބައެއް ކަމުގައި ރައީސުލްޖުމްހޫރިއްޔާ ކަނޑައަޅުއްވައިފި

05 މާރިޗު 2026
ތިލަދުންމަތީ އުތުރުބުރީ "ކަނޑާލިފިނޮޅު" އެ އަތޮޅު "ވަށަފަރު" ގެ ބައެއް ކަމުގައި ރައީސުލްޖުމްހޫރިއްޔާ ކަނޑައަޅުއްވައިފި
05 މާރިޗު 2026

މާޅޮސްމަޑުލު އުތުރުބުރީ "އުނގުލު" އެ އަތޮޅު "އުނގޫފާރު" ގެ ބައެއް ކަމުގައި ރައީސުލްޖުމްހޫރިއްޔާ ކަނޑައަޅުއްވައިފި

05 މާރިޗު 2026
މާޅޮސްމަޑުލު އުތުރުބުރީ "އުނގުލު" އެ އަތޮޅު "އުނގޫފާރު" ގެ ބައެއް ކަމުގައި ރައީސުލްޖުމްހޫރިއްޔާ ކަނޑައަޅުއްވައިފި
05 މާރިޗު 2026

ދަރިފުޅާ ދެކޮޅަށް ހުރި ހެކި ނައްތާލިކަން ފަރުހާދުގެ މައްޗަށް ސާބިތު ނުވޭ: އިހުސާން

05 މާރިޗު 2026
ދަރިފުޅާ ދެކޮޅަށް ހުރި ހެކި ނައްތާލިކަން ފަރުހާދުގެ މައްޗަށް ސާބިތު ނުވޭ: އިހުސާން
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު