Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ފައިސަލް ނަސީމް

19 ވަނަ މަޖިލީހުގައި އޮތީ އެމްޑީޕީގެ ސުޕަ މެޖޯރިޓީ، އެކަމަކު ރައީސާއި ޕާޓީ އަށް ފަސޭހަކުރަން ގާނޫނު އަސާސީ ބަދަލެއް ނުކުރޭ: ކުރީގެ ނައިބު ރައީސް ފައިސަލް

ގާނޫނުއަސާސީއަށް ބަދަލުތައް ގެނެސް ރައްޔިތުންގެ ހައްގުތައް ނިގުޅައިގަތުމަށް މި ސަރުކާރުން މަސައްކަތް ކުރަމުންދާ ކަމަށް، ކުރީގެ ނައިބު ރައީސް ފައިސަލް ނަސީމް ވިދާޅުވެއްޖެ. މިހާރުގެ މަޖިލީހުން ހުރިހާ ކަމެއް ކުރަނީ ރައީސް ޑރ. މުއިއްޒަށާއި ޕީއެންސީއަށް ފައިދާވާ ގޮތަށް ކަމަށާއި، ދެ އިންތިޚާބު އެއްކޮށްލުމުން ސަރުކާރު ޒިންމާދާރުކުރުވުމުގެ ފުރުސަތު ގެއްލިގެންދާނެ ކަމަށް އެމަނިކުފާނު ވިދާޅުވި. މީގެ އިތުރުން، ދޮގު މައުލޫމާތު ފަތުރައިގެން ވެރިކަމަށް އައި މި ސަރުކާރުން ގައުމު ފަހަތަށް ޖައްސާލަން ކުރާ މަސައްކަތަށް ރައްޔިތުން ޖާގަ ނުދޭނެ ކަމަށް ވެސް ފައިސަލް ވިދާޅުވި.

ޝާމާ ޝުއައިބް
ޝާމާ ޝުއައިބް, ރާއްޖެ އެމްވީ | 27 މާރިޗު 2026 | ހުކުރު 18:26
ކުރީގެ ނައިބު ރައީސް ފައިސަލް ނަސީމް

ކުރީގެ ނައިބު ރައީސް ފައިސަލް ނަސީމް | ރާއްޖެ އެމްވީ

ނިމުނު އެމްޑީޕީގެ ވެރިކަމުގައި ހިނގި 19 ވަނަ ރައްޔިތުންގެ މަޖިލީހުގައި އެމްޑީޕީގެ ސުޕަ މެޖޯރިޓީ އެއް އޮތް ކަމަށާއި ނަމަވެސް އެ މަޖިލީހުން ރައީސުލްޖުމްހޫރިއްޔާ އަށް ފަސޭހަ ކޮށްދީ، ޕާޓީ ގެ ފައިދާ އަށް ކަންތައްތަކެއް ނުކޮށްދޭ ކަމަށް ކުރީގެ ނައިބު ރައީސް ފައިސަލް ނަސީމް ވިދާޅުވެއްޖެ އެވެ. 

ހުކުރު ދުވަހުގެ ރޭ އެމްޑީޕީ އިން ފުވައްމުލަކު ސިޓީގައި ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުން ފައިސަލް ވިދާޅުވީ ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހަކީ  4 އަހަރު ވަންދެން ގާނޫނު އަސާސީ އިސްލާހު ކުރުމުގެ މަސައްކަތުގައި ރައްޔިތުންގެ މަޖިލީހުގެ އެމްޑީޕީ ގެ މެންބަރުންނާއި ދެންވެސް ތިއްބެވި މެންބަރުންނާއެކު މަސައްކަތް ކުރެއްވި ބޭފުޅެއް ކަމަށެވެ. ނަމަވެސް މިއަދު މި ސަރުކާރުން ކަންތައްތައް ކުރާހެން ހިތަށް އެރުމުން ގާނޫނު އަސާސީ ބަދަލު ކުރަން އެމަނިކުފާނު ނޫޅުއްވާ ކަމަށް ފައިސަލް ވިދާޅުވި އެވެ. 

ގާނޫނު އަސާސީ އިސްލާހު ކުރުމުގެ މަސައްކަތުގައި އެންމެ ބޮޑު ގުރުބާނީ އެއްވީ ރައްޔިތުން ކަމަށެވެ. ރައްޔިތުން ގެލެރީގައި ތިބެގެންނާއި ބޭރުގައި ތިބެގެންނާއި ރަށްރަށުގައި ތިބެގެންނާއި މާލޭ އައިސްގެން އެވީ ގުރުބާނީގެ އަގަކީ މިއަދު ކޮބައިތޯ ފައިސަލް ސުވާލު އުފެއްދެވި އެވެ.

ގާނޫނު އަސާސީ ވުޖޫދަށް ގެނައުމުގައި އެ ބައިވެރިވި ބައިވެރިވުމުގެ އަގަކީ ކޮބައިތޯ. އަޅުގަނޑުމެން ރެޔާ ދުވާލު، ހެނދުނާ މެންދުރު، ހަވީރު ރޭގަނޑު ކުރި މަސައްކަތުގެ އަގު ކޮބައިތޯ. ބޭނުންވީމަ ބައިގަޑިއިރުން އެ ބަދަލު ކޮށްލަނީ ގާނޫނު އަސާސީ. އެއީ ދެވަނަ ބާބުގަ ރައްޔިތުންނަށް ލިބިދީފައި އޮތް އެތައް އަސާސީ ހައްގުތަކެއް. އެ ދެވަނަ ބާބު އައުމުންނޭ ވާދަވެރި ކަމާއެކު އިންތިޚާބުގަ ބައިވެރިވުމާ އަސާސީ ހައްގުތަކާއި ޚީޔާލުފާޅު ކުރުމާއި ނޫސްވެރިކަމުގެ މިނިވަންކަމާއި ދަތުރުފަތުރު ކުރުމާއި ފެނާއި ނަރުދަމާ އާއި މިހިރަ ހުރިހާ ކަމަކީ އެ ދެވަނަ ބާބުގަ ހިމެނޭ ކަންތައްތައް. 
ކުރީގެ ނައިބު ރައީސް ފައިސަލް ނަސީމް

ފައިސަލް ވިދާޅުވީ ގާނޫނު އަސާސީ އިން ރައްޔިތުންނަށް ލިބިފައިވާ ހައްގުތައް ނިގުޅައިގަތުމަށްޓަކައި މި ސަރުކާރުން ދެ އިންތިޚާބު އެއްކުރަން އުޅޭ އިރު، މިއަދުގެ ރައްޔިތުންގެ މަޖިލީހުން ވެސް ހުރިހާ ކަމެއް ކުރަނީ ރައީސް ޑރ. މުހައްމަދު މުއިއްޒާއި ޕީއެންސީ އަށް ފައިދާ ހޯދައިދީ ރައްޔިތުންނަށް ގެއްލުން ލިބޭ ގޮތަށް ކަމަށެވެ. 

20 ވަނަ މަޖިލީހުގައި ޕީއެންސީގެ މެޖޯރިޓީ އެއް އޮތަތީ، މަޖިލީހުން ހިތުހުރިހާ ގޮތެއް ހަދަމުންދަނީ ޕީއެންސީ އަށް އެކަނި ފައިދާ ވާ ގޮތަށް ކަމަށާއި ނަމަވެސް 19 ވަނަ މަޖިލީހުގައި އެމްޑީޕީގެ ސުޕަ މެޖޯރިޓީ އެއް އޮތް ނަމަވެސް ޕާޓީ އަށް ފައިދާ ވާހެން އެއްވެސް ކަމެއް ކޮށްފައި ނުވާ ކަމަށް ފައިސަލް ވިދާޅުވި އެވެ. އެ މަޖިލީހުން ހުރިހާ ކަމެއް ވެސް ކުރީ ގައުމަށްޓަކައި، ރައްޔިތުންނަށް ހިމާޔަތާއި ރައްކާތެރިކަން ލިބޭނެ ގޮތަށް، ގައުމުގެ ފުދުންތެރިކަން އިތުރުވާނެ ގޮތަށް ކަމަށް ވެސް ފައިސަލް ވިދާޅުވި އެވެ.  

ރިޔާސީ އިންތިޚާބެއް ބޯވަތިވަމުން އަންނައިރު ތާކުންތާކުން ނުޖެހޭ ދޮގުތައް ހަދައި، ބުހުތާނު ދޮގުތައް ހަދައި ނުބައި މައުލޫމާތު ފަތުރައި، ކަނޑުވިއްކާލި ކަމަށާއި އިންޑިއާގެ އެތައް ހާސް ސިފައިންނެއް، މިލިޓަރީ ސިފައިންގެ މީހުން ތިބިކަމަށާއި މައުލޫމާތު ހާމަ ނުކުރާ ކަމަށާއި އެތައް ބަޔަކަށް ވަޒީފާ ދޭ ވާހަަކައާއި ބޭނުން ބަޔަކަށް ޕްރޮޖެކްޓް ދޭ ވާހަކައާއި ޚަރަދު އިންތިހާއަށް ކުރާ ވާހަކަ ދައްކައިގެން އޭގެ އަޑު އެ ދުވަހު އެހިގެން ރަނގަޅު ގޮތެއް ވެދާނެ ކަމުގެ އުއްމީދުގައި ރައްޔިތުން ގެނައި ސަރުކާރުގެ ވާހަކަ އަޅުގަނޑު ދައްކާކަށް ނެތިން.
ކުރީގެ ނައިބު ރައީސް ފައިސަލް ނަސީމް

ފައިސަލް ވިދާޅުވީ ދެ އިންތިޚާބު އެއްކޮށްލުމުން ސަރުކާރުން ކުރާ އެއްވެސް ކަމެއް ބެލޭނެ ގޮތެއް ނޯންނާނެ ކަމަށެވެ. 

ފައިސަލް ވިދާޅުވީ ބަޔަކު ނުހަނު ބުރަ މަސައްކަތުން ކުރި މަސައްކަތެއް ޖަހައިގަނެގެން މި ސަރުކާރުން މި ގައުމު ފަހަތަށް ޖައްސާލަން ކުރާ މަސައްކަތަށް ރައްޔިތުން ޖާގަ ނުދޭނެ ކަމަށެވެ. 

އެމްޑީޕީފައިސަލް ނަސީމްއިބްރާހިމް މުހައްމަދު ސޯލިހުޚިޔާލު ހޯދުމުގެ ވޯޓު

ކޮމެންޓް

އިތުރަށް ކިޔާލަން

އެމްޑީޕީގެ ސިޔާސަތު ޖަލްސާގެ ތެރެއިން މައި ސަރުކާރަށް ކުޅުދުއްފުށީ ރައްޔިތުން ބިންދާލީ ރީނދޫ ރާޅެއް

އެމްޑީޕީގެ ސިޔާސަތު ޖަލްސާގެ ތެރެއިން މައި ސަރުކާރަށް ކުޅުދުއްފުށީ ރައްޔިތުން ބިންދާލީ ރީނދޫ ރާޅެއް

27 މާރިޗު 2026
ފުވައްމުލަކު ސިޓީ އިން ރައީސް ސޯލިހް އާއި އެމްޑީޕީގެ ޓީމަށް ހޫނު މަރުހަބާ އެއް

ފުވައްމުލަކު ސިޓީ އިން ރައީސް ސޯލިހް އާއި އެމްޑީޕީގެ ޓީމަށް ހޫނު މަރުހަބާ އެއް

27 މާރިޗު 2026
ދެ އިންތިހާބު އެއްކޮށްލަނީ ހަރަދު ކުޑަކުރަން ކަމަށް ބުނުމެކޭ، މޫދަށް އެރިއޮވެ ތިމަންނާ ނުހިކޭ ބުނުން އެއްފަދަ: އަލީ ހުސައިން

ދެ އިންތިހާބު އެއްކޮށްލަނީ ހަރަދު ކުޑަކުރަން ކަމަށް ބުނުމެކޭ، މޫދަށް އެރިއޮވެ ތިމަންނާ ނުހިކޭ ބުނުން އެއްފަދަ: އަލީ ހުސައިން

27 މާރިޗު 2026
ރިފެރެންޑަމް ސަރުކާރަށް ކާމިޔާބުވެއްޖެނަމަ މަޖިލިސް މެދުވެރިކޮށް ސަރުކާރުން ކުރާ ކަންކަން އިތުރަށް ގޯސްވާނެ، މި ވޯޓަށް ނޫނެކޭ ބުނަން ޖެހޭ: އަމްރު

ރިފެރެންޑަމް ސަރުކާރަށް ކާމިޔާބުވެއްޖެނަމަ މަޖިލިސް މެދުވެރިކޮށް ސަރުކާރުން ކުރާ ކަންކަން އިތުރަށް ގޯސްވާނެ، މި ވޯޓަށް ނޫނެކޭ ބުނަން ޖެހޭ: އަމްރު

27 މާރިޗު 2026
ރައީސް މުއިއްޒު ޑިކްޓޭޓަރެއްގެ ސިފައިގައި މަސައްކަތް ކުރަމުންދާތީ، ރިފެރެންޑަމަށް ނޫނެކޭ ބުނަން ޖެހޭ: ސަނީފް

ރައީސް މުއިއްޒު ޑިކްޓޭޓަރެއްގެ ސިފައިގައި މަސައްކަތް ކުރަމުންދާތީ، ރިފެރެންޑަމަށް ނޫނެކޭ ބުނަން ޖެހޭ: ސަނީފް

27 މާރިޗު 2026

އަހަރުތަކުން މިއަދު

27 މާރިޗު
ކްރީމް ޗީޒް އެންޑް ޕީނަޓް ބަޓަރ ސްޓްރޯބެރީ ސޭންޑްވިޗް
20251 އަހަރު ކުރިން
ލައިފް ސްޓައިލް

ކްރީމް ޗީޒް އެންޑް ޕީނަޓް ބަޓަރ ސްޓްރޯބެރީ ސޭންޑްވިޗް

އަލް މަޝްއަރު ހައްޖު އެންޑް އުމްރާ ގްރޫޕުން އުމްރާއަށް ދިޔަ އުމްރާވެރިން މައްކާގައި މަގުމަތިވެފައި
20242 އަހަރު ކުރިން
ރާއްޖެ

އަލް މަޝްއަރު ހައްޖު އެންޑް އުމްރާ ގްރޫޕުން އުމްރާއަށް ދިޔަ އުމްރާވެރިން މައްކާގައި މަގުމަތިވެފައި

އޮސްޓްރޭލިޔާގެ ރައްޔިތަކަށް 160،000 ޑޮލަރުގެ އަގުހުރި ރަން އެކުލެވޭ ގަލެއް ހޮވިއްޖެ
20233 އަހަރު ކުރިން
ތަފާތު ޚަބަރު

އޮސްޓްރޭލިޔާގެ ރައްޔިތަކަށް 160،000 ޑޮލަރުގެ އަގުހުރި ރަން އެކުލެވޭ ގަލެއް ހޮވިއްޖެ

ރާފިލް ޓްރެއިނިންގއަށް ގެންގޮސްފައިވަނީ މެޑިކަލް ޓެސްޓުން ފެއިލްވެފައި ވަނިކޮށް
20224 އަހަރު ކުރިން
ރާއްޖެ

ރާފިލް ޓްރެއިނިންގއަށް ގެންގޮސްފައިވަނީ މެޑިކަލް ޓެސްޓުން ފެއިލްވެފައި ވަނިކޮށް

ކިޑްނީއެއް ނުލިބުމަށްވުރެ ހިތްދަތިވީ އެންމެ ބޭނުންވި ދުވަހު ލޯބިވާ މީހާ ދޫކޮށްފައި ދިއުމުން!
20215 އަހަރު ކުރިން
ރިޕޯޓު

ކިޑްނީއެއް ނުލިބުމަށްވުރެ ހިތްދަތިވީ އެންމެ ބޭނުންވި ދުވަހު ލޯބިވާ މީހާ ދޫކޮށްފައި ދިއުމުން!

ނުކުތީ ގޮނޑި ބޭނުން ވެގެނެއް ނޫން، ރައްޔިތުންގެ މުދާ ހިމާޔަތް ކުރަން: ޔައުގޫބު
20197 އަހަރު ކުރިން
ރާއްޖެ

ނުކުތީ ގޮނޑި ބޭނުން ވެގެނެއް ނޫން، ރައްޔިތުންގެ މުދާ ހިމާޔަތް ކުރަން: ޔައުގޫބު

90ގެ ޓްރެންޑެއް ކަމަށްވާ \'ތޮންގް ހީލްސް\' އަނބުރާ އައީ؟
20188 އަހަރު ކުރިން
ތަފާތު ޚަބަރު

90ގެ ޓްރެންޑެއް ކަމަށްވާ \'ތޮންގް ހީލްސް\' އަނބުރާ އައީ؟

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު