Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ޚިޔާލު ހޯދުމުގެ ވޯޓު

ރިފެރެންޑަމް ސަރުކާރަށް ކާމިޔާބުވެއްޖެނަމަ މަޖިލިސް މެދުވެރިކޮށް ސަރުކާރުން ކުރާ ކަންކަން އިތުރަށް ގޯސްވާނެ، މި ވޯޓަށް ނޫނެކޭ ބުނަން ޖެހޭ: އަމްރު

އަމްރު ވިދާޅުވީ އިންތިޚާބުތައް އެއްކޮށްލުމަށް ބާއްވާ ރިފެރެންޑަމްގައި ސަރުކާރުން ހަގީގީ ސަބަބުތައް އޮޅުވާލާފައިވާ ކަމަށް. އިންތިޚާބުތައް އެއްދުވަހެއްގައި ބޭއްވުމުން ދައުލަތުގެ ބާރުތައް މަސްއުނިވެ، ސަރުކާރު ޖަވާބުދާރީ ކުރުވުމަށް އޮންނަ މަޖިލީހުގެ މިނިވަންކަން ގެއްލޭނެ ކަމަށް އޭނާ ވިދާޅުވި. އެހެންކަމުން ރައްޔިތުންގެ ހައްގުތައް ކަށަވަރުކުރުމަށްޓަކައި މި ވޯޓަށް "ނޫނެކޭ" ބުނުމަށް އަމްރު ވަނީ ގޮވާލައްވާފައި.

އަމްނާ އިމާދު
އަމްނާ އިމާދު, ރާއްޖެ އެމްވީ | 27 މާރިޗު 2026 | ހުކުރު 10:02
ނޫނެކޭ ޕްރޮގްރާމްގައި އެސްޓީއޯގެ ކުރީގެ މެނޭޖިންގ ޑިރެކްޓަރު ހުސައިން އަމްރު ވާހަކަ ދައްކަވަނީ.

ނޫނެކޭ ޕްރޮގްރާމްގައި އެސްޓީއޯގެ ކުރީގެ މެނޭޖިންގ ޑިރެކްޓަރު ހުސައިން އަމްރު ވާހަކަ ދައްކަވަނީ. | ރާއްޖެއެމްވީ

ރިފެރެންޑަމް ވޯޓު ސަރުކާރަށް ކާމިޔާބުވެއްޖެނަމަ، ރައްޔިތުން މަޖިލިސް މެދުވެރިކޮށް ސަރުކާރުން ކުރާ ކަންކަން އިތުރަށް ގޯސްވާނެ ކަމަށާއި، މި ވޯޓަށް ރައްޔިތުން ނޫނެކޭ ބުނަންޖެހޭ ކަމަށް އެސްޓީއޯގެ ކުރީގެ މެނޭޖިންގ ޑިރެކްޓަރު ހުސައިން އަމްރު ވިދާޅުވެއްޖެ އެވެ.

ބުރާސްފަތި ދުވަހުގެ ރޭ ގެނެސްދިން ނޫނެކޭ ޕްރޮގްރާމްގައި އަމްރު ވިދާޅުވީ ރިފެރެންޑަމްގައި ބޮޑެތި އޮޅުވާލުން ތަކެއް އެބަހުރި ކަމަށާއި، ސަރުކާރުން މިކަން ކުރަން އުޅޭ ހަގީގީ ސަބަބުތައް ހާމަ ނުކުރާ ކަމަށެވެ. އަދި ރައްޔިތުންނަށް މިކަމުން ދިމާވާނެ ފަސޭހައެއް ވެސް ބުނެ ނުދެވޭ ކަމަށް އޭނާ ވިދާޅުވި އެވެ. 

ރިފެރެންޑަމްއަކީ މިސަރުކާރުން ވަކި ސިޔާސީ މަގުސަދެއް ހާސިލް ކުރުމަށް ކުރާ ކަމެއްކަން ފާހަގަކުރައްވައި އަމްރު ވިދާޅުވީ ރިޔާސީ އިންތިޚާބާއި މަޖިލިސް އިންތިޚާބު ވޯޓު އެއް ދުވަހެއްގައި ކުރިއަށް ގެންދާއިރު، ރައްޔިތުންގެ ހުރިހާ ސަމާލު ކަމެއް ދާނީ ރިޔާސީ އިންތިޚާބަށް ކަމަށެވެ. އަދި މި އިންތިޚާބު ކާމިޔާވެއްޖެނަމަ ކުރިއަށް އޮތްތަނުގައި ރައީސް މުއިއްޒު ދައުލަތުގެ ހުރިހާ ވަސީލަތްތައް ބޭނުން ކުރައްވައިގެން ކެންޕޭން ކުރައްވާނީ ވެސް އެމަނިކުފާނަށް ދެވޭ ވޯޓަކީ މެންބަރުންނަށް ވެސް ދެވޭ ވޯޓެއް ގޮތަށް ކަމަށް އަމްރު ވިދާޅުވި އެވެ.

އެހެންކަމުން މަޖިލީހުގެ ބޭނުން އެ ހިސާބުން ގެއްލުނީ ކަމަށާއި، މިހާރު ވެސް މަޖިލީހުގެ ސުޕަ މެޖޯރިޓީ ސަރުކާރަށް އޮތުމުން ރައްޔިތުންގެ ހައްގުގައި ސަރުކާރު ޖަވާބުދާރީ ނުކުރެވޭ ކަމަށް އޭނާ ވިދާޅުވި އެވެ. 

އެގޮތަށް އެކަން ކުރީމަ މަސްއުނިވެގެން ވަރަށް ބޮޑަށް މިދަނީ މީތި. ދިޔައިމާ އެބަ ގެއްލޭ ރާއްޖޭގައި މި އޮންނަ ވަކި ވަކި ވެފައި އޮންނަ ބާރުތައް. އެ ބާރުތައް ގެއްލުނީމަ ދެން ދިމާވާ މައްސަލަ މާ ބޮޑު. އެއީ މިހާރުވެސް އަޅުގަނޑުމެންނަށް މި ދިމާވާ މައްސަލައެއް، އެއީ މަޖިލިސް ސުޕަރ މެޖޯރިޓީ އެ ސަރުކާރަކަށް ލިބުނީމަ ދެން އެ ސަރުކާރު ބޭނުންވާ ގޮތަކަށް އެކަންކަން ކުރައްވަނީ. މިސާލަކަށް ބައްލަވާ! ރޭގައި ހަ އަހަރު ކުއްޖަކު އެ ދުނިޔެ ދޫކުރި އެ ކުއްޖާއަަށް ބޭނުންވާ ހޮޅިކޮޅެއް ނުގެނެސްދެވިގެން. އެސްޓީއޯއިން އެންސްޕާ ބޮލުގައި، އެންސްޕާއިން އެސްޓީއޯ ބޮލުގައި. އަނެއްކާ އިރުކޮޅަކުން ހެލްތު މިނިސްޓަރު. އެއީ އެހެންވީމާ، މި ވާހަކައަކީ ކޮންމެ ބަޔަކު ވިޔަސް، މި ޒިންމާ ނަގަންޖެހޭ ބަޔަކު ވެސް ތިބޭނެތާ. އެކަމަކު އެކަން ބަލާނީ ކޮންތާކުހެއްތޯ؟ މަޖިލީހަކީ ހަގީގަތުގައި އެކަންކަން ބަލަން އޮންނަ ބޮޑީއެއް. މަޖިލީހުން މި އޮންނަނީ މިނިވަން މުއައްސަސާތައް ވެސް ކަނޑައަޅާފަ. ނަގާފަ. އެހެންވެއްޖެއްޔާ އެ ތަންތަނުން ވެސް ވަގުތުން އެކަންކަން ބަލަން އެބަޖެހޭތާ. 

އަމްރު ވިދާޅުވީ ރައްޔިތުންނާ ގުޅުންހުރި ކަންކަމުގައި ރައްޔިތުންގެ މަޖިލީހުގެ ދައުރު ވަރަށް ބޮޑު ކަމަށާއި، ދިމާވާ މައްސަލަތަކާ ގުޅިގެން މިނިވަން މުއައްސަސާތައް ޖަވާބުދާރީ ކުރުވަން ޖެހޭ ކަމަށެވެ.  އަދި ރައްޔިތުންނާ ގުޅުންހުރި ކަންކަމުގައި ސަރުކާރުން ނިންމާ ހުރިހާ ނިންމުންތަކާ ގުޅޭގޮތުން ވެސް ސުވާލު ކުރަންޖެހޭ ކަމަށާއި، ނަމަވެސް މިއަދު އެ ބާރު ވެސް ނެތް ކަމަށް އޭނާ ވިދާޅުވި އެވެ. އެއީ މަޖިލީހުގެ ސުޕަ މެޖޯރިޓީ ސަރުކާރަށް ލިބުމުން ދިމާވާ މައްސަލައެއް ކަމަށާއި، ރިފެރެންޑަމް ވޯޓު ސަރުކާރަށް ކާމިޔާބު ވެއްޖެނަމަ އިތުރަށް މައްސަލަތައް ބޮޑުވާނެ ކަމަށް އަމްރު ވިދާޅުވި އެވެ.

އެހެންކަމުން ރިފެރެންޑަމް ވޯޓަށް ނޫނެކޭ ބުނުމަށް އަމްރު ގޮވާލެއްވި އެވެ. 

ހުސައިން އަމްރުޚިޔާލު ހޯދުމުގެ ވޯޓުރައްޔިތުންގެ މަޖިލިސްނޫނެކޭ

ކޮމެންޓް

އިތުރަށް ކިޔާލަން

ރައީސް މުއިއްޒު ޑިކްޓޭޓަރެއްގެ ސިފައިގައި މަސައްކަތް ކުރަމުންދާތީ، ރިފެރެންޑަމަށް ނޫނެކޭ ބުނަން ޖެހޭ: ސަނީފް

ރައީސް މުއިއްޒު ޑިކްޓޭޓަރެއްގެ ސިފައިގައި މަސައްކަތް ކުރަމުންދާތީ، ރިފެރެންޑަމަށް ނޫނެކޭ ބުނަން ޖެހޭ: ސަނީފް

27 މާރިޗު 2026
ރައީސް މުއިއްޒު އަށް ރަނގަޅުވާނީ ޝަރުއީ ދާއިރާ އިތުރަށް މިނިވަން ކުރަން ނޫޅުނިއްޔާ: ސޯލިހު

ރައީސް މުއިއްޒު އަށް ރަނގަޅުވާނީ ޝަރުއީ ދާއިރާ އިތުރަށް މިނިވަން ކުރަން ނޫޅުނިއްޔާ: ސޯލިހު

26 މާރިޗު 2026
ރެފަރެންޑަމް ހުއްޓުވައި ދިނުމަށް އެދި ހުށަހެޅި މައްސަލަ: އިތުރު ކަމެއް ސާފުކުރަން ނެތްނަމަ ދެން އޮންނާނީ ޙުކުމް!

ރެފަރެންޑަމް ހުއްޓުވައި ދިނުމަށް އެދި ހުށަހެޅި މައްސަލަ: އިތުރު ކަމެއް ސާފުކުރަން ނެތްނަމަ ދެން އޮންނާނީ ޙުކުމް!

26 މާރިޗު 2026
އީސީއަކީ މައްސަލައިގެ ޚަސްމެއްނޫންކަމަށް ބުނުމުން އުއްތަމަފަނޑިޔާރުގެ ސުވާލެއް: އިލެކްޝަންސްއާ ގުޅޭ މައްސަލައެއް ކޮމިޝަން ނުހިމަނައި ކުރިއަށް ގެންދިއުން ރަނގަޅުވާނެތޯ؟

އީސީއަކީ މައްސަލައިގެ ޚަސްމެއްނޫންކަމަށް ބުނުމުން އުއްތަމަފަނޑިޔާރުގެ ސުވާލެއް: އިލެކްޝަންސްއާ ގުޅޭ މައްސަލައެއް ކޮމިޝަން ނުހިމަނައި ކުރިއަށް ގެންދިއުން ރަނގަޅުވާނެތޯ؟

26 މާރިޗު 2026
ރެފަރެންޑަމް ވޯޓަކީ އޭގެ އަސްލު އޮޅުވާލައިގެން ނަގާ ވޯޓެއް، އާނއެކޭ ބުނެއްޖެނަމަ ސަރުކާރުގެ އަނިޔާވެރިކަން ފެންނާނެ: ޝިއްޕެ

ރެފަރެންޑަމް ވޯޓަކީ އޭގެ އަސްލު އޮޅުވާލައިގެން ނަގާ ވޯޓެއް، އާނއެކޭ ބުނެއްޖެނަމަ ސަރުކާރުގެ އަނިޔާވެރިކަން ފެންނާނެ: ޝިއްޕެ

26 މާރިޗު 2026

އަހަރުތަކުން މިއަދު

27 މާރިޗު
ކްރީމް ޗީޒް އެންޑް ޕީނަޓް ބަޓަރ ސްޓްރޯބެރީ ސޭންޑްވިޗް
20251 އަހަރު ކުރިން
ލައިފް ސްޓައިލް

ކްރީމް ޗީޒް އެންޑް ޕީނަޓް ބަޓަރ ސްޓްރޯބެރީ ސޭންޑްވިޗް

އަލް މަޝްއަރު ހައްޖު އެންޑް އުމްރާ ގްރޫޕުން އުމްރާއަށް ދިޔަ އުމްރާވެރިން މައްކާގައި މަގުމަތިވެފައި
20242 އަހަރު ކުރިން
ރާއްޖެ

އަލް މަޝްއަރު ހައްޖު އެންޑް އުމްރާ ގްރޫޕުން އުމްރާއަށް ދިޔަ އުމްރާވެރިން މައްކާގައި މަގުމަތިވެފައި

އޮސްޓްރޭލިޔާގެ ރައްޔިތަކަށް 160،000 ޑޮލަރުގެ އަގުހުރި ރަން އެކުލެވޭ ގަލެއް ހޮވިއްޖެ
20233 އަހަރު ކުރިން
ތަފާތު ޚަބަރު

އޮސްޓްރޭލިޔާގެ ރައްޔިތަކަށް 160،000 ޑޮލަރުގެ އަގުހުރި ރަން އެކުލެވޭ ގަލެއް ހޮވިއްޖެ

ރާފިލް ޓްރެއިނިންގއަށް ގެންގޮސްފައިވަނީ މެޑިކަލް ޓެސްޓުން ފެއިލްވެފައި ވަނިކޮށް
20224 އަހަރު ކުރިން
ރާއްޖެ

ރާފިލް ޓްރެއިނިންގއަށް ގެންގޮސްފައިވަނީ މެޑިކަލް ޓެސްޓުން ފެއިލްވެފައި ވަނިކޮށް

ކިޑްނީއެއް ނުލިބުމަށްވުރެ ހިތްދަތިވީ އެންމެ ބޭނުންވި ދުވަހު ލޯބިވާ މީހާ ދޫކޮށްފައި ދިއުމުން!
20215 އަހަރު ކުރިން
ރިޕޯޓު

ކިޑްނީއެއް ނުލިބުމަށްވުރެ ހިތްދަތިވީ އެންމެ ބޭނުންވި ދުވަހު ލޯބިވާ މީހާ ދޫކޮށްފައި ދިއުމުން!

ނުކުތީ ގޮނޑި ބޭނުން ވެގެނެއް ނޫން، ރައްޔިތުންގެ މުދާ ހިމާޔަތް ކުރަން: ޔައުގޫބު
20197 އަހަރު ކުރިން
ރާއްޖެ

ނުކުތީ ގޮނޑި ބޭނުން ވެގެނެއް ނޫން، ރައްޔިތުންގެ މުދާ ހިމާޔަތް ކުރަން: ޔައުގޫބު

90ގެ ޓްރެންޑެއް ކަމަށްވާ \'ތޮންގް ހީލްސް\' އަނބުރާ އައީ؟
20188 އަހަރު ކުރިން
ތަފާތު ޚަބަރު

90ގެ ޓްރެންޑެއް ކަމަށްވާ \'ތޮންގް ހީލްސް\' އަނބުރާ އައީ؟

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު