Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރިޕޯޓު
ހޭވައްލާ ތައްޔާރު

އެމްޑީޕީގެ ސިޔާސަތު ޖަލްސާގެ ތެރެއިން މައި ސަރުކާރަށް ކުޅުދުއްފުށީ ރައްޔިތުން ބިންދާލީ ރީނދޫ ރާޅެއް

ކުޅުދުއްފުށީ ސިޓީގައި އެމްޑީޕީން ބޭއްވި ސިޔާސަތު ބައްދަލުވުންތަކަށް އާންމުންގެ ބޮޑު ތަރުހީބެއް ލިބިފައިވާއިރު، ސަރުކާރު ހިންގާ މައި ޕާޓީން ބޭއްވި ޖަލްސާއަށް ރައްޔިތުންގެ ޝައުޤުވެރިކަން ކުޑަވުމުން ސަރުކާރުގެ ވަފުދު ވަނީ މާޔޫސްކަމާއެކު އެނބުރި ގޮސްފި.

ޢާއިޝަތު އައިނީ
ޢާއިޝަތު އައިނީ, ރާއްޖެ އެމްވީ | 27 މާރިޗު 2026 | ހުކުރު 18:18
އެމްޑީޕީ ކުޅުދުއްފުށީ ސިޔާސަތު ޖަލްސާ

އެމްޑީޕީ ކުޅުދުއްފުށީ ސިޔާސަތު ޖަލްސާ | އެމްޑީޕީ ކުޅުދުއްފުށި ސިޓީ

ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިޚާބުގެ ފޯރި ގަދަވެއްޖެއެވެ. މުޅި ރާއްޖޭގެ މަގުތަކުން ފެންނަނީ ސިޔާސީ ވާދަވެރިކަމެވެ. ސުވާލަކީ، ރާއްޖޭގެ އުތުރުގެ މައި ހަބު, ކުޅުދުއްފުށި ސިޓީގެ ރައްޔިތުންގެ އިތުބާރު މިއަދު އޮތީ ކޮން ބައެއްގެ އަތުގައި ހެއްޔެވެ؟ ތަރައްޤީގެ ރީތި ނަންތަކެއް ކިޔައިގެން ނުކުމެ ތިބި ސަރުކާރުގެ ކެންޑިޑޭޓުންނަށްތޯއެވެ؟ ނުވަތަ ރަށުގެ ތަރައްޤީއަށްޓަކައި ސާފު ސިޔާސަތުތަކެއް ހިފައިގެން ނުކުމެ ތިބި އެމްޑީޕީގެ ކެންޑިޑޭޓުންނަށްތޯއެވެ؟ ދައުލަތުގެ ބާރާއި ނުފޫޒު ބޭނުންކޮށްގެން ރައްޔިތުންގެ ލޯތްބާއި ތާއީދު ގަނެވޭނެ ހެއްޔެވެ؟ ފައިސާގެ ދަހިވެތިކަމުގައި ރައްޔިތުންގެ ފިކުރު ބަދަލުކޮށްލެވިދާނެ ހެއްޔެވެ؟ މި ސުވާލުތަކުގެ ޖަވާބު މިދިޔަ ދުވަސްތަކުގައި ކުޅުދުއްފުށިން ފެނިގެންދިޔަ މަންޒަރުތަކުން ވަރަށް ސާފުކޮށް އެނގިގެން ހިނގައްޖެއެވެ.

އެމްޑީޕީން ކުޅުދުއްފުށި ސިޓީގެ އުތުރު އަދި ދެކުނުގައި ބޭއްވި ސިޔާސަތު ދެ ޖަލްސާވެސް ނިންމާލީ އެ ސިޓީގެ ގިނަ އަދަދެއްގެ ރައްޔިތުންގެ ފުރިހަމަ ތަރުހީބާއި ޖޯޝާއެކުގައެވެ. މި ޖަލްސާތަކުގައި ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިޚާބުގައި އެމްޑީޕީގެ ޓިކެޓުގައި ވާދަކުރައްވާ ކައުންސިލަރުންނާއި، އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީ (ޑަބްލިއުޑީސީ) ގެ ކެންޑިޑޭޓުން ވަނީ ސިޓީގެ ތަރައްޤީއަށްޓަކައި އެ ބޭފުޅުން ގެންގުޅުއްވާ މުހިންމު ސިޔާސަތުތައް ރައްޔިތުންނަށް ހުށަހަޅާފައެވެ. ރައްޔިތުންގެ ލާބަޔާއި މަންފާއަށް އަމާޒުކޮށްގެން އެކުލަވާލާފައިވާ މި ސިޔާސަތުތަކަށް ލިބުނު ތަރުހީބަކީ އެމްޑީޕީގެ ފިކުރު އަދިވެސް އެ ސިޓީގައި ވަރުގަދަކަން ހާމަކޮށްދިން ސާފު ހެއްކެކެވެ.

ނަމަވެސް މުޅި ދިވެހި ދައުލަތުގެ ބާރާއި ވަސީލަތްތައް ބަނޑުންޖަހާލައިގެން، އެމްޑީޕީއާ ވާދަކުރަން ނުކުމެ އުޅޭ ސަރުކާރު ހިންގާ މައި ޕާޓީއަށް، މަންޒަރު ފެނިގެންދިޔައީ މުޅިން ތަފާތު ގޮތަކަށެވެ. ދައުލަތުގެ ވަޒީރާއި ރައްޔިތުންގެ މަޖިލީހުގެ ރައީސް ބައިވެރިވެވަޑައިގެން ބޭއްވި ބައްދަލުވުމަށް އެއްވީ ހަމައެކަނި އެސްޕީޑީ ބޭފުޅުންނާއި އެ ޕާޓީގެ ކެންޑިޑޭޓުންގެ އިތުރުން މަޖިލިސް މެންބަރުން އަދި ބޮލުގައި ބަޑި ޖައްސުވައިގެން ގެންގޮސްފައި ތިއްބެވި ބޭފުޅުންނެވެ. ރައްޔިތުންގެ ކުރިމައްޗަށް ނުކުންނަން ކެރޭވަރުގެ ތަރައްޤީގެ ތަޞައްވުރެއް ނެތުމުން، ސަރުކާރުގެ އެ ބައްދަލުވުން ބާއްވަން ޖެހުނީވެސް ސިޓީގެ އެންމެ ހަނި ގޯޅި ތެރޭގައެވެ.

މި ބައްދަލުވުންތަކުގައި ސަރުކާރުގެ ފަރާތުން ރައްޔިތުންނަށް ވިއްކާނެ އެއްވެސް އައު ސިޔާސަތެއް ނުދެއްކުނެވެ. މުޅިންވެސް އިވިގެންދިޔައީ ހުސް ބުހުތާނު ދޮގު ވާހަކަތަކެވެ. ރައްޔިތުންނަށް އޮޅުވާލަން ކުރި މަސައްކަތްވީ ބޭކާރެވެ. ސަރުކާރުން ބޭނުންކުރި ފައިސާގެ ނުފޫޒާއި، ވަޒީފާގެ ބިރުދެއްކުމުގެ ކުރިމަތީގައި ރައްޔިތުން އިސްއުފުލައި ދެއްކީ ސާބިތުކަމެވެ. ރައްޔިތުންގެ އިޙްސާސްތަކާ ކުޅެލައިގެން، ދޮގު ވަޢުދުތަކުން ވޯޓު ހޯދޭނެ ކަމަށް ހީކުރި ހީކުރުންވީ ކުށްހީއަކަށެވެ.

ކުޅުދުއްފުށީގެ ރައްޔިތުން މިއަދު ބޭނުންވަނީ ދެއްކުންތެރިކަމެއް ނެތް، އިޚްލާޞްތެރި މަސައްކަތްތަކެކެވެ. ސަރުކާރުން ކިތަންމެ ވަރަކަށް ފައިސާ ބެއްސަސް، އަދި ކިތަންމެ ބާރަކާއި ނުފޫޒެއް ދެއްކިޔަސް، ރައްޔިތުންގެ ހިތްތަކުގައި ބިންވަޅު ނެގިފައިވާ އެމްޑީޕީގެ ވިސްނުމާއި ފިކުރު ބަދަލެއް ނުކުރެވޭނެއެވެ. މިއަދު ފެނިގެން މިދަނީ ސަރުކާރުގެ ހުރިހާ ވަސީލަތްތަކެއް ބޭނުންކޮށްގެންވެސް ރައްޔިތުންގެ ތާއީދު ނުލިބުމުން، މާޔޫސްވެފައިވާ މަންޒަރެވެ.

ނަތީޖާއަކަށްވީ، ރައްޔިތުންގެ މަޖިލީހުގެ ރައީސް ކުރެއްވި ދަތުރުފުޅު ކުރުކޮށްލައްވައި، މާޔޫސްކަމާއެކު ކުޅުދުއްފުށިން ފައިބައިވަޑައިގަތުމެވެ. ފައިސާ އާއި ނުފޫޒު އޮތަސް، ރައްޔިތުންގެ ލޯތްބާއި އިތުބާރު ނެތްކަން އެމަނިކުފާނަށް ވަރަށް ރަނގަޅަށް އިޙްސާސް ކުރެވުނު ކަހަލައެވެ. ސަރުކާރުގެ މުޅި މެޝިނަރީ ބޭނުންކޮށްގެންވެސް އެމްޑީޕީގެ ވަރުގަދަ އަސާސްތަކާއި، ރައްޔިތުން އެ ޕާޓީއަށް ކުރާ އިތުބާރު ގުޑުވައެއް ނުލެވޭނެކަން ކުޅުދުއްފުށީ ސިޓީން މިވަނީ އަނެއްކާވެސް މުޅި ރާއްޖެއަށް ސާބިތުކޮށްދީފައެވެ.

ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިޚާބުގެ ފަހު ހަފުތާއަށް ކުރިމަތިލާއިރު، އިންތިޚާބުގެ ނަތީޖާ އޮތްގޮތް މިހާރުވެސް މިވަނީ ވަރަށް ސާފުވެފައެވެ. ސަރުކާރުގެ ހުރިހާ ބާރަކާއި ނުފޫޒެއް ބޭނުންކޮށްގެންވެސް، އެމްޑީޕީގެ "ރީނދޫ ރާޅު" ހުއްޓުވުމަކީ ކުރެވޭނެ ކަމެއް ނޫންކަން މިވަނީ ކަށަވަރުވެފައެވެ.

އިންތިޚާބަށް ބާކީ އޮތް މި ކުޑަ ދުވަސްކޮޅުގެ ތެރޭގައި ސަރުކާރުން އިތުރަށް ބާރުތައް ބޭނުންކޮށް، ރައްޔިތުންގެ ވިސްނުން ބަދަލުކުރަން މަސައްކަތް ކުރި ނަމަވެސް، ކުޅުދުއްފުށީގެ ރައްޔިތުން މިވަނީ އެމްޑީޕީގެ ސިޔާސަތުތަކަށް "އާބަސް" ބުނެފައިކަން ހާމަވެއްޖެއެވެ. އިންތިޚާބުގެ ނަތީޖާއާ މެދު ސަރުކާރުން ބިރުގަންނަނީވެސް މި ސަބަބަށްޓަކައެވެ. ސިޓީގެ ތަރައްޤީއަށްޓަކައި އެމްޑީޕީގެ ކެންޑިޑޭޓުން ހުށަހަޅާފައިވާ ތަޞައްވުރަކީ ރައްޔިތުން ބަލައިގެންފައިވާ ފުރިހަމަ ސިޔާސަތުތަކެކެވެ.

ދޮގާއި، މަކަރާއި، ފައިސާގެ ނުފޫޒަށްވުރެ ރައްޔިތުންގެ އިޚްލާޞްތެރިކަން މާ ބޮޑުކަން މި އިންތިޚާބުން މުޅި ރާއްޖެއަށް ފެނިގެންދާނެއެވެ. އެމްޑީޕީއަކީ ހަމައެކަނި ޕާޓީއެއް ނޫނެވެ. އެއީ ރައްޔިތުންގެ ހިތްތަކުގައި ބަދުލުނުވާނެ ގޮތަށް ބިންވަޅު ނެގިފައިވާ ވަރުގަދަ ފިކުރެކެވެ. ސަރުކާރުގެ ކިތަންމެ ވަރުގަދަ ހަމަލާއަކުންވެސް މި ވަރުގަދަ ލަޝްކަރު ގުޑުވައެއް ނުލެވޭނެކަން އެ ފަރާތަކުން މިއަދު ސާބިތުކޮށްދީފިއެވެ.

ކުޅުދުއްފުށިލޯކަލް ކައުންސިލް އިންތިޚާބު 2026އެމްޑީޕީޑަބްލިއުޑީސީ

ކޮމެންޓް

އިތުރަށް ކިޔާލަން

އިންތިޚާބާ ދިމާކޮށް "ހަމައެއް ލަމައެއް" ނެތި އާރްޑީސީގެ މުވައްޒަފުންނަށް ޕްރޮމޯޝަން ދޭތީ މަޖިލީހަށް މައްސަލަ އެއް ހުށަހަޅައިފި

އިންތިޚާބާ ދިމާކޮށް "ހަމައެއް ލަމައެއް" ނެތި އާރްޑީސީގެ މުވައްޒަފުންނަށް ޕްރޮމޯޝަން ދޭތީ މަޖިލީހަށް މައްސަލަ އެއް ހުށަހަޅައިފި

27 މާރިޗު 2026
ފުވައްމުލަކު ސިޓީ އިން ރައީސް ސޯލިހް އާއި އެމްޑީޕީގެ ޓީމަށް ހޫނު މަރުހަބާ އެއް

ފުވައްމުލަކު ސިޓީ އިން ރައީސް ސޯލިހް އާއި އެމްޑީޕީގެ ޓީމަށް ހޫނު މަރުހަބާ އެއް

27 މާރިޗު 2026
ދެ އިންތިޚާބު އެއްކޮށްލުމަކީ ވެރިކަން ދަންމާލާ، ރައީސް މުއިއްޒުގެ އީގޯ އަށް ފީޑްކުރުމަށް ކުރާ ކަމެއް: އައިކު

ދެ އިންތިޚާބު އެއްކޮށްލުމަކީ ވެރިކަން ދަންމާލާ، ރައީސް މުއިއްޒުގެ އީގޯ އަށް ފީޑްކުރުމަށް ކުރާ ކަމެއް: އައިކު

27 މާރިޗު 2026
ރައީސް މުއިއްޒު ޑިކްޓޭޓަރެއްގެ ސިފައިގައި މަސައްކަތް ކުރަމުންދާތީ، ރިފެރެންޑަމަށް ނޫނެކޭ ބުނަން ޖެހޭ: ސަނީފް

ރައީސް މުއިއްޒު ޑިކްޓޭޓަރެއްގެ ސިފައިގައި މަސައްކަތް ކުރަމުންދާތީ، ރިފެރެންޑަމަށް ނޫނެކޭ ބުނަން ޖެހޭ: ސަނީފް

27 މާރިޗު 2026
ރަށްރަށުގެ ވެރިކަން އެ ރަށަކަށް ހޯދުމަށްޓަކައި އަނެއްކާވެސް ގޮތެއް ނިންމަން ޖެހިފައި އޮތް ވަގުތަކީ އެޕްރީލް 4 ވަނަ ދުވަސް: ރައީސް ސޯލިހު

ރަށްރަށުގެ ވެރިކަން އެ ރަށަކަށް ހޯދުމަށްޓަކައި އަނެއްކާވެސް ގޮތެއް ނިންމަން ޖެހިފައި އޮތް ވަގުތަކީ އެޕްރީލް 4 ވަނަ ދުވަސް: ރައީސް ސޯލިހު

27 މާރިޗު 2026

އަހަރުތަކުން މިއަދު

9 މެއި
"ކޮރަޕްޝަން ނައްތާލަން މަސައްކަތެއް ފަށާއިރަށް ސިޔާސީ އިދިކޮޅު ފަރާތްތަކުން އެކަމާ ދެކޮޅު ހަދަނީ ކީއްވެބާ؟"
20251 އަހަރު ކުރިން
ރިޕޯޓު

"ކޮރަޕްޝަން ނައްތާލަން މަސައްކަތެއް ފަށާއިރަށް ސިޔާސީ އިދިކޮޅު ފަރާތްތަކުން އެކަމާ ދެކޮޅު ހަދަނީ ކީއްވެބާ؟"

މަސްއޮޑިން، މަސް ކަނޑައި ނަން ބަދަލުކޮށްފި
20242 އަހަރު ކުރިން
ކުޅިވަރު

މަސްއޮޑިން، މަސް ކަނޑައި ނަން ބަދަލުކޮށްފި

ނޭމާ ދޫކޮށްލަން ޕީއެސްޖީން އެއްބަސްވެއްޖެ؟
20233 އަހަރު ކުރިން
ކުޅިވަރު

ނޭމާ ދޫކޮށްލަން ޕީއެސްޖީން އެއްބަސްވެއްޖެ؟

މަސްވެރިކަމުގައި އުޅެނިކޮށް ދޯނިން ވެއްޓުނު މީހަކަށް މިޔަރެއް ހަމަލާ ދީފި
20224 އަހަރު ކުރިން
ރާއްޖެ

މަސްވެރިކަމުގައި އުޅެނިކޮށް ދޯނިން ވެއްޓުނު މީހަކަށް މިޔަރެއް ހަމަލާ ދީފި

ގެއްލިގެން ހޯދަނިކޮށް ޝިފާ ފެނުނީ ގެމެންދޫން
20215 އަހަރު ކުރިން
ރިޕޯޓު

ގެއްލިގެން ހޯދަނިކޮށް ޝިފާ ފެނުނީ ގެމެންދޫން

ޑެވިލްޑް ޗިކަން ރެސިޕީ
20197 އަހަރު ކުރިން
ލައިފް ސްޓައިލް

ޑެވިލްޑް ޗިކަން ރެސިޕީ

ރިޔާޒު ޖަލުގައި: ކުޑަ އާއިލާއަށް ހިތްދަތިކަމެއް، ގޭތެރެއަށް ފަޅުކަމެއް
20188 އަހަރު ކުރިން
ރިޕޯޓު

ރިޔާޒު ޖަލުގައި: ކުޑަ އާއިލާއަށް ހިތްދަތިކަމެއް، ގޭތެރެއަށް ފަޅުކަމެއް

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު