Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ރެފަރެންޑަމް ބިލު

ފަނޑިޔާރު ޝަހީދުގެ އާދަޔާ ހިލާފު ސުވާލަށް ވަކީލުން ދެއްވި ޖަވާބު: "އެންމެނަށް ބިލު ކިޔަން ނުޖައްސާ ވޯޓު ކަރުދާހުން ވާނުވާ އެނގެން ޖެހޭ"

މި މައްސަލާގައި ވަކީލުން ފާހަގަކުރެއްވި ގޮތުގައި، ބިލު އާންމުކޮށްފައި އޮތް ނަމަވެސް، ވޯޓު ކަރުދާހުގައިވާ ސުވާލުން މިހާރު ހިނގަމުންދާ މަޖިލީހުގެ ދައުރުން ހަ މަސް ދުވަސް އުނިވާކަން ރައްޔިތުންނަށް ސާފުވާން ޖެހޭނެ. އެހެންކަމުން، ގާނޫނުއަސާސީގައި ބަޔާންކުރާ މަޖިލީހުގެ އުމުރަށް ބަދަލު އަންނަ މައްސަލާގައި ރައްޔިތުންގެ ރުހުން ހޯދާއިރު އެކަން ސާފުކޮށް ބަޔާންކުރުމަކީ ލާޒިމު ކަމެއް ކަމަށް ވަކީލުން ވަނީ ޝަރީއަތުގައި ފާހަގަކުރައްވާފަ.

ފަޒީލް އަބްދުލް
ފަޒީލް އަބްދުލް, ރާއްޖެ އެމްވީ | 27 މާރިޗު 2026 | ހުކުރު 01:56
ރެފަރެންޑަމް ހުއްޓުވައިދިނުމަށް އެދުނު މައްސަލަގަ ބުރާސްފަތި ދުވަހު ސްޕްރީމް ކޯޓުގައި ކުރިޔަށް ގެންދިޔަ ޝަރީއަތުގެ މަޖިލީހުގެ ތެރެއިން

ރެފަރެންޑަމް ހުއްޓުވައިދިނުމަށް އެދުނު މައްސަލަގަ ބުރާސްފަތި ދުވަހު ސްޕްރީމް ކޯޓުގައި ކުރިޔަށް ގެންދިޔަ ޝަރީއަތުގެ މަޖިލީހުގެ ތެރެއިން | ރާއްޖެ އެމްވީ

ރިޔާސީ އިންތިހާބާއި ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު އެކުގައި ބޭއްވުމަށާއި، މަޖިލީހުގެ އުމުރު ގުނާ އުސޫލަށް ބަދަލު ގެނައުމަށް ގާނޫނުއަސާސީއަށް ހުށަހަޅާފައިވާ އިސްލާހަކީ ސިއްރު ބިލެއްތޯ ސުޕްރީމް ކޯޓުގެ ފަނޑިޔާރު ހުސައިން ޝަހީދު ސުވާލު ކުރައްވައިފި އެވެ.

ދާދިފަހުން ސްޕްރީމް ކޯޓަށް އައްޔަނުކުރި ފަނޑިޔާރު ޝަހީދު މިފަދައިން ސުވާލުކުރެއްވި އިރު، މި ބިލަކީ މަޖިލީހުން މިދިޔަ ފެބްރުއަރީ މަހުގެ 10 ވަނަ ދުވަހު ފާސްކޮށް މަޖިލީހުގެ ވެބްސައިޓްގައި އާންމުކޮށްފައިވާ ބިލެކެވެ.

ފަނޑިޔާރު ޝަހީދު މިފަދަ ސުވާލެއް ކުރެއްވީ، ގާނޫނުއަސާސީއަށް 8 ވަނަ އިސްލާހު ގެނައުމުގެ ބިލާ ގުޅިގެން ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓެއް ނެގުމަށް ނިންމައި، އެ ވޯޓު ބޭއްވުމަށް އަހާ ސުވާލު އިބާރާތްކޮށްފައިވަނީ ގާނޫނުއަސާސީއާ ހިލާފަށް ކަމަށް ކަނޑައަޅައިދިނުމަށް އެދި ހުށަހެޅި މައްސަލައިގެ ފުރަތަމަ އަޑުއެހުމުގަ އެވެ.

ބުރާސްފަތި ދުވަހުގެ ހެނދުނު ބޭއްވި މި ޝަރީއަތުގެ މަޖިލީހުގައި، ދާދިފަހުން ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަމަށް އައްޔަނުކުރެއްވި ޝަހީދު މި ސުވާލު އަމާޒުކުރެއްވީ މައްސަލަ ހުށަހެޅި ފަރާތުގެ ވަކީލު އަލްއުސްތާޛު އަލީ ހުސައިން އަށެވެ. 

މި ބިލަކީ ސިއްރު ބިލަކަށް ނުވަންޏާ، ރައްޔިތުންނަށް ފެންނަން ހުރި ބިލެއްގެ ވާހަކަ ހިމެނިފައިވާއިރު ކޮން ކަމެއްތޯ މީގައި ސިއްރުވެގެން މި އުޅެނީ، ކޮން ކަމެއްތޯ މީގައި ވަންހަނާ ވެގެން އުޅޭ ކަމަށް ހަގީގަތުގައި ތިޔަ ވިދާޅުވަނީ.
ސްޕްރީމް ކޯޓުގެ ފަނޑިޔާރު ހުސައިން ޝަހީދު

ފަނޑިޔާރުގެ ސުވާލަށް އަލީ ހުސެއިން ނޫނެކޭ ވިދާޅުވުމުން، މި ބިލަކީ ސިއްރު އެއްޗަކަށް ނުވާއިރު، ވޯޓުގެ ސުވާލަކީ މަޖިލީހުގެ އުމުރުގެ ވާހަކަ ވަންހަނާވާ ސުވާލެއް ކަމަށް ބުނެވެނީ ކޮން ސަބަބަކާހުރެތޯ އިތުރަށް ސުވާލު ކުރައްވާފަ އެވެ.

ޖަވާބުގައި އަލީ ހުސައިން ވިދާޅުވީ، ވޯޓު ކަރުދާހުގައި އޮތް ސުވާލުގެ ސަބަބުން މަޖިލީހުގެ މިހާރު އޮތް ދައުރުން ހަ މަސް ދުވަސް އުނިވާކަން ރައްޔިތުންނަށް ސާފުނުވާ ކަމަށެވެ. އަދި މިހާރު ގާނޫނު އަސާސީގައި އޮތް ގޮތުން މަޖިލީހުގެ އުމުރަކީ ފަސް އަހަރު ކަމަށްވާއިރު، ކައުންސިލް އިންތިހާބާ އެކު މި ވޯޓު ނެގުމުން ނުރަނގަޅު ނަތީޖާތަކެއް ނުކުމެދާނެ ކަމަށްވެސް އޭނާ ފާހަގަކުރެއްވި އެވެ.

މި ސުވާލާގުޅިގެން  މައްސަލަ ކޯޓަށް ހުށަހެޅުއްވި ވަކީލު އިބްރާހިމް ޝިޔާމް ވިދާޅުވީ، ބިލުން ވާގޮތް ސާފުކުރުމަށް ރައްޔިތުން ކުރަންޖެހޭ ކަމަކީ ބިލު ކިޔުމުގެ އިތުރުން ހިސާބެއް ޖެހުން ކަމަށެވެ. އެއީ މިހާރު ހިނގަމުންދާ މަޖިލީހުގެ ދައުރު 2028 ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ އެއްވަނަ ދުވަހަށް ހަމަވާނަމަ، އެ ދައުރުން އުނިވެގެންދާ މަސްތަކުގެ އަދަދު ހޯދުން ކަމަށެވެ. 

1 ޑިސެމްބަރު 2028 ގައި ދައުރު ހަމަވާ ގޮތަށް އޭގެ ކުރިއަށް މަޖްލިސް ވޯޓު ނަގަންޏާ، މިހާރު ހިނގަމުންދާ މަޖިލީހުގެ ދައުރަށް މި ވާ ގޮތެއް ހޯދަން ރައްޔިތުންނަށް މި ޖެހެނީ ހިސާބެއް ހަދަން. ރައްޔިތުންނަށް ނުޖެހޭނެ އެ ބިލަށް ގޮސް، ބިލު ބަލައިގެން މި ވަނީ ކީއްތޯ ބަލާކަށެއް. ހިޔާލު ހޯދަން ޖެހޭ ސަބަބަކީ ރައްޔިތުންގެ މަޖިލީހުގެ އުމުރަށް ބަދަލެއް އަންނާތީ. ވޯޓު ލާން ދާއިރު ރައްޔިތުންނެއް ނުދާނެ ބިލު ހިފައިގެންނެއް. ވޯޓު ލާން ދާއިރު ވޯޓު ކަރުދާހުގައި ނޯންނާނެ އުނިވަނީ ކިހާ މިންވަރެއްކަމެއް. 
މައްސަލަ ހުށަހެޅުއްވި ވަކީލު އިބްރާހީމް ޝިޔާމް

ޝިޔާމް ފާހަގަކުރެއްވި ގޮތުގައި، ގާނޫނުއަސާސީގެ 262 ވަނަ މާއްދާގައި މަޖިލީހުގެ އުމުރު ބަޔާންކުރާ މާއްދާއަށް ބަދަލެއް ގެންނަނަމަ ރައްޔިތުންގެ ރުހުން ހޯދަން ޖެހޭނެ ކަމަށް އޮންނާތީ، އެކަން ރައްޔިތުންނަށް ހުށަހަޅާ ސުވާލުން ސާފުވާން ޖެހޭނެ އެވެ.

ވަކީލުންގެ މައިގަނޑު ބަހުސަކީ، ރައްޔިތުންގެ ގާތުގައި ސުވާލު ކުރާއިރު، މިހާރު ހިނގަމުންދާ މަޖިލީހުގެ ދައުރުން ހަ މަސް ދުވަސް އުނިވެގެންދާ ކަން ސާފުކޮށް ބަޔާންކުރަން ޖެހޭނެ ކަމެވެ. އެހެންކަމުން، ހަމައެކަނި ބިލު އާންމުކޮށްފައި އޮތުމަކީ ވޯޓު ކަރުދާހުގައި އޮންނަ ސުވާލު އޮޅުންބޮޅުންވާ ގޮތަށް އޮތުމަށް ދެއްކޭނެ އުޒުރެއް ނޫން ކަމަށް ވަކީލުން ވަނީ ޝަރީއަތުގެ މަޖިލީހުގައި ފާހަގަކުރައްވާފަ އެވެ.

ހުސައިން ޝަހީދުއަލީ ހުސައިންދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުއިލެކްޝަންސް ކޮމިޝަންނޫނެކޭ ކެމްޕެއިން

ކޮމެންޓް

އިތުރަށް ކިޔާލަން

އީސީއަކީ މައްސަލައިގެ ޚަސްމެއްނޫންކަމަށް ބުނުމުން އުއްތަމަފަނޑިޔާރުގެ ސުވާލެއް: އިލެކްޝަންސްއާ ގުޅޭ މައްސަލައެއް ކޮމިޝަން ނުހިމަނައި ކުރިއަށް ގެންދިއުން ރަނގަޅުވާނެތޯ؟

އީސީއަކީ މައްސަލައިގެ ޚަސްމެއްނޫންކަމަށް ބުނުމުން އުއްތަމަފަނޑިޔާރުގެ ސުވާލެއް: އިލެކްޝަންސްއާ ގުޅޭ މައްސަލައެއް ކޮމިޝަން ނުހިމަނައި ކުރިއަށް ގެންދިއުން ރަނގަޅުވާނެތޯ؟

26 މާރިޗު 2026
ނަގަން އުޅޭ ރެފަރެންޑަމް ވޯޓަކީ ހުދުމުހުތާރު ވެރިކަމަކަށް ފައި އެޅުމުގެ އެންމެ ފަހު ހަރުފަތް، ނޫނެކޭ ބުނަންޖެހޭ: އީސަ

ނަގަން އުޅޭ ރެފަރެންޑަމް ވޯޓަކީ ހުދުމުހުތާރު ވެރިކަމަކަށް ފައި އެޅުމުގެ އެންމެ ފަހު ހަރުފަތް، ނޫނެކޭ ބުނަންޖެހޭ: އީސަ

26 މާރިޗު 2026
އޭޕްރީލް ހަތަރުވަނަ ދުވަހު ނަގާ ފެންނަ ނުފެންނަ ވޯޓަކީ ރައްޔިތުންނަށް ޗޮއިސް އެއް ނުދީ މަޖުބޫރުން ލައްވާ ވޯޓެއް: ސައިފް

އޭޕްރީލް ހަތަރުވަނަ ދުވަހު ނަގާ ފެންނަ ނުފެންނަ ވޯޓަކީ ރައްޔިތުންނަށް ޗޮއިސް އެއް ނުދީ މަޖުބޫރުން ލައްވާ ވޯޓެއް: ސައިފް

26 މާރިޗު 2026
ރެފަރެންޑަމްއާ ގުޅޭ ބިލަކީ ބާތިލު ބިލެއްކަމަށް ކަނޑައަޅައިދޭން އެދި ހުށަހެޅި މައްސަލަ ބޭރުކޮށްލައިފި

ރެފަރެންޑަމްއާ ގުޅޭ ބިލަކީ ބާތިލު ބިލެއްކަމަށް ކަނޑައަޅައިދޭން އެދި ހުށަހެޅި މައްސަލަ ބޭރުކޮށްލައިފި

25 މާރިޗު 2026
ރެފަރެންޑަމް ވޯޓުގެ ސުވާލު މިހާރު އޮތްގޮތުން އެ ޥޯޓު ނުނެގޭނެކަމަށް ކަނޑައަޅައިދިނުމަށް އެދި ސުޕްރީމް ކޯޓަށް ހުށަހެޅި މައްސަލަ  މާދަމާ ފަށަނީ

ރެފަރެންޑަމް ވޯޓުގެ ސުވާލު މިހާރު އޮތްގޮތުން އެ ޥޯޓު ނުނެގޭނެކަމަށް ކަނޑައަޅައިދިނުމަށް އެދި ސުޕްރީމް ކޯޓަށް ހުށަހެޅި މައްސަލަ މާދަމާ ފަށަނީ

25 މާރިޗު 2026

އަހަރުތަކުން މިއަދު

17 އެޕްރީލު
ދެމަފިރިއަކު ނުކުމެ އަމިއްލަ އެދުމަށް ދަރިފުޅު ގުރުބާންކޮށްފި، މިއަދު އެމްޑީޕީ އަށް މި އޮތީ ބެލެނިވެރިއަކަށް ވާންޖެހިފައި - ފައްޔާޒް
20251 އަހަރު ކުރިން
ރާއްޖެ

ދެމަފިރިއަކު ނުކުމެ އަމިއްލަ އެދުމަށް ދަރިފުޅު ގުރުބާންކޮށްފި، މިއަދު އެމްޑީޕީ އަށް މި އޮތީ ބެލެނިވެރިއަކަށް ވާންޖެހިފައި - ފައްޔާޒް

ކުޅުދުއްފުށި ދެކުނު ދާއިރާގެ ޕީޕީއެމްގެ ރައީސް އެ ދައިރާގެ އެމްޑީޕީގެ ކެނޑިޑޭޓް އަލީ ވަހީދު އެންޑޯސްކޮށްފި
20242 އަހަރު ކުރިން
ރާއްޖެ

ކުޅުދުއްފުށި ދެކުނު ދާއިރާގެ ޕީޕީއެމްގެ ރައީސް އެ ދައިރާގެ އެމްޑީޕީގެ ކެނޑިޑޭޓް އަލީ ވަހީދު އެންޑޯސްކޮށްފި

"ޖިންސީ ގޯނާއެއް ނުކުރަން، ކުރިކަމެއް ކުރީ ދެ މީހުން ރުހިގެން"
20233 އަހަރު ކުރިން
ކުޅިވަރު

"ޖިންސީ ގޯނާއެއް ނުކުރަން، ކުރިކަމެއް ކުރީ ދެ މީހުން ރުހިގެން"

ކުޅަދާނަ ކައްޕިތާނެއް ގައުމުގެ ހުންގާނުގައި ނެތްނަމަ މިއޮޑި ފަރަށް އެރީސް: މެމްބަރު ސަލީމް
20224 އަހަރު ކުރިން
ރާއްޖެ

ކުޅަދާނަ ކައްޕިތާނެއް ގައުމުގެ ހުންގާނުގައި ނެތްނަމަ މިއޮޑި ފަރަށް އެރީސް: މެމްބަރު ސަލީމް

ވެކްސިން ދިނުމުގައި ވަކިބަޔަކަށް ވަކި އުސޫލެއް، އެޗްޕީއޭއަށް އެކަން އެނގުނީ ނޫސްވެރިން ސުވާލުކުރުމުން!
20215 އަހަރު ކުރިން
ރިޕޯޓު

ވެކްސިން ދިނުމުގައި ވަކިބަޔަކަށް ވަކި އުސޫލެއް، އެޗްޕީއޭއަށް އެކަން އެނގުނީ ނޫސްވެރިން ސުވާލުކުރުމުން!

ފްރާންސް އަންހެން ކުއްޖާ ކުރި ތުހުމަތުތައް ގާޒީ އާދަމް އާރިފް ދޮގުކުރައްވައިފި
20197 އަހަރު ކުރިން
ރާއްޖެ

ފްރާންސް އަންހެން ކުއްޖާ ކުރި ތުހުމަތުތައް ގާޒީ އާދަމް އާރިފް ދޮގުކުރައްވައިފި

އަލީ ހުސެއިން މަސްކަނޑަށް ޖެހުނު ސަބަބު މިއޮތީ!
20188 އަހަރު ކުރިން
ރިޕޯޓު

އަލީ ހުސެއިން މަސްކަނޑަށް ޖެހުނު ސަބަބު މިއޮތީ!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު