Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެ
އާދަމް އާޒިމް

އެމްއޭސީއެލް ގައި ޑޮލަރު ހުންނާތީ މި ސަރުކާރުން މަޝްރޫއުތައް ހަވާލު ކުރަނީ އެތައް ގުނައެއް އަގުބޮޑުކޮށްފަ: އާޒިމް

އެމްޓީސީސީގެ ގާބިލުކަން ހުރި މަޝްރޫއުތައް އެމްއޭސީއެލްއާ ހަވާލުކުރަނީ އެ ކުންފުނީގައި ހުރި ޑޮލަރު ބޭނުންކޮށްގެން ނަހަމަ ގޮތުގައި މުއާމަލާތްތައް ހިންގުމަށް ކަމަށް މާލެ ސިޓީގެ މޭޔަރު އާދަމް އާޒިމް ވިދާޅުވެއްޖެ. ރަސްމާލެ މަޝްރޫއަށް ބޮޑު ހޭދައެއް ކޮށްފައިވާއިރު، ސަރުކާރުން ދައުލަތުގެ ފައިސާ އިސްރާފުކޮށް ކަންކަން ހާމަކަން ބޮޑު ގޮތެއްގައި ކުރިއަށް ނުގެންދާ ކަމަށް އޭނާ ވިދާޅުވި. އަދި ގައުމުގެ އިގްތިސާދީ ހާލަތާއި ކަންކަން ހިނގާ ގޮތް ރައީސުލްޖުމްހޫރިއްޔާއަށް އެނގިވަޑައިނުގަންނަވާ ކަމަށް ވިދާޅުވެ އާޒިމް ވަނީ ސަރުކާރަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެފަ.

ޝާމާ ޝުއައިބް
ޝާމާ ޝުއައިބް, ރާއްޖެ އެމްވީ | 18 މާރިޗު 2026 | ބުދަ 10:57
އައްޑޫ ހުޅުދޫ ދާއިރާގެ "އަފިރިންގެ ޖަގަހަ" ހުޅުވުމުގެ ރަސްމިއްޔާތު

އައްޑޫ ހުޅުދޫ ދާއިރާގެ "އަފިރިންގެ ޖަގަހަ" ހުޅުވުމުގެ ރަސްމިއްޔާތު | އެމްޑީޕީ ސެކްރިޓޭރިއެޓް

މި ސަރުކާރުން މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑް އާ ބިން ހިއްކުމުގެ މަޝްރޫއުތައް ފަދަ މަޝްރޫއުތައް ހަވާލު ކުރަނީ އެތައް ގުނައެއް އަގުބޮޑު ކޮށް ކަމަށާ އެއީ އެ ކުންފުނީގައި ޑޮލަރު ހުންނާތީ ކަމަށް މާލެ ސިޓީގެ މޭޔަރު އާދަމް އާޒިމް ވިދާޅުވެއްޖެ އެވެ. 

އައްޑޫ ހުޅުދޫ ދާއިރާގެ "އަފިރިންގެ ޖަގަހަ" ހުޅުވުމުގެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން އާޒިމް ވިދާޅުވީ މި ސަރުކާރުން ކޮންމެ ކަމެއް ވެސް ކުރަނީ އަމިއްލަ ޖީބަށް ބޮޑުވާ ގޮތަށް ކަމަށެވެ. 

Advertisement - newsAdvertisement

އެގޮތުން މަޝްރޫއުތައް ކުރިއަށް ގެންދިއުމުގެ ގާބިލުކަން އެމްޓީސީސީ ގައި ވެސް އެބަހުރި ކަމަށާއި ނަމަވެސް އެމްއޭސީއެލް އާ ބިން ހިއްކުމުގެ މަޝްރޫއުތައް މާ ބޮޑު އަގުގައި ހަވާލު ކޮށްގެން އުޅެނީ އެ ކުންފުނީގައި ޑޮލަރު ހުންނާތީ ކަމަށް އާޒިމް ވިދާޅުވި އެވެ.  

އަޅުގަނޑުމެންގެ ބޭންކުގަ ޑޮލަރު ނެތީމަ ބިން ހިއްކައިގެން އެކި ގޮތްތޮތަަށް ވިޔާނުދާ ކަންތައްތައް ކުރުމުގެ ބޭނުމުގައި އެމްއޭސީއެލްގެ ދަށަށް ހުރިހާ ޕްރޮޖެކްޓެއް އެ ގެންދަނީ. އެމްޓީސީސީ ގެ ގާބިލުކަން ހުއްޓާ. ބިން ހިއްކުމުގެ ޕްރޮޖެކްޓްތައް ވެސް އެމްއޭސީއެލް ގެ ދަށަށް އެ ގެންދަނީ އެމްއޭސީއެލް ގަ ޑޮލަރު ހުންނާނެތީ. އެތަނުން ޑައިރެކްޓް ކޮށް، ބޭރު ފަރާތްތަކަށް ޕޭ ކުރެވޭނެތީ. މި ނޫން އެއްވެސް ކަމެއް ކުރާކަށް ނޫން. މުޅިން މަކަރާ ހީލަތުން މި ކަންތައްތައް ކުރަނީ. 
 މާލެ ސިޓީގެ މޭޔަރު އާދަމް އާޒިމް

އާޒިމް ވިދާޅުވީ ރަސްމާލެ ހިއްކުމުގެ މަޝްރޫއަކީ 35 މިލިއަން ޑޮލަރަށް އެމްޓީސީސީ އާ ހަވާލު ކޮށްގެން ނިންމެން އޮތް މަޝްރޫއެއް ކަމަށެވެ. ނަމަވެސް މިއަދު މި ސަރުކާރުން އެ މަޝްރޫއު އަށް 200 މިލިއަނެއް ހާ ޑޮލަރު ޚަރަދު ކޮށްފައިވާ ކަމަށާއި ރައްޔިތުންގެ ފައިސާ އިން މި ސަރުކާރުން މުޅިން ވެސް ކުރަނީ އިސްރާފު ކަމަށެވެ. 

މިއަދު މި ސަރުކާރުން މި ގޮތަށް އަމަލު ކުރަނީ ކޮން ބޭނުމަކު ތޯ ވެސް ބަލަން ޖެހޭ ކަމަށް އާޒިމް ވިދާޅުވި އެވެ. އަދި ވިދާޅުވީ މި ސަރުކާރު އައި ފަހުން މި ގައުމަށް ތަރައްގީ އެއް ނާންނަ ކަމަށެވެ. ނަމަވެސް ދައުލަތުން 36 ބިލިއަން ރުފިޔާ ހުސް ކޮށްލާފައިވާ ކަމަށާއި މި ފައިސާ ޚަރަދު ކުރީ ކޮން ކަމަކަށް ކަން އެނގޭނެ މީހަކު ވެސް ނެތް ކަމަށް މޭޔަރު ވިދާޅުވި އެވެ. 

އާޒިމް ވިދާޅުވީ މިއަދު ގައުމާ ހަވާލުވެ ހުރި ރައީސް ޑރ. މުހައްމަދު މުއިއްޒަށް ގައުމުގެ އެއްވެސް ކަމެއް އެނގިވަޑައިނުގަންނަވާ ކަމަށެވެ. އަތުގަ އޮތީ ކޮން އެއްޗެއް ކަން އެމަނިކުފާނަށް އެނގިވަޑައި ނުގަންނަވާއިރު އެސްޓީއޯ ގަ ހުރީ ކިހާ ތެލެއް ކަމެއް، ކިހާ ގޭހެއް ކަން ވެސް އެމަނިކުފާނަށް އެނގިވަޑައިނުގަންނަވާ ކަމަށް އާޒިމް ވިދާޅުވި އެވެ. އަދި ބޭރުން މި ތަކެތި ލިބެނީ ކޮން އަގެއްގައި ކަން ވެސް އެމަނިކުފާނަށް އެނގިވަޑައިނުގަންނަވާ ކަމަށް އާޒިމް ވިދާޅުވި އެވެ. 

އާޒިމް ވަނީ މިގޮތަށް ކަންތައް ކުރާ ވެރިއަކަށް އިތުރު ބާރެއް ރައްޔިތުން ދޭން ޖެހޭ ސަބަބެއް ފެނިވަޑައިނުގަންނަވާ ކަމަށް ވެސް ވިދާޅުވެފަ އެވެ. 

އާދަމް އާޒިމްމޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީއެމްޓީސީސީޑރ. މުޙައްމަދު މުޢިއްޒުއެސްޓީއޯރަސްމާލެ މަޝްރޫއު

ކޮމެންޓް

އިތުރަށް ކިޔާލަން

ގައުމުގައި އެއްވެސް ކަމެއް ނުވަނީ ގައުމަށް އެއްވެސް ކަހަލަ ލޯތްބެއް ނެތް އިރު ކަމެއް ކުރުމުގެ ވިސްނުމާއި ފިކުރު ވެސް ނެތް މީހަކު ވެރިކަމުގައި ހުރީމަ: މޭޔަރު އާޒިމް

ގައުމުގައި އެއްވެސް ކަމެއް ނުވަނީ ގައުމަށް އެއްވެސް ކަހަލަ ލޯތްބެއް ނެތް އިރު ކަމެއް ކުރުމުގެ ވިސްނުމާއި ފިކުރު ވެސް ނެތް މީހަކު ވެރިކަމުގައި ހުރީމަ: މޭޔަރު އާޒިމް

18 މާރިޗު 2026
ދެ އިންތިޚާބު އެއްކޮށްލުމަކީ ރިޔާސީ އިންތިޚާބުގެ ތެރެއަށް ބަރުލަމާނީ އިންތިޚާބެއް ލައިގެން، ނިޒާމް ގަޑުބަޑުކޮށްލުން: އަލީ ހުސެއިން

ދެ އިންތިޚާބު އެއްކޮށްލުމަކީ ރިޔާސީ އިންތިޚާބުގެ ތެރެއަށް ބަރުލަމާނީ އިންތިޚާބެއް ލައިގެން، ނިޒާމް ގަޑުބަޑުކޮށްލުން: އަލީ ހުސެއިން

17 މާރިޗު 2026
އެމްޑީޕީގެ ޕިކަޕް ޖަލްސާ: "ދެ އިންތިޚާބު އެއްކޮށްލައިފި ނަމަ ރައްޔިތުންގެ އަޑު އަހަން ސަރުކާރުން ބޭނުންވާނެ އެއްވެސް ސަބަބެއް ނެތް"

އެމްޑީޕީގެ ޕިކަޕް ޖަލްސާ: "ދެ އިންތިޚާބު އެއްކޮށްލައިފި ނަމަ ރައްޔިތުންގެ އަޑު އަހަން ސަރުކާރުން ބޭނުންވާނެ އެއްވެސް ސަބަބެއް ނެތް"

17 މާރިޗު 2026
ރެފަރެންޑަމް ވޯޓަކީ މަޖިލީހުގެ ދައުރުގެ މުއްދަތު ބަދަލު ކުރުމަށް ނަގާ ވޯޓެއްކަމަށް އޭޖީންވެސް އެއްބަސްވެއްޖެ!

ރެފަރެންޑަމް ވޯޓަކީ މަޖިލީހުގެ ދައުރުގެ މުއްދަތު ބަދަލު ކުރުމަށް ނަގާ ވޯޓެއްކަމަށް އޭޖީންވެސް އެއްބަސްވެއްޖެ!

17 މާރިޗު 2026
ހެދޭ ނުހެދޭ ނޭނގި ސަރުކާރު ވާނުވާގައި

ހެދޭ ނުހެދޭ ނޭނގި ސަރުކާރު ވާނުވާގައި

17 މާރިޗު 2026

އަހަރުތަކުން މިއަދު

7 ޖޫން
އީސްރާއީލުގެ ނިއުކްލިއަރ ޕްރޮގްރާމް އާ ބެހޭ ގިނަ އަދަދެއްގެ ސިއްރު މައުލޫމާތު އީރާނުގެ ޖާސޫސުން ހޯދައިފި
20251 އަހަރު ކުރިން
ދުނިޔެ

އީސްރާއީލުގެ ނިއުކްލިއަރ ޕްރޮގްރާމް އާ ބެހޭ ގިނަ އަދަދެއްގެ ސިއްރު މައުލޫމާތު އީރާނުގެ ޖާސޫސުން ހޯދައިފި

ގުރައިދޫ ޚާއްސަ އެހީއަށް ބޭނުންވާ މީހުންގެ މަރުކަޒުގެ ޚިދުމަތްތައް ފުޅާކުރުމުގެ މަސައްކަތް ދަނީ ކުރަމުން: ވަޒީރު
20242 އަހަރު ކުރިން
ރާއްޖެ

ގުރައިދޫ ޚާއްސަ އެހީއަށް ބޭނުންވާ މީހުންގެ މަރުކަޒުގެ ޚިދުމަތްތައް ފުޅާކުރުމުގެ މަސައްކަތް ދަނީ ކުރަމުން: ވަޒީރު

ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ދައުލަތުން ދޭ އެލަވަންސް މިމަހުން ފެށިގެން ބޮޑުވާނެ: ސަރުކާރު
20233 އަހަރު ކުރިން
ރާއްޖެ

ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ދައުލަތުން ދޭ އެލަވަންސް މިމަހުން ފެށިގެން ބޮޑުވާނެ: ސަރުކާރު

މަނިޔަފުށި: މި ކުޑަކުޑަ ރަށުގައި މުސްތަގުބަލަށް މުހިންމު މަސައްކަތެއް
20224 އަހަރު ކުރިން
ރިޕޯޓު

މަނިޔަފުށި: މި ކުޑަކުޑަ ރަށުގައި މުސްތަގުބަލަށް މުހިންމު މަސައްކަތެއް

ފްރާންސްގެ ރައީސްގެ މޫނުފުޅުގައި މީިހަކު ޖަހައިފި
20215 އަހަރު ކުރިން
ދުނިޔެ

ފްރާންސްގެ ރައީސްގެ މޫނުފުޅުގައި މީިހަކު ޖަހައިފި

މިސްކިތުން ނައިބު ރައީސް ފެންނާތީ ތައުރީފުކުރި، ފަހު ވަގުތު ނައިބުގެ އެހީތެރިކަން!
20197 އަހަރު ކުރިން
ރިޕޯޓު

މިސްކިތުން ނައިބު ރައީސް ފެންނާތީ ތައުރީފުކުރި، ފަހު ވަގުތު ނައިބުގެ އެހީތެރިކަން!

ދިރިއޮއްވާ އާއިލާ އިން ވަޅުލި ތުއްތު ކުއްޖާ 7 ގަޑީއިރު ފަހުން ސަލާމަތުން އޮއްވާ ނަގައިފި
20188 އަހަރު ކުރިން
ދުނިޔެ

ދިރިއޮއްވާ އާއިލާ އިން ވަޅުލި ތުއްތު ކުއްޖާ 7 ގަޑީއިރު ފަހުން ސަލާމަތުން އޮއްވާ ނަގައިފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު