Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެރެފަރެންޑަމް ވޯޓު

ރެފަރެންޑަމް ވޯޓަކީ އޭގެ އަސްލު އޮޅުވާލައިގެން ނަގާ ވޯޓެއް، އާނއެކޭ ބުނެއްޖެނަމަ ސަރުކާރުގެ އަނިޔާވެރިކަން ފެންނާނެ: ޝިއްޕެ

ރެފަރެންޑަމް ވޯޓު ކަރުދާހުގައި ދެ އިންތިޚާބު އެއްކޮށްލުމުގެ ވާހަކަ ނެތުމުން، މިއީ ރައްޔިތުންނަށް އޮޅުވާލައިގެން ކުރާ ކަމެއް ކަމަށް ޝިފާޒް ވިދާޅުވި. އަދި މި ވޯޓުގެ ސަބަބުން ރާއްޖެ ހުދުމުހުތާރު ވެރިކަމަކަށް އެނބުރި ގޮސް، ޤައުމުގެ ހާލަތު އިތުރަށް ގޯސްވެދާނެ ކަމުގެ ބިރު އޮތްކަން އޭނާ ފާހަގަކުރެއްވި.

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު | 26 މާރިޗު 2026 | ބުރާސްފަތި 05:38
އެމްޑީޕީގެ ކުރީގެ ނައިބު ރައީސް، މުހައްމަދު ޝިފާޒް (ޝިއްޕެ).

އެމްޑީޕީގެ ކުރީގެ ނައިބު ރައީސް، މުހައްމަދު ޝިފާޒް (ޝިއްޕެ). | ރާއްޖެ އެމްވީ

ރިޔާސީ އިންތިޚާބާއި މަޖިލިސް އިންތިޚާބު އެއް ދުވަހެއްގައި ބޭއްވުމަށް ނަގާ ރެފަރެންޑަމް ވޯޓަކީ އޭގެ އަސްލު އޮޅުވާލައިގެން ނަގާ ވޯޓެއްކަމަށް އެމްޑީޕީގެ ކުރީގެ ނައިބު ރައީސް، މުހައްމަދު ޝިފާޒް (ޝިއްޕެ) ވިދާޅުވެއްޖެ އެވެ.

ރާއްޖެޓީވީގެ ނޫނެކޭ ޕްރޮގްރާމްގައި ވާހަކަ ދައްކަވަމުން ޝިއްޕެ ވިދާޅުވީ، ރެފަރެންޑަމް ވޯޓުގެ ކަރުދާހުގައި ދެ އިންތިޚާބުގެ ވާހަކަ ނުވެސް އޮންނަ ކަމަށާއި، ހަމައެކަނި އޮންނަނީ ޤާނޫނުއަސާސީއަށް ގެނައި 8 ވަނަ އިސްލާޙު ރައީސް ތަސްދީޤު ކުރައްވަން ރައްޔިތުންނަށް ފެނޭތޯ ނުވަތަ ނޫންތޯ ކަމަށެވެ. އެހެންކަމުން މިއީ ރައްޔިތުންނަށް އޭގެ އަސްލު އޮޅުވާލައިގެން ނަގާ ވޯޓެއްކަންވެސް ޝިއްޕެ ފާހަގަ ކުރެއްވި އެވެ.

ޝިއްޕެ ވަނީ ވޯޓު ކަރުދާހުގައި ނޫނެކޭ އޮންނަ ގޮޅީގައި ހެޔޮ ފާހަގަ ޖެހުމަށް ރައްޔިތުންގެ ކިބައިން އެދިވަޑައިގެންފަ އެވެ.

ކަރުދާސްކޮޅަށް ބަލާއިރު އިންތިޚާބު އެއްކޮށްލުމާ ގުޅޭ ވާހަކައެއް އޮންނަނީއެއް ނޫން، ކުރަން އުޅޭ ކަމެއް އެނގޭ ކަރުދާހެއްވެސް ނޫން މި ލިބެނީ ވޯޓުލާން ގޮސް ބަލާއިރު، ރައްޔިތުންނަށް ވަރަށް ބޮޑަށް އޮޅޭގޮތަށް މިބޭފުޅުން މި ހުރިހާ ކަމެއް ކުރައްވަނީ.
އެމްޑީޕީގެ ކުރީގެ ނައިބު ރައީސް، މުހައްމަދު ޝިފާޒް (ޝިއްޕެ)

ޝިއްޕެ ވިދާޅުވީ، ރާއްޖެ އަނެއްކާވެސް އަނބުރާ މި ދަނީ ހުދުމުހުތާރު ވެރިކަމަކާ ދިމާއަށް ކަމަށާއި، ޤާނޫނުއަސާސީއަކީ ވަރަށް ގިނަ ބަޔަކު ބުރަ އުފުލައި ޤުރުބާނީތަކެއް ވެގެން ގެނައި އެއްޗެއް ކަމަށެވެ. އަދި ވިދާޅުވީ، މި ސަރުކާރުން ބޭނުންވާ ގޮތަށް ރެފަރެންޑަމް ވޯޓުގެ ނަތީޖާ އައުމާއެކު، ރާއްޖެ އެތައް ތަނެއް ފަހަތަށް ދާނެ ކަމަށާއި، ދެން އަންނާނީ ނުރައްކާތެރި ޙާލަތެއް ކަމަށެވެ.

ހަމައެއާއެކު، ފައިސާގެ ދަތިކަން އޮތްކަން ބަޔާންކޮށް ސަރުކާރުގެ މަޝްރޫއުތައްވެސް ހުއްޓާލާފައިވާ ކަމަށާއި، މިއަދު އެއްވެސް ޕްރޮޖެކްޓެއް ވެސް ނުހިނގާ ކަމަށް އޭނާ ވިދާޅުވިއެވެ. އަދި ވިދާޅުވީ، މި ހުރިހާ ކަމެއް މިހެން ހިނގާއިރުވެސް އަނެއްކޮޅުން ފެންނަނީ ދައުލަތުގެ ޕޭރޯލް އިންތިހާއަށް ބޮޑުވެގެންދާ މަންޒަރު ކަމަށެވެ.

ނޫނެކޭމުހައްމަދު ޝިފާޒްރެފަރަންޑަމް ބިލު

އިތުރަށް ކިޔާލަން

26 މާރިޗު 2026

ނަގަން އުޅޭ ރެފަރެންޑަމް ވޯޓަކީ ހުދުމުހުތާރު ވެރިކަމަކަށް ފައި އެޅުމުގެ އެންމެ ފަހު ހަރުފަތް، ނޫނެކޭ ބުނަންޖެހޭ: އީސަ

26 މާރިޗު 2026
ނަގަން އުޅޭ ރެފަރެންޑަމް ވޯޓަކީ ހުދުމުހުތާރު ވެރިކަމަކަށް ފައި އެޅުމުގެ އެންމެ ފަހު ހަރުފަތް، ނޫނެކޭ ބުނަންޖެހޭ: އީސަ
25 މާރިޗު 2026

ރެފަރެންޑަމްއާ ގުޅޭ ބިލަކީ ބާތިލު ބިލެއްކަމަށް ކަނޑައަޅައިދޭން އެދި ހުށަހެޅި މައްސަލަ ބޭރުކޮށްލައިފި

25 މާރިޗު 2026
ރެފަރެންޑަމްއާ ގުޅޭ ބިލަކީ ބާތިލު ބިލެއްކަމަށް ކަނޑައަޅައިދޭން އެދި ހުށަހެޅި މައްސަލަ ބޭރުކޮށްލައިފި
25 މާރިޗު 2026

ރެފަރެންޑަމް ވޯޓުގެ ސުވާލު މިހާރު އޮތްގޮތުން އެ ޥޯޓު ނުނެގޭނެކަމަށް ކަނޑައަޅައިދިނުމަށް އެދި ސުޕްރީމް ކޯޓަށް ހުށަހެޅި މައްސަލަ މާދަމާ ފަށަނީ

25 މާރިޗު 2026
ރެފަރެންޑަމް ވޯޓުގެ ސުވާލު މިހާރު އޮތްގޮތުން އެ ޥޯޓު ނުނެގޭނެކަމަށް ކަނޑައަޅައިދިނުމަށް އެދި ސުޕްރީމް ކޯޓަށް ހުށަހެޅި މައްސަލަ  މާދަމާ ފަށަނީ
25 މާރިޗު 2026

ރެފަރެންޑަމް ވޯޓު ކާމިޔާބުކޮށްގެން ދެ އިންތިޚާބު އެއްދުވަހެއްގައި ބޭއްވިނަމަވެސް، މަޖިލިސް ނުލިބިއްޖެނަމަ ރައީސް މުއިއްޒު އަޒުލުކުރުން ގާތް: ސުއޫދު

25 މާރިޗު 2026
ރެފަރެންޑަމް ވޯޓު ކާމިޔާބުކޮށްގެން ދެ އިންތިޚާބު އެއްދުވަހެއްގައި ބޭއްވިނަމަވެސް، މަޖިލިސް ނުލިބިއްޖެނަމަ ރައީސް މުއިއްޒު އަޒުލުކުރުން ގާތް: ސުއޫދު
24 މާރިޗު 2026

ޤާނޫނުއަސާސީއަކީ ކުޅޭކުޅޭ އެއްޗަކަށް ހަދައިފި، ސަރުކާރަށް ވެސް އަދި ރެފަރެންޑަމްގައި ވެސް ނޫނެކޭ ބުނަންޖެހޭ: އަސްލަމް

24 މާރިޗު 2026
ޤާނޫނުއަސާސީއަކީ ކުޅޭކުޅޭ އެއްޗަކަށް ހަދައިފި، ސަރުކާރަށް ވެސް އަދި ރެފަރެންޑަމްގައި ވެސް ނޫނެކޭ ބުނަންޖެހޭ: އަސްލަމް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު