Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެރެފަރެންޑަމް ވޯޓު

އީސީއަކީ މައްސަލައިގެ ޚަސްމެއްނޫންކަމަށް ބުނުމުން އުއްތަމަފަނޑިޔާރުގެ ސުވާލެއް: އިލެކްޝަންސްއާ ގުޅޭ މައްސަލައެއް ކޮމިޝަން ނުހިމަނައި ކުރިއަށް ގެންދިއުން ރަނގަޅުވާނެތޯ؟

ރައްޔިތުންގެ ހިޔާލު ހޯދުމުގެ ވޯޓުގައި އަހާ ސުވާލު ފަރުމާކޮށްފައިވަނީ ގާނޫނުއަސާސީއާ ހިލާފަށް ކަމަށް ބުނެ ހުށަހެޅި މައްސަލައިގައި، އިލެކްޝަންސް ކޮމިޝަނުން އިޖުރާއީ ނުކުތާއެއް ނެގި. އީސީން ކޯޓުގައި ބުނީ އެ ކޮމިޝަނުން އަމަލުކޮށްފައިވަނީ ރައީސުލްޖުމްހޫރިއްޔާގެ ގަރާރުގައިވާ ގޮތަށް ކަމަށްވާތީ، އެ މައްސަލައިގައި ކޮމިޝަން ހަސްމެއްގެ ގޮތުގައި ހިމަނަން ނުފެންނަ ކަމަށް.

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު | 26 މާރިޗު 2026 | ބުރާސްފަތި 06:47
ރެފަރެންޑަމް ވޯޓު ހުއްޓުވައިދިނުމަށް އެދި ހުށަހަޅާފައިވާ މައްސަލަ

ރެފަރެންޑަމް ވޯޓު ހުއްޓުވައިދިނުމަށް އެދި ހުށަހަޅާފައިވާ މައްސަލަ | ރާއްޖެ އެމްވީ

ރައްޔިތުންގެ ހިޔާލު ހޯދުމުގެ ވޯޓުގައި އަހާ ސުވާލު އިބާރާތްކޮށްފައިވަނީ ގާނޫނުއަސާސީއާ ހިލާފަށްކަމަށް ކަނޑައަޅައިދިނުމަށް އެދި ސުޕްރީމް ކޯޓަށް ހުށަހަޅާފައިވާ މައްސަލައިގެ ފުރަތަމަ އަޑުއެހުން ކުރިއަށް ގެންގޮސްފިއެވެ.

މި މައްސަލަ ސުޕްރީމް ކޯޓަށް ހުށަހެޅުއްވީ ޤާނޫނީ ވަކީލު އަލްއުސްތާޒު އިބްރާހީމް ޝިޔާމް އަދި އަލްއުސްތާޒު އައިކް އަހުމަދު އީސާ އެވެ. މި މައްސަލަ ހުށަހެޅީ ރައީސް އޮފީހާއި އެޓާނީ ޖެނެރަލްގެ އޮފީސް އަދި އިލެކްޝަންސް ކޮމިޝަނާ ދެކޮޅަށެވެ.

މި މައްސަލައާ ގުޅޭގޮތުން ވާހަކަ ދައްކަން ލިބުނު ފުރުސަތުގައި އިލެކްޝަންސް ކޮމިޝަނުގެ ވަކީލު ވިދާޅުވީ، އެ ކޮމިޝަނުން އިޖުރާއީ ނުކުތާއެއް ނަގަން ބޭނުންވާ ކަމަށެވެ.

ވަކީލު ވިދާޅުވީ، މައްސަލައިގެ ސީޣާއާއި މައްސަލައިގެ ތަފްސީލަށް ބަލާއިރު، މި މައްސަލަ ބިނާވެގެން ވަނީ ރައްޔިތުންގެ ހިޔާލު ހޯދުމުގެ އާންމު ވޯޓު ނެގުމަށްޓަކައި ރައީސް ކުރައްވާފައިވާ ސުވާލު ފަރުމާ ކޮށްފައިވާ ގޮތާއި ގުޅޭގޮތުން ކަމަށެވެ. އަދި މިކަމުގައި އީސީގެ ދައުރަށް ބަލާއިރު، ރައްޔިތުންގެ ހިޔާލު ހޯދުމުގެ ވޯޓު ނެގުމުގެ ޤާނޫނުގެ 15 ވަނަ މާއްދާގެ (ހ) ގެ ދަށުން ކޮމިޝަނަށް އާންމު ކުރެވޭނީ ޤަރާރުގައި އޮންނަ ސުވާލު އޮންނަ އިބާރާތުންކަމަށްވެސް ވަކީލު ވިދާޅުވިއެވެ.

އިލެކްޝަންސް ކޮމިޝަނުގެ އިހުތިޔާރުގައި ނެތްކަމެއް ސުވާލަށް ބަދަލު ގެނައުން ނުވަތަ ސުވާލު މާނަކޮށް ހެދުން އެއީ، އެހެންވީމާ ޤާނޫނުގައިވާ ގޮތުގެ މަތިން އިލެކްޝަންސް ކޮމިޝަނުން އަމަލުކޮށްފައިވާތީވެ، ޚަސްމެއްގެ ގޮތުގައި މި މައްސަލައިގައި އިލެކްޝަންސް ކޮމިޝަން ހިމަނައިގެން ކުރިއަށްގެންދާން އަޅުގަނޑުމެންނަށް ނުފެނޭ.  
އިލެކްޝަންސް ކޮމިޝަނުގެ ވަކީލު

އެހިސާބުން އުއްތަމަފަނޑިޔާރު ވަނީ އިލެކްޝަންސްއާ ގުޅޭ މައްސަލައެއް އެ ކޮމިޝަން ނުހިމަނައި ކުރިއަށް ގެންދިއުން ރަނގަޅުވާނެތޯ ސުވާލު ކުރައްވާފައެވެ. އެ ސުވާލުގެ ޖަވާބުގައި ވަކީލު ވިދާޅުވީ، ޚަސްމެއްގެ ގޮތުގައި ކޮމިޝަން ހިމަނައިގެން ކުރިއަށްގެންދިއުމަށް ނުފެންނަ ކަމަށާއި، ނަމަވެސް ޖަވާބު ހުށަހެޅުމަށް ތައްޔާރުކަމަށެވެ.

ރެފަރެންޑަމް ހުއްޓުވައިދިނުމަށް އެދި ސުޕްރީމް ކޯޓަށް ހުށަހަޅާފައިވާ މައްސަލަ
ރެފަރެންޑަމް ހުއްޓުވައިދިނުމަށް އެދި ސުޕްރީމް ކޯޓަށް ހުށަހަޅާފައިވާ މައްސަލަ

އެހެންވެ އުއްތަމަފަނޑިޔާރު ވަނީ މައްސަލަ ނިންމާއިރު އިޖުރާއީ ނުކުތާއަށް ގޮތެއް ކަނޑައަޅުއްވާނެކަމަށް ވިދާޅުވެ، މައުޟޫއީ ގޮތުން ކަމެއް ފާހަގަ ކުރަން އޮތްނަމަ އެކަމަށް ފުރުސަތު ދެއްވާފައެވެ.  

މި މައްސަލައިގެ މައުޟޫއާ ގުޅޭގޮތުން އީސީގެ ވަކީލު ވިދާޅުވީ، ހިޔާލު ހޯދުމުގެ ޤާނޫނުގެ ދަށުން ކޮމިޝަނުން އިއުލާނުކޮށްފައިވާނީ ރައީސް ނެރުއްވި ޤަރާރުގައިވާ ސުވާލު އޮތްގޮތަށް ކަމަށާއި، އީސީން އަމަލުކޮށްފައިވަނީ ޤާނޫނާ އެއްގޮތަށްކަމަށް ކަނޑައަޅުއްވައިދެއްވުމަށް އެ ކޮމިޝަނުން އެދޭކަމަށެވެ.

ވަކީލު ވަނީ 4 އޭޕްރީލްގައި ކުރިއަށްގެންދާ އިންތިޚާބާ ގުޅޭގޮތުން ކޮމިޝަނުން ކުރިއަށްގެންދާ ބައެއް މަސައްކަތްތަކަށްވެސް އަލިއަޅުވާލައްވާފައެވެ.

ނޫނެކޭރެފަރަންޑަމް ބިލުއިލެކްޝަންސް ކޮމިޝަން

އިތުރަށް ކިޔާލަން

26 މާރިޗު 2026

ރެފަރެންޑަމް ވޯޓަކީ އޭގެ އަސްލު އޮޅުވާލައިގެން ނަގާ ވޯޓެއް، އާނއެކޭ ބުނެއްޖެނަމަ ސަރުކާރުގެ އަނިޔާވެރިކަން ފެންނާނެ: ޝިއްޕެ

26 މާރިޗު 2026
ރެފަރެންޑަމް ވޯޓަކީ އޭގެ އަސްލު އޮޅުވާލައިގެން ނަގާ ވޯޓެއް، އާނއެކޭ ބުނެއްޖެނަމަ ސަރުކާރުގެ އަނިޔާވެރިކަން ފެންނާނެ: ޝިއްޕެ
26 މާރިޗު 2026

ނަގަން އުޅޭ ރެފަރެންޑަމް ވޯޓަކީ ހުދުމުހުތާރު ވެރިކަމަކަށް ފައި އެޅުމުގެ އެންމެ ފަހު ހަރުފަތް، ނޫނެކޭ ބުނަންޖެހޭ: އީސަ

26 މާރިޗު 2026
ނަގަން އުޅޭ ރެފަރެންޑަމް ވޯޓަކީ ހުދުމުހުތާރު ވެރިކަމަކަށް ފައި އެޅުމުގެ އެންމެ ފަހު ހަރުފަތް، ނޫނެކޭ ބުނަންޖެހޭ: އީސަ
25 މާރިޗު 2026

ރެފަރެންޑަމްއާ ގުޅޭ ބިލަކީ ބާތިލު ބިލެއްކަމަށް ކަނޑައަޅައިދޭން އެދި ހުށަހެޅި މައްސަލަ ބޭރުކޮށްލައިފި

25 މާރިޗު 2026
ރެފަރެންޑަމްއާ ގުޅޭ ބިލަކީ ބާތިލު ބިލެއްކަމަށް ކަނޑައަޅައިދޭން އެދި ހުށަހެޅި މައްސަލަ ބޭރުކޮށްލައިފި
25 މާރިޗު 2026

ރެފަރެންޑަމް ވޯޓުގެ ސުވާލު މިހާރު އޮތްގޮތުން އެ ޥޯޓު ނުނެގޭނެކަމަށް ކަނޑައަޅައިދިނުމަށް އެދި ސުޕްރީމް ކޯޓަށް ހުށަހެޅި މައްސަލަ މާދަމާ ފަށަނީ

25 މާރިޗު 2026
ރެފަރެންޑަމް ވޯޓުގެ ސުވާލު މިހާރު އޮތްގޮތުން އެ ޥޯޓު ނުނެގޭނެކަމަށް ކަނޑައަޅައިދިނުމަށް އެދި ސުޕްރީމް ކޯޓަށް ހުށަހެޅި މައްސަލަ  މާދަމާ ފަށަނީ
25 މާރިޗު 2026

ރެފަރެންޑަމް ވޯޓު ކާމިޔާބުކޮށްގެން ދެ އިންތިޚާބު އެއްދުވަހެއްގައި ބޭއްވިނަމަވެސް، މަޖިލިސް ނުލިބިއްޖެނަމަ ރައީސް މުއިއްޒު އަޒުލުކުރުން ގާތް: ސުއޫދު

25 މާރިޗު 2026
ރެފަރެންޑަމް ވޯޓު ކާމިޔާބުކޮށްގެން ދެ އިންތިޚާބު އެއްދުވަހެއްގައި ބޭއްވިނަމަވެސް، މަޖިލިސް ނުލިބިއްޖެނަމަ ރައީސް މުއިއްޒު އަޒުލުކުރުން ގާތް: ސުއޫދު
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު