Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެރިފަރެންޑަމް ބިލު ބޭރުކޮށްލުން

ރެފަރެންޑަމްއާ ގުޅޭ ބިލަކީ ބާތިލު ބިލެއްކަމަށް ކަނޑައަޅައިދޭން އެދި ހުށަހެޅި މައްސަލަ ބޭރުކޮށްލައިފި

ސުޕްރީމް ކޯޓުގެ ކުރީގެ ފަނޑިޔާރު ހުސްނުއްސުއޫދު އެކްސްގައި ހިއްސާކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، މި މައްސަލައިގެ ދައުވާއަކީ ރެފަރެންޑަމްއަކަށް އަހަންޖެހޭ ކަމެއްގައި 15 ދުވަސް ތެރޭގައި ބިލާމެދު ގޮތެއް ނިންމާފައިނުވާތީ ބިލު ބާތިލުވުން ކަމަށާއި، ސުޕްރީމް ކޯޓުން މިހާރު މި ކުރިކަމަކީ މައްސަލައިގެ އަޑުއެހުމެއްވެސް ނުބާއްވައި ނިޔާ ކަނޑައެޅުއްވުން ކަމަށް.

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު | 25 މާރިޗު 2026 | ބުދަ 09:31
ޤާނޫނީ ވަކީލް އަލީ ހުސެއިން.

ޤާނޫނީ ވަކީލް އަލީ ހުސެއިން. | ރާއްޖެއެމްވީ

ރިޔާސީ އިންތިޚާބާއި މަޖިލިސް އިންތިޚާބު އެއް ދުވަހެއްގައި ބޭއްވުމަށް ފެނޭތޯ ނަގާ ރިފަރެންޑަމް ވޯޓާ ގުޅޭ ބިލު ތަސްދީޤު ކުރަން ޤާނޫނުގައި އޮތް މުއްދަތު ފާއިތުވެފައިވާތީ، އެ ބިލަކީ ބާތިލު ބިލެއްކަމަށް ކަނޑައަޅައިދިނުމަށް އެދި ސުޕްރީމް ކޯޓަށް ހުށަހެޅި މައްސަލަ ބޭރުކޮށްލައިފި އެވެ.

ޤާނޫނީ ވަކީލު އަލީ ހުސައިން ހުށަހެޅުއްވި މި މައްސަލައިގައި ބުނެފައިވަނީ، ޤާނޫނުއަސާސީއަށް ގެނެވޭ އިސްލާޙުތައް ތަސްދީޤު ކުރުމަށް ޤާނޫނުއަސާސީގެ 262 ވަނަ މާއްދާގައި ކަނޑައެޅިފައިވާ މުއްދަތާ މި މައްސަލަ ޚިލާފުވެފައިވާ ކަމަށެވެ. އެގޮތުން ޤާނޫނުއަސާސީއަށް ގެނައި އިސްލާޙު ތަސްދީޤު ކުރުމަށް ފެބްރުއަރީ 11 ގައި ރައީސް އޮފީހަށް ވަނީ ފޮނުވާފަ އެވެ.

ޤާނޫނުއަސާސީގެ 262 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ގޮތުގައި ޤާނޫނުއަސާސީއަށް ގެންނަ އިސްލާޙެއް ފާސް ކުރުމަށްފަހު ތަސްދީޤު ކުރުމަށް ލިބެނީ 15 ދުވަހުގެ މުއްދަތެކެވެ. އަލީ ހުސައިން ވިދާޅުވި ގޮތުގައި ބަންދު ދުވަސްތައް ހިމަނައިގެން ގުނި ނަމަވެސް މިހާރު އެ މުއްދަތު ވަނީ ފާއިތުވެފައެވެ.

އެހެންކަމުން މިހާރު އެ ބިލަކީ ބާތިލު ބިލެއް ކަމަށާއި، ބާތިލު ބިލެއްގެ މައްޗަށް އަހަންޖެހޭ ވޯޓެއްވެސް ނޯންނާނެކަމަށް އޭނާ ވިދާޅުވިއެވެ. ސުޕްރީމް ކޯޓަށް އޭނާ ހުށަހަޅާފައިވާ މައްސަލައިގައިވެސް އެދިފައިވަނީ އެގޮތަށެވެ.

އެހެންނަމަވެސް މި މައްސަލަ ބަލައިނުގަތުމަށް ބުދަ ދުވަހު ސުޕްރީމް ކޯޓުގެ ރެޖިސްޓްރާ ރައުފާ ޙައިދަރު ވަނީ ނިންމަވާފަ އެވެ.

ރަޖިސްޓްރާގެ ނިންމުމުގައި ވިދާޅުވެފައިވަނީ، ޤާނޫނުއަސާސީއަށް 8 ވަނަ އިސްލާޙު ގެނައުމުގެ ބިލު ތަސްދީޤުކުރުމަށް ފޮނުވުމުން، ބިލު ތަސްދީޤު ނުކުރުމަށް ރައީސުލްޖުމްހޫރިއްޔާއަށް ފެންނަނަމަ، އެކަން 15 ދުވަހުގެ ތެރޭގައި މަޖިލީހަށް އަންގަން ޖެހޭނެކަމަށް ބުނެފައިވާ ކަމަށާއި، އެ ބިލަކީ ޤާނުނުއަސާސީގެ 262 ވަނަ މާއްދާގެ (ށ) ގައި ބަޔާންކުރާ ފަދަ އިސްލާޙެއް އެކުލެވޭ ބިލެއްކަމަށެވެ.

އެހެންވެ، އެ ބިލު ބާތިލުކަމަށް މައްސަލަ ހުށަހެޅި ފަރާތުން ބުނިނަމަވެސް، ޤާނޫނުއަސާސީއަށް 8 ވަނަ އިސްލާޙު ގެނައުމުގެ ބިލާ ގުޅިގެން ޤާނޫނުއަސާސީގެ 264 ވަނަ މާއްދާގައި ބުނާ އިޖުރާއަތަށް އަމަލުކުރަން ޖެހޭނީ ރައީސް އެ ބިލެއް ތަސްދީޤު ނުކުރައްވާ ޙާލަތުގައި ކަމަށް ރަޖިސްޓްރާ ވިދާޅުވި އެވެ.

އެހެންކަމުން މި ބިލު ތަސްދީޤު ކުރުމަށް ރައީސުލްޖުމްހޫރިއްޔާއަށް ނުފެންނަކަން ހުށަހެޅިފައިވާ ލިއެކިއުންތަކުން އެނގެން ނެތުމުން، މިހާރު ހުށަހެޅިފައިވާ ސަބަބުގެ މައްޗަށް ބަލައި މި މައްސަލަ ބަލައިގަނެވެން ނެތްކަމަށް ވަނީ ކަނޑައަޅުއްވާފަ އެވެ.

އެކަމާ ގުޅޭގޮތުން ސުޕްރީމް ކޯޓުގެ ކުރީގެ ފަނޑިޔާރު ހުސްނުއްސުއޫދު އެކްސްގައި ހިއްސާކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، މި މައްސަލައިގެ ދައުވާއަކީ ރެފަރެންޑަމްއަކަށް އަހަންޖެހޭ ކަމެއްގައި 15 ދުވަސް ތެރޭގައި ބިލާމެދު ގޮތެއް ނިންމާފައިނުވާތީ ބިލު ބާތިލުވުން ކަމަށާއި، ސުޕްރީމް ކޯޓުން މިހާރު މި ކުރިކަމަކީ މައްސަލައިގެ އަޑުއެހުމެއްވެސް ނުބާއްވައި ނިޔާ ކަނޑައެޅުއްވުން ކަމަށެވެ.

އަދި ދައުވާކުރާ މީހާގެ ވާހަކަ އަޑުނާހައި ނިޔާ ކަނޑައެޅުމަކީ ގޯހެއް ނޫންތޯވެސް ސުއޫދު ވަނީ ސުވާލު ކުރައްވާފަ އެވެ.

ސުޕްރީމް ކޯޓުރެފަރަންޑަމް ބިލުނޫނެކޭ ކެމްޕެއިންނޫނެކޭއަލީ ހުސައިން

އިތުރަށް ކިޔާލަން

25 މާރިޗު 2026

ރެފަރެންޑަމް ވޯޓުގެ ސުވާލު މިހާރު އޮތްގޮތުން އެ ޥޯޓު ނުނެގޭނެކަމަށް ކަނޑައަޅައިދިނުމަށް އެދި ސުޕްރީމް ކޯޓަށް ހުށަހެޅި މައްސަލަ މާދަމާ ފަށަނީ

25 މާރިޗު 2026
ރެފަރެންޑަމް ވޯޓުގެ ސުވާލު މިހާރު އޮތްގޮތުން އެ ޥޯޓު ނުނެގޭނެކަމަށް ކަނޑައަޅައިދިނުމަށް އެދި ސުޕްރީމް ކޯޓަށް ހުށަހެޅި މައްސަލަ  މާދަމާ ފަށަނީ
25 މާރިޗު 2026

ރެފަރެންޑަމް ވޯޓު ކާމިޔާބުކޮށްގެން ދެ އިންތިޚާބު އެއްދުވަހެއްގައި ބޭއްވިނަމަވެސް، މަޖިލިސް ނުލިބިއްޖެނަމަ ރައީސް މުއިއްޒު އަޒުލުކުރުން ގާތް: ސުއޫދު

25 މާރިޗު 2026
ރެފަރެންޑަމް ވޯޓު ކާމިޔާބުކޮށްގެން ދެ އިންތިޚާބު އެއްދުވަހެއްގައި ބޭއްވިނަމަވެސް، މަޖިލިސް ނުލިބިއްޖެނަމަ ރައީސް މުއިއްޒު އަޒުލުކުރުން ގާތް: ސުއޫދު
25 މާރިޗު 2026

ދެ އިންތިހާބު އެއްކޮށްލުމަށް ގާނޫނުއަސާސީ އަށް ގެނެވުނު އިސްލާހަކީ ދުސްތޫރީ ޝަރުޢިއްޔަތު ލިބިގެންވާ އިސްހާލެއް ނޫން: ކުރީގެ އުއްތަމަ ފަނޑިޔާރު ޑރ. އަބްދުﷲ ދީދީ

25 މާރިޗު 2026
ދެ އިންތިހާބު އެއްކޮށްލުމަށް ގާނޫނުއަސާސީ އަށް ގެނެވުނު އިސްލާހަކީ ދުސްތޫރީ ޝަރުޢިއްޔަތު ލިބިގެންވާ އިސްހާލެއް ނޫން: ކުރީގެ އުއްތަމަ ފަނޑިޔާރު ޑރ. އަބްދުﷲ ދީދީ
24 މާރިޗު 2026

ޤާނޫނުއަސާސީއަކީ ކުޅޭކުޅޭ އެއްޗަކަށް ހަދައިފި، ސަރުކާރަށް ވެސް އަދި ރެފަރެންޑަމްގައި ވެސް ނޫނެކޭ ބުނަންޖެހޭ: އަސްލަމް

24 މާރިޗު 2026
ޤާނޫނުއަސާސީއަކީ ކުޅޭކުޅޭ އެއްޗަކަށް ހަދައިފި، ސަރުކާރަށް ވެސް އަދި ރެފަރެންޑަމްގައި ވެސް ނޫނެކޭ ބުނަންޖެހޭ: އަސްލަމް
24 މާރިޗު 2026

އޭޕްރީލް 4 ގައި ނަގާ ވޯޓުތަކަށް ސަރުކާރުން ފާޅުގައި ނުފޫޒު ފޯރުވަމުންދާ ކަމަށް ބުނެ އެމްޑީޕީން އޭސީސީއަށް: އޭސީސީން ބުނީ ބަލަމުންދާ ކަމަށް!

24 މާރިޗު 2026
އޭޕްރީލް 4 ގައި ނަގާ ވޯޓުތަކަށް ސަރުކާރުން ފާޅުގައި ނުފޫޒު ފޯރުވަމުންދާ ކަމަށް ބުނެ އެމްޑީޕީން އޭސީސީއަށް: އޭސީސީން ބުނީ ބަލަމުންދާ ކަމަށް!
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު