Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ނޫނެކޭ ކެމްޕެއިން

ޕީއެންސީގެ މެމްބަރުން ވޯޓުލައިގެން އިސްލާހު ފާސްކުރި އިރު، ސަރުކާރުން ކުރަން އުޅޭކަމެއް އެ މެމްބަރުންނަށް ވެސް ނޭނގެ: ޝަފީގު

ރިޔާސީ އިންތިޚާބާއި މަޖިލިސް އިންތިޚާބު އެކުގައި ބޭއްވުމަށް ގާނޫނުއަސާސީއަށް ގެނައި އިސްލާހަކީ ރައްޔިތުންނާ މަޝްވަރާނުކޮށް އޮޅުވާލުމުގެ ތެރެއިން ގެނައި ބަދަލެއް ކަމަށް ވެލިދޫ ދާއިރާގެ ކުރީގެ މެންބަރު މުހައްމަދު އަބްދުﷲ ޝަފީގު ތުހުމަތު ކުރައްވައިފި. ސަރުކާރުން ހުދުމުހުތާރުކަން އިސްކުރަމުންދާ ކަމަށް ފާހަގަކުރައްވައި، އަންނަ އޭޕްރީލް މަހު ބާއްވާ ފެންނަ ނުފެންނަ ވޯޓުގައި މި އިސްލާހަށް "ނޫނެކޭ" ބުނުމަށް އޭނާ ވަނީ ރައްޔިތުންނަށް ގޮވާލައްވާފަ. ސަރުކާރުގެ އަމަލުތަކާއި ބަހާއި ދިމާނުވާތީ، ގައުމުގެ މަސްލަހަތަށްޓަކައި މި ބަދަލާ ދެކޮޅަށް ވޯޓު ދިނުމަކީ މުހިއްމު ކަމެއްކަން އޭނާ ފާހަގަކުރެއްވި.

ފަޒީލް އަބްދުލް
ފަޒީލް އަބްދުލް, ރާއްޖެ އެމްވީ | 27 މާރިޗު 2026 | ހުކުރު 02:16
ރައްޔިތުންގެ މަޖިލީހުގެ ވެލިދޫ ދާއިރާގެ ކުރީގެ މެންބަރު މުހައްމަދު އަބްދުﷲ ޝަފީގު ރާއްޖެޓީވީ އިން ގެނެސްދޭ ނޫނެކޭ ކެމްޕެއިން ޕްރޮގްރާމްގައި ވާހަކަދައްކަވަނީ

ރައްޔިތުންގެ މަޖިލީހުގެ ވެލިދޫ ދާއިރާގެ ކުރީގެ މެންބަރު މުހައްމަދު އަބްދުﷲ ޝަފީގު ރާއްޖެޓީވީ އިން ގެނެސްދޭ ނޫނެކޭ ކެމްޕެއިން ޕްރޮގްރާމްގައި ވާހަކަދައްކަވަނީ | ރާއްޖެ އެމްވީ

ރިޔާސީ އިންތިޚާބާއި ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބު އެކުގައި ބާއްވަން ގާނޫނުއަސާސީ އަށް ގެނެވުނު އިސްލާހަށް ޕީއެންސީ މެންބަރުން ވޯޓު ދެއްވި އިރު، ސަރުކާރުން ކުރަން އުޅޭކަމެއް އެ މެންބަރުންނަށް ވެސް ނޭނގޭ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ވެލިދޫ ދާއިރާގެ ކުރީގެ މެންބަރު މުހައްމަދު އަބްދުﷲ ޝަފީގު ވިދާޅުވެއްޖެ އެވެ.

ބުރާސްފަތި ދުވަހުގެ ރޭ ރާއްޖެ ޓީވީ އިން ފޮނުވި ނޫނެކޭ ކެމްޕެއިން ޕްރޮގްރާމްގައި ބައިވެރިވެވަޑައިގެން ވާހަކަދައްކަވަމުން ޝަފީގު ވިދާޅުވީ، އެޕްރީލް ހަތަރު ވަނަ ދުވަހު ބާއްވާ ފެންނަ ނުފެންނަ ވޯޓުގައި ރައްޔިތުން ނޫނެކޭ ބުނަން ޖެހޭ އެންމެ ފުރަތަމަ ސަބަބަކީ މި އިސްލާހު ފާސްވެގެން އައި ގޮތް ވެސް ގޯސްވުން ކަމުގަ އެވެ.

އެގޮތުން ރައްޔިތުންނާ އެއްވެސް މަޝްވަރާއެއް ނުކޮށް ގާނޫނުއަސާސީ އަށް މިފަދަ ބަދަލެއް ގެންނަނީ ބޮޑު އޮޅުވާލުމެއްގެ ތެރެއިން ކަމަށް ޝަފީގު ތުހުމަތު ކުރެއްވި އެވެ. ޝަފީގު ވިދާޅުވީ މި ސަރުކާރުގެ ފަރާތުން ފެންނަނީ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުން ލިބިވަޑައިގެންނެވި ކާމިޔާބީއާ އެކު ހުދުމުހުތާރުކަން އިސްކުރަމުން ދާ މަންޒަރު ކަމަށެވެ.

މި އިސްލާހު އައި ގޮތް ވެސް ގޯސް. އެކަށީގެންވާ ވަރަށް ރައްޔިތުންނަށް މި ވާހަކަ ދެއްކުމުގެ ފުރުސަތެއް ނުދޭ. ސަރުކާރުން ކުރަން މި އުޅެނީ ކީއްކަމެއް ހަގީގަތުގަ ރައްޔިތުންގެ މަޖްލީހުގެ މެމްބަރުންނަށް ވެސް.. ރައްޔިތުން ކީއްކުރަންތޯ، ރައްޔިތުންގެ މަޖްލީހުގަ އެ ތިއްބެވި ވެރިކަންކުރާ ޕާޓީގެ މެމްބަރުނަށް ވެސް ހަގީގަތުގަ ނޭނގޭނެ މިއީ ކޮން ގޮތަކަށް ކިހިނެއް އަންނަ އެއްޗެއް ކަމެއް. ދެން އެބޭފުޅުން ވޯޓު ދެއްވައިގެން ފާސްކުރީ. އެހެންވީމަ އޮޅުވާލުމެއްގެ ތެރެއިން ކުރައްވާ ކަމެއް. މީގަ ވަރަށް ގޯސް ނިޔަތެއް އޮވެގެން ކުރަމުންދާ ކަމެއް މި ސަރުކާރު ފެށުނީއްސުރެ ވެސް.
ރައްޔިތުންގެ މަޖިލީހުގެ ވެލިދޫ ދާއިރާގެ ކުރީގެ މެންބަރު މުހައްމަދު އަބްދުﷲ ޝަފީގު

މި ސަރުކާރުން ވެރިކަމަށް އަންނަން ވެގެން ދެއްކެވި ވާހަކަ އާއި ރަައްޔިތުޔުންގެ މަޖްލިސް ހޯދަން ދެއްކެވި ވާހަކަ އާއި  އޭގެފަހުން އަމަލުކުރެއްވި ގޮތް  އަޅާކިޔާލީމަ މިސަރުކާރަކީ، ބަހާ އަމަލާ ދިމާނުވާ ސަރުކާރެއްކަން  ރައްޔިތުންނަށް ވަރަށް ސާފުކޮށް ފެންނާނެކަމަށް ޝަފީގް ވިދާޅުވި އެވެ.

އެހެން ކަމުން ނަގަން މިއުޅޭ ފެންނަ ނުފެންނަ ވޯޓާ ގުޅޭގޮތުން މިސަރުކާރުން ދައްކަވާ ވާހަކަ އާއި އޭގެފަހުން މި އިންތިހާބު ކާމިޔާބުވެއްވެއްޖެ ނަމަ އަމަލުކުރައްވާނެ ގޮތާ އަޅާކިޔުއްވާ ލެއްވީމާ، މި ނަގާ ފެންނަ ނުފެންނަ ވޯޓުގައި ކޮންމެ ފިކުރެއްގެ މީހަކު ވިޔަސް، ނޫނެކޭ ނޫން އެއްޗެއް ބުނަން ހިތައްނާރާނެ ކަމަށް ޝަފީގް ވިދާޅުވި އެވެ.

ޝަފީގު ވިދާޅުވީ ސަރުކާރުން ކުރަމުންދާ ކަންކަން ބަލާލުމުން ރައްޔިތުންނަށް ސާފުކޮށް ފެންނާނީ ސަރުކާރުގެ ހަގީގީ ނިޔަތް ކަމަށެވެ. އެހެންކަމުން މި ވޯޓުގައި ރައްޔިތުން ނޫނެކޭ ބުނުމަކީ މުހިއްމު ކަމެއް ކަމަށް އޭނާ ފާހަގަކުރެއްވި އެވެ.

ނޫނެކޭ ކެމްޕެއިންގާނޫނު އަސާސީ އަށް ބަދަލު ގެނައުންފެންނަ ނުފެންނަ ވޯޓުޕީއެންސީ ސަރުކާރު

ކޮމެންޓް

އިތުރަށް ކިޔާލަން

 ފަނޑިޔާރު ޝަހީދުގެ އާދަޔާ ހިލާފު ސުވާލަށް ވަކީލުން ދެއްވި ޖަވާބު: "އެންމެނަށް ބިލު ކިޔަން ނުޖައްސާ ވޯޓު ކަރުދާހުން ވާނުވާ އެނގެން ޖެހޭ"

ފަނޑިޔާރު ޝަހީދުގެ އާދަޔާ ހިލާފު ސުވާލަށް ވަކީލުން ދެއްވި ޖަވާބު: "އެންމެނަށް ބިލު ކިޔަން ނުޖައްސާ ވޯޓު ކަރުދާހުން ވާނުވާ އެނގެން ޖެހޭ"

27 މާރިޗު 2026
ނަގަން އުޅޭ ރެފަރެންޑަމް ވޯޓަކީ ހުދުމުހުތާރު ވެރިކަމަކަށް ފައި އެޅުމުގެ އެންމެ ފަހު ހަރުފަތް، ނޫނެކޭ ބުނަންޖެހޭ: އީސަ

ނަގަން އުޅޭ ރެފަރެންޑަމް ވޯޓަކީ ހުދުމުހުތާރު ވެރިކަމަކަށް ފައި އެޅުމުގެ އެންމެ ފަހު ހަރުފަތް، ނޫނެކޭ ބުނަންޖެހޭ: އީސަ

26 މާރިޗު 2026
އޭޕްރީލް ހަތަރުވަނަ ދުވަހު ނަގާ ފެންނަ ނުފެންނަ ވޯޓަކީ ރައްޔިތުންނަށް ޗޮއިސް އެއް ނުދީ މަޖުބޫރުން ލައްވާ ވޯޓެއް: ސައިފް

އޭޕްރީލް ހަތަރުވަނަ ދުވަހު ނަގާ ފެންނަ ނުފެންނަ ވޯޓަކީ ރައްޔިތުންނަށް ޗޮއިސް އެއް ނުދީ މަޖުބޫރުން ލައްވާ ވޯޓެއް: ސައިފް

26 މާރިޗު 2026
ރެފަރެންޑަމްއާ ގުޅޭ ބިލަކީ ބާތިލު ބިލެއްކަމަށް ކަނޑައަޅައިދޭން އެދި ހުށަހެޅި މައްސަލަ ބޭރުކޮށްލައިފި

ރެފަރެންޑަމްއާ ގުޅޭ ބިލަކީ ބާތިލު ބިލެއްކަމަށް ކަނޑައަޅައިދޭން އެދި ހުށަހެޅި މައްސަލަ ބޭރުކޮށްލައިފި

25 މާރިޗު 2026
ރެފަރެންޑަމް ވޯޓުގެ ސުވާލު މިހާރު އޮތްގޮތުން އެ ޥޯޓު ނުނެގޭނެކަމަށް ކަނޑައަޅައިދިނުމަށް އެދި ސުޕްރީމް ކޯޓަށް ހުށަހެޅި މައްސަލަ  މާދަމާ ފަށަނީ

ރެފަރެންޑަމް ވޯޓުގެ ސުވާލު މިހާރު އޮތްގޮތުން އެ ޥޯޓު ނުނެގޭނެކަމަށް ކަނޑައަޅައިދިނުމަށް އެދި ސުޕްރީމް ކޯޓަށް ހުށަހެޅި މައްސަލަ މާދަމާ ފަށަނީ

25 މާރިޗު 2026

އަހަރުތަކުން މިއަދު

27 މާރިޗު
ކްރީމް ޗީޒް އެންޑް ޕީނަޓް ބަޓަރ ސްޓްރޯބެރީ ސޭންޑްވިޗް
20251 އަހަރު ކުރިން
ލައިފް ސްޓައިލް

ކްރީމް ޗީޒް އެންޑް ޕީނަޓް ބަޓަރ ސްޓްރޯބެރީ ސޭންޑްވިޗް

އަލް މަޝްއަރު ހައްޖު އެންޑް އުމްރާ ގްރޫޕުން އުމްރާއަށް ދިޔަ އުމްރާވެރިން މައްކާގައި މަގުމަތިވެފައި
20242 އަހަރު ކުރިން
ރާއްޖެ

އަލް މަޝްއަރު ހައްޖު އެންޑް އުމްރާ ގްރޫޕުން އުމްރާއަށް ދިޔަ އުމްރާވެރިން މައްކާގައި މަގުމަތިވެފައި

އޮސްޓްރޭލިޔާގެ ރައްޔިތަކަށް 160،000 ޑޮލަރުގެ އަގުހުރި ރަން އެކުލެވޭ ގަލެއް ހޮވިއްޖެ
20233 އަހަރު ކުރިން
ތަފާތު ޚަބަރު

އޮސްޓްރޭލިޔާގެ ރައްޔިތަކަށް 160،000 ޑޮލަރުގެ އަގުހުރި ރަން އެކުލެވޭ ގަލެއް ހޮވިއްޖެ

ރާފިލް ޓްރެއިނިންގއަށް ގެންގޮސްފައިވަނީ މެޑިކަލް ޓެސްޓުން ފެއިލްވެފައި ވަނިކޮށް
20224 އަހަރު ކުރިން
ރާއްޖެ

ރާފިލް ޓްރެއިނިންގއަށް ގެންގޮސްފައިވަނީ މެޑިކަލް ޓެސްޓުން ފެއިލްވެފައި ވަނިކޮށް

ކިޑްނީއެއް ނުލިބުމަށްވުރެ ހިތްދަތިވީ އެންމެ ބޭނުންވި ދުވަހު ލޯބިވާ މީހާ ދޫކޮށްފައި ދިއުމުން!
20215 އަހަރު ކުރިން
ރިޕޯޓު

ކިޑްނީއެއް ނުލިބުމަށްވުރެ ހިތްދަތިވީ އެންމެ ބޭނުންވި ދުވަހު ލޯބިވާ މީހާ ދޫކޮށްފައި ދިއުމުން!

ނުކުތީ ގޮނޑި ބޭނުން ވެގެނެއް ނޫން، ރައްޔިތުންގެ މުދާ ހިމާޔަތް ކުރަން: ޔައުގޫބު
20197 އަހަރު ކުރިން
ރާއްޖެ

ނުކުތީ ގޮނޑި ބޭނުން ވެގެނެއް ނޫން، ރައްޔިތުންގެ މުދާ ހިމާޔަތް ކުރަން: ޔައުގޫބު

90ގެ ޓްރެންޑެއް ކަމަށްވާ \'ތޮންގް ހީލްސް\' އަނބުރާ އައީ؟
20188 އަހަރު ކުރިން
ތަފާތު ޚަބަރު

90ގެ ޓްރެންޑެއް ކަމަށްވާ \'ތޮންގް ހީލްސް\' އަނބުރާ އައީ؟

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު