Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ނޫނެކޭ ކެމްޕެއިން

އޭޕްރީލް ހަތަރުވަނަ ދުވަހު ނަގާ ފެންނަ ނުފެންނަ ވޯޓަކީ ރައްޔިތުންނަށް ޗޮއިސް އެއް ނުދީ މަޖުބޫރުން ލައްވާ ވޯޓެއް: ސައިފް

ޚަރަދު ކުޑަކުރުމުގެ ނަމުގައި ސަރުކާރުން މި ވޯޓު ނަގަނީ ރައްޔިތުންނަށް ކަންކަން އޮޅުވާލައިގެން ކަމަށާއި، މިއީ ޑިމޮކްރަޓިކް ނިޒާމުގެ ތެރެއިން ލިބިފައިވާ ހައްގުތައް ހަނިކުރުމަށް ހިންގާ ނުރައްކާތެރި އަމަލެއްގެ ގޮތުގައި އޭނާ ސިފަކުރެއްވި. އަދި ގާނޫނުއަސާސީއަށް ބަދަލު ގެންނަންވާނީ ފުޅާ ދާއިރާއެއްގައި މަޝްވަރާކޮށް، އޭގެ ނަތީޖާ ރައްޔިތުންނަށް ސާފުކޮށްދީގެން ކަމަށްވެސް ސައިފް ފާހަގަކުރެއްވި.

ފަޒީލް އަބްދުލް
ފަޒީލް އަބްދުލް, ރާއްޖެ އެމްވީ | 26 މާރިޗު 2026 | ބުރާސްފަތި 03:14
ރާއްޖެ ޓީވީން ގެނެސްދޭ "ނޫނެކޭ" ކެމްޕެއިން ޕްރޮގްރާމްގައި މާލެ ސިޓީ ކައުންސިލްގެ ގަލޮޅު އުތުރު ދާއިރާގެ މެމްބަރު މުހައްމަދު ސައިފް ފާތިހު ވާހަކަ ދައްކަވަނީ.

ރާއްޖެ ޓީވީން ގެނެސްދޭ "ނޫނެކޭ" ކެމްޕެއިން ޕްރޮގްރާމްގައި މާލެ ސިޓީ ކައުންސިލްގެ ގަލޮޅު އުތުރު ދާއިރާގެ މެމްބަރު މުހައްމަދު ސައިފް ފާތިހު ވާހަކަ ދައްކަވަނީ. | ރާއްޖެ އެމްވީ

އަންނަ އޭޕްރީލް މަހުގެ ހަތަރުވަނަ ދުވަހު ބޭއްވުމަށް ނިންމާފައިވާ ފެންނަ ނުފެންނަ ވޯޓަކީ ދިވެހި ރައްޔިތުންނަށް އެއްވެސް އިޚުތިޔާރެއް ނުވަތަ ޗޮއިސް އެއް ނުދީ، މަޖުބޫރުން ލައްވާ ވޯޓެއް ކަމަށް މާލެ ސިޓީ ކައުންސިލްގެ ގަލޮޅު އުތުރު ދާއިރާގެ މެމްބަރު މުހައްމަދު ސައިފް ފާތިހު ވިދާޅުވެއްޖެ އެވެ.

ސައިފް މިހެން ވިދާޅުވީ ރާއްޖެޓީވީން ގެނެސްދޭ "ނޫނެކޭ" ކެމްޕެއިން ޕްރޮގްރާމްގައި ވާހަކަ ދައްކަވަމުންނެވެ.

ސައިފް ވިދާޅުވީ ގާނޫނުއަސާސީ އަށް ބަދަލު ގެނައުމަކީ ރައީސުލްޖުމްހޫރިއްޔާ ފޫހިފިލުވަން ކުރައްވާ ކަމަކަށް ވެގެން ނުވާނެ ކަމަށެވެ. ގާނޫނުއަސާސީ އަށް ބަދަލު ގެންނަންވާނީ ވަކި ތަސައްވަރެއް އޮވެގެން، އެ ބަދަލެއްގެ ސަބަބުން ނުކުންނާނެ ނަތީޖާތައް ރައްޔިތުންނަށް ސާފުކޮށްދީ، ފުޅާ ދާއިރާއެއްގައި މަޝްވަރާކުރެވިގެން ކަމަށް އޭނާ ފާހަގަކުރެއްވި އެވެ. ރާއްޖޭގެ މިހާރުގެ ގާނޫނުއަސާސީ އަކީ ހާއްސަ މަޖިލީހެއް އެކުލަވާލައިގެން އެތަކެއް ބަހުސްތަކަކަށްފަހު އެކުލަވާލާފައިވާ، ދައުލަތް ހިންގުމުގެ އަސާސީ "ޓެކްސްޓް" ކަމަށްވާއިރު، ރައީސް މުއިއްޒު ހިތްޕުޅަށް އެރިހާ ގޮތަކަށް އޭގެއަށް ބަދަލު ގެނައުމަކީ ނުރައްކާތެރި ކަމެއްގެ ގޮތުގައި ސައިފް ސިފަކުރެއްވި އެވެ.

އޭޕްރީލް ހަތަރުވަނަ ދުވަހު ނަގާ ވޯޓާ ގުޅޭގޮތުން ސައިފް ވިދާޅުވީ، އެއީ ވާނުވާ ސާފުކޮށްނުދީ، ރައްޔިތުން އޮޅުވާލުމެއްގެ ތެރެއަށް ވައްދައިގެން ސަރުކާރުން ބޭނުންވާ ފާހައެއް ޖެއްސުމަށް ކުރާ ކަމެއް ކަމަށެވެ.

ގާނޫނުއަސާސީ އަށް ބަދަކު ގެނައުމަކީ ފޫހިވީމަ ނޫނީ ހަމަ ހިތައްއެރީމަ ކުރާ ކަމެއް ނޫން. އެއީ ޕްލޭން އެއް އޮވެގެން ، ތަސައްވަރެއް އޮވެގެން، އެ ކުރަންއުޅޭ ކަންތައް އިނގިގެން އޭގެ ބްރޯޑަރ ޕާސްޕެކްޓިވް އެއް އޮވެގެން ކުރާ ކަމެއް. ގާނޫނުއަސާސީ އިސްލާހު ކުރީކީ ހަމަ އެއްދުވަހު ތިބެފަ ބައިވަަރު ހައްގުތަކެއް އެޔަށްލީކީ އެއް ނޫނޭ. އެތައް ބައިވަރު މަސައްކަތެއް ކޮށް މިނިވަން ބަހުސްތަކެއް ކޮށް، ހާއްސަ މަޖިލީހެއް އެއްކޮށް... ހާއްސަ މަޖިލީހުގެ ތެރޭ ތަޅާފޮޅާ، ޒުވާބުކޮށް އެތައްގޮތަކުން ހަދާފައޮތް ގާނޫނީ އަސާސީ އެއް އެއީ...  އެއީ އަޅުގަނޑުމެންގެ އަސާސީ ޓެކްސްޓް މި ދައުލަތް ހިންގަން އޮތް... ހަމަ ހިތްޕުޅަށް އަރާވަޑައިގަތީމާ ގާނޫނުއަސާސީ އަށް ބަދަލުގެންނަމުން މިސަރުކާރުން މި ގެންދަނީ. އެއީ ވަރަށް ނުރައްކާތެރިކަމެއް. ހަގީގަތުގަ ޗޮއިސް އެއް ނެތްގޮތަށް މަޖުބޫރުން ލެއްވޭ ވޯޓެއް މި ވޯޓަކީ. އެއީ ވާންއުޅޭ އެއްޗެއް ނޭނގޭ. އާނއެކޭ ނުވަތަ ނޫނެކޭ ބުނީމަ އޭގެ ނަތީޖާ އެއް ނޭނގެ. ދެން ވާވައްދާލައިގެން ގެންގޮސް ސަރުކާރުން ބޭނުން ފާހަގައެއް ޖައްސުވަން ކުރާ ކަމެއްގެ ގޮތުގަ މިކަން ފެންނަނީ. 
މާލެ ސިޓީ ކައުންސިލްގެ ގަލޮޅު އުތުރު ދާއިރާގެ މެމްބަރު މުހައްމަދު ސައިފް ފާތިހު

 މި ވޯޓަކީ ހަރަދު ކުޑަކުރުމުގެ ބޭނުމުގައި ކުރާ ކަމެއް ކަމަށް ސަރުކާރުން ބުނާ ބުނުމަށް ސައިފް ވަނީ ވަރަށް ބޮޑަށް ފާޑުވިދާޅުވެފަ އެވެ. އޭނާ ވިދާޅުވީ އިންތިހާބަކަށް ގާތްގަނޑަކަށް 50 މިލިއަން ރުފިޔާ ހަރަދުވާއިރު، ސަރުކާރުގެ ސިޔާސީ މުވައްޒަފުންގެ މުސާރަ އަށް އެކަނިވެސް މަހަކު 40 މިލިއަން ރުފިޔާ ހަރަދުވާ ކަމަށެވެ.

މީގެ އިތުރުން، ސަރުކާރުގެ ވެރިންނަށް ކާރު ބައްލަވައިގަތުމަށް 180 މިލިއަން ރުފިޔާ ހަރަދުކުރާއިރު، ހަރަދު ކުޑަކުރަން ކުރާ ކަމެއް ކަމަށް ބުނެ ދައްކާ ވާހަކަ ގަބޫލުކުރާނެ އެއްވެސް މީހަކު ނުހުންނާނެ ކަމަށް ސައިފް ވިދާޅުވި އެވެ. އޭނާ ވިދާޅުވީ އެއީ ކުޑަކުއްޖަކު ވެސް ގަބޫލުކުރާނެ ފަދަ ހަމަޖެހޭ ވާހަކައެއް ނޫން ކަމަށެވެ.

ސައިފް އިތުރަށް ވިދާޅުވީ މިހާރު މިއޮތް ޑިމޮކްރަޓިކް ނިޒާމަކީ ގާނޫނުއަސާސީގައި ހުރި ހަރުދަނާ އުސޫލުތަކުގެ ތެރެއިން ލިބިފައިވާ ހައްގުތަކެއްގެ މައްޗަށް ބިނާވެފައިވާ ނިޒާމެއް ކަމަށެވެ. ނަމަވެސް ސަރުކާރުން މިއަދު މަސައްކަތް ކުރަމުންދަނީ އެ ހައްގުތައް މަޑުމަޑުން ކޮށާލައި، ގާނޫނުއަސާސީގެ އެކި ބައިތައް އުނިކުރަމުން ދިއުމަށް ކަމަށް އޭނާ ތުހުމަތު ކުރެއްވި އެވެ. މިގޮތަށް ކަންތައް ކުރަމުންދާނަމަ، ގާނޫނުއަސާސީގެ ދަށުން ލިބިފައިވާ ހައްގުތައް އަންނަން އޮތް ޖީލުތަކަށް ވާރުތަ ނުކޮށްދެވޭނެ ކަމަށް ސައިފް ވިދާޅުވި އެވެ.

މުހައްމަދު ސައިފް ފާތިހްނޫނެކޭ ކެމްޕެއިންފެންނަ ނުފެންނަ ވޯޓު

ކޮމެންޓް

އިތުރަށް ކިޔާލަން

ރެފަރެންޑަމްއާ ގުޅޭ ބިލަކީ ބާތިލު ބިލެއްކަމަށް ކަނޑައަޅައިދޭން އެދި ހުށަހެޅި މައްސަލަ ބޭރުކޮށްލައިފި

ރެފަރެންޑަމްއާ ގުޅޭ ބިލަކީ ބާތިލު ބިލެއްކަމަށް ކަނޑައަޅައިދޭން އެދި ހުށަހެޅި މައްސަލަ ބޭރުކޮށްލައިފި

25 މާރިޗު 2026
ރެފަރެންޑަމް ވޯޓުގެ ސުވާލު މިހާރު އޮތްގޮތުން އެ ޥޯޓު ނުނެގޭނެކަމަށް ކަނޑައަޅައިދިނުމަށް އެދި ސުޕްރީމް ކޯޓަށް ހުށަހެޅި މައްސަލަ  މާދަމާ ފަށަނީ

ރެފަރެންޑަމް ވޯޓުގެ ސުވާލު މިހާރު އޮތްގޮތުން އެ ޥޯޓު ނުނެގޭނެކަމަށް ކަނޑައަޅައިދިނުމަށް އެދި ސުޕްރީމް ކޯޓަށް ހުށަހެޅި މައްސަލަ މާދަމާ ފަށަނީ

25 މާރިޗު 2026
ދެ އިންތިހާބު އެއްކޮށްލުމަށް ގާނޫނުއަސާސީ އަށް ގެނެވުނު އިސްލާހަކީ ދުސްތޫރީ ޝަރުޢިއްޔަތު ލިބިގެންވާ އިސްހާލެއް ނޫން: ކުރީގެ އުއްތަމަ ފަނޑިޔާރު ޑރ. އަބްދުﷲ ދީދީ

ދެ އިންތިހާބު އެއްކޮށްލުމަށް ގާނޫނުއަސާސީ އަށް ގެނެވުނު އިސްލާހަކީ ދުސްތޫރީ ޝަރުޢިއްޔަތު ލިބިގެންވާ އިސްހާލެއް ނޫން: ކުރީގެ އުއްތަމަ ފަނޑިޔާރު ޑރ. އަބްދުﷲ ދީދީ

25 މާރިޗު 2026
ދެ އިންތިހާބު އެއްކުރުމަކީ ރައްޔިތުންގެ ބާރު ކަނޑުވާލުން: ބޮންޑާ

ދެ އިންތިހާބު އެއްކުރުމަކީ ރައްޔިތުންގެ ބާރު ކަނޑުވާލުން: ބޮންޑާ

24 މާރިޗު 2026
މި ސަރުކާރުން ވަނީ ރާއްޖޭގެ ޒުވާން އާބާދީ ދުނިޔޭގެ ފަގީރު ގައުމުތަކުގައި އޮންނަ ''ބޮންޑަޑް ލޭބަރ'' ދަރަޖައަށް ވައްޓާލާފައި: މެންބަރު އަހުމަދު ދީދީ

މި ސަރުކާރުން ވަނީ ރާއްޖޭގެ ޒުވާން އާބާދީ ދުނިޔޭގެ ފަގީރު ގައުމުތަކުގައި އޮންނަ ''ބޮންޑަޑް ލޭބަރ'' ދަރަޖައަށް ވައްޓާލާފައި: މެންބަރު އަހުމަދު ދީދީ

23 މާރިޗު 2026

އަހަރުތަކުން މިއަދު

17 އެޕްރީލު
ދެމަފިރިއަކު ނުކުމެ އަމިއްލަ އެދުމަށް ދަރިފުޅު ގުރުބާންކޮށްފި، މިއަދު އެމްޑީޕީ އަށް މި އޮތީ ބެލެނިވެރިއަކަށް ވާންޖެހިފައި - ފައްޔާޒް
20251 އަހަރު ކުރިން
ރާއްޖެ

ދެމަފިރިއަކު ނުކުމެ އަމިއްލަ އެދުމަށް ދަރިފުޅު ގުރުބާންކޮށްފި، މިއަދު އެމްޑީޕީ އަށް މި އޮތީ ބެލެނިވެރިއަކަށް ވާންޖެހިފައި - ފައްޔާޒް

ކުޅުދުއްފުށި ދެކުނު ދާއިރާގެ ޕީޕީއެމްގެ ރައީސް އެ ދައިރާގެ އެމްޑީޕީގެ ކެނޑިޑޭޓް އަލީ ވަހީދު އެންޑޯސްކޮށްފި
20242 އަހަރު ކުރިން
ރާއްޖެ

ކުޅުދުއްފުށި ދެކުނު ދާއިރާގެ ޕީޕީއެމްގެ ރައީސް އެ ދައިރާގެ އެމްޑީޕީގެ ކެނޑިޑޭޓް އަލީ ވަހީދު އެންޑޯސްކޮށްފި

"ޖިންސީ ގޯނާއެއް ނުކުރަން، ކުރިކަމެއް ކުރީ ދެ މީހުން ރުހިގެން"
20233 އަހަރު ކުރިން
ކުޅިވަރު

"ޖިންސީ ގޯނާއެއް ނުކުރަން، ކުރިކަމެއް ކުރީ ދެ މީހުން ރުހިގެން"

ކުޅަދާނަ ކައްޕިތާނެއް ގައުމުގެ ހުންގާނުގައި ނެތްނަމަ މިއޮޑި ފަރަށް އެރީސް: މެމްބަރު ސަލީމް
20224 އަހަރު ކުރިން
ރާއްޖެ

ކުޅަދާނަ ކައްޕިތާނެއް ގައުމުގެ ހުންގާނުގައި ނެތްނަމަ މިއޮޑި ފަރަށް އެރީސް: މެމްބަރު ސަލީމް

ވެކްސިން ދިނުމުގައި ވަކިބަޔަކަށް ވަކި އުސޫލެއް، އެޗްޕީއޭއަށް އެކަން އެނގުނީ ނޫސްވެރިން ސުވާލުކުރުމުން!
20215 އަހަރު ކުރިން
ރިޕޯޓު

ވެކްސިން ދިނުމުގައި ވަކިބަޔަކަށް ވަކި އުސޫލެއް، އެޗްޕީއޭއަށް އެކަން އެނގުނީ ނޫސްވެރިން ސުވާލުކުރުމުން!

ފްރާންސް އަންހެން ކުއްޖާ ކުރި ތުހުމަތުތައް ގާޒީ އާދަމް އާރިފް ދޮގުކުރައްވައިފި
20197 އަހަރު ކުރިން
ރާއްޖެ

ފްރާންސް އަންހެން ކުއްޖާ ކުރި ތުހުމަތުތައް ގާޒީ އާދަމް އާރިފް ދޮގުކުރައްވައިފި

އަލީ ހުސެއިން މަސްކަނޑަށް ޖެހުނު ސަބަބު މިއޮތީ!
20188 އަހަރު ކުރިން
ރިޕޯޓު

އަލީ ހުސެއިން މަސްކަނޑަށް ޖެހުނު ސަބަބު މިއޮތީ!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު