Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެރެފަރެންޑަމް ވޯޓު

ނަގަން އުޅޭ ރެފަރެންޑަމް ވޯޓަކީ ހުދުމުހުތާރު ވެރިކަމަކަށް ފައި އެޅުމުގެ އެންމެ ފަހު ހަރުފަތް، ނޫނެކޭ ބުނަންޖެހޭ: އީސަ

ރާއްޖޭގެ ދައުލަތުގެ ބާރުތައް ހިސޯރުކޮށް، ރައްޔިތުންގެ ބަސް ބުނުމުގެ ފުރުސަތު މި ސަރުކާރުން ނިގުޅައިގަންނަމުންދާ ކަމަށް އީސަ ވިދާޅުވި. އަދި އެ ވޯޓުގައި ރައްޔިތުން "ނޫނެކޭ" ބުނުމަށް އޭނާ ވަނީ ގޮވާލައްވާފައި.

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު | 26 މާރިޗު 2026 | ބުރާސްފަތި 05:37
ކެނދިކުޅުދޫ ދާއިރާގެ ކުރީގެ މެމްބަރު އަހުމަދު އީސާ.

ކެނދިކުޅުދޫ ދާއިރާގެ ކުރީގެ މެމްބަރު އަހުމަދު އީސާ. | ރާއްޖެ އެމްވީ

މި ސަރުކާރުން ނަގަން އުޅޭ ރެފަރެންޑަމް ވޯޓަކީ ހުދުމުހުތާރު ވެރިކަމަކަށް ފައި އެޅުމަށް ނަގާ އެންމެ ފަހު ހަރުފަތް ކަމަށާއި، އެ ވޯޓުގައި ރައްޔިތުން ނޫނެކޭ ބުނަންޖެހޭކަމަށް ކެނދިކުޅުދޫ ދާއިރާގެ ކުރީގެ މެމްބަރު އަހުމަދު އީސާ ވިދާޅުވެއްޖެ އެވެ.

ރާއްޖެޓީވީގެ ނޫނެކޭ ޕްރޮގްރާމްގައި ވާހަކަ ދައްކަވަމުން އީސަ ވިދާޅުވީ، މި ސަރުކާރުން މިހާރު ނިގުޅައިގަންނަން އެ އުޅެނީ ޑިމޮކްރަޓިކް ނިޒާމެއްގެ އެންމެ އަސާސީ ސިފަ ކަމަށާއި، ވޯޓު ލުމަކީ އެންމެ އަސާސީ އެއް ކަންތައް ކަމަށެވެ. އަދި ވިދާޅުވީ، މިއަދު ޤައުމުގެ ބާރުތައްވެސް ހިސޯރުކޮށްފައިވާ ކަމަށެވެ.

އީސަ ވިދާޅުވި ގޮތުގައި މިއަދު މަޖިލީހާއި ސުޕްރީމް ކޯޓުވެސް ހިސޯރު ކުރުމަށްފަހު ރައީސްގެ އަމާޒު މިހާރު ހުރީ ރައްޔިތުންނަށް އޮތް ބަސް ބުނުމުގެ ފުރުސަތު ނިގުޅައިގަތުމާ ދިމާއަށެވެ. އަދި އެއީ ހުދުމުހުތާރު ވެރިކަމަކަށް ފައި އެޅުމުގެ އެންމެ ފަހު ހަރުފަތްކަމަށްވެސް އީސަ ވިދާޅުވި އެވެ.

ވެރިކަމުގައި ހުރި މީހާ މަޖިލިސް ހިސޯރުކުރަންވީމާ އެއީ ވަރަށް ދެރަ ކަންކަން. ރައްޔިތުންނަށް ޤަބޫލު ކުރުމުގެ ފުރުސަތު މިއަދު އެބައޮތް ފަނޑިޔާރުގެތައްވެސް ރައީސުލްޖުމްހޫރިއްޔާ އެ ހުންނެވީ ހިސޯރުކޮށްގެންނޭ. މިއަދު ދެން އެ ދަނީ ރައްޔިތުން ހިސޯރުކޮށްގެން ރައްޔިތުންނަށް ބަސް ބުނާނެ ފުރުސަތު ނިގުޅައިގަންނަން، މިއީ ހުދުމުހުތާރު ވެރިކަމަކަށް ފައި އެޅުމުގެ އެންމެ ފަހު ހަރުފަތް.
ކެނދިކުޅުދޫ ދާއިރާގެ ކުރީގެ މެމްބަރު އަހުމަދު އީސާ 

 އީސަ ސިފަ ކުރެއްވި ގޮތުގައި ރެފަރެންޑަމް ވޯޓެއް ނަގައިގެން ދެ އިންތިޚާބު އެއް ދުވަހެއްގައި ބޭއްވުމަކީ ގޭގައި ހުރި މޭވާ ގަހަކުން އަހަރަކު އެންމެ ފަހަރަކު މޭވާ ލިބޭގޮތަށް ބަދަލު ކުރުމެވެ. އެގޮތުން ރައްޔިތުންގެ ގާތަށް ވެރިން ދާ ދިއުމަކީ ރައްޔިތުންނަށްވެސް ހުރި ކަންބޮޑުވުންތައް ހިއްސާކޮށް ޙައްލު ހޯދުމަށް މަސައްކަތް ކުރުމަށް ލިބޭ ވަރަށް ބޮޑު ފުރުސަތެއްކަމަށް އީސަ ވިދާޅުވި އެވެ.

ނޫނެކޭ ބުނަން ޖެހެނީ ގޭދޮށުގައި 5 އަހަރު ތެރޭގައި ދެފަހަރަށް މޭވާ އަޅާ ގަހެއް ހުއްޓައި އެ ގަސް ކަނޑާލާފައި 5 އަހަރުން އެއް ފަހަރު މޭވާ އަޅާ ގަހެއް އިންދައިގެންތޯ ރައްޔިތުންނަށް ފައިދާވާނީ، ގޭދޮށުމަތީގައި މިހާރު ހެދިފައި ހުރި ގަހުގައި 5 އަހަރު ދެފަހަރަށް މޭވާ އެޅީމާތޯ ފައިދާވާނީ.
ކެނދިކުޅުދޫ ދާއިރާގެ ކުރީގެ މެމްބަރު އަހުމަދު އީސާ 

އީސަ ވަނީ އޭޕްރީލް މަހުގެ 4 ވަނަ ދުވަހު އޮންނަ ރެފަރެންޑަމް ވޯޓުގައި ރައްޔިތުން ނޫނެކޭ ބުނުމަށް އެދިވަޑައިގެންފަ އެވެ. އީސަ ވިދާޅުވި ގޮތުގައި މިއީ ދެފުއް ފެންނަ ގޮތެއްގައި ހިނގާ ސަރުކާރެއް ނޫނެވެ.  

ނޫނެކޭ ކެމްޕެއިންރެފަރަންޑަމް ބިލުއަހުމަދު އީސަ

އިތުރަށް ކިޔާލަން

26 މާރިޗު 2026

އޭޕްރީލް ހަތަރުވަނަ ދުވަހު ނަގާ ފެންނަ ނުފެންނަ ވޯޓަކީ ރައްޔިތުންނަށް ޗޮއިސް އެއް ނުދީ މަޖުބޫރުން ލައްވާ ވޯޓެއް: ސައިފް

26 މާރިޗު 2026
އޭޕްރީލް ހަތަރުވަނަ ދުވަހު ނަގާ ފެންނަ ނުފެންނަ ވޯޓަކީ ރައްޔިތުންނަށް ޗޮއިސް އެއް ނުދީ މަޖުބޫރުން ލައްވާ ވޯޓެއް: ސައިފް
25 މާރިޗު 2026

ރެފަރެންޑަމްއާ ގުޅޭ ބިލަކީ ބާތިލު ބިލެއްކަމަށް ކަނޑައަޅައިދޭން އެދި ހުށަހެޅި މައްސަލަ ބޭރުކޮށްލައިފި

25 މާރިޗު 2026
ރެފަރެންޑަމްއާ ގުޅޭ ބިލަކީ ބާތިލު ބިލެއްކަމަށް ކަނޑައަޅައިދޭން އެދި ހުށަހެޅި މައްސަލަ ބޭރުކޮށްލައިފި
25 މާރިޗު 2026

ރެފަރެންޑަމް ވޯޓުގެ ސުވާލު މިހާރު އޮތްގޮތުން އެ ޥޯޓު ނުނެގޭނެކަމަށް ކަނޑައަޅައިދިނުމަށް އެދި ސުޕްރީމް ކޯޓަށް ހުށަހެޅި މައްސަލަ މާދަމާ ފަށަނީ

25 މާރިޗު 2026
ރެފަރެންޑަމް ވޯޓުގެ ސުވާލު މިހާރު އޮތްގޮތުން އެ ޥޯޓު ނުނެގޭނެކަމަށް ކަނޑައަޅައިދިނުމަށް އެދި ސުޕްރީމް ކޯޓަށް ހުށަހެޅި މައްސަލަ  މާދަމާ ފަށަނީ
25 މާރިޗު 2026

ރެފަރެންޑަމް ވޯޓު ކާމިޔާބުކޮށްގެން ދެ އިންތިޚާބު އެއްދުވަހެއްގައި ބޭއްވިނަމަވެސް، މަޖިލިސް ނުލިބިއްޖެނަމަ ރައީސް މުއިއްޒު އަޒުލުކުރުން ގާތް: ސުއޫދު

25 މާރިޗު 2026
ރެފަރެންޑަމް ވޯޓު ކާމިޔާބުކޮށްގެން ދެ އިންތިޚާބު އެއްދުވަހެއްގައި ބޭއްވިނަމަވެސް، މަޖިލިސް ނުލިބިއްޖެނަމަ ރައީސް މުއިއްޒު އަޒުލުކުރުން ގާތް: ސުއޫދު
25 މާރިޗު 2026

ދެ އިންތިހާބު އެއްކޮށްލުމަށް ގާނޫނުއަސާސީ އަށް ގެނެވުނު އިސްލާހަކީ ދުސްތޫރީ ޝަރުޢިއްޔަތު ލިބިގެންވާ އިސްހާލެއް ނޫން: ކުރީގެ އުއްތަމަ ފަނޑިޔާރު ޑރ. އަބްދުﷲ ދީދީ

25 މާރިޗު 2026
ދެ އިންތިހާބު އެއްކޮށްލުމަށް ގާނޫނުއަސާސީ އަށް ގެނެވުނު އިސްލާހަކީ ދުސްތޫރީ ޝަރުޢިއްޔަތު ލިބިގެންވާ އިސްހާލެއް ނޫން: ކުރީގެ އުއްތަމަ ފަނޑިޔާރު ޑރ. އަބްދުﷲ ދީދީ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު