Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ރެފަރެންޑަމް ވޯޓު

ރެފަރެންޑަމް ވޯޓު ކާމިޔާބުކޮށްގެން ދެ އިންތިޚާބު އެއްދުވަހެއްގައި ބޭއްވިނަމަވެސް، މަޖިލިސް ނުލިބިއްޖެނަމަ ރައީސް މުއިއްޒު އަޒުލުކުރުން ގާތް: ސުއޫދު

ސުއޫދު ވިދާޅުވީ، ރައްޔިތުންގެ މަޖިލީހުގެ ބާރެއް އޮތްކަމަށް މިއަދު އެއްވެސް ދިވެހި ރައްޔިތަކު ޤަބޫލެއް ނުކުރާނެ ކަމަށް. އަދި ވިދާޅުވީ، ރައްޔިތުންގެ މަޖިލީހުގެ ރައީސް ވެސް މިއަދު ނެތްކަމަށް ދެންނެވިދާނެ ކަމަށް.

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު, ރާއްޖެ އެމްވީ | 25 މާރިޗު 2026 | ބުދަ 05:13
ސުޕްރީމް ކޯޓުގެ ކުރީގެ ފަނޑިޔާރު ހުސްނުއްސުއޫދު

ސުޕްރީމް ކޯޓުގެ ކުރީގެ ފަނޑިޔާރު ހުސްނުއްސުއޫދު | ރާއްޖެ އެމްވީ

ރެފަރެންޑަމް ވޯޓު ކާމިޔާބުކޮށްގެން ދެ އިންތިޚާބު ބާއްވައި ރައީސް މުއިއްޒަށް ރިޔާސީ އިންތިޚާބު ކާމިޔާބު ކުރެވުނުނަމަވެސް، މަޖިލީހުގެ މެޖޯރިޓީ  ނުލިބިދާނެ ކަމަށާއި، އެ ޙާލަތުގައި ރައީސް އަޒުލު ކުރުމަކީ ވަރަށް ގާތް ކަމެއްކަމަށް ސުޕްރީމް ކޯޓުގެ ކުރީގެ ފަނޑިޔާރު ހުސްނުއްސުއޫދު ވިދާޅުވެއްޖެއެވެ.  

އަންގާރަ ދުވަހުގެރޭ ރާއްޖެޓީވީން ގެނެސްދިން ނޫނެކޭ ޕްރޮގްރާމްގައި ވާހަކަ ދައްކަވަމުން ސުއޫދު ވިދާޅުވީ، ރައީސް ޑރ މުޙައްމަދު މުއިއްޒު ރެފަރެންޑަމް ވޯޓުގައި ނޫނެކޭ ޚިޔާރުކުރަންޖެހޭ ސަބަބެއް އެބައޮތް ކަމަށެވެ. އަދި އެ ސަބަބަކީ ރައީސް އިންތިޚާބުކުރާ ވޯޓާއި މަޖިލިސް މެމްބަރުން އިންތިޚާބުކުރާ ވޯޓު އެއް ދުވަހެއްގައި ނަގައި ރައީސަށް އަޣުލަބިއްޔަތު ލިބުނުނަމަވެސް، މަޖިލިސް އިދިކޮޅަށް ދިއުމަކީ އެކަށީގެންވާ ކަމެއްކަމަށްވާތީ ކަމަށް ސުއޫދު ވިދާޅުވިއެވެ.

ސުއޫދު ވިދާޅުވި ގޮތުގައި އެ ޙާލަތުގައި ރައީސް މުއިއްޒު އަޒުލު ކުރުމަކީ އެކަށީގެންވާ ކަމެކެވެ. އެއީ ހުދު ރައީސް މުއިއްޒުވެސް ވިސްނާވަޑައިގަންނަވަން ޖެހޭ ކަމެއްކަމަށް ސުއޫދު ވިދާޅުވިއެވެ.  

މި އިންތިޚާބު އެއް ދުވަހެއްގައި ބާއްވައިގެން މި އިޞްލާޙު ގެނެސްގެން ރައީސް އިންތިޚާބުކުރާ ވޯޓާއި މަޖިލިސް މެމްބަރުން އިންތިޚާބުކުރާ ވޯޓު އެއް ދުވަހެއްގައި ލައިގެން ރައީސުލްޖުމްހޫރިއްޔާއަށް އަޣުލަބިއްޔަތު ލިބިފައި ރައީސް އިންތިޚާބުވެ، މަޖިލިސް އޭގެ އިދިކޮޅަށް ދިއުމަކީ ވަރަށް އެކަށީގެންވާ ކަމެއް. އެހެންވެއްޖެއްޔާ އޭގެ ދެ ދުވަސް ފަހުން ރައީސުލްޖުމްހޫރިއްޔާގެ މަޤާމުގައި ރައީސުލްޖުމްހޫރިއްޔާއަކަށް ނުހުންނެވޭނެ، އެއީ އެމަނިކުފާނު ވިސްނާވަޑައިގަންނަވަން ޖެހޭނެ ކަމެއް، އެމަނިކުފާނު އަޒުލުކުރުމުގެ ޗާންސް ވަރަށް ބޮޑު، އުއްމީދުކޮށްގެން ނުވާނެ ދެ އިންތިޚާބު އެއްގޮތަކަށް ހިނގައިދާނެ ކަމަކަށް، ރިޔާސީ އިންތިޚާބު ރައީސް މުއިއްޒަށް ފަހަރުގައި ކާމިޔާބު ކުރެވިދާނެ، ނަމަވެސް މަޖިލީހުގައި މައިނޯރިޓީ ލިބުމަކީ ވަރަށް އެކަށީގެންވާ ކަމެއް، އެހެންވެއްޖެއްޔާ އޮންނާނީ ހަމަ ރީތި ބޮނޑިއެއް ބޮވިފައި.  
ސުޕްރީމް ކޯޓުގެ ކުރީގެ ފަނޑިޔާރު ހުސްނުއްސުއޫދު


ސުއޫދު އިތުރަށް ވިދާޅުވީ، ރައްޔިތުންގެ މަޖިލީހުގެ ބާރެއް އޮތްކަމަށް މިއަދު އެއްވެސް ދިވެހި ރައްޔިތަކު ޤަބޫލެއް ނުކުރާނެ ކަމަށެވެ.  އަދި ވިދާޅުވީ، ރައްޔިތުންގެ މަޖިލީހުގެ ރައީސްވެސް މިއަދު ނެތްކަމަށް ދެންނެވިދާނެ ކަމަށެވެ.

ހަމައެއާއެކު، މުޅި މަޖިލީހުގެ މަސައްކަތްތައް މިއަދު ރޭވިގެން އަންނަނީ ރައީސް އޮފީހުގެ ތެރެއިން ކަމަށާއި، ބާރުތައް މިއަދު އޮތީ މަސްހުނިވެފައިކަމަށް ވެސް ސުއޫދު ވިދާޅުވިއެވެ.

މަޖިލިސް ހިނގަނީ ރައީސުލްޖުމްހޫރިއްޔާގެ ތަމްބް ގެ ދަށުންނެއް ނޫނޭ ބުނާނެ ރައްޔިތަކު ހުންނާނެހެން އަޅުގަނޑަކަށް ހިއެއް ނުވޭ،
ސުޕްރީމް ކޯޓުގެ ކުރީގެ ފަނޑިޔާރު ހުސްނުއްސުއޫދު

ސުއޫދު ވިދާޅުވި ގޮތުގައި ރައްޔިތުންގެ މަޖިލީހާ ގުޅޭ ކަންކަން ހެޔޮ ނިޔަތުގައި އިސްލާޙު ކުރަން ބޭނުންވާނަމަ މިއަދު ކުރެވިދާނެ ކިތަންމެ ކަމެއް އެބަ ހުއްޓެވެ. އެހެންކަމުން ބާރުތައް ވަކި ކުރުމާ ގުޅޭގޮތުން މިއަދު ދައްކަމުންދާ ވާހަކަތައް ދެކޮޅެއް ނުޖެހޭކަމަށްވެސް ސުއޫދު ވިދާޅުވިއެވެ.

ސުއޫދު ވިދާޅުވީ، ރެފަރެންޑަމް ވޯޓެއް ނެގުމަށް ރައީސް ނެރުއްވި ޤަރާރުގައި އެކަށީގެންވާ ހުއްޖަތްތަކެއް ބަޔާންކޮށްފައި ނެތް ކަމަށާއި، އެ ވާހަކަތައް ދެކޮޅުޖެއްސޭނެ ގޮތެއްވެސް ނެތް ކަމަށެވެ. އަދި އެ ހުރިހާ ކަމެއްވެސް ބައްޓަންވެފައި އޮތީ ސަރުކާރުން މިކަން ކުރަނީ ހެޔޮ ނިޔަތެއްގައި ނޫންކަން ދޭހަވާގޮތަށް ކަމަށް ސުއޫދު ވިދާޅުވިއެވެ.

ހުސްނުއްސުއޫދުދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުނޫނެކޭރެފަރަންޑަމް ބިލު

ކޮމެންޓް

އިތުރަށް ކިޔާލަން

ޤާނޫނުއަސާސީއަކީ ކުޅޭކުޅޭ އެއްޗަކަށް ހަދައިފި، ސަރުކާރަށް ވެސް އަދި ރެފަރެންޑަމްގައި ވެސް ނޫނެކޭ ބުނަންޖެހޭ: އަސްލަމް

ޤާނޫނުއަސާސީއަކީ ކުޅޭކުޅޭ އެއްޗަކަށް ހަދައިފި، ސަރުކާރަށް ވެސް އަދި ރެފަރެންޑަމްގައި ވެސް ނޫނެކޭ ބުނަންޖެހޭ: އަސްލަމް

24 މާރިޗު 2026
އޭޕްރީލް 4 ގައި ނަގާ ވޯޓުތަކަށް ސަރުކާރުން ފާޅުގައި ނުފޫޒު ފޯރުވަމުންދާ ކަމަށް ބުނެ އެމްޑީޕީން އޭސީސީއަށް: އޭސީސީން ބުނީ ބަލަމުންދާ ކަމަށް!

އޭޕްރީލް 4 ގައި ނަގާ ވޯޓުތަކަށް ސަރުކާރުން ފާޅުގައި ނުފޫޒު ފޯރުވަމުންދާ ކަމަށް ބުނެ އެމްޑީޕީން އޭސީސީއަށް: އޭސީސީން ބުނީ ބަލަމުންދާ ކަމަށް!

24 މާރިޗު 2026
ފެންނަ ނުފެންނަ ވޯޓުގެ ނަތީޖާ އަކީ މަޖިލިސް އުވާލުން ކަމަށް ވެދާނެ، މިއީ ރިޔާސީ ނިޒާމެއްގައި ކުރެވޭނެ ކަމެއް ނޫން: ޖިނާހު

ފެންނަ ނުފެންނަ ވޯޓުގެ ނަތީޖާ އަކީ މަޖިލިސް އުވާލުން ކަމަށް ވެދާނެ، މިއީ ރިޔާސީ ނިޒާމެއްގައި ކުރެވޭނެ ކަމެއް ނޫން: ޖިނާހު

23 މާރިޗު 2026
ދެ އިންތިޚާބު އެއްކޮށްލުމުން މަޖިލީހަށް ހޮވޭ މެމްބަރުން ވާނީ ރައީސް ވިދާޅުވާހާ ގޮތަކަށް އަމަލުކުރާ ޕްރޮކްސީ މެމްބަރުންނަށް: އަސްލަމް

ދެ އިންތިޚާބު އެއްކޮށްލުމުން މަޖިލީހަށް ހޮވޭ މެމްބަރުން ވާނީ ރައީސް ވިދާޅުވާހާ ގޮތަކަށް އަމަލުކުރާ ޕްރޮކްސީ މެމްބަރުންނަށް: އަސްލަމް

23 މާރިޗު 2026
ރެފަރެންޑަމް ވޯޓުގައި އާނއެކޭ ބުނެއްޖެނަމަ ރައީސަށް ހުރިހާ ބާރެއް ލިބޭނެ، އެހިސާބުން ފެނާއި ކަރަންޓުގެ އަގުވެސް ބޮޑުވާނެ: އިލްހާމް

ރެފަރެންޑަމް ވޯޓުގައި އާނއެކޭ ބުނެއްޖެނަމަ ރައީސަށް ހުރިހާ ބާރެއް ލިބޭނެ، އެހިސާބުން ފެނާއި ކަރަންޓުގެ އަގުވެސް ބޮޑުވާނެ: އިލްހާމް

23 މާރިޗު 2026

އަހަރުތަކުން މިއަދު

16 އެޕްރީލު
އަހަރުނުވާ ތުއްތު ކުއްޖެއް ފިހުނު ހާދިސާ، ބޮޑެތި އިހުމާލުތަކެއް
20251 އަހަރު ކުރިން
ރިޕޯޓު

އަހަރުނުވާ ތުއްތު ކުއްޖެއް ފިހުނު ހާދިސާ، ބޮޑެތި އިހުމާލުތަކެއް

ލަކުޑިކޮޅެއް ކަމަށް ހީކުރި އެތި އެންމެ ފަހުން ވީ، 10 މިލިއަން އަހަރުވީ އެތެއްގެ ކަށިކޮޅަކަށް!
20242 އަހަރު ކުރިން
ތަފާތު ޚަބަރު

ލަކުޑިކޮޅެއް ކަމަށް ހީކުރި އެތި އެންމެ ފަހުން ވީ، 10 މިލިއަން އަހަރުވީ އެތެއްގެ ކަށިކޮޅަކަށް!

ތައުފީގް: މޮޅަށް ކުލަބު ހިންގެވި މިސްޓަރ އީގަލްސް
20233 އަހަރު ކުރިން
މީހުން

ތައުފީގް: މޮޅަށް ކުލަބު ހިންގެވި މިސްޓަރ އީގަލްސް

ބިދޭސީ މީހާގެ މަރާއި ގުޅިގެން ތުހުމަތުވާ ޕާކިސްތާނު މީހާ ހައްޔަރުކޮށްފި
20224 އަހަރު ކުރިން
ރާއްޖެ

ބިދޭސީ މީހާގެ މަރާއި ގުޅިގެން ތުހުމަތުވާ ޕާކިސްތާނު މީހާ ހައްޔަރުކޮށްފި

ޑރ. ޒާހިރު ހުސައިންގެ އަނބިކަނބަލުން ނާއިލާ އިބްރާހިމް ކަލޭފާނު އަވަހާރަވެއްޖެ
20215 އަހަރު ކުރިން
ރާއްޖެ

ޑރ. ޒާހިރު ހުސައިންގެ އަނބިކަނބަލުން ނާއިލާ އިބްރާހިމް ކަލޭފާނު އަވަހާރަވެއްޖެ

ސަލްމާންގެ ޒުވާންކަމުގެ އަސަރު ޕެރިސް ހިލްޓަން އަށް ކޮށްފި!
20197 އަހަރު ކުރިން
ތަފާތު ޚަބަރު

ސަލްމާންގެ ޒުވާންކަމުގެ އަސަރު ޕެރިސް ހިލްޓަން އަށް ކޮށްފި!

ރައީސް ޔާމީނަށް އެވޯޑް އެރުއްވި ސޫދާނުގެ ކުރީގެ ބޮޑުވަޒީރަށް ފާޑުކިޔުންތަކެއް އަމާޒު ވެއްޖެ
20188 އަހަރު ކުރިން
ރާއްޖެ

ރައީސް ޔާމީނަށް އެވޯޑް އެރުއްވި ސޫދާނުގެ ކުރީގެ ބޮޑުވަޒީރަށް ފާޑުކިޔުންތަކެއް އަމާޒު ވެއްޖެ

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު