Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - businessAdvertisement
ވިޔަފާރި-އިގްތިސާދުއީރާން ހަނގުރާމަ

އީރާން ހަނގުރާމައިގެ ސަބަބުން މެދުއިރުމަތީގެ ހަކަތައާ ބެހޭ އިންފްރާސްޓްރަކްޗަރަށް ލިބުނު ގެއްލުން މަރާމާތުކޮށް އަލުން އިއާދަކުރުމަށް މަދުވެގެން 25 ބިލިއަން ޑޮލަރު ހޭދަވާނެ: ދިރާސާ

26 މާރިޗު 2026 | ބުރާސްފަތި 02:16

މެދުއިރުމަތީގެ ހަކަތައާ ބެހޭ އިންފްރާސްޓްރަކްޗަރ މަރާމާތުކުރުމަށް މަދުވެގެން 25 ބިލިއަން ޑޮލަރު ހޭދަވާނެ ކަމަށް ރައިސްޓެޑް އެނާޖީގެ ދިރާސާއަކުން ދައްކައިފި. މި ހަމަނުޖެހުންތަކުގެ ސަބަބުން ގަތަރުގެ އެލް.އެން.ޖީ އުފެއްދުންތެރިކަން ދަށްވެ، އެ ތަންތަން އިއާދަކުރުމަށް ފަސް އަހަރު ދުވަސް ނަގާނެ ކަމަށް ލަފާކުރެވޭއިރު، މުދާ އުފުލާ ކުންފުނިތަކަށް ވެސް ހަފުތާއަކު 50 މިލިއަނާ ގާތްކުރާ އަދަދަކަށް އިތުރު ޚަރަދުތައް ދަނީ ހިނގަމުން. މި ކާރިސާއާ ގުޅިގެން ކުރަންޖެހޭ އިތުރު ޚަރަދުތަކުގެ ބުރަ އުފުލަން ޖެހޭނީ ކަސްޓަމަރުން ކަމަށް ކަމާބެހޭ ފަރާތްތަކުން ބުނޭ.

ރާއްޖެ އެމްވީ | 26 މާރިޗު 2026 | ބުރާސްފަތި 02:16
އީރާނުގެ އައްސޭރިފަށުން ބޭރުގައި، ޕާޝިއަން ގަލްފުގައި އޮންނަ ޚާރްޖް އައިލެންޑްގެ ތެޔޮ ބިމެއްގައި، ބޭނުންނުކުރާ ގުދުރަތީ ގޭސް އަންދަނީ.

އީރާނުގެ އައްސޭރިފަށުން ބޭރުގައި، ޕާޝިއަން ގަލްފުގައި އޮންނަ ޚާރްޖް އައިލެންޑްގެ ތެޔޮ ބިމެއްގައި، ބޭނުންނުކުރާ ގުދުރަތީ ގޭސް އަންދަނީ. | ގެޓީ އިމޭޖަސް

އީރާނުގެ ހަނގުރާމަ އާ ގުޅިގެން ލިބެމުންދާ ގެއްލުންތަކުގެ އަގު ބޮޑުވަމުންދާއިރު، މެދުއިރުމަތީގެ ހަކަތައާ ބެހޭ އިންފްރާސްޓްރަކްޗަރ މަރާމާތުކޮށް އަލުން އިއާދަކުރުމަށް މަދުވެގެން 25 ބިލިއަން ޑޮލަރު ހޭދަވާނެ ކަމަށް އާ ދިރާސާއަކުން ދައްކައިފިއެވެ.

މި ދިރާސާ ތައްޔާރުކުރި ހަކަތައާ ބެހޭ ދިރާސާކުރާ މިނިވަން ކުންފުންޏެއް ކަމަށްވާ ރައިސްޓެޑް އެނާޖީން ބުނި ގޮތުގައި، މި އަދަދު ކަނޑައަޅާފައިވަނީ ސަރަހައްދުގެ ލިކުއިފައިޑް ނެޗުރަލް ގޭސް (އެލް.އެން.ޖީ) ޕްލާންޓްތަކާއި، ތެޔޮ ސާފުކުރާ ކާރުޚާނާތަކާއި، ފިއުލް ޓާމިނަލްތަކުގެ އިތުރުން ގޭހުން ދިޔާ ތެޔޮ އުފައްދާ މުހިންމު ވަސީލަތްތަކަށް ލިބިފައިވާ ގެއްލުންތަކާއި އެ ތަންތަނުގެ މަސައްކަތް ހުއްޓިފައިވާ ހުއްޓުމަށް ރިއާޔަތްކުރުމަށްފަހުގައެވެ.

އެ ކުންފުންޏުން އިންޒާރު ދީފައިވާ ގޮތުގައި، ގަތަރުގެ ރައުސް ލައްފާން އިންޑަސްޓްރިއަލް ސިޓީގައި ހުރި އެލް.އެން.ޖީ ޕްލާންޓްތަކަށް ލިބުނު ގެއްލުންތަކުގެ ސަބަބުން އެ ތަނުގެ އުފެއްދުންތެރިކަން 17 އިންސައްތަ ދަށްވެފައިވާއިރު، އެ ތަން ފުރިހަމައަށް އިއާދަކުރުމަށް ފަސް އަހަރު ދުވަސް ނަގައިފާނެއެވެ.

މިދިޔަ ފެބްރުއަރީ މަހުގެ 28 ވަނަ ދުވަހު ހަމަނުޖެހުންތައް ފެށުނު ފަހުން، އެ ސަރަހައްދުގެ ގިނަ ހަކަތަ ކުންފުނިތަކެކޭ އެއްފަދައިން، ރައުސް ލައްފާންގެ މިލްކުވެރި ފަރާތް ކަމަށްވާ ގަތަރު އެނާޖީން ވެސް ވަނީ ކޮންޓްރޯލުން ބޭރުގައިވާ ކަންކަމުގެ ސަބަބުން އެއްބަސްވުންތަކަށް އަމަލުނުކުރެވޭނެ ކަމުގެ މާއްދާ ބޭނުންކުރަން ފަށާފައެވެ.

ރައިސްޓެޑް އެނާޖީގެ ސަޕްލައި ޗެއިން ރިސާޗްގެ އިސްވެރިޔާ އޯޑަން މާޓިންސަން އިންޒާރު ދެއްވި ގޮތުގައި، ގަލްފް ސަރަހައްދުގެ ހަކަތައިގެ ސިނާއަތު އަލުން އިއާދަވުން ބިނާވެފައި އޮންނާނީ ހަމައެކަނި މާލީ ރައުސްމާލުގެ މައްޗަކަށް ނޫނެވެ. އޭގެ ބަދަލުގައި އެކަން ބިނާވެފައި އޮންނާނީ އިންފްރާސްޓްރަކްޗަރ ބިނާކުރުމުގައި ހުރި ހުރަސްތަކުގެ މައްޗަށެވެ.

އޭނާ ވިދާޅުވީ، ބައެއް ވަސީލަތްތައް މަސްތަކެއްގެ ތެރޭގައި އިއާދަކުރެވުނު ނަމަވެސް، އަނެއްބައި ތަންތަން އަހަރުތަކަކަށް ބަންދުކޮށްފައި ބަހައްޓަން ޖެހިދާނެ ކަމަށެވެ. އަދި ހޮރްމޫޒް ކަނޑުއޮޅީގެ ހާލަތުގެ އިތުރުން، އިންފްރާސްޓްރަކްޗަރއަށް ގެއްލުންވެފައި ހުންނަ ކޮންމެ ދުވަހަކީ ހަނގުރާމައިގެ ކުރިން ހުރި އުފެއްދުންތެރިކަމުގެ މިންވަރަށް ވާސިލްވުމަށް އޮތް ފުރުސަތު ކުޑަވެގެންދާ ދުވަހެއް ކަމަށް ވެސް އޭނާ ފާހަގަކުރެއްވިއެވެ.

މީގެ އިތުރުން، ކޮންޓޭނަރު އުފުލާ ކުންފުންޏެއް ކަމަށްވާ ހެޕަގް-ލޮއިޑްގެ ސީ.އީ.އޯ ވެސް ވަނީ މި ހަމަނުޖެހުންތަކާ ގުޅިގެން ހިނގާނެ ޚަރަދުތަކުގެ އަންދާޒާއެއް ހިއްސާކުރައްވާފައެވެ.

އެ ކުންފުނީގެ ސީ.އީ.އޯ ރޮލްފް ހެބަން ޖެންސަން ނިއުސް ބްރޯޑްކާސްޓަރ "އެން.ޓީ.ވީ" އަށް ދެއްވި ބަސްދީގަތުމެއްގައި ވިދާޅުވީ، އީރާނުގެ ކްރައިސިސް ނުވަތަ ކާރިސާގެ ސަބަބުން އެ ކުންފުންޏަށް ހަފުތާއަކު 40 މިލިއަނާއި 50 މިލިއަން ޑޮލަރާ ދެމެދުގެ އިތުރު ޚަރަދެއް ކުރަންޖެހޭ ކަމަށެވެ.

މިއީ ފަސޭހައިން ދޫކޮށްލެވޭނެ ކަމެއް ނޫން ކަމަށާއި، މި އިތުރު ޚަރަދުތަކުގެ ބުރަ އުފުލަން ޖެހޭނީ ކަސްޓަމަރުންނަށް ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

އީރާންގަތަރުރައިސްޓެޑް އެނާޖީހޮރްމޫޒް ކަނޑުއޮޅިރޮލްފް ހެބަން ޖެންސަންއީރާން-ޔޫއެސްއޭ-އިޒްރޭލް

އެންމެ ހިނގާ

1

ޑޮލަރުގެ އަގު ދަށަކަށް ނުދާނެ، އެއީ ސަރުކާރަށް ވެސް ކުރެވޭނެ ކަމެއް ނޫން: އުއްޗު

2

އީރާނުގެ ހަމަލާތަކުން ލިބޭ ގެއްލުންތައް އާންމުވާތީ އެމެރިކާގެ އަސްކަރިއްޔާއިން ކަންބޮޑުވެއްޖެ، މަންޒަރުތައް ރެކޯޑް ނުކުރަން އިންޒާރުދީ، ފޯނުތައް އަތުލަނީ

3

ސައުދީ އަރަބިއްޔާ ތޫފާނެއްގެ މެދުގައި، ތިން ދިމާލަކުން ދެކޮޅުވެރިން ވަށާލައިފި

4

ފޭކް ބުކިންގ ހަދައިގެން ކެންސަލްކުރުމަށްފަހު، ރިފަންޑު ހޯދުމަށް ހިންގާ ސްކޭމްތައް އިތުރުވަނީ!

5

މިނިވަންދުވަހުގެ ކުޅަދާނަ ސްޕީޗާއެކު "ނމކޢވ" ގެ ލަގަބު

އިތުރަށް ކިޔާލަން

26 މާރިޗު 2026

އީރާނުގެ ތެޔޮ އެކްސްޕޯޓްކުރާ މައި މަރުކަޒު ކަމަށްވާ ޚާރްޖް އައިލެންޑް ހިފުމަށް މަސައްކަތް ކުރަނީ

26 މާރިޗު 2026
އީރާނުގެ ތެޔޮ އެކްސްޕޯޓްކުރާ މައި މަރުކަޒު ކަމަށްވާ ޚާރްޖް އައިލެންޑް ހިފުމަށް މަސައްކަތް ކުރަނީ
26 މާރިޗު 2026

ކުވައިތު އިންޓަރނޭޝަނަލް އެއަރޕޯޓަށް ހަމަލާ އެއް އަރައި، ރޯވެއްޖެ

26 މާރިޗު 2026
ކުވައިތު އިންޓަރނޭޝަނަލް އެއަރޕޯޓަށް ހަމަލާ އެއް އަރައި، ރޯވެއްޖެ
26 މާރިޗު 2026

އީރާނުން އެމެރިކާގެ އެއަރކްރާފްޓް ކެރިއަރ އަބްރަހަމް ލިންކަން އަށް ކްރޫޒް މިސައިލް ހަމަލާދީފި

26 މާރިޗު 2026
އީރާނުން އެމެރިކާގެ އެއަރކްރާފްޓް ކެރިއަރ އަބްރަހަމް ލިންކަން އަށް ކްރޫޒް މިސައިލް ހަމަލާދީފި
26 މާރިޗު 2026

އީރާނުގެ މިސައިލް ހަމަލާގެ ސަބަބުން ބެން ގޫރިއަން އެއާޕޯޓު ބަންދުކޮށްފި

26 މާރިޗު 2026
އީރާނުގެ މިސައިލް ހަމަލާގެ ސަބަބުން ބެން ގޫރިއަން އެއާޕޯޓު ބަންދުކޮށްފި
26 މާރިޗު 2026

ހަނދާން ކުރާތި، އަހަރެމެން ތެލް އަވީވް އާއި ހައިފާ ބިމާ ހަމަކޮށްލާނަން: އީރާނުގެ އަސްކަރިއްޔާ

26 މާރިޗު 2026
ހަނދާން ކުރާތި، އަހަރެމެން ތެލް އަވީވް އާއި ހައިފާ ބިމާ ހަމަކޮށްލާނަން: އީރާނުގެ އަސްކަރިއްޔާ
26 މާރިޗު 2026

ހަނގުރާމަ ނިމުމަކަށް އަންނާނީ ޓްރަމްޕް ބޭނުންވާ ވަގުތަކު ނޫން ކަމަށާއި، އެކަން ނިމޭނީ އީރާނުން އެގޮތަށް ނިންމުމުން ކަމަށް އީރާނުން ބުނެފި

26 މާރިޗު 2026
ހަނގުރާމަ ނިމުމަކަށް އަންނާނީ ޓްރަމްޕް ބޭނުންވާ ވަގުތަކު ނޫން ކަމަށާއި، އެކަން ނިމޭނީ އީރާނުން އެގޮތަށް ނިންމުމުން ކަމަށް އީރާނުން ބުނެފި
26 މާރިޗު 2026

ޓްރަމްޕްގެ ސުލްހައިގެ ހުށަހެޅުމަށް އީރާނުން ނޫނެކޭ ބުނެ، އަމިއްލަ ޝަރުތުތަކެއް ކުރިމަތިކޮށްފި

26 މާރިޗު 2026
ޓްރަމްޕްގެ ސުލްހައިގެ ހުށަހެޅުމަށް އީރާނުން ނޫނެކޭ ބުނެ، އަމިއްލަ ޝަރުތުތަކެއް ކުރިމަތިކޮށްފި
26 މާރިޗު 2026

ރާއްޖެ އިން އެމެރިކާގެ ވައިގެ ސިފައިންނާ ގުޅިގެން ތަމްރީނުތަކެއް ބޭއްވުމަށް ތައްޔާރުވަނީ

26 މާރިޗު 2026
ރާއްޖެ އިން އެމެރިކާގެ ވައިގެ ސިފައިންނާ ގުޅިގެން ތަމްރީނުތަކެއް ބޭއްވުމަށް ތައްޔާރުވަނީ
24 މާރިޗު 2026

އީރާން ބަލި ކޮށްލުމަށް އެމެރިކާ އާއި އިޒްރޭލުން ޖެހި ހިސާބު ގޯސް: އިޒްރޭލުގެ ޖާސޫސީ އިދާރާގެ ކުރީގެ އިސް އޮފިޝަލް

24 މާރިޗު 2026
އީރާން ބަލި ކޮށްލުމަށް އެމެރިކާ އާއި އިޒްރޭލުން ޖެހި ހިސާބު ގޯސް: އިޒްރޭލުގެ ޖާސޫސީ އިދާރާގެ ކުރީގެ އިސް އޮފިޝަލް
24 މާރިޗު 2026

އީރާނުން އިޒްރޭލުގެ ޖާސޫސީ މަރުކަޒުތަކަށް މިސައިލް ހަމަލާދީފި

24 މާރިޗު 2026
އީރާނުން އިޒްރޭލުގެ ޖާސޫސީ މަރުކަޒުތަކަށް މިސައިލް ހަމަލާދީފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް