Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - businessAdvertisement
ވިޔަފާރި-އިގްތިސާދުއީރާން ހަނގުރާމަ

އަންނަ މަހުން ފެށިގެން ވިލާތުގެ ގައުމުތަކަށް ތެލުގެ ދަތިކަމާ ކުރިމަތިލާން ޖެހިދާނެ ކަމުގެ އިންޒާރު ދީފި

26 މާރިޗު 2026 | ބުރާސްފަތި 02:46

ގަލްފް ސަރަހައްދުގެ ހަކަތަ އުފައްދާ މަރުކަޒުތަކަށް ލިބުނު ގެއްލުންތަކާ ގުޅިގެން، އަންނަ އޭޕްރިލް މަހުން ފެށިގެން ވިލާތުގެ ގައުމުތަކަށް ތެލުގެ ދަތިކަމާ ކުރިމަތިލާން ޖެހިދާނެ ކަމަށް ޝެލް ކުންފުނިން ވަނީ އިންޒާރު ދީފައި. މި މައްސަލައިގެ އަސަރު އޭޝިއާގެ ގައުމުތަކަށް މިހާރުވެސް ކުރަމުންދާއިރު، ތެލުގެ އަގު އުފުލުމުގެ ސަބަބުން ރަޝިއާގެ ހަކަތަ އަލުން ބޭނުންކުރުމާ މެދު ވިލާތުގެ ބައެއް ގައުމުތަކުން ދަނީ މަޝްވަރާ ކުރަމުން. ނަމަވެސް ޔޫރަޕިއަން ކޮމިޝަނުން ބުނެފައިވަނީ ރަޝިއާގެ ހަކަތައަށް އަލުން ބަރާސާވުމަކީ ހެދޭނެ ވަރަށް ބޮޑު ގޯހެއް ކަމަށް.

ރާއްޖެ އެމްވީ | 26 މާރިޗު 2026 | ބުރާސްފަތި 02:46
އީރާނުގެ ތެޔޮ އުފުލާ ޓޭންކަރެއް އެ ގައުމުގެ ޚާރްކް އައިލެންޑުގައި ހުންނަ ތެޔޮ އުފައްދާ މަރުކަޒުގެ ޕްލެޓްފޯމަކަށް ކައިރިކުރަނީ.

އީރާނުގެ ތެޔޮ އުފުލާ ޓޭންކަރެއް އެ ގައުމުގެ ޚާރްކް އައިލެންޑުގައި ހުންނަ ތެޔޮ އުފައްދާ މަރުކަޒުގެ ޕްލެޓްފޯމަކަށް ކައިރިކުރަނީ. | ގެޓީ އިމޭޖަސް

އެމެރިކާއާއި އިޒްރޭލުން އީރާނާ ދެކޮޅަށް ކުރަމުންދާ ހަނގުރާމައިގެ ސަބަބުން، އަންނަ މަހުން ފެށިގެން ވިލާތުގެ ގައުމުތަކަށް ތެލުގެ ދަތިކަމާ ކުރިމަތިލާން ޖެހިދާނެ ކަމުގެ އިންޒާރު ޝެލް ކުންފުނީގެ ސީއީއޯ ވައިލް ސަވާން ދެއްވައިފިއެވެ.

މި ހަނގުރާމައިގެ ތެރޭގައި ގަލްފް ސަރަހައްދުގެ ހަކަތަ އުފައްދާ މުހިންމު މަރުކަޒުތަކަށް ބޮޑެތި ގެއްލުންތަކެއް ލިބިފައިވާއިރު، ދުނިޔޭގެ ސާފުނުކުރާ ތެލުގެ 20 އިންސައްތަ އުފުލާ މައި މަގު ކަމަށްވާ ސްޓްރެއިޓް އޮފް ހޮރްމޫޒް ނުވަތަ ހޮރްމޫޒް ކަނޑުއޮޅިން ކުރާ ދަތުރުފަތުރުތައް ވަނީ ގާތްގަނޑަކަށް މުޅިން ހުއްޓިފައެވެ.

ރޮއިޓާސްއިން ރިޕޯޓްކޮށްފައިވާ ގޮތުގައި، އަންގާރަ ދުވަހު ވާހަކަދައްކަވަމުން ސަވާން ވިދާޅުވީ މި ހަނގުރާމައިގެ ސަބަބުން މަތިންދާބޯޓުތަކަށް ބޭނުންކުރާ ޖެޓް ފިއުލް ލިބުމަށް މިހާރުވެސް ދަތިތަކެއް ކުރިމަތިވެފައިވާ ކަމަށެވެ. އަދި ދެން އެންމެ އަވަހަށް ދަތިވާނީ ޑީސަލް ލިބުމަށް ކަމަށާއި، އޭގެ ފަހުން ހޫނު މޫސުމުގެ ދަތުރުފަތުރުތައް ފެށޭ ދުވަސްވަރު ޕެޓްރޯލް ލިބުމަށް ވެސް ދަތިތަކެއް ކުރިމަތިވާނެ ކަމަށް އޭނާ އިތުރަށް ވިދާޅުވިއެވެ.

ހިއުސްޓަންގައި ބޭއްވި ހަކަތައާ ބެހޭ ކޮންފަރެންސެއްގައި ސަވާން ވިދާޅުވީ، މި މައްސަލައިގެ ނޭދެވޭ އަސަރު އެންމެ ފުރަތަމަ ކުރީ ދެކުނު އޭޝިއާގެ ގައުމުތަކަށް ކަމަށެވެ. އަދި އޭގެ ފަހުން ދެކުނު އިރުމަތީ އޭޝިއާ އާއި އިރުމަތީ އޭޝިއާގެ ގައުމުތަކަށް މި އަސަރު ފޯރާފައިވާއިރު، އަންނަ އޭޕްރިލް މަހުގެ ތެރޭގައި ވިލާތުގެ ގައުމުތަކަށް މިކަމުގެ ނޭދެވޭ އަސަރު ވަރަށް ބޮޑަށް ކުރާނެ ކަމަށް އޭނާ ލަފާކުރެއްވިއެވެ.

މި ހާލަތާ ގުޅިގެން ސްރީލަންކާ، ބަންގްލަދޭޝް އަދި ޕާކިސްތާނުގައި ވަނީ މަސައްކަތު ގަޑިތައް މަދުކޮށް، ތެޔޮ ކޮންޓްރޯލްކޮށްގެން ދޫކުރަން ފަށާފައެވެ. އަދި ޖަޕާނާއި ދެކުނު ކޮރެއާއިން ވަނީ އެ ގައުމުތަކުގެ ސްޓްރެޓީޖިކް ރިޒާވްގައި ހުރި ތެޔޮ ބޭނުންކުރަން ފަށާފައެވެ.

އޭޝިއާގެ ގައުމުތަކާ އަޅާބަލާއިރު ވިލާތުގެ ގައުމުތަކުން ގަލްފްގެ ތެލަށް ބަރޯސާވާ މިންވަރު ކުޑައެވެ. ވިލާތަށް ބޭނުންވާ ސާފުނުކުރާ ތެލުގެ ހަތަރުބައިކުޅަ އެއްބަޔާއި ބައެއް ބާވަތްތަކުގެ ތެޔޮ އެތެރެކުރަނީ އުތުރު އެފްރިކާއިންނެވެ. މީގެ އިތުރުން އެމެރިކާ، ނޯވޭ އަދި ހުޅަނގު އެފްރިކާއަކީ ވެސް ވިލާތަށް ތެޔޮ ހޯދިދާނެ އެހެން ސަރަހައްދުތަކެވެ. އެހެންނަމަވެސް، ތެޔޮ ލިބުން ދަތިވެފައިވުމާއި، އޭޝިއާގެ ގައުމުތަކުން ތެޔޮ ހޯދުމަށް އޮތް ވާދަވެރިކަމުގެ ސަބަބުން ތެލުގެ އަގުތައް ދަނީ އުފުލެމުންނެވެ.

މައްސަލަ ސީރިއަސް ވަމުން ދިއުމާއެކު، ވިލާތުގެ އިއްތިހާދުގެ ގައުމުތަކުން އަލުން ރަޝިއާގެ ތެޔޮ ހޯދުމާ މެދު ވަނީ މަޝްވަރާތައް ފަށާފައެވެ. 2022 ވަނަ އަހަރުގެ ކުރިން ވިލާތަށް އެތެރެކުރާ ތެލުގެ ގާތްގަނޑަކަށް ހަތަރުބައިކުޅަ އެއްބަޔަކީ ރަޝިއާގެ ތެލެވެ. ނަމަވެސް އޭގެ ފަހުން ވިލާތުގެ އިއްތިހާދުން ވަނީ ރަޝިއާއިން ތެޔޮ އެތެރެކުރާ މިންވަރު ވަރަށް ބޮޑަށް މަދުކޮށް، 2027 ވަނަ އަހަރުގެ ނިޔަލަށް ރަޝިއާގެ ތެޔޮ ބޭނުންކުރުން މުޅިން ހުއްޓާލުމަށް ނިންމާފައެވެ.

ރަޝިއާއިން ތެޔޮ އެތެރެކުރަން އޮތް ހަމައެކަނި މައި މަގު ކަމަށްވާ ޔޫކްރެއިން ހުރަސްކޮށް އަޅާފައިވާ "ޑްރޫޒްބާ" ޕައިޕްލައިންގެ މަސައްކަތް ވެސް ޖެނުއަރީ މަހުގެ ފަހުކޮޅުން ފެށިގެން ވަނީ މެދުކެނޑިފައެވެ. ހަންގޭރީއާއި ސްލޮވާކިއާއިން ތުހުމަތުކުރާ ގޮތުގައި ޔޫކްރެއިނުން ތެޔޮ ފޮނުވުން ހުއްޓާލާފައިވަނީ ސިޔާސީ ބޭނުމެއްގައެވެ.

މި ހާލަތާ ގުޅިގެން، ތެޔޮ ލިބުމަށް ހުރި ދަތިތައް ހައްލުކޮށް އަގުތައް ކުޑަކުރުމަށްޓަކައި، ރަޝިއާއާ ދެކޮޅަށް ހަކަތައިގެ ދާއިރާއިން އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތަކާ މެދު އަލުން ވިސްނުމަށް ބައެއް ސިޔާސީ ބޭފުޅުން ދަނީ ގޮވާލަމުންނެވެ. އެހެންނަމަވެސް، ޔޫރަޕިއަން ކޮމިޝަނުން ވަނީ ރަޝިއާގެ ހަކަތަ އަލުން ބޭނުންކުރުމުގެ އެއްވެސް ފުރުސަތެއް ނެތް ކަމަށް ބުނެފައެވެ. ކޮމިޝަންގެ ރައީސާ އުރުސުލާ ވޮން ޑަަ ލޭޔަން މި މަހުގެ ކުރީކޮޅު އިންޒާރު ދެއްވި ގޮތުގައި، ރަޝިއާގެ ހަކަތައަށް އަލުން އެނބުރި ދިއުމަކީ ހެދޭނެ "ސްޓްރެޓީޖިކް ބޮޑު ގޯހެއް" ކަމަށެވެ.

ވައިލް ސަވާންހޮރްމޫޒް ކަނޑުއޮޅިރަޝިޔާ-ޔޫރަޕްއީރާން-ޔޫއެސްއޭ-އިޒްރޭލް

އެންމެ ހިނގާ

1

ޑޮލަރުގެ އަގު ދަށަކަށް ނުދާނެ، އެއީ ސަރުކާރަށް ވެސް ކުރެވޭނެ ކަމެއް ނޫން: އުއްޗު

2

އީރާނުގެ ހަމަލާތަކުން ލިބޭ ގެއްލުންތައް އާންމުވާތީ އެމެރިކާގެ އަސްކަރިއްޔާއިން ކަންބޮޑުވެއްޖެ، މަންޒަރުތައް ރެކޯޑް ނުކުރަން އިންޒާރުދީ، ފޯނުތައް އަތުލަނީ

3

ސައުދީ އަރަބިއްޔާ ތޫފާނެއްގެ މެދުގައި، ތިން ދިމާލަކުން ދެކޮޅުވެރިން ވަށާލައިފި

4

ފޭކް ބުކިންގ ހަދައިގެން ކެންސަލްކުރުމަށްފަހު، ރިފަންޑު ހޯދުމަށް ހިންގާ ސްކޭމްތައް އިތުރުވަނީ!

5

މިނިވަންދުވަހުގެ ކުޅަދާނަ ސްޕީޗާއެކު "ނމކޢވ" ގެ ލަގަބު

އިތުރަށް ކިޔާލަން

26 މާރިޗު 2026

ޔަމަނުގެ އަންސާރުﷲ އިން އީރާނުގެ ދިފާއުގައި ހަނގުރާމައަށް ތައްޔާރުވަނީ

26 މާރިޗު 2026
ޔަމަނުގެ އަންސާރުﷲ އިން އީރާނުގެ ދިފާއުގައި ހަނގުރާމައަށް ތައްޔާރުވަނީ
26 މާރިޗު 2026

އީރާން ހަނގުރާމައިގެ ސަބަބުން މެދުއިރުމަތީގެ ހަކަތައާ ބެހޭ އިންފްރާސްޓްރަކްޗަރަށް ލިބުނު ގެއްލުން މަރާމާތުކޮށް އަލުން އިއާދަކުރުމަށް މަދުވެގެން 25 ބިލިއަން ޑޮލަރު ހޭދަވާނެ: ދިރާސާ

26 މާރިޗު 2026
އީރާން ހަނގުރާމައިގެ ސަބަބުން މެދުއިރުމަތީގެ ހަކަތައާ ބެހޭ އިންފްރާސްޓްރަކްޗަރަށް ލިބުނު ގެއްލުން މަރާމާތުކޮށް އަލުން އިއާދަކުރުމަށް މަދުވެގެން 25 ބިލިއަން ޑޮލަރު ހޭދަވާނެ: ދިރާސާ
26 މާރިޗު 2026

އީރާނުގެ ތެޔޮ އެކްސްޕޯޓްކުރާ މައި މަރުކަޒު ކަމަށްވާ ޚާރްޖް އައިލެންޑް ހިފުމަށް މަސައްކަތް ކުރަނީ

26 މާރިޗު 2026
އީރާނުގެ ތެޔޮ އެކްސްޕޯޓްކުރާ މައި މަރުކަޒު ކަމަށްވާ ޚާރްޖް އައިލެންޑް ހިފުމަށް މަސައްކަތް ކުރަނީ
26 މާރިޗު 2026

ކުވައިތު އިންޓަރނޭޝަނަލް އެއަރޕޯޓަށް ހަމަލާ އެއް އަރައި، ރޯވެއްޖެ

26 މާރިޗު 2026
ކުވައިތު އިންޓަރނޭޝަނަލް އެއަރޕޯޓަށް ހަމަލާ އެއް އަރައި، ރޯވެއްޖެ
26 މާރިޗު 2026

އީރާނުން އެމެރިކާގެ އެއަރކްރާފްޓް ކެރިއަރ އަބްރަހަމް ލިންކަން އަށް ކްރޫޒް މިސައިލް ހަމަލާދީފި

26 މާރިޗު 2026
އީރާނުން އެމެރިކާގެ އެއަރކްރާފްޓް ކެރިއަރ އަބްރަހަމް ލިންކަން އަށް ކްރޫޒް މިސައިލް ހަމަލާދީފި
26 މާރިޗު 2026

އީރާނުގެ މިސައިލް ހަމަލާގެ ސަބަބުން ބެން ގޫރިއަން އެއާޕޯޓު ބަންދުކޮށްފި

26 މާރިޗު 2026
އީރާނުގެ މިސައިލް ހަމަލާގެ ސަބަބުން ބެން ގޫރިއަން އެއާޕޯޓު ބަންދުކޮށްފި
26 މާރިޗު 2026

ހަނދާން ކުރާތި، އަހަރެމެން ތެލް އަވީވް އާއި ހައިފާ ބިމާ ހަމަކޮށްލާނަން: އީރާނުގެ އަސްކަރިއްޔާ

26 މާރިޗު 2026
ހަނދާން ކުރާތި، އަހަރެމެން ތެލް އަވީވް އާއި ހައިފާ ބިމާ ހަމަކޮށްލާނަން: އީރާނުގެ އަސްކަރިއްޔާ
26 މާރިޗު 2026

ހަނގުރާމަ ނިމުމަކަށް އަންނާނީ ޓްރަމްޕް ބޭނުންވާ ވަގުތަކު ނޫން ކަމަށާއި، އެކަން ނިމޭނީ އީރާނުން އެގޮތަށް ނިންމުމުން ކަމަށް އީރާނުން ބުނެފި

26 މާރިޗު 2026
ހަނގުރާމަ ނިމުމަކަށް އަންނާނީ ޓްރަމްޕް ބޭނުންވާ ވަގުތަކު ނޫން ކަމަށާއި، އެކަން ނިމޭނީ އީރާނުން އެގޮތަށް ނިންމުމުން ކަމަށް އީރާނުން ބުނެފި
26 މާރިޗު 2026

ޓްރަމްޕްގެ ސުލްހައިގެ ހުށަހެޅުމަށް އީރާނުން ނޫނެކޭ ބުނެ، އަމިއްލަ ޝަރުތުތަކެއް ކުރިމަތިކޮށްފި

26 މާރިޗު 2026
ޓްރަމްޕްގެ ސުލްހައިގެ ހުށަހެޅުމަށް އީރާނުން ނޫނެކޭ ބުނެ، އަމިއްލަ ޝަރުތުތަކެއް ކުރިމަތިކޮށްފި
24 މާރިޗު 2026

އީރާން ބަލި ކޮށްލުމަށް އެމެރިކާ އާއި އިޒްރޭލުން ޖެހި ހިސާބު ގޯސް: އިޒްރޭލުގެ ޖާސޫސީ އިދާރާގެ ކުރީގެ އިސް އޮފިޝަލް

24 މާރިޗު 2026
އީރާން ބަލި ކޮށްލުމަށް އެމެރިކާ އާއި އިޒްރޭލުން ޖެހި ހިސާބު ގޯސް: އިޒްރޭލުގެ ޖާސޫސީ އިދާރާގެ ކުރީގެ އިސް އޮފިޝަލް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް