Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ކެމްޕޭން ބެނާ ހަލާކުކުރުން

މާލެއާއި ރާއްޖޭގެ އެކި ސަރަޙައްދުތަކުގައި ހުރި އެމްޑީޕީގެ ކެމްޕޭން ޕޯސްޓަރުތަކަށް އެއްފަހަރާ ގެއްލުންތަކެއް، މިއީ އިއްތިފާޤެއް؟

އެއްފަހަރާ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ހުރި އެމްޑީޕީގެ ކެމްޕޭން ޕޯސްޓަރުތަކާއި ބެނާތަކަށް ގެއްލުންތައް ދެމުންދާތީ މިއީ އިއްތިފާޤެއްތޯ ގިނަ ބަޔަކު ދަނީ ސުވާލު ކުރަމުން. އަދި މި މައްސަލަތައް ކަމާ ބެހޭ އިދާރާތަކުން ނުބަލާތީ އެކަމާވެސް ކަންބޮޑުވުން ފާޅުކޮށްފައިވޭ.

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު, ރާއްޖެ އެމްވީ | 25 މާރިޗު 2026 | ބުދަ 06:15
އެއްފަހަރާ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ހުރި އެމްޑީޕީގެ ކެމްޕޭން ޕޯސްޓަރުތަކާއި ބެނާތަކަށް ގެއްލުންތައް ދީފައި

އެއްފަހަރާ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ހުރި އެމްޑީޕީގެ ކެމްޕޭން ޕޯސްޓަރުތަކާއި ބެނާތަކަށް ގެއްލުންތައް ދީފައި | ރާއްޖެ އެމްވީ

 

މާލެއާއި ރާއްޖޭގެ އެކި ރަށްރަށުގައި ބަހައްޓާފައިވާ އެމްޑީޕީގެ ކެމްޕޭން ބެނާތަކާއި، ރެފަރެންޑަމްއަށް ނޫނެކޭ ބުނަންޖެހޭ ސަބަބުތައް ބަޔާންކޮށް ބަހައްޓާފައި ހުރި  ޕޯސްޓަރުތަކާއި ބެނާތަކަށް އެކި ކަހަލަ ގެއްލުންތައް ދީފިއެވެ.

Advertisement - newsAdvertisement

މާލެއަށް ބަލާއިރު، އަންގާރަ ދުވަހު ބޮޑުތަކުރުފާނުމަގު އެމްއެމްއޭ ސަރަހައްދު ބަނދަރުމަތީގައި އެމްޑީޕީން ހަރުކޮށްފައި ހުރި ކެމްޕެއިން ބެނާތަކެއް، އެމްޓީސީސީގެ ޔުނީފޯމުގައި ތިބި މުވައްޒަފުންތަކެއް ނިކުމެ  ވަނީ ނަގާފައެވެ. އޭރު އެ ސަރަހައްދުގައި ތިބި އެމްޑީޕީގެ އިސް ފަރާތްތަކުން އެމްޓީސީސީގެ ސުޕަވައިޒަރާ ސުވާލުކުރުމުން އޭނާ ބުނީ، އެތަނުގައި ހުރި ބެނާ ކަނޑާލެވުނީ އޮޅުމަކުން ކަމަށެވެ.

އެމްޑީޕީ އިން ބޮޑުތަކުރުފާނު މަގު، އެމްއެމްއޭ އާއި ދިމާ ބަނދަރުމަތީ ގައި ބަހައްޓާފައި ހުރި ކެމްޕެއިން ބެނާތަކެއް، އެމްޓީސީސީގެ ޔުނިފޯރމްގައި ތިބި މުވައްޒަފުންތަކެއް ނަގަނީ
އެމްޑީޕީ އިން ބޮޑުތަކުރުފާނު މަގު، އެމްއެމްއޭ އާއި ދިމާ ބަނދަރުމަތީ ގައި ބަހައްޓާފައި ހުރި ކެމްޕެއިން ބެނާތަކެއް، އެމްޓީސީސީގެ ޔުނިފޯރމްގައި ތިބި މުވައްޒަފުންތަކެއް ނަގަނީ

ހަމައެއާއެކު، ބޭރުމަގުގައި ހުރި މާލެސިޓީ މޭޔަރު އާދަމް އާޒިމްގެ ބިލްބޯޑެއްވެ ސް ހަމަ އެމްޓީސީސީގެ މުވައްޒަފުންތަކެއް ނުކުމެ ވަނީ ނަގައި ވީދާލާފައެވެ. އޭރު އެ މަސައްކަތް ކުރަމުންދިޔަ ފަރާތްތަކާ ރާއްޖެއެމްވީން ސުވާލުކުރުމުން އެ ފަރާތްތަކުން ބުނީ، ޕޯސްޓަރުތައް ނަގާކަން އެމްޑީޕީއާއި އާޒިމަށްވެސް އަންގާފައިވާނެ ކަމަށެވެ.

ސަރުކާރުން އެމްޓީސީސީގެ މުވައްޒަފުން ލައްވާ އާޒިމްގެ ބޮޑު ބިލްބޯޑު ހަލާކުކޮށްލައިގެން ނަގަނީ
ސަރުކާރުން އެމްޓީސީސީގެ މުވައްޒަފުން ލައްވާ އާޒިމްގެ ބޮޑު ބިލްބޯޑު ހަލާކުކޮށްލައިގެން ނަގަނީ

އެހެންނަމަވެސް އާޒިމް ފަހުން މީސްމީޑިއާގައި ކުރެއްވި ޕޯސްޓުން އެއީ ސައްޙަ މައުލޫމާތެއް ނޫންކަން ވަނީ ހާމަވެގެން ގޮސްފައެވެ. އެގޮތުން އާޒިމް ވިދާޅުވީ، ކަމާގުޅޭ ފަރާތްތަކާ މަޝްވަރާކޮށް، އެކަށީގެންވާ ވަގުތު ދީގެން، ތަކެއްޗަށް ގެއްލުން ނުވާނެހެން ކަންކަން ކުރެވޭނެ އިންތިޒާމެއް އޮންނަންޖެހޭނެ ކަމަށެވެ.

މީގެ އިތުރުން، ގއ ވިލިނގިލީގައި ހުރި އެމްޑީޕީގެ ކެންޑިޑޭޓުންގެ ޕޯސްޓަރުތަކަށް ވެސް ރޭގެ ވަގުތެއްގައި ވަނީ ކަޅުތެޔޮ ޖަހާފައެވެ. އެ މައްސަލަ ބެލުމަށް ވިލިނގިލީ އެމްޑީޕީ މެމްބަރުން ކަމާބެހޭ ފަރާތްތަކަށް ގޮވާލާފައިވެއެވެ.

ހަމައެއާއެކު، ވިލިނގިލީގައި ހުރި "ނޫނެކޭ ކެމްޕޭން" ގެ ޕޯސްޓަރުތަކަށް ވެސް ގެއްލުންތައް ލިބިފައިވެއެވެ.

މީގެ އިތުރުން، ދ ކުޑަހުވަދޫގައި ހުރި އެމްޑީޕީ ކެންޑިޑޭޓުންގެ ބޮޑު ޕޯސްޓަރެއްވެސް ކަފާލާފައިވާ މައްސަލައެއް ފެންމަތިވެފައިވެއެވެ.

ދ ކުޑަހުވަދޫގައި ހުރި އެމްޑީޕީ ކެންޑިޑޭޓުންގެ ބޮޑު ޕޯސްޓަރަށް ގެއްލުންދީފައި
ދ ކުޑަހުވަދޫގައި ހުރި އެމްޑީޕީ ކެންޑިޑޭޓުންގެ ބޮޑު ޕޯސްޓަރަށް ގެއްލުންދީފައި

އެހެންކަމުން އެއްފަހަރާ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ހުރި އެމްޑީޕީގެ ކެމްޕޭން ޕޯސްޓަރުތަކާއި ބެނާތަކަށް ގެއްލުންތައް ދެމުންދާތީ މިއީ އިއްތިފާޤެއްތޯ ގިނަ ބަޔަކު ދަނީ ސުވާލު ކުރަމުންނެވެ. އަދި މި މައްސަލަތައް ކަމާ ބެހޭ އިދާރާތަކުން ނުބަލާތީ އެކަމާވެސް ކަންބޮޑުވުން ފާޅުކޮށްފައިވެއެވެ.

މީގެ ކުރިން ވެސް ސަރުކާރުން ވަނީ އެޗްޑީސީގެ މުވައްޒަފުން މެދުވެރިކޮށް ހުޅުމާލޭގައި ހަރުކޮށްފައި ހުރި އެމްޑީޕީގެ ކެމްޕެއިން ބެނާތަކާއި ޕޯސްޓަރުތަކަށް ގެއްލުންދީފަ އެވެ. މިފަދަ އަމަލުތައް ތަކުރާރުވަމުންދާތީ އިދިކޮޅު ފަރާތްތަކުގެ ކަންބޮޑުވުން ވަނީ އިތުރުވެފަ އެވެ.

އެމްޑީޕީކައުންސިލް ވޯޓުޕޯސްޓަރު

ކޮމެންޓް

އިތުރަށް ކިޔާލަން

އެމްޓީސީސީ އިން އެމްޑީޕީގެ ކެމްޕެއިން ބެނާތަކަކަށް ގެއްލުންދީ ނަގައިފި

އެމްޓީސީސީ އިން އެމްޑީޕީގެ ކެމްޕެއިން ބެނާތަކަކަށް ގެއްލުންދީ ނަގައިފި

24 މާރިޗު 2026
ޕަބްލިކް ވޯކްސް ޔުނިޓްތަކަށް 516 މުވައްޒަފުން ނަގައި، 9.1 މިލިއަން ޑޮލަރުގެ ތަކެތި ގެންނަނީ

ޕަބްލިކް ވޯކްސް ޔުނިޓްތަކަށް 516 މުވައްޒަފުން ނަގައި، 9.1 މިލިއަން ޑޮލަރުގެ ތަކެތި ގެންނަނީ

24 މާރިޗު 2026
އޭޕްރީލް 4 ގައި ނަގާ ވޯޓުތަކަށް ސަރުކާރުން ފާޅުގައި ނުފޫޒު ފޯރުވަމުންދާ ކަމަށް ބުނެ އެމްޑީޕީން އޭސީސީއަށް: އޭސީސީން ބުނީ ބަލަމުންދާ ކަމަށް!

އޭޕްރީލް 4 ގައި ނަގާ ވޯޓުތަކަށް ސަރުކާރުން ފާޅުގައި ނުފޫޒު ފޯރުވަމުންދާ ކަމަށް ބުނެ އެމްޑީޕީން އޭސީސީއަށް: އޭސީސީން ބުނީ ބަލަމުންދާ ކަމަށް!

24 މާރިޗު 2026
ފެންނަ ނުފެންނަ ވޯޓު ކަރުދާހުގެ ސުވާލު ވަނީ އޮޅުވާލާފަ: ޝާތިރު

ފެންނަ ނުފެންނަ ވޯޓު ކަރުދާހުގެ ސުވާލު ވަނީ އޮޅުވާލާފަ: ޝާތިރު

24 މާރިޗު 2026
ސަރުކާރުން އުޅެނީ މުއިއްޒު ބޭނުންފުޅުވާ ކޮންމެ ވަގުތެއްގައި މަޖިލިސް އުވާލެވޭނެ ފަދަ ހީލަތެއް ހަދަން: ބޮންޑާ

ސަރުކާރުން އުޅެނީ މުއިއްޒު ބޭނުންފުޅުވާ ކޮންމެ ވަގުތެއްގައި މަޖިލިސް އުވާލެވޭނެ ފަދަ ހީލަތެއް ހަދަން: ބޮންޑާ

23 މާރިޗު 2026

އަހަރުތަކުން މިއަދު

17 މެއި
ވިލާ ޓްރެވެލްސްގެ ޙިދުމަތްތައް އިތުރަށް ފުޅާކޮށް، ޗާންދަނީ މަގުގައި އައު އޮފީސް ހުޅުވައިފި
20251 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

ވިލާ ޓްރެވެލްސްގެ ޙިދުމަތްތައް އިތުރަށް ފުޅާކޮށް، ޗާންދަނީ މަގުގައި އައު އޮފީސް ހުޅުވައިފި

އެންމެ ނާކާމިޔާބު ކެންޑިޑޭޓު، ފިސާރި ކާމިޔާބު!
20242 އަހަރު ކުރިން
ތަފާތު ޚަބަރު

އެންމެ ނާކާމިޔާބު ކެންޑިޑޭޓު، ފިސާރި ކާމިޔާބު!

މުސްކުޅި ބައްޕަގެ ހާލަތު ފެނިފައި އަސަރު ކުރީ ދުރު ހިލޭ މީހަކަށް!
20233 އަހަރު ކުރިން
ރިޕޯޓު

މުސްކުޅި ބައްޕަގެ ހާލަތު ފެނިފައި އަސަރު ކުރީ ދުރު ހިލޭ މީހަކަށް!

ޔޫރަޕްގެ ބަޔެއް ގައުމުތަކުގައި މަންކީ ޕޮކްސް ފެތުރެންފަށައިފި
20224 އަހަރު ކުރިން
ދުނިޔެ

ޔޫރަޕްގެ ބަޔެއް ގައުމުތަކުގައި މަންކީ ޕޮކްސް ފެތުރެންފަށައިފި

ފަތާފައި ސްޕެއިނަށް އެރި ގިނަ އަދަދެއްގެ ބަޔަކު އަނބުރާ ފޮނުވާލައިފި
20215 އަހަރު ކުރިން
ދުނިޔެ

ފަތާފައި ސްޕެއިނަށް އެރި ގިނަ އަދަދެއްގެ ބަޔަކު އަނބުރާ ފޮނުވާލައިފި

މަޖިލިސް ރައީސް ކަމަށް ގެނައުމަށް ރައީސް ޞާލިހް \"ލޮބީ\" ކުރައްވަނީ އަފީފް އަށް!
20197 އަހަރު ކުރިން
ރާއްޖެ

މަޖިލިސް ރައީސް ކަމަށް ގެނައުމަށް ރައީސް ޞާލިހް \"ލޮބީ\" ކުރައްވަނީ އަފީފް އަށް!

ލަފުޒު ވަކިކޮށް ލިޔުމުގެ ގަވާއިދު
20188 އަހަރު ކުރިން
ދިވެހި ބަސް

ލަފުޒު ވަކިކޮށް ލިޔުމުގެ ގަވާއިދު

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު