Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެއެމްޑީޕީ ބެނާ ނެގުން

އެމްޓީސީސީ އިން އެމްޑީޕީގެ ކެމްޕެއިން ބެނާތަކަކަށް ގެއްލުންދީ ނަގައިފި

24 މާރިޗު 2026 | އަންގާރަ 15:28

އެމްއެމްއޭގެ ސަރަހައްދުގައި އެމްޑީޕީން ހަރުކޮށްފައި ހުރި ބެނާތަކެއް އެމްޓީސީސީގެ މުވައްޒަފުން ނެގި މައްސަލައިގައި، އެއީ އޮޅުމަކުން ހިނގި ކަމެއް ކަމަށް އެ ކުންފުނިން ބުނި ނަމަވެސް އިދިކޮޅު ފަރާތްތަކުން އެކަން ގަބޫލެއް ނުކުރޭ. ސަރުކާރަށް ތާއީދުކުރާ ބެނާތައް ބަހައްޓާފައި ހަމައެކަނި އިދިކޮޅު ބެނާތައް ނެގުމަކީ ކެމްޕެއިނަށް ހުރަސްއެޅުން ކަމަށް ބުނެ އެމްޑީޕީން ވަނީ ކަންބޮޑުވުން ފާޅުކޮށްފަ. އިންތިޚާބާ ދިމާކޮށް ސަރުކާރުގެ ނުފޫޒު ބޭނުންކޮށްގެން އިދިކޮޅު ހަރަކާތްތަކަށް ހުރަސްއަޅަމުންދާ ކަމުގެ ތުހުމަތުތައް ވަނީ ވަރަށް ބޮޑަށް އިތުރުވެފަ.

ފަޒީލް އަބްދުލް
ފަޒީލް އަބްދުލް | 24 މާރިޗު 2026 | އަންގާރަ 15:28
އެމްޑީޕީ ގެ ފަރާތުން ބޮޑުތަކުރުފާނުމަގު، އެމްއެމްއޭ އާއި ދިމާ ބަނދަރުމަތީ ހަރުކޮށްފަވާ ކެމްޕެއިން ބެނާތަކެއް، އެމްޓީސީސީ ޔުނިފޯރމްގަ ތިބި މުވައްޒަފުންތަކެއް ނަގަނީ

އެމްޑީޕީ ގެ ފަރާތުން ބޮޑުތަކުރުފާނުމަގު، އެމްއެމްއޭ އާއި ދިމާ ބަނދަރުމަތީ ހަރުކޮށްފަވާ ކެމްޕެއިން ބެނާތަކެއް، އެމްޓީސީސީ ޔުނިފޯރމްގަ ތިބި މުވައްޒަފުންތަކެއް ނަގަނީ | ރާއްޖެ އެމްވީ

ބޮޑުތަކުރުފާނުމަގު އެމްއެމްއޭ ސަރަހައްދު ބަނދަރުމަތީގައި އެމްޑީޕީން ހަރުކޮށްފައި ހުރި ކެމްޕެއިން ބެނާތަކެއް، އެމްޓީސީސީގެ ޔުނީފޯމުގައި ތިބި މުވައްޒަފުންތަކެއް ނިކުމެ އަންގާރަ ދުވަހު ނަގައިފި އެވެ.

މިކަން ހިނގާފައިވަނީ އެމްޑީޕީގެ ފަރާތުން ސިލްސިލާކޮށް ބާއްވަމުންދާ ޕިކަޕް ޖަލްސާތަކުގެ ތެރެއިން، އެ ސަރަހައްދުގައި ޖަލްސާ ބޭއްވުމަށް އެ ޕާޓީގެ މެންބަރުން ދިޔަ ވަގުތުގަ އެވެ.

އެމްޑީޕީގެ ބައިވެރިން އެ ސަރަހައްދަށް ދިޔައިރު، އެމްޓީސީސީގެ އާދައިގެ މުވައްޒަފުންތަކެއް ދިޔައީ ދެ އިންތިޚާބު އެއްކޮށްލުމާ ދެކޮޅަށް އެމްޑީޕީން ހަރުކޮށްފައިވާ ބެނާތައް ނައްޓަމުންނެވެ. މި މަސައްކަތް އެ މުވައްޒަފުން ކުރަމުންދިޔައިރު، އެމްޓީސީސީގެ ސީނިއަރ ސުޕަވައިޒަރަކު އެތަނުގައި ހުރެ މުވައްޒަފުންނަށް އިރުޝާދު ދެމުންދިޔަ ކަމަށް މަންޒަރު ދުށް ފަރާތްތަކުން ބުނެ އެވެ.

މިކަމާ ގުޅިގެން އެ ސަރަހައްދުގައި ތިބި އެމްޑީޕީގެ އިސް ފަރާތްތަކުން އެމްޓީސީސީގެ ސުޕަވައިޒަރާ ސުވާލުކުރުމުން އޭނާ ބުނީ، އެތަނުގައި ހުރި ބެނާ ކަނޑާލެވުނީ އޮޅުމަކުން ކަމަށެވެ. ނަމަވެސް އެ ސަރަހައްދުގައި ސަރުކާރަށް ތާއީދުކުރާ ފަރާތްތަކުގެ ބެނާތައް ވެސް ހުރިއިރު، އޮޅުމަކުން ހަމައެކަނި އިދިކޮޅު ޕާޓީގެ ބެނާތައް ނެގުމުން އެމްޑީޕީގެ އިސް ފަރާތްތަކުން ވަނީ އެކަމާ މެދު ސުވާލު އުފައްދާފަ އެވެ.

މީގެ ކުރިން ވެސް ސަރުކާރުން ވަނީ އެޗްޑީސީގެ މުވައްޒަފުން މެދުވެރިކޮށް ހުޅުމާލޭގައި ހަރުކޮށްފައި ހުރި އެމްޑީޕީގެ ކެމްޕެއިން ބެނާތަކާއި ޕޯސްޓަރުތަކަށް ގެއްލުންދީފަ އެވެ. މިފަދަ އަމަލުތައް ތަކުރާރުވަމުންދާތީ އިދިކޮޅު ފަރާތްތަކުގެ ކަންބޮޑުވުން ވަނީ އިތުރުވެފަ އެވެ.

އަންނަ އޭޕްރިލް މަހުގެ 4 ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ އިންތިޚާބުތައް ކާމިޔާބު ކުރުމަށްޓަކައި، މިއިން ޒަމާނަކު ރާއްޖޭގެ ސަރުކާރަކުން ބޭނުންނުކުރާހާ ބާރާއި ނުފޫޒު މި ސަރުކާރުން ބޭނުންކުރަމުންދާ ކަމަށް އިދިކޮޅު ފަރާތްތަކުން ތުހުމަތު ކުރެ އެވެ. އަދި އިދިކޮޅު ފަރާތްތަކުގެ ކެމްޕެއިނަށް ހުރަސްއެޅުމުގެ ގިނަ އަމަލުތަކެއް ސަރުކާރުން ކެނޑިނޭޅި ކުރަމުންދާ ކަމަށް ގިނަ ބަޔަކު ދަނީ ބުނަމުންނެވެ.

އެމްޑީޕީއެމްޓީސީސީބޮޑުތަކުރުފާނުމަގުކެމްޕެއިން ތަކެއްޗަށް ގެއްލުން ދިނުން

އިތުރަށް ކިޔާލަން

24 މާރިޗު 2026

ޕަބްލިކް ވޯކްސް ޔުނިޓްތަކަށް 516 މުވައްޒަފުން ނަގައި، 9.1 މިލިއަން ޑޮލަރުގެ ތަކެތި ގެންނަނީ

24 މާރިޗު 2026
ޕަބްލިކް ވޯކްސް ޔުނިޓްތަކަށް 516 މުވައްޒަފުން ނަގައި، 9.1 މިލިއަން ޑޮލަރުގެ ތަކެތި ގެންނަނީ
24 މާރިޗު 2026

އޭޕްރީލް 4 ގައި ނަގާ ވޯޓުތަކަށް ސަރުކާރުން ފާޅުގައި ނުފޫޒު ފޯރުވަމުންދާ ކަމަށް ބުނެ އެމްޑީޕީން އޭސީސީއަށް: އޭސީސީން ބުނީ ބަލަމުންދާ ކަމަށް!

24 މާރިޗު 2026
އޭޕްރީލް 4 ގައި ނަގާ ވޯޓުތަކަށް ސަރުކާރުން ފާޅުގައި ނުފޫޒު ފޯރުވަމުންދާ ކަމަށް ބުނެ އެމްޑީޕީން އޭސީސީއަށް: އޭސީސީން ބުނީ ބަލަމުންދާ ކަމަށް!
24 މާރިޗު 2026

ފެންނަ ނުފެންނަ ވޯޓު ކަރުދާހުގެ ސުވާލު ވަނީ އޮޅުވާލާފަ: ޝާތިރު

24 މާރިޗު 2026
ފެންނަ ނުފެންނަ ވޯޓު ކަރުދާހުގެ ސުވާލު ވަނީ އޮޅުވާލާފަ: ޝާތިރު
23 މާރިޗު 2026

ސަރުކާރުން އުޅެނީ މުއިއްޒު ބޭނުންފުޅުވާ ކޮންމެ ވަގުތެއްގައި މަޖިލިސް އުވާލެވޭނެ ފަދަ ހީލަތެއް ހަދަން: ބޮންޑާ

23 މާރިޗު 2026
ސަރުކާރުން އުޅެނީ މުއިއްޒު ބޭނުންފުޅުވާ ކޮންމެ ވަގުތެއްގައި މަޖިލިސް އުވާލެވޭނެ ފަދަ ހީލަތެއް ހަދަން: ބޮންޑާ
23 މާރިޗު 2026

އެލްޖީއޭ އިން ނުހައްގުން ސަސްޕެންޑް ކުރި ހޯރަފުށީ ކައުންސިލްގެ ރައީސް އެނބުރި އޮފީހަށް ނިކުތުމުން ރަތްދޫލައިގެ މަރުހަބާ އެއް

23 މާރިޗު 2026
 އެލްޖީއޭ އިން ނުހައްގުން ސަސްޕެންޑް ކުރި ހޯރަފުށީ ކައުންސިލްގެ ރައީސް އެނބުރި އޮފީހަށް ނިކުތުމުން ރަތްދޫލައިގެ މަރުހަބާ އެއް
23 މާރިޗު 2026

ރައްޔިތުން ގަބޫލުކުރަނީ ފެންނަ ނުފެންނަ އިންތިހާބަކީ ޕީއެންސީ އިން ދާއިމަށް ވެރިކަމުގައި ތިބެން ކުރާ ކަމެއްގެ ގޮތުގައި: ދޮންބިލެތް

23 މާރިޗު 2026
ރައްޔިތުން ގަބޫލުކުރަނީ ފެންނަ ނުފެންނަ އިންތިހާބަކީ ޕީއެންސީ އިން ދާއިމަށް ވެރިކަމުގައި ތިބެން ކުރާ ކަމެއްގެ ގޮތުގައި: ދޮންބިލެތް
23 މާރިޗު 2026

ވޯޓަށް ނުފޫޒުފޯރުވުމަށް ވަޒީފާތައް މެދުވެރިކޮށް ރައްޔިތުންގެ ހައްގުތަކަށް އަރައިގަންނަމުންދާ ކަމަށް ބުނެ އެމްޑީޕީ އިން އެޗްއާރްސީއެމް އަށް

23 މާރިޗު 2026
ވޯޓަށް ނުފޫޒުފޯރުވުމަށް ވަޒީފާތައް މެދުވެރިކޮށް ރައްޔިތުންގެ ހައްގުތަކަށް އަރައިގަންނަމުންދާ ކަމަށް ބުނެ އެމްޑީޕީ އިން އެޗްއާރްސީއެމް އަށް
22 މާރިޗު 2026

އެމްޑީޕީ ޕިކަޕް ޖަލްސާ: "ވެރިކަމަށް އާދެވުނީ އޮޅުވާލައިގެން ކަމަށް ވާތީ ރައީސް މުއިއްޒަށް ހީފުޅުވަނީ ކޮންމެ ކަމެއްވެސް ރައްޔިތުންނަށް އޮޅުވާލެއްވޭނެ ކަމަށް"

22 މާރިޗު 2026
އެމްޑީޕީ ޕިކަޕް ޖަލްސާ: "ވެރިކަމަށް އާދެވުނީ އޮޅުވާލައިގެން ކަމަށް ވާތީ ރައީސް މުއިއްޒަށް ހީފުޅުވަނީ ކޮންމެ ކަމެއްވެސް ރައްޔިތުންނަށް އޮޅުވާލެއްވޭނެ ކަމަށް"
22 މާރިޗު 2026

އަޖައިބެއްނު، މިއީ ފުޓުބޯޅަ މެޗެއް! ދެހާފް ކުޅެގެން ހަމަނުޖެހުން އުފެދިދާނެއޭ ކިޔާފައި އެއް ހާފަށް ބަދަލު ކުރެވިދާނެތަ؟

22 މާރިޗު 2026
އަޖައިބެއްނު، މިއީ ފުޓުބޯޅަ މެޗެއް! ދެހާފް ކުޅެގެން ހަމަނުޖެހުން އުފެދިދާނެއޭ ކިޔާފައި އެއް ހާފަށް ބަދަލު ކުރެވިދާނެތަ؟
22 މާރިޗު 2026

އެމްޑީޕީގެ ރައީސް އަބްދުﷲ ޝާހިދު ލޯކަލް ކައުންސިލް އިންތިހާބުގެ ކެމްޕޭނަށް އއ، ބ އަދި ރ އަތޮޅަށް ފުރާވަޑައިގެންފި

22 މާރިޗު 2026
އެމްޑީޕީގެ ރައީސް އަބްދުﷲ ޝާހިދު ލޯކަލް ކައުންސިލް އިންތިހާބުގެ ކެމްޕޭނަށް އއ، ބ އަދި ރ އަތޮޅަށް ފުރާވަޑައިގެންފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް