Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ރައީސް ސޯލިހު

ހަނގުރާމަ އާ ގުޅޭ ތެދު މައުލޫމާތު ދޭން ޖެހޭ، އޮޅުވާލައި، ދޮގު ހެދީމުން ކުރިމަތިވެދާނެ ދަތި އުނދަގޫ މާ ބޮޑުވާނެ: ރައީސް ސޯލިހު

މެދުއިރުމަތީގެ ހަނގުރާމައިގެ ސަބަބުން ރާއްޖެއަށް ކުރިމަތިވެދާނެ އިގްތިސާދީ ދަތިތަކުގެ ތެދު މައުލޫމާތު ސަރުކާރުން ހާމަކުރަންޖެހޭ ކަމަށް ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެ. ރާއްޖެއަކީ އިމްޕޯޓަށް ބަރޯސާވާ ގައުމަކަށް ވުމުން، ތެލާއި މުދަލުގެ އަގު އުފުލިދާނެ ކަމުގެ އިންޒާރު ދެއްވައި، ހަގީގަތް އޮޅުވާލުމުގެ ބަދަލުގައި ރައްޔިތުންނަށް ސައްހަ މައުލޫމާތު ދިނުމަކީ ސަރުކާރުގެ ޒިންމާއެއް ކަމަށް އެމަނިކުފާނު ފާހަގަކުރެއްވި. އެހެންކަމުން މިފަދަ ނާޒުކު ދަނޑިވަޅެއްގައި ދުރާލައި ރޭވުންތެރިކަމާއެކު މަސައްކަތް ކުރުމަށް އެމަނިކުފާނު ގޮވާލެއްވި.

ޝާމާ ޝުއައިބް
ޝާމާ ޝުއައިބް, ރާއްޖެ އެމްވީ | 9 މާރިޗު 2026 | ހޯމަ 11:35
ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު

ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު | އެމްޑީޕީ ސެކްރިޓޭރިއެޓް

މެދުއިރުމަތީގައި މިހާރު ހިނގަމުން ދާ ހަނގުރާމަ އާ ގުޅޭ ތެދު މައުލޫމާތު ސަރުކާރުން ރައްޔިތުންނަށް ދޭން ޖެހޭ ކަމަށާއި ރައްޔިތުންނަށް އޮޅުވާލައި، ދޮގު ހަދައިގެން ރައްޔިތުން އޭގެ ތެރޭގައި ބޭތިއްބީމާ ދެން ނުކުންނާނެ ނަތީޖާ އާއި ކުރިމަތިވެދާނެ ދަތި އުނދަގޫ މާ ބޮޑުވާނެ ކަމަށް ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެ އެވެ. 

މާލެ ސިޓީގެ މެނިފެސްޓޯ ލޯންޗް ކުރުމަށް އާދިއްތަ ދުވަހުގެ ރޭ ބޭއްވި ޖަލްސާގައި ވާހަކަދައްކަވަމުން އެމަނިކުފާނު ވިދާޅުވީ މި ގައުމަކީ އިމްޕޯޓަށް ވަރަށް ބޮޑަށް ބަރޯސާ ވެފައި އޮތް ގައުމެއް ކަމަށެވެ. އެއީ ޓޫރިސްޓުން ކަމަށް ވިޔަސް ކާބޯތަކެތި ކަމަށް ވިޔަސް ނުވަތަ ތެޔޮ ކަމަށް ވިޔަސް މިއީ މުޅިން އިމްޕޯޓަށް ބަރޯސާ ވެފަ އޮތް ގައުމެއް ކަމަށެވެ.

Advertisement - newsAdvertisement

ރައީސް ސޯލިހު ވިދާޅުވީ މިފަދަ ވަގުތެއްގައި އެންމެ މުހިއްމީ ތެދު މައުލޫމާތު ރައްޔިތުންނަށް ފޯރު ކޮށްދީ މިސް އިންފޮމޭޝަން ހުއްޓުވުން ކަމަށެވެ. އަދި އެކަން ކުރެވޭނީ ސަރުކާރަށް ކަމަށާއި އެކަމުގެ ހުރިހާ މައުލޫމާތެއް ވެސް އެނގޭނީ ސަރުކާރަށް ކަމަށެވެ. 

ދާދި ފަހުން އެ މަނިކުފާނުގެ ޕްރެސް ކޮންފަރެންސްގައި ވިދާޅުވީ، ތެލާ ބެހޭ ގޮތުން. ހާސްވާނެ ކަމެއް ނެތޭ. ތިމަންނަމެން އަތުގައި އެއް މަސް ދުވަހުގެ ސްޓޯރޭޖް މާލޭގައި ހުންނާނެ. މިހާރު ވެސް އޯޑަރުކޮށްފައޭވީ. މިއަދު ވެސް އެ އޮތީއޭ. މި ހަފުތާގައި ވެސް އަންނާނޭ. ދެން އަންނަ ހަފުތާގައި ވެސް އަންނާނޭ.
ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު

އެމަނިކުފާނު ވިދާޅުވީ ކޮންމެ ދެ ހަފުތާއަކުން ރާއްޖެއަށް ތެޔޮ އުފުލާ ބޯޓެއް އަތުނުވެއްޖެ ނަމަ، އެސްޓީއޯގެ ސްޓޯރޭޖް 10 ދުވަހާއި 15 ދުވަހަށް ދަށްވެގެން ދާނެ ކަމަށެވެ. އެގޮތުން ކޮންމެ ދުވަހަކު ވެސް ރާއްޖެއަށް 1.1 ބިލިއަނާއި ދެ ބިލިއަން ލީޓަރާ ދެމެދުގެ ތެޔޮ ބޭނުންވާނެ ކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ.

ރައީސް ސޯލިހު ވިދާޅުވީ މި ހަނގުރާމައިގެ ސަބަބުން ރާއްޖެއަށް ކުރިމަތިވެދާނެ ދަތިތަކާ  އުނދަގޫތައް ރައްޔިތުންނަށް މި ސަރުކާރުން ހާމަކޮށްދޭން ޖެހޭ ކަމަށެވެ. 

މިއަދު ތެޔޮ ފީފާއެއްގެ އަގު ދުނިޔޭގެ ބާޒާރުގައި 92 ޑޮލަރާއި 95 ޑޮލަރާ ދެމެދުގައި ހުރި ނަމަވެސް އެ އަދަދު 150 އަށް އަރާނެ ކަމަށް އަންދާޒާކުރެވޭ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ. ކޮވިޑް ގެ ހާލަތުގައި ވެސް ދިމާވީ އެފަދަ ކަމެއް ކަމަށާއި އެކަމަކު އޭރު އެކިއެކި ރޭވުންތަކުގެ ތެރެއިން އެ މައްސަލައަށް ހައްލެއް ހޯދާފައި ވާނެ ކަމަށް ވެސް ރައީސް ސޯލިހު ވިދާޅުވި އެވެ.

އެމަނިކުފާނު ވިދާޅުވީ މި ސަރުކާރުން އެކަން ނުކުރާ ކަމަށެވެ.  

އަޅުގަނޑު އެދެނީ މި ހަނގުރާމަ ވީހާ ވެސް އަވަހަށް ހުއްޓުން. އެހެންނަމަވެސް އަދި އޭގެ ކުލަމައްޗެއް ނުފެނޭ. ޓޫރިސްޓުން އަދި އަތުވެދާނެ، އެހެންނަމަވެސް ޓިކެޓު އަގުބޮޑުވާނެ. ފްރައިޓް އަގުބޮޑުވާނެ. ނަތީޖާއަކަށް ވާނީ މުދާ ވެސް އަގު ބޮޑުވުން
ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު

އެހެންކަމުން މި ކަންކަން ރައްޔިތުންނަށް ހާމަކޮށްދީ ސައްހަ މައުލޫމާތު ރައްޔިތުންނަށް ފޯރު ކޮށްދިނުމަކީ ސަރުކާރުގެ ބޮލުގަ އެޅިފައިވާ ޒިންމާ އެއް ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ. 

ރައީސް ސޯލިހު ވިދާޅުވީ އޮޅުވާލައި، ދޮގު ހަދައިގެން ރައްޔިތުން އޭގެ ތެރޭގައި ބޭތިއްބީމާ ދެން ނުކުންނާނެ ނަތީޖާ އާއި ކުރިމަތިވެދާނެ ދަތި އުނދަގޫ މާ ބޮޑުވާނެ ކަމަށެވެ. 

އިބްރާހިމް މުހައްމަދު ސޯލިހުމާލެ ސިޓީއެސްޓީއޯއީރާން-އިޒްރޭލް-އެމެރިކާ

ކޮމެންޓް

އިތުރަށް ކިޔާލަން

އަމާނާތްތެރި ޚިދުމަތް، މާލޭ ސިޓީގެ ވިންދު މެނިފެސްޓޯ އިފްތިތާހް ކޮށްފި

އަމާނާތްތެރި ޚިދުމަތް، މާލޭ ސިޓީގެ ވިންދު މެނިފެސްޓޯ އިފްތިތާހް ކޮށްފި

09 މާރިޗު 2026
އީރާންގެ އައު ރޫހާނީ ލީޑަރަކަށް ޚާމަނާއީގެ ދަރިކަލުން، މުޖުތަބާ ޚާމަނާއީ އައްޔަން ކުރައްވައިފި

އީރާންގެ އައު ރޫހާނީ ލީޑަރަކަށް ޚާމަނާއީގެ ދަރިކަލުން، މުޖުތަބާ ޚާމަނާއީ އައްޔަން ކުރައްވައިފި

09 މާރިޗު 2026
ބާރުތައް ޖަމާކުރާ ވެރިއަކަށް މާލެ ސިޓީ ހިންގޭނެ ގޮތެއް ނޯންނާނެ: ރައީސް ސޯލިހު

ބާރުތައް ޖަމާކުރާ ވެރިއަކަށް މާލެ ސިޓީ ހިންގޭނެ ގޮތެއް ނޯންނާނެ: ރައީސް ސޯލިހު

08 މާރިޗު 2026
އީރާނުގެ ތެލުގެ މަރުކަޒުތަކަށް އިޒްރޭލާއި އެމެރިކާ އިން ދިން ހަމަލާގައި 4 މީހުން މަރު

އީރާނުގެ ތެލުގެ މަރުކަޒުތަކަށް އިޒްރޭލާއި އެމެރިކާ އިން ދިން ހަމަލާގައި 4 މީހުން މަރު

08 މާރިޗު 2026
އީރާނުގެ އެންމެ މަތީ ވެރިޔާގެ މަގާމަށް އަންނާނެ ބޭފުޅަކާ މެދު އިއްތިފާގުވެވިފައިވާ ކަމަށް އެ ގައުމުގެ އެސެމްބްލީ އޮފް އެކްސްޕާޓްސް އިން ބުނެފި

އީރާނުގެ އެންމެ މަތީ ވެރިޔާގެ މަގާމަށް އަންނާނެ ބޭފުޅަކާ މެދު އިއްތިފާގުވެވިފައިވާ ކަމަށް އެ ގައުމުގެ އެސެމްބްލީ އޮފް އެކްސްޕާޓްސް އިން ބުނެފި

08 މާރިޗު 2026

އަހަރުތަކުން މިއަދު

11 މެއި
އިންޑިއާ އިން ދައްކަން ބޭނުންވި ގަދަފަދަކަން ފެނިގެން ދިޔައީ އޭގެ އިދިކޮޅެވެ!
20251 އަހަރު ކުރިން
ދުނިޔެ

އިންޑިއާ އިން ދައްކަން ބޭނުންވި ގަދަފަދަކަން ފެނިގެން ދިޔައީ އޭގެ އިދިކޮޅެވެ!

ކުޑައިރުގެ އެކުވެރިޔާ، ރައީސް ސާލިހުއާ އޮތް ގާތްގުޅުން ކަނޑާލުންވީ ފަސޭހަ ކަމަކަށް ނޫން: ރައީސް ނަޝީދު
20242 އަހަރު ކުރިން
ރާއްޖެ

ކުޑައިރުގެ އެކުވެރިޔާ، ރައީސް ސާލިހުއާ އޮތް ގާތްގުޅުން ކަނޑާލުންވީ ފަސޭހަ ކަމަކަށް ނޫން: ރައީސް ނަޝީދު

ފައިނަލްގެ ކުރިން އަލީ ވަހީދު: ހަތިޔާރު ހުރީ ތޫނުކޮށް، ތަށި ހޯދޭނެ
20233 އަހަރު ކުރިން
ކުޅިވަރު

ފައިނަލްގެ ކުރިން އަލީ ވަހީދު: ހަތިޔާރު ހުރީ ތޫނުކޮށް، ތަށި ހޯދޭނެ

ކީރިތި ކުރައްވަމުން އާޒިމާ: "މައްސަލައަށް 3 އަހަރުވީ، މިއީ 6 ވަނަ ފަނޑިޔާރު"
20224 އަހަރު ކުރިން
ރާއްޖެ

ކީރިތި ކުރައްވަމުން އާޒިމާ: "މައްސަލައަށް 3 އަހަރުވީ، މިއީ 6 ވަނަ ފަނޑިޔާރު"

ހަމަލާގެ ފަހުން ރައީސް ނަޝީދުގެ ފުރަތަމަ ބަސްފުޅު: ހެޔޮވެރިކަން ހޯދައިދިނުމުގައި ދެމިހުންނާނަން
20215 އަހަރު ކުރިން
ރާއްޖެ

ހަމަލާގެ ފަހުން ރައީސް ނަޝީދުގެ ފުރަތަމަ ބަސްފުޅު: ހެޔޮވެރިކަން ހޯދައިދިނުމުގައި ދެމިހުންނާނަން

ތޮއްޑޫއިން ކަރާގެ ތަފާތު މުޑުވަކެއް: ހުދު ކުލަ!
20197 އަހަރު ކުރިން
ރިޕޯޓު

ތޮއްޑޫއިން ކަރާގެ ތަފާތު މުޑުވަކެއް: ހުދު ކުލަ!

ވެރިމީހާ ގެއްލިގެން ހޯދި ސާމަރާ ދޫނި ފުލުހުން ހޯދައިދީފި
20188 އަހަރު ކުރިން
ރާއްޖެ

ވެރިމީހާ ގެއްލިގެން ހޯދި ސާމަރާ ދޫނި ފުލުހުން ހޯދައިދީފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު