Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ވިޔަފާރި-އިގްތިސާދު
ޕެޓްރޯލްގެ އަގުބޮޑު ކުރުން

އެސްޓީއޯއިން ޑީސަލާއި ޕެޓްރޯލްގެ އަގުބޮޑު ކުރުން: ޕެޓްރޯލް ލީޓަރެއް 26.81ރ އަދި ޑީސަލް ލީޓަރެއް 28.94ރ. އަށް

އިތުބާރު ހުރި ފަރާތަކުން ވިދާޅުވީ، އެސްޓީއޯއިން ވިއްކާ ޑީސަލާއި، ފެޓްރޯލް ވިއްކާ އަގު ބޮޑުކޮށް، އެކަން އެކުންފުނިތަކަށް ހޯމަ ދުވަހު އަންގާފައިވާ ކަަމަށް. އަދި ޝެޑުތައް ފިޔަވައި ހުންނަ ޕަމްޕުހައުސްތަކާއި ބައުޒަރުތަކުން ތެޔޮ ވިއްކާ ރޭޓު ބޮޑުކޮށްފައިވާ ކަމަށް. ތެލާއި ޕެޓްރޯލްގެ އަގު ދެގުނައަށް ބޮޑުވި ނަމަވެސް، އެސްޓީއޯ އާއި އެފްއެސްއެމް އިން މިކަން ރަސްމީކޮށް އަދި ހާމައެއް ނުކުރޭ.

އަމްނާ އިމާދު
އަމްނާ އިމާދު, ރާއްޖެ އެމްވީ | 16 މާރިޗު 2026 | ހޯމަ 10:39
ޕެޓްރޯލް ޝެޑްގައި މީހުން ކިއުގައި ޖެހިގެން ވެހިކަލްއަށް ޕެޓްރޯލް އަޅަނީ.

ޕެޓްރޯލް ޝެޑްގައި މީހުން ކިއުގައި ޖެހިގެން ވެހިކަލްއަށް ޕެޓްރޯލް އަޅަނީ. | ރާއްޖެއެމްވީ

ސްޓޭޓް ޓްރޭޑިން އޯގަނައިޒޭޝަން (އެސްޓީއޯ) އިން ޑީސަލާއި ޕެޓްރޯލް ވިއްކާ އަގު ދެވަނަ ފަހަރަށް ބޮޑު ކޮށްފި އެވެ.

އެސްޓީއޯގެ ސަބްސިޑަރީ ކުންފުނި، ފިއުލް ސަޕްލައި މޯލްޑިވްސް (އެފްއެސްއެމް) އިން ތެލާއި، ޕެޓްރޯލް ވިއްކާ އަގު އެންމެ ފުރަތަމަ ބޮޑު ކުރީ 5 މާޗު 2026 ގަ އެވެ. އެ ދުވަހު 13.50 ރުފިޔާއަށް އަށް ހުރި ޕެޓްރޯލް ލީޓަރެއް 16.01 ރުފިޔާއަށް ބޮޑުކުރި އެވެ. އަދި 13.92 ރުފިޔާއަށް ހުރި ޑީސަލް ލީޓަރެއްގެ އަގު 17.54 ރުފިޔާއަށް ބޮޑުކުރި އެވެ.

Advertisement - businessAdvertisement

ރާއްޖެއެމްވީއަށް އިތުބާރު ހުރި ފަރާތަކުން ވިދާޅުވީ، އެސްޓީއޯއިން ވިއްކާ ޑީސަލާއި، ފެޓްރޯލް ވިއްކާ އަގު ބޮޑުކޮށް، އެކަން އެ ކުންފުނިތަކަށް ހޯމަ ދުވަހު އަންގާފައިވާ ކަަމަށެވެ. އަދި ޝެޑުތައް ފިޔަވައި ޕަމްޕު ހައުސްތަކާއި ބައުޒަރުތަކުން ތެޔޮ ވިއްކާ ރޭޓު ބޮޑުކޮށްފައިވާ ކަމަށް މައުލޫމާތު ލިބެ އެވެ. 

އެގޮތުން ހުޅުމާލެ ޖެޓީގެ ޕަމްޕު ހައުސްތަކުންނާއި ބައުޒަރުތަކުން ޕެޓްރޯލް ލީޓަރެއް  ހޯމަ ދުވަހު ވިއްކަނީ 26.81 ރުފިޔާ އަށެވެ. ޑީސަލް ލީޓަރެއް ވިއްކަނީ 28.94 ރުފިޔާ އަށެވެ.

މީގެ އިތުރުން އެފްއެސްއެމްގެ ކަސްޓަމަރުންނަށް އެ ކުންފުނިން ފޮނުވާފައިވާ އީމެއިލެއްގައި ބުނެފައިވަނީ ޑީސަލާއި ޕެޓްރޯލްގެ އަގަށް ބަދަލު އައިސްފައިވާ ކަމަށެވެ. އަދި ހޯމަ ދުވަހުން ފެށިގެން ޕެޓްރޯލް ލީޓަރެއްގެ އަގު 27.13 ރުފިޔާއަށް އަދި ޑީސަލް ލީޓަރެއްގެ އަގު 28.32 ރުފިޔާއަށް ބޮޑު ކޮށްފައިވާ ކަމަށެވެ.

ފެޓްރޯލް އާއި، ޑީސެލްގެ އަގު ދެގުނަ ބޮޑުކުރި ނަމަވެސް ރަސްމީކޮށް މި ބަދަލު ގެނައިކަން އެސްޓީއޯ އަދި އެފްއެސްއެމްއިން ހާމައެއް ނުކުރެ އެވެ.

އެސްޓީއޯ އިން ވިއްކާ ޑީސަލާއި ޕެޓްރޯލްގެ އަގު ބޮޑުކޮށްފައި މިވަނީ އެމެރިކާ އާއި އިޒްރޭލުން ގުޅިގެން އީރާން އަށް ހަމަލާ ދިނުމާއި އެކު އުފެދިފައިވާ ހަމަނުޖެހުމާއި ގުޅިގެން ދުނިޔޭގައި ތެލުގެ އަގުތައް ރެކޯޑް އަދަދަކަށް ބޮޑުވަމުންދާ ދަނޑިވަޅެއްގަ އެވެ. ތެޔޮ ސަޕްލައި ކުރަން ބޭނުންކުރާ މުހިންމު ޗެނަލެއް ކަމަށްވާ ހޮރްމުޒް ކަނޑުއޮޅި ވެސް އީރާނުން ވަނީ ބަންދުކޮށްފަ އެވެ.

އެސްޓީއޯއެފްއެސްއެމްއީރާން-އިޒްރާއިލް-އެމެރިކާހޯރްމޫޒް ކަނޑުއޮޅިޕެޓްރޯލްޑީސަލް

ކޮމެންޓް

އިތުރަށް ކިޔާލަން

އެމެރިކާއާ ގާތް ގުޅުމެއް އޮންނަ ޖަޕާން އާއި އޮސްޓްރޭލިއާ އިން، ޓްރަމްޕްގެ ގޮވާލުމާ ދެކޮޅު ހަދައިފި

އެމެރިކާއާ ގާތް ގުޅުމެއް އޮންނަ ޖަޕާން އާއި އޮސްޓްރޭލިއާ އިން، ޓްރަމްޕްގެ ގޮވާލުމާ ދެކޮޅު ހަދައިފި

16 މާރިޗު 2026
ހޯރްމޫޒް ކަނޑުއޮޅި ހުޅުވާފައި ބޭއްވުމަށް އެހީތެރިވުމަށް ގައުމުތަކުން މަނަވަރު ފޮނުވުމަށް ޓްރަމްޕް ގޮވާލެއްވުމާއެކު ފަރަންސޭސިވިލާތުން މަނަވަރު ނުފޮނުވާނެ ކަމަށް ބުނެފި

ހޯރްމޫޒް ކަނޑުއޮޅި ހުޅުވާފައި ބޭއްވުމަށް އެހީތެރިވުމަށް ގައުމުތަކުން މަނަވަރު ފޮނުވުމަށް ޓްރަމްޕް ގޮވާލެއްވުމާއެކު ފަރަންސޭސިވިލާތުން މަނަވަރު ނުފޮނުވާނެ ކަމަށް ބުނެފި

15 މާރިޗު 2026
ހޯރްމޫޒް ކަނޑުއޮޅި ބަންދުކޮށްފައި އޮތް އޮތުން ދަމަހައްޓާނަން: އީރާން

ހޯރްމޫޒް ކަނޑުއޮޅި ބަންދުކޮށްފައި އޮތް އޮތުން ދަމަހައްޓާނަން: އީރާން

14 މާރިޗު 2026
އީރާނުގެ ތެޔޮ އެކްސްޕޯޓު ކުރާ މައިމަރުކަޒު ހުންނަ ޚާރްގް ޖަޒީރާ އަށް ވަރުގަދަ ބޮމުގެ ހަމަލާތަކެއް ދީފި ކަމަށް ޓްރަމްޕް ވިދާޅުވެއްޖެ

އީރާނުގެ ތެޔޮ އެކްސްޕޯޓު ކުރާ މައިމަރުކަޒު ހުންނަ ޚާރްގް ޖަޒީރާ އަށް ވަރުގަދަ ބޮމުގެ ހަމަލާތަކެއް ދީފި ކަމަށް ޓްރަމްޕް ވިދާޅުވެއްޖެ

14 މާރިޗު 2026
އީރާނާ ދެކޮޅަށްދޭ ހަމަލާތައް ވަރުގަދަ ކުރުމަށް މެދުއިރުމައްޗަށް އެމެރިކާގެ މެރިން ފައުޖެއް ފޮނުވުމަށް ޕެންޓަގަން އިން ހުއްދަ ދީފި

އީރާނާ ދެކޮޅަށްދޭ ހަމަލާތައް ވަރުގަދަ ކުރުމަށް މެދުއިރުމައްޗަށް އެމެރިކާގެ މެރިން ފައުޖެއް ފޮނުވުމަށް ޕެންޓަގަން އިން ހުއްދަ ދީފި

14 މާރިޗު 2026

އަހަރުތަކުން މިއަދު

6 އެޕްރީލު
ޝައްމާންގެ ގެއިން ހޯދި ފޯނަކީ މައްސަލައާ ގުޅުންހުރި ބިދޭސީ މީހާގެ ފޯނު، އެ ފޯނުގައި ވަޒީރަކާއެކު ހަދާފައިވާ ޑީލްތަކެއް ހުރި ކަމުގެ ތުހުމަތު
20251 އަހަރު ކުރިން
ރާއްޖެ

ޝައްމާންގެ ގެއިން ހޯދި ފޯނަކީ މައްސަލައާ ގުޅުންހުރި ބިދޭސީ މީހާގެ ފޯނު، އެ ފޯނުގައި ވަޒީރަކާއެކު ހަދާފައިވާ ޑީލްތަކެއް ހުރި ކަމުގެ ތުހުމަތު

6 މަސްވީ ގަތުލުއާންމުގައި ބަސްމާގެ ޙުއްމޫޞް ވީ ސަލާމަތުގެ އައްޑަނައަކަށް!
20242 އަހަރު ކުރިން
ތަފާތު ޚަބަރު

6 މަސްވީ ގަތުލުއާންމުގައި ބަސްމާގެ ޙުއްމޫޞް ވީ ސަލާމަތުގެ އައްޑަނައަކަށް!

ރަންތާޖު ޤުރުއާން މުބާރާތުން ވަކިވެގެންދާ ހަތަރު ބައިވެރިން އިއުލާންކޮށްފި
20233 އަހަރު ކުރިން
ރާއްޖެ

ރަންތާޖު ޤުރުއާން މުބާރާތުން ވަކިވެގެންދާ ހަތަރު ބައިވެރިން އިއުލާންކޮށްފި

"90 އިންސައްތަ ބައިވެރިން ވޯޓު ދިނީ އެކަކު އެލިމިނޭޓް ކުރަން"
20224 އަހަރު ކުރިން
ރިޕޯޓު

"90 އިންސައްތަ ބައިވެރިން ވޯޓު ދިނީ އެކަކު އެލިމިނޭޓް ކުރަން"

ޕަރސް ދޮންނަން މާދަން ޢާދޭ، މި ލަވައާއި އަލީ ރަމީޒާ ކޮން ގުޅުމެއް؟
20215 އަހަރު ކުރިން
ރިޕޯޓު

ޕަރސް ދޮންނަން މާދަން ޢާދޭ، މި ލަވައާއި އަލީ ރަމީޒާ ކޮން ގުޅުމެއް؟

ކުރީގެ 11 މެމްބަރަން އަލުން މަޖިލީހަށް!
20197 އަހަރު ކުރިން
ރާއްޖެ

ކުރީގެ 11 މެމްބަރަން އަލުން މަޖިލީހަށް!

ޖަގަހަ ތަކުގެ ޓިނު ބާއްވެއްޖެނަމަ، ޓިނު ހަދިޔާކުރަން އަދުރޭ ނިންމައިފި
20188 އަހަރު ކުރިން
ރާއްޖެ

ޖަގަހަ ތަކުގެ ޓިނު ބާއްވެއްޖެނަމަ، ޓިނު ހަދިޔާކުރަން އަދުރޭ ނިންމައިފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު